Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއޮމިކްރޯން ވޭރިއަންޓް

އޮމިކްރޯން ވޭރިއަންޓް ބާރު މިނެއްގައި ފެތުރެނީ، ނުރައްކާ ބޮޑު: ޑަބްލިއުއެޗްއޯ

21 ޑިސެމްބަރު 2021 | އަންގާރަ 02:29

މި ވޭރިއަންޓް 89 ގައުމަކުން ވަނީ ފެނިފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 21 ޑިސެމްބަރު 2021 | އަންގާރަ 02:29
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ

ކޮވިޑް-19ގެ އައު ވޭރިއަންޓް އޮމިކްރޯން ވޭރިއަންޓް ބާރު މިނެއްގައި ފެތުރެމުންދާތީ، އެކަމުގެ ނުރައްކާތެރި ސިގްނަލް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ދީފިއެވެ.

ޑަބްލިއުއެޗްއޯގެ ޗީފް ސައިންޓިސްޓް ސޯމްޔާ ސްވާމިނަތަން ވިދާޅުވީ އޮމިކްރޯން ވޭރިއަންޓް ޖެހެމުންދާ މީހުންގެ އަދަދު ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުންދާކަމަށެވެ. އަދި ގައުމުތަކުގެ ސިއްހީ ނިޒާމަށް ބާރުބޮޑުވަމުންދާއިރު، މީގެ ކުރިން ފެނިފައިވާ ވޭރިއަންޓް ތަކަށްވުރެ އޮމިކްރޯން ވޭރިއަންޓްގެ ނުރައްކާ ކުޑަކަމަށް ނިންމާލުން ބުއްދިވެރިއެއް ނޫން ކަމަށެވެ.

ދިފާއީ ނިޒާމު ބަލިކަށި މީހުންނަށް މި ވޭރިއަންޓް ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ސޯމްޔާ ވިދާޅުވިއެވެ. އެހެންކަމުން ދިފާއީ ނިޒާމު ބަލިކަށި މީހުންނަށް އަމާޒުކޮށް ގައުމުތަކުން ކުރިއަށްގެންދާ ވެކްސިންގެ ބޫސްޓަރ ޑޯޒް ޖެހުމުގެ ޕްރޮގްރާމަށް އޭނާ ވަނީ އަލިއަޅުވާލައްވާފައެވެ.

މިކަމާ ގުޅިގެން ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް ވިދާޅުވީ އޮމިކްރޯން ވޭރިއަންޓް ޑެލްޓާ ވޭރިއަންޓަށްވުރެ ބާރަށް ފެތުރެމުންދާކަމުގެ ހެކިތައް މިހާރު ފެންނަން އެބަހުރި ކަމަށެވެ. އަދި ވެކްސިން ޖަހާފައި ތިބޭ މީހުންނާއި، ކުރިން ބަލި ޖެހިފައިވާ މީހުންނަށް އަލުން މި ވޭރިއަންޓް ޖެހުން ގާތް ކަމަށް ޓެޑްރޯސް ވިދާޅުވިއެވެ. އެހެންކަމުން މި ވޭރިއަންޓްގެ ނުރައްކާ ބޮޑުކަން ހާމަވާ ކަމަށް ވިދާޅުވިއެވެ.

އެފްރިކާގެ ދެކުނު ބިތުގެ ގައުމުތަކުން އެންމެ ފުރަތަމަ ފެނުނު އޮމިކްރޯން ވޭރިއަންޓް މިހާރު ވަނީ ދުނިޔޭގެ 89 ގައުމަކުން ފެނިފައެވެ. ކޮންމެ ތިން ދުވަހެއްގެ ތެރޭގައި، މި ވޭރިއަންޓަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދެގުނައަށް އިތުރުވަމުންދާކަމަށް ޑަބްލިއުއެޗްއޯއިން މީގެ ކުރިން ވަނީ ބުނެފައެވެ.

އޮމިކްރޯން ވޭރިއަންޓްޑަބްލިޔުއެޗްއޯ

އިތުރަށް ކިޔާލަން

15 އޮކްޓޯބަރު 2025

އިންޑިޔާ ގައި އުފައްދާފައިވާ ތިން ވައްތަރެއްގެ ކޯފް ސިރަޕް ތަޣައްޔަރުވެފައިވާ ކަމަށް ބުނެ ޑަބްލިޔުއެޗްއޯ އިން އިންޒާރެއް ނެރެފި

15 އޮކްޓޯބަރު 2025
އިންޑިޔާ ގައި އުފައްދާފައިވާ ތިން ވައްތަރެއްގެ ކޯފް ސިރަޕް ތަޣައްޔަރުވެފައިވާ ކަމަށް ބުނެ ޑަބްލިޔުއެޗްއޯ އިން އިންޒާރެއް ނެރެފި
18 ސެޕްޓެމްބަރު 2025

ޣައްޒާގެ ހޮސްޕިޓަލްތައް ފުނޑު ފުނޑުވުމުގެ ނުރައްކަލުގައި

18 ސެޕްޓެމްބަރު 2025
ޣައްޒާގެ ހޮސްޕިޓަލްތައް ފުނޑު ފުނޑުވުމުގެ ނުރައްކަލުގައި
11 ސެޕްޓެމްބަރު 2025

އިސްރާއީލް އިން ހަނގުރާމަ ފުޅާ ކުރި ނަމަވެސް، ޣައްޒާގައި ދެމި ތިބޭނެ ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެފި

11 ސެޕްޓެމްބަރު 2025
އިސްރާއީލް އިން ހަނގުރާމަ ފުޅާ ކުރި ނަމަވެސް، ޣައްޒާގައި ދެމި ތިބޭނެ ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެފި
05 ސެޕްޓެމްބަރު 2025

މަންކީޕޮކްސް އަކީ މިހާރު ބައިނަލްއަޤްވާމީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް ކަމުގައި ނުބެލެވޭ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ބުނެފި

05 ސެޕްޓެމްބަރު 2025
މަންކީޕޮކްސް އަކީ މިހާރު ބައިނަލްއަޤްވާމީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް ކަމުގައި ނުބެލެވޭ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ބުނެފި
08 ޖުލައި 2025

ޣައްޒާ އަށް ބޭހާއި މެޑިކަލް ސަޕްލައިގެ ސާމާނު އެތެރެ ކުރަނީ

08 ޖުލައި 2025
ޣައްޒާ އަށް ބޭހާއި މެޑިކަލް ސަޕްލައިގެ ސާމާނު އެތެރެ ކުރަނީ
07 ޖޫން 2025

ކާބޯތަކެތީގެ ރައްކާތެރި ކަމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާ ކަމަށް ރައީސް ވިދާޅުވެއްޖެ

07 ޖޫން 2025
ކާބޯތަކެތީގެ ރައްކާތެރި ކަމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާ ކަމަށް ރައީސް ވިދާޅުވެއްޖެ
21 އޮކްޓޯބަރު 2024

މިސްރުން މެލޭރިއާ ނައްތާލެވިއްޖެ ކަމަށް އިއުލާންކޮށްފި

21 އޮކްޓޯބަރު 2024
މިސްރުން މެލޭރިއާ ނައްތާލެވިއްޖެ ކަމަށް އިއުލާންކޮށްފި
06 އެޕްރީލު 2024

"ދިރިހުއްޓަސް ދިރުމެއް ނެތް، ފުރާނަ ހުއްޓަސް ރޫޙެއް ނެތް"

06 އެޕްރީލު 2024
"ދިރިހުއްޓަސް ދިރުމެއް ނެތް، ފުރާނަ ހުއްޓަސް ރޫޙެއް ނެތް"
20 މާރިޗު 2024

ޣައްޒާގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުންތިބީ ބަނޑުހައިހޫނުކަމުގައި: ވޯލްޑް ބޭންކް

20 މާރިޗު 2024
ޣައްޒާގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުންތިބީ ބަނޑުހައިހޫނުކަމުގައި: ވޯލްޑް ބޭންކް
01 ނޮވެމްބަރު 2023

ޖުޒާމްބަލި ފެތުރުން ހުއްޓުވި ފުރަތަމަ ގައުމަކަށް ރާއްޖެ

01 ނޮވެމްބަރު 2023
ޖުޒާމްބަލި ފެތުރުން ހުއްޓުވި ފުރަތަމަ ގައުމަކަށް ރާއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް