Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

އިންޑިޔާ ފަސްޓުން އިންޑިޔާ އައުޓަށް ޝިއާރު ބަދަލުވުމުގެ ސިއްރަކީ ކޮބައި؟

ވެރިކަމުގައި ހުންނެވިއިރު ވިދާޅުވަމުން ގެންދެވީ އިންޑިޔާ ފަސްޓް ކަމަށް

ރާއްޖެ އެމްވީ | 20 ޑިސެމްބަރު 2021 | ހޯމަ 13:08
ރައީސް ޔާމީން: ވަރަށް ގިނަ ކަންކަމުގައި ކުރިން ދައްކަވާފައިވާ ވާހަކަފުޅުތައް މިހާރު ގެންދަވަނީ ނަފީކުރައްވަމުން

ރައީސް ޔާމީން: ވަރަށް ގިނަ ކަންކަމުގައި ކުރިން ދައްކަވާފައިވާ ވާހަކަފުޅުތައް މިހާރު ގެންދަވަނީ ނަފީކުރައްވަމުން

"އަޅުގަނޑުމެންނަކީ އިންޑިޔާ ކަނޑުގައި އޮތް ކުޑަކުޑަ ގައުމެކެވެ. ފިޔާކޮޅުވެސް އަޅުގަނޑުމެން އެތެރެ މިކުރަނީ އުތުރު ކަރައިންނެވެ. ރަމަޟާން މަހަށް އަލުވި، ފިޔާ، މިރުސް ނުލިބުނީމާ އަޅުގަނޑުމެން އަނެއްކާވެސް ޖެހިލަން ޖެހެނީ އުތުރު ކަރަޔާއި ހަމަޔަށެވެ. އިންޑިޔާއާ ހަމައަށެވެ. އަޅުގަނޑުމެންގެ ސިޔާސީ މީހުން ޕޯޑިއަމްތަކަށް އަރައި ޖަޒުބާތާއެކީގައި އެކިއެކި ވާހަކަ ދައްކާއިރު އަޅުގަނޑުމެންނަކީ ކިހާ ނާޒުކު ހިސާބެއްގައި ތިބި ބައެއްކަން ފަހަރެއްގައިވެސް ޚިޔާލަކަށް ނުގެނެއެވެ. މި ސަރަހައްދުގައި އޮތް އެންމެ ބޮޑު ކަނޑަކީ އިންޑިޔާ ކަނޑެވެ. އެ މާސިންގާ ބޮޑު އިންޑިޔާ ކަނޑުގައި އޮތް އެންމެ ކުޑަކުޑަ ޖަޒީރާ އަދި އެންމެ ނިކަމެތި ގައުމަކީ ދިވެހިރާއްޖެއެވެ. އެކަމަކު ދިވެހިރާއްޖޭގެ ސިޔާސީ ބޭފުޅުންނަކީ މުޅި ސަރަހައްދަށް ނުކަތާވަރުގެ ސިޔާސީ ބޭފުޅުންނަށް މިއަދު ވެއްޖެއެވެ" މިއީ އަޅުގަނޑުގެ އަމިއްލަ ބުނުމެއް ނޫނެވެ. މިއީ ރައީސް ޔާމީނުގެ ދައުރުގައި އެމަނިކުފާނު އިންޑިޔާ ސިފަ ކުރައްވާފައިވާ ގޮތެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި އިންޑިޔާ ފަސްޓް ޕޮލިސީއެއް އެމަނިކުފާނު ޕްރޮމޯޓް ކުރެއްވިއެވެ. ކުރިން ދެންނެވުނު ވާހަކަ އެމަނިކުފާނު އެހާ އަސަރާއެކީ ވިދާޅުވީ އެމަސައްކަތް ކުރެއްވި އިރުގައެވެ. އިންޑިޔާއަށް ވަޑައިގެން އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލު ކުރައްވައި އެކި ކަންކަމުގައި އިންޑިޔާގެ އެހީތެރިކަން ހޯއްދެވުމަށް މަޝްވަރާ ކުރެއްވި ދުވަސްވަރުގައެވެ. އޭރު ރައީސް ޔާމީނާއި އެމަނިކުފާނުގެ ސަރުކާރަށް އިންޑިޔާ ފަސްޓެވެ. އިންޑިޔާ ކަނޑުވެސް އޭރު އެހާ ފުޅާވެފައި ބޮޑެވެ. އޭރު ދިވެހިރާއްޖެ ވަރަށް ނިކަމެއްޗެވެ. ވަރަށް ކުޑައެވެ. އޭރު އިންޑިޔާއާ ނުލައި ކަމެއް ކުރެވޭން ނެތް ކަމަށް ގަބޫލު ކުރެއްވިއެވެ. އިންޑިޔާ ކަނޑުގައި އިންޑިޔާގެ މަސްލަހަތު ވަރަށް ބޮޑު ކަމަށް ގަބޫލު ކުރެއްވިއެވެ. އެނޫން ގޮތަކަށް އެކަން ދެކޭ މީހުންނަށް އެމަނިކުފާނު ފާޑުވިދާޅުވެ މަލާމާތް ވެސް ކުރެއްވިއެވެ. އަމިއްލަ ހައިސިއްޔަތާއި ފެންވަރު އޮޅިގެން އުޅޭ ބައެއް ކަމަށް ސިފަ ކުރެއްވިއެވެ.

އެއީ އެދުވަހެވެ. އެއީ އެދުވަސްވަރެވެ. މިއަދު އެމަނިކުފާނު ވިދާޅުވަނީ ކީކޭ ބާވައެވެ. މިއަދު އެވިދާޅުވަނީ އިންޑިޔާ އައުޓެވެ. މިއަދު ވަކާލާތު ކުރައްވަނީ ދިވެހިރާއްޖޭގެ ބޮޑުކަމާއި ކެރިކުޅަދާނަ ކަމުގެ ވާހަކައިންނެވެ. އިންޑިޔާގެ އެހީތެރިކަމަށް ބޭނުން ނުވެޔޭ، އިންޑިޔާއަށް ނޫނެކޭ ވިދާޅުވެ ފައްސައިލުމުގެ ޝިއާރުތަކުންނެވެ. އިއްޔެއޭ މިދެންނެވީ މާކުރީގެ މާޟީއެއްގެ ވާހަކައެއް ނޫނެވެ. މީގެ ހަތަރު ފަސްއަހަރެއްހާ ދުވަސް ކުރީގެ މާޟީއެކެވެ. އެހާ އަވަހަށް ރައީސް ޔާމީނުގެ ބަސްމަގަށް ބަދަލު އައުމުގެ ސިއްރަކީ ކޮބައިބާވައެވެ، ހަގީގަތުގައިވެސް އިންޑިޔާ ކަނޑު ކުޑަވެފައި ރާއްޖޭގެ ކެރި ކުޅަދާނަކަން ބޮޑުވީ ބާވައެވެ. ރަމަޟާން މަހުވެސް އަދި އެނޫން މަހެއްގައިވެސް ފިޔާ، އަލުވި، މިރުސް ފަދަ ތަކެތި ދިވެހިން ބޭނުން ނުވަނީ ބާވައެވެ. މުޅި ސަރަހައްދަށް ބަލާއިރުވެސް އެންމެ ބުއްދިވެރި ހިކުމަތްތެރި މޮޅު ސިޔާސީ މީހުން ތިބި ގައުމަކަށް މި ފަސްއަހަރުގެ ތެރޭގައި ދިވެހިރާއްޖެ ވެ ނިމުނީ ބާވައެވެ.

މި ހުންނަނީ ވިސްނުން ހިންގައި ފިކުރުކުރާން ޖެހޭ ކަންކަމެވެ. ދިވެހިރާއްޖޭގެ ހާލަތުވެސް އަދި އިންޑިޔާ ކަނޑުގެ ހާލަތުވެސް ފާއިތުވި ފަސް އަހަރުގެ ތެރޭގައި ބަދަލެއް ނުވެއެވެ. ހާލަތު ހަމައެއްގޮތެވެ. ބަދަލުވީ ރައީސް ޔާމީނުގެ ހާލަތެވެ. ބަދަލުވީ އެމަނިކުފާނުގެ ވެރިކަމެވެ. ކުރީގައި އެއީ ރައީސުލްޖުމްހޫރިއްޔާއެވެ. ގައުމުގެ ވެރިޔާއެވެ. އެމަނިކުފާނުގެ ސިޔާސަތު ކަމުނުގޮސްގެން ރައްޔިތުންގެ ތެރެއިން ގިނަބަޔަކު އެމަނިކުފާނަށް ނޫނެކޭ ބުނީމާ ވެރިކަން ގެއްލުނީއެވެ. މިހާރު އެއީ އިދިކޮޅު ލީޑަރެވެ. އެހެންވީމާ ބަސްމަގާއި ވިސްނުމަށް ބަދަލު އައީކަމަށް ވެދާނެއެވެ. ވެރިކަން ކުރައްވާއިރު ރައީސް ޔާމީނަށް އިންޑިޔާ ފަސްޓް ވެފައި ވެރިކަން ގެއްލުނީމާ އިންޑިޔާ އައުޓްވާން ޖެހެނީ ކަމަށްވެސް ވެދާނެއެވެ. އިންޑިޔާ ފަސްޓާއި އިންޑިޔާ އައުޓަކީ ވެރިކަން ދެމެހެއްޓުމާއި ވެރިކަން އަލުން ހޯދުމަށް ކުރެވޭ މަސައްކަތުގައި ބޭނުންކުރަން އޮންނަ ދެ ކާޑަކީ ކަމަށް ވެސް ވެދާނެއެވެ. ފެންނަ މަންޒަރުތަކާއި އިވޭ އަޑުތަކުން ޔަގީންވަނީ އެކަހަލަ އެއްޗެކެވެ.

އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ގައުމީ މަސްލަހަތާއި ސަރަހައްދުގެ މަސްލަހަތާ ގުޅޭ ކަންކަމަކީ ވަކި މީހެއްގެ ހާލަތު ފުރޮޅޭ ގޮތަކުން ބަދަލުވާ އެއްޗެއް ނޫނެވެ. ބަދަލުކުރެވޭނޭ އެއްޗެއްވެސް ނޫނެވެ. ކަންކަމުގެ ހަގީގަތް އޮންނަނީ މީހަކު ވާހަކަ ދައްކާހައި ގޮތަކަށްވެސް ނޫނެވެ. މީހާގެ ހާލަތަށް އަންނަ ބަދަލަކުން އެމީހާގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް ބަދަލު އަތުވެދާނެއެވެ. އެގޮތްވީމާ އެމީހަކު އިހަށް ދައްކާފައި ހުންނަ ވާހަކަތަކާ ދިމާ އިދިކޮޅަށްވެސް އަލުން ވާހަކަ ދައްކައިފާނެއެވެ. މިގޮތް އެންމެ ބޮޑަށް ފެންނަމުން އެދަނީ ހަމަ ރައީސް ޔާމީނުގެ ކިބައިންނެވެ. ވެރިކަމުގައި ހުންނެވިއިރު އެމަނިކުފާނު ކުރެއްވި ކަންކަން މިއަދު އެގެންދަވަނީ ނުކުރައްވާ ކަންކަމަށް ހައްދަވަމުންނެވެ. ވިދާޅުވި ވާހަކަފުޅުތައްވެސް އެގެންދަވަނީ ދޮގު ކުރައްވަމުންނެވެ. އެހެންވީމާ އަޑު އަހާ މީހުންނަށް މިތިބެވެނީ އެމަނިކުފާނުގެ ވާހަކަފުޅުތަކުގެ ތެރެއިން ގަބޫލުކުރަންވީ އިއްޔެ ދެއްކެވި ވާހަކަފުޅުތޯ ނުވަތަ މިއަދު އެދައްކަވާ ވާހަކަފުޅުތޯ ނޭނގި އޮޅުމެއްގެ ތެރޭގައެވެ.

ނުވާކަންކަން އަމިއްލައަށް އުފައްދައިގެން އަމިއްލަ ފިކުރުގެ ތިލަފަތުން އެހެން މީހުން ކިރަން އުޅުމަކީ އަޅުގަނޑުގެ ގަސްތެއް ނޫނެވެ. މިދައްކަނީ ވެފައި ހުންނަ ކަންކަމުގެ ވާހަކައެވެ. ރިކޯޑުކުރެވިފައި ހުރި ކަންކަމުގެ ވާހަކައެވެ. ރައީސް ޔާމީނަކީ ގައުމުގައި ވެރިކަން ކުރެއްވި ބައެއް ބޭފުޅުން ވާހަކަފުޅު ދައްކަވާ ގޮތަށް އެބޭފުޅުންގެ އަޑު ނެރުއްވައިގެން ހޭރުވުމުގެ ކަންކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ. ހުތުރުކަންތައް ތަކުރާރު ކުރައްވާ ބޭފުޅެކެވެ. އަމިއްލަފުޅު ބޭބެ ހޭރުވުމުގެ ރިކޯޑުވެސް ގާއިމުކުރައްވައި ދިވެހީންގެ އަޚުލާގީ މިންގަނޑު ފޫވައްޓައިލެއްވި ބޭފުޅެކެވެ. އެވަރުގެ ބޭފުޅަކު އެވަގުތެއްގައި ހަމަ ކޮންމެ ވާހަކަފުޅެއްވެސް ދައްކަވައިފާނެއެވެ. މިއަދު އިންޑިޔާ އައުޓޭ އެވިދާޅުވާ ބީދައިން މާދަމާ އިންޑިޔާ ފަސްޓޭ ވެސް އަލުން ވިދާޅުވެދާނެއެވެ. އެހެން ވިދާޅުވާންވެސް އެމަނިކުފާނު ވަރަށް ފަރިތަކަން މި ވާހަކަ ފަށަމުން އަޅުގަނޑު އެގެނައި ފޮޅުވަތްތަކުންވެސް އެއޮތީ ފެންނާށެވެ.

ރައީސް ޔާމީންޕީ.ޕީ.އެމް-ޕީ.އެން.ސީ ކޯލިޝަންއިންޑިއާ އިން މޯލްޑިވްސްދިވެހި ރާއްޖެ-އިންޑިއާގެ ގުުޅުން

ކޮމެންޓް

އިތުރަށް ކިޔާލަން

ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ގޮސް ރައްޔިތުން ހަނާވާއިރު، ވަކި މީހަކު ރުއްސަން މޮޅު ވާހަކަ ދެއްކިޔަސް ރައްޔިތުން ގަބޫލެއް ނުކުރާނެ: އައްބާސް

ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ގޮސް ރައްޔިތުން ހަނާވާއިރު، ވަކި މީހަކު ރުއްސަން މޮޅު ވާހަކަ ދެއްކިޔަސް ރައްޔިތުން ގަބޫލެއް ނުކުރާނެ: އައްބާސް

17 ޖުލައި 2025
ފައިސަލްގެ މަޤާމު ގެއްލުވާލީ އަބްދުއްރަހީމް ނިކަމެތި ކޮށްލުމުގެ ބޭނުމުގައި: އަހުމަދު ހަލީމް

ފައިސަލްގެ މަޤާމު ގެއްލުވާލީ އަބްދުއްރަހީމް ނިކަމެތި ކޮށްލުމުގެ ބޭނުމުގައި: އަހުމަދު ހަލީމް

29 ޖެނުއަރީ 2025
އިންޑިއާގެ ލޭބަރުންތަކެއް ހާލުގައި ޖައްސައިފި

އިންޑިއާގެ ލޭބަރުންތަކެއް ހާލުގައި ޖައްސައިފި

24 ޑިސެމްބަރު 2024
ޓޫރިޒަމް އިންޑަސްޓްރީއަށް އަމާޒުކޮށް އެމްޑީޕީން ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމަށް ވިދާޅުވި ނިހާދު ސަސްޕެންޑުކޮށްފި

ޓޫރިޒަމް އިންޑަސްޓްރީއަށް އަމާޒުކޮށް އެމްޑީޕީން ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމަށް ވިދާޅުވި ނިހާދު ސަސްޕެންޑުކޮށްފި

24 ޑިސެމްބަރު 2024
އެމްޑީޕީން ރިސޯޓުތަކަށް އަރަން އުޅޭ ކަމަށް ތުހުމަތު ކޮށްފި

އެމްޑީޕީން ރިސޯޓުތަކަށް އަރަން އުޅޭ ކަމަށް ތުހުމަތު ކޮށްފި

24 ޑިސެމްބަރު 2024

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު