Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕްރެޒިޑެންޓްސް ކަޕް

ޔޫވީ އަތުން ވެލެންސިއާއަށް ފަސޭހަ މޮޅެއް

19 ޑިސެމްބަރު 2021 | އާދީއްތަ 22:47

އަނިޔާގެ ސަބަބުން އަލީ އަޝްފާގް މި މެޗުގައި ނުކުޅޭ

އަތޫފް އާތިފް
އަތޫފް އާތިފް | 19 ޑިސެމްބަރު 2021 | އާދީއްތަ 22:47
ޕްރެޒިޑެންޓްސް ކަޕުގައި ވެލެންސިއާ އާއި ޔޫވީ ބައްދަލުކުރި މެޗުގެ ތެރެއިން

ޕްރެޒިޑެންޓްސް ކަޕުގައި ވެލެންސިއާ އާއި ޔޫވީ ބައްދަލުކުރި މެޗުގެ ތެރެއިން

ޕްރެޒިޑެންޓްސް ކަޕުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަތުން ފަސޭހަކަމާއެކު ކުލަބު ވެލެންސިއާ މޮޅުވެއްޖެއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗު ވެލެންސިއާއިން ކާމިޔާބުކުރީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

ވެލެންސިއާއިން މިރޭގެ މެޗަށް ނިކުތްއިރު، ޗެރިޓީ ޝީލްޑް މެޗުގެ ފުރަތަމަ 11 ގައި ކުޅުނު އިތުބާރު ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) މިރޭގެ މެޗުގައި ނުކުޅެއެވެ. އޭނާ މި މެޗުގައި ކުޅެފައި ނުވަނީ އަނިޔާއެއްގެ ސަބަބުންނެވެ.

ޒުވާން ޓީމަކާއެކު ނުކުތް ޔޫވީން މި މެޗުގެ ކުރީކޮޅު ރަނގަޅަށް ކުޅެ ވެލެންސިއާގެ ގޯލަށް ނުރައްކާކުރިއިރު، މެޗުގެ 27 ވަނަ މިނިޓުގައި އެ ޓީމުގެ އަޙްމަދު ބައްސާމް މުޙައްމަދު ނައީމް (ބައްކު) އަށް ވަނީ އޭރިއާ ތެރެއިން ހުސް ފުރުސަތެއް ލިބިފައެވެ. އެކަމަކު އޭނާ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ވެލެންސިއާގެ ގޯލްކީޕަރު މުޙައްމަދު ފައިސަލެވެ. އަދި ދެވަނަ ފަހަރަށް ލިބުނު ބޯޅަ އޭރިއާ ތެރެއިން ބައްކު ހުހަށް ހުރި އަލީ ހައިޝަމް (ޗުމްޕު) އަށް ދިން ނަމަވެސް، އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ދަނޑި މަތިން ބޭރަށެވެ.

މި މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ވެލެންސިއާއިން ވަނީ ލީޑު ނަގާފައެވެ. މި ހާފު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން އަލީ ފާސިރު (ސެންޓޭ) އެވެ. އަދި ދެވަނަ ހާފު ފަށައިގެން ހަތްވަނަ މިނެޓުގައި ސެންޓޭ ވަނީ އިތުރު ލަނޑެއް ޖަހައި، ވެލެންސިއާގެ ލީޑު ފުޅާކޮށްދީފައެވެ.

މި މެޗުގައި ވެލެންސިއާއިން ކާމިޔާބުކުރި ތިންވަނަ ލަނޑު މެޗުގެ 73 ވަނަ މިނެޓުގައި ޖަހައިދިނީ ސްޕެއިންގެ ފޯވާޑް ބޯހާސް މާޓިން ގޮންޒޭލާޒެވެ. އަދި މެޗުގެ އިތުރު ވަގުތުގައި ވެލެންސިއާއިން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު ބިދޭސީ މިޑްފީލްޑަރު ޚަލީލް ޖަމާލް ޖަހައިދިންއިރު، އެ ޓީމުގެ ފަހު ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ހުސެއިން ހަންނާނެވެ.

މެދުކެނޑުމަކަށްފަހު މި އަހަރު ޕްރެޒިޑެންޓްސް ކަޕް ބާއްވާއިރު، މި ފަހަރުގެ މުބާރާތް ރާވާފައިވާ ގޮތުން އަށް ޓީމުގެ މެދުގައި ލީގު ބުރެއް ކުޅޭއިރު، މުބާރާތުގެ ފައިނަލުުގައި ކުޅޭނީ ލީގު ބުރުގެ އެންމެ މޮޅު ދެ ޓީމެވެ. އެންމެ ފަހުން ޕްރެޒިޑެންޓްސް ކަޕުގައި އަށް ޓީމު ހިމެނޭ ގޮތަށް ކުޅުނީ 2015 ވަނަ އަހަރެވެ. މި އަހަރު ޕްރެޒިޑެންޓްސް ކަޕް ބާއްވާއިރު، މި މުބާރާތް އެންމެ ފަހުން ބާއްވާފައިވަނީ 2017 ވަނަ އަހަރެވެ. އޭގެ ފަހުން ފާއިތުވި ތިން ސީޒަނުގައިވެސް އެކި ސަބަބުތަކާ ހުރެ ޕްރެޒިޑެންޓްސް ކަޕް ބާއްވާފައެއް ނުވެއެވެ.

ޕްރެޒިޑެންޓްސް ކަޕްކުލަބު ވެލެންސިއާޔުނައިޓެޑް ވިކްޓަރީ (ޔޫވީ)

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

ޔޫވީ އަތުން ބުރަށް ނުވަ ލަނޑުގެ މޮޅެއް

13 ޑިސެމްބަރު 2025
ޔޫވީ އަތުން ބުރަށް ނުވަ ލަނޑުގެ މޮޅެއް
01 ޑިސެމްބަރު 2025

ޔޫވީ އިން ގްރީން ބަލިކޮށްފި

01 ޑިސެމްބަރު 2025
ޔޫވީ އިން ގްރީން ބަލިކޮށްފި
30 ނޮވެމްބަރު 2025

ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި

30 ނޮވެމްބަރު 2025
ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި
29 ނޮވެމްބަރު 2025

ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

29 ނޮވެމްބަރު 2025
ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ
25 ނޮވެމްބަރު 2025

ބުރުން ޔޫވީ ބަލިކޮށްފި

25 ނޮވެމްބަރު 2025
ބުރުން ޔޫވީ ބަލިކޮށްފި
01 ނޮވެމްބަރު 2025

ފަސް ލަނޑުގެ މޮޅާ އެކު މާޒިޔާ އިން އެއް ވަނައިގައި

01 ނޮވެމްބަރު 2025
ފަސް ލަނޑުގެ މޮޅާ އެކު މާޒިޔާ އިން އެއް ވަނައިގައި
21 އޮކްޓޯބަރު 2025

ޓީސީ އިން ވެލެންސިއާ ބަލިކޮށްފި

21 އޮކްޓޯބަރު 2025
ޓީސީ އިން ވެލެންސިއާ ބަލިކޮށްފި
20 އޮކްޓޯބަރު 2025

ޔޫވީ ބަލިކޮށް، މާޒިޔާ އެއް ވަނަ އަށް

20 އޮކްޓޯބަރު 2025
ޔޫވީ ބަލިކޮށް، މާޒިޔާ އެއް ވަނަ އަށް
02 އޮކްޓޯބަރު 2025

ވެލެންސިއާ ބަލިކޮށް، ނިއުގެ ފޯމު ކުރިއަށް

02 އޮކްޓޯބަރު 2025
ވެލެންސިއާ ބަލިކޮށް، ނިއުގެ ފޯމު ކުރިއަށް
01 އޮކްޓޯބަރު 2025

ފަހަތުން އަރައި ޔޫވީ އިން ޓީސީ ބަލިކުރިއިރު، ސުހާދު ހެޓްރިކް ހަދައިފި

01 އޮކްޓޯބަރު 2025
ފަހަތުން އަރައި ޔޫވީ އިން ޓީސީ ބަލިކުރިއިރު، ސުހާދު ހެޓްރިކް ހަދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް