Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިންޑިޔާ އައުޓް ކެމްޕެއިން

"އިންޑިޔާ އައުޓް" ކެމްޕެއިނާ ދެކޮޅުކަން އެމްއެންޕީން ހާމަކުރުމާއެކު ޕީޕީއެމް/ޕީއެންސީގެ ބަހުގެ ހަމަލާތައް އެމްއެންޕީއަށް

19 ޑިސެމްބަރު 2021 | އާދީއްތަ 18:07

މިއީ ރާއްޖޭގެ މުޅި އިޤްތިޞާދު ފުނޑާލުމަށްޓަކައި ބަޔަކު ސިޔާސީ ބޭނުމެއްގައި ކުރާ މަސައްކަތެއްކަމަށް ނާޒިމް ސިފަކުރެއްވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 19 ޑިސެމްބަރު 2021 | އާދީއްތަ 18:07
އެމްއެންޕީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

އެމްއެންޕީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

އިދިކޮޅު ޕީޕީއެމް/ޕީއެންސީން ކުރިޔަށްގެންދާ އިންޑިޔާ އައުޓް ކެމްޕެއިނާ އިދިކޮޅުކަން, މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ން ހާމަކުރުމާއެކު ޕީޕީއެމް/ޕީއެންސީގެ ބަހުގެ ހަމަލާތައް އެމްއެންޕީގެ އިސްވެރިންނަށް އަމާޒުވާން ފަށައިފިއެވެ.

އާދިއްތަ ދުވަހު އެމްއެންޕީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޕާޓީގެ ރައީސް ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމް ވިދާޅުވީ، މިއީ ރާއްޖޭގެ މުޅި އިޤްތިޞާދު ފުނޑާލުމަށްޓަކައި ބަޔަކު ސިޔާސީ ބޭނުމެއްގައި ކުރާ މަސައްކަތެއް ކަމަށެވެ. ލީޑަރެއްގެ އަމިއްލަ ބޭނުމަކަށްޓަކައި ގައުމު ފުނޑާނުލުމަށް ނާޒިމް ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި އިންޑިއާ އައުޓް ކެމްޕެއިނަކީ ގައުމީ ކެމްޕެއިނެއް ނޫން ކަމަށް ނާޒިމް ވިދާޅުވިއެވެ. އެއީ ރައީސް ޔާމީންގެ ސަރުކާރުގައި ހިންގާފައި ހުރި ކޮރަޕްޝަންގެ ކަންކަމުގައި މަތި ޖެހުމުގެ ނިޔަތުގައި ހިންގާ ޖަރީމާއެއް ކަމަށް ނާޒިމް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިއާއެކު ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ފުރަތަމަ ޑިފެންސް މިނިސްޓަރުކަން ކުރެއްވި ކާނަލް މުޙައްމަދު ނާޒިމަށާއި އެމްއެންޕީގެ ވެރިންނަށް އަމާޒުކޮށް ސޯޝަލް މީޑިޔާގައި ޕީޕީއެމް/ޕީއެންސީގެ މެމްބަރުންނާއި ތާއީދުކުރާ ފަރާތްތަކުން އަންނަނީ ބަހުގެ ހަމަލާތަކެއް ދެމުންނެވެ. އެގޮތުން އިންޑިޔާ ސިފައިންނާއި އިންޑިޔާ ރާއްޖޭގައި ބޭތިއްބުމަށް ނާޒިމް މަސައްކަތްކުރައްވާފައިވާ މޭރުމަކުން އަންނަނީ އިދިކޮޅު ކޯލިޝަންގެ މެމްބަރުން ވާހަކަދައްކަމުންނެވެ. އެގޮތުން އެމްއެންޕީގެ ރައީސް ކާނަލް ނާޒިމްއަކީ ރާއްޖެއަށް އިންޑިއާ ސިފައިންގެ ދެވަނަ ހެލިކޮޕްޓަރު ގެނައުމުގައި އިސްކޮށް ހުރި ފަރާތްކަމަށާއި، ލެޓަރ އޮފް އެކްސްޗޭންޖްގައި ސޮއިކުރީ އޭރުގެ ރައީސުލްޖުމްހޫރިއްޔާއަށް ނާންގާކަމަށް ބުނެ މީހަކު ވަނީ ޓްވީޓެއްކޮށްފައެވެ.

އެ ޓްވީޓަށް ރައްދުދެއްވަމުން ވިލިމާލެ ދާއިރާގެ އެމްއެންޕީ މެމްބަރ އަޙުމަދު އުޝާމް ވިދާޅުވެފައިވަނީ، އެއީ ހަމަޖެހޭ ވާހަކައެއް ނޫންކަމަށެވެ. ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަ ފަރާތަކަށް ނޭނގި ބޭރުގެ އެއްވެސް ފަރާތަކާއެކު އެއްވެސް ކަހަލަ އެއްބަސްވުމެއްގައި ސޮއި ނުކުރެވޭނެ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ "ގާނޫނީ ހުއްދަ" ނެތި ސޮއިކުރާ އެއްބަސްވުން ގާނޫނީގޮތުން ސައްހައެއްވެސް ނުވާނެ ކަމަށް އުޝާމް ވަނީ ވިދާޅުވެފައެވެ.

އެމްއެންޕީން ޕީޕީއެމް/ޕީއެންސީން ކޯލިޝަނުން ހިންގާ އިންޑިޔާ އައުޓް ކެމްޕެއިނާ ދެކޮޅުކަން ހާމަކުރުމުން އެކަމާގުޅިގެން މާވަށު ދާއިރާގެ ޕީއެންސީ މެމްބަރ މުހައްމަދު ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސިޔާސީ މަގުބޫލުކަން ހޯދާނީ ފިނޑިކޮށް ނޫންކަމަށެވެ. ފަހުގެ ތާރީޚުގައި ރާއްޖޭގައި ހިނގި އެންމެ ބޮޑު ޖަރީމާއަކީ، ޔޫޓީއެފްއާއި އިންޑިޔާ ސިފައިން ރާއްޖޭގައި ބޭތިއްބުންކަމަށް ސައީދު ވިދާޅުވިއެވެ. "އެއީ އަމިއްލަ ނަފުސު ހިމެނޭ ކޯލިޝަނުން ހެދި އެންމެ މުޑުދާރު ގޯސް" ސައީދުގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

އެޓްވީޓަށް ރައްދުދެއްވަމުން އެމްއެންޕީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރ ޢަބްދުﷲ ރިޔާޒު ވިދާޅުވީ، ޔޫޓީއެފް އެގްރިމެންޓްގައި ޕީޕީއެމް/ޕީއެންސީ ސަރުކާރުގެ ދައުރެއް އޮތްކަން ވަރަށް ސާފުކަމަށެވެ. "ކޮންމެ ކަމެއްގައި އޮޅުވާލަން ނޫޅުއްވާ!" ރިޔާޒުގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ. އަދި ވިދާޅުވީ ޔޫޓީއެފް އެގްރިމެންޓްގެ ފެށުމަކީ 2016 ވަނަ އަހަރު އިންޑިޔާއާއެކު ސޮއިކުރެވުނު "ޑިފެންސް އެކްޝަން ޕްލޭން އޮން ޑިފެންސް ކޯޕަރޭޝަން" ކަމަށެވެ.

ރައީސް ޔާމީން އިސްވެ ހުންނަވައިގެން އި"ންޑިޔާ އައުޓް" ކެމްޕެއިން ކުރިޔަށްވުރެ ފުޅާކޮށް އަންނަނީ ހިންގަމުންނެވެ. އެމަނިކުފާނު އިސްވެ ހުންނަވައި، އަތޮޅުތެރެއަށް ވެސް ދަތުރުކުރައްވާފައިވާއިރު، އަތޮޅުތެރޭގައި މި ކެމްޕެއިން ފުޅާކުރުމުގެ މަސައްކަތްތައް މިހާރުވެސް ކުރިއަށްދެއެވެ. އަދި މާލޭގައި ވެސް މި ކެމްޕެއިންތައް ކުރިއަށްދެއެވެ.

މިހަރަކާތާ ގުޅިގެން ދިވެހި ސަރުކާރުން ބުނެފައިވަނީ، ރާއްޖެއާ ދޭދޭ ގައުމުތަކުގެ މެދުގައި އޮންނަ ގުޅުންތަކާ ގުޅޭގޮތުން ފިތުނަ އުފައްދައި ގޯސް ތުހުމަތުތަކެއް ފެތުރުމަކީ، ރާއްޖެއަށް އަބަދުވެސް އެހީތެރިވެދޭ އަވައްޓެރި ގާތް އެކުވެރި ގައުމުތަކާމެދު އޮންނަ ބަދަހި ގުޅުންތަކަށް ނޭދެވޭ އަސަރުކުރުވާ ކަމެއްކަމަށެވެ. ދިވެހި ސަރުކާރުން ވަނީ ރާއްޖޭގެ ހުރިހާ ފަރާތްތަކާއި ސިޔާސީ ޕާޓީތަކަށާއި، ސިޔާސީ ލީޑަރުންނަށް ވެސް ޒިންމާދާރުކަމާއެކު ހަަރަކާތްތެރިވުމަށް ގޮވާލައި، ރާއްޖެއާ ދޭދޭ ގައުމުތަކާއި ބައިނަލްއަގުވާމީ މަސްރަހުގައި އޮންނަ ގާތް ގުޅުންތަކަށް ބުރޫއަރާހެން ދޮގު މައުލޫމާތު ނުފެތުރުމަށް ގޮވާލައި އެކަމަށް އިލްތިމާސްކޮށްފައެވެ.

ޕީ.ޕީ.އެމް-ޕީ.އެން.ސީ ކޯލިޝަންއެމްއެންޕީ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

04 ސެޕްޓެމްބަރު 2025

މާލީ ބަޔާން ހުށަނާޅާ މެންބަރުންނަށް ފިޔަވަޅު އަޅާނަން - މަޖިލިސް

04 ސެޕްޓެމްބަރު 2025
މާލީ ބަޔާން ހުށަނާޅާ މެންބަރުންނަށް ފިޔަވަޅު އަޅާނަން - މަޖިލިސް
17 ޖުލައި 2025

ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ގޮސް ރައްޔިތުން ހަނާވާއިރު، ވަކި މީހަކު ރުއްސަން މޮޅު ވާހަކަ ދެއްކިޔަސް ރައްޔިތުން ގަބޫލެއް ނުކުރާނެ: އައްބާސް

17 ޖުލައި 2025
ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ގޮސް ރައްޔިތުން ހަނާވާއިރު، ވަކި މީހަކު ރުއްސަން މޮޅު ވާހަކަ ދެއްކިޔަސް ރައްޔިތުން ގަބޫލެއް ނުކުރާނެ: އައްބާސް
29 ޖެނުއަރީ 2025

ފައިސަލްގެ މަޤާމު ގެއްލުވާލީ އަބްދުއްރަހީމް ނިކަމެތި ކޮށްލުމުގެ ބޭނުމުގައި: އަހުމަދު ހަލީމް

29 ޖެނުއަރީ 2025
ފައިސަލްގެ މަޤާމު ގެއްލުވާލީ އަބްދުއްރަހީމް ނިކަމެތި ކޮށްލުމުގެ ބޭނުމުގައި: އަހުމަދު ހަލީމް
24 ޑިސެމްބަރު 2024

އިންޑިއާގެ ލޭބަރުންތަކެއް ހާލުގައި ޖައްސައިފި

24 ޑިސެމްބަރު 2024
އިންޑިއާގެ ލޭބަރުންތަކެއް ހާލުގައި ޖައްސައިފި
24 ޑިސެމްބަރު 2024

ޓޫރިޒަމް އިންޑަސްޓްރީއަށް އަމާޒުކޮށް އެމްޑީޕީން ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމަށް ވިދާޅުވި ނިހާދު ސަސްޕެންޑުކޮށްފި

24 ޑިސެމްބަރު 2024
ޓޫރިޒަމް އިންޑަސްޓްރީއަށް އަމާޒުކޮށް އެމްޑީޕީން ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމަށް ވިދާޅުވި ނިހާދު ސަސްޕެންޑުކޮށްފި
24 ޑިސެމްބަރު 2024

އެމްޑީޕީން ރިސޯޓުތަކަށް އަރަން އުޅޭ ކަމަށް ތުހުމަތު ކޮށްފި

24 ޑިސެމްބަރު 2024
އެމްޑީޕީން ރިސޯޓުތަކަށް އަރަން އުޅޭ ކަމަށް ތުހުމަތު ކޮށްފި
22 ޑިސެމްބަރު 2024

އެޗްޑީސީގެ ބިޔަބޮޑު ވައްކަމަކީ މުޅި ގައުމުގެ މަސްލަހަތު އޭގައި ހިމެނޭ ކަމެއް: މީކައިލް

22 ޑިސެމްބަރު 2024
އެޗްޑީސީގެ ބިޔަބޮޑު ވައްކަމަކީ މުޅި ގައުމުގެ މަސްލަހަތު އޭގައި ހިމެނޭ ކަމެއް: މީކައިލް
23 ނޮވެމްބަރު 2024

އެހެން ރައީސުންނަށް އަތްލަން ނުކެރުނު ކަންކަމުގައި ރައީސް މުޢިއްޒު އަތްލައްވަން ފެއްޓެވި ފަހުން، ހުރިހާ ތަކުލީފެއް ނިކަމެތި ރައްޔިތު މީހާ އަށް!

23 ނޮވެމްބަރު 2024
އެހެން ރައީސުންނަށް އަތްލަން ނުކެރުނު ކަންކަމުގައި ރައީސް މުޢިއްޒު އަތްލައްވަން ފެއްޓެވި ފަހުން، ހުރިހާ ތަކުލީފެއް ނިކަމެތި ރައްޔިތު މީހާ އަށް!
21 ނޮވެމްބަރު 2024

ދައުލަތުގެ އެއްބާރުގެ ވެރިޔާ މިވަގުތު އެހުންނެވީ ޕީއެންސީގެ ސުލޫކީ ކޮމިޓީގެ ކޮންޓްރޯލްގެ ދަށުގައި

21 ނޮވެމްބަރު 2024
ދައުލަތުގެ އެއްބާރުގެ ވެރިޔާ މިވަގުތު އެހުންނެވީ ޕީއެންސީގެ ސުލޫކީ ކޮމިޓީގެ ކޮންޓްރޯލްގެ ދަށުގައި
02 ނޮވެމްބަރު 2024

ކައުންސިލް ތަކުގެ ބަޖެޓު މަދު ކުރުން، ލާމަރުކަޒީ ނިޒާމު ފުނޑާލަން ކުރާ މަސައްކަތުގެ ބައެއް!

02 ނޮވެމްބަރު 2024
ކައުންސިލް ތަކުގެ ބަޖެޓު މަދު ކުރުން، ލާމަރުކަޒީ ނިޒާމު ފުނޑާލަން ކުރާ މަސައްކަތުގެ ބައެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް