Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެކުވެރިކަމުގެ ވޮލީ މެޗު

ހައިދަރުއާބާދު ސްޕައިކާސްއާ ދެކޮޅަށް ކުޅުނު ދެވަނަ މެޗުންވެސް ރާއްޖެއަށް މޮޅެއް

17 ޑިސެމްބަރު 2021 | ހުކުރު 20:02

ފަހު މެޗު ކުޅޭނީ ހޮނިހިރު ދުވަހުގެ ހަވީރު

އަތޫފް އާތިފް
އަތޫފް އާތިފް | 17 ޑިސެމްބަރު 2021 | ހުކުރު 20:02
ހައިދަރުއާބާދު ސްޕައިކާސް އާއި ރާއްޖޭގެ ގައުމީ ފިރިހެން ވޮލީބޯޅަ ޓީމު ބައްދަލުކުރި މެޗުގެ ތެރެއިން

ހައިދަރުއާބާދު ސްޕައިކާސް އާއި ރާއްޖޭގެ ގައުމީ ފިރިހެން ވޮލީބޯޅަ ޓީމު ބައްދަލުކުރި މެޗުގެ ތެރެއިން

މި މަހު ބަންގްލަދޭޝްގައި ފަށާ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން އިންޑިއާގެ ހައިދަރުއާބާދު ސްޕައިކާސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ރާއްޖޭގެ ގައުމީ ފިރިހެން ވޮލީބޯޅަ މޮޅުވެއްޖެއެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ހުކުރު ދުވަހުގެރޭ ކުޅުނު މެޗުން ރާއްޖެ މޮޅުވީ 3-1 ސެޓުންނެވެ. މި މެޗު ރާއްޖޭން ކާމިޔާބުކުރިއިރު، އެ ޓީމަށް ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުން ރާއްޖެ މޮޅުވީ ފަހަތުން އަރައި 3-1 ސެޓުންނެވެ.

ހުކުރު ދުވަހުގެރޭ ކުޅުނު މެޗުގެ ފުރަތަމަ ސެޓުގައި ރާއްޖޭގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މި ސެޓު ރާއްޖެއިން ވަނީ 25-13 އިން ފަސޭހަކަމާއެކު ކާމިޔާބުކޮށްފައެވެ. އެކަމަކު މެޗުގެ ދެވަނަ ސެޓު ފަށައިގެން ރާއްޖޭން ހަތް ޕޮއިންޓުގެ ލީޑެއް ނެގި ނަމަވެސް، ސެޓުގެ ފަހުކޮޅު ހައިދަރުއާބާދު ސްޕައިކާސްއިން ވަނީ ކުޅުން ރަނގަޅުކޮށް 25-23 އިން މި ސެޓު ކާމިޔާބުކޮށްފައެވެ.

މި މެޗުގެ ތިންވަނަ ސެޓު ފަށައިގެންވެސް ރާއްޖޭން ލީޑުކޮށްގެން ކުޅުނު ނަމަވެސް، ހައިދަރުއާބާދު ސްޕައިކާސްއިން ވަނީ ސެޓުގެ މެދުތެރެއިން ރާއްޖެއާ 14-14 އިން އެއްވަރުކޮށްފައެވެ. އެކަމަކު ސެޓުގެ ފަހުކޮޅު ރާއްޖޭން ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކައި 25-20 އިން މި ސެޓު ކާމިޔާބު ކޮށްފައެވެ. އަދި މެޗުގެ ހަތަރުވަނަ ސެޓުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، މި ސެޓު 25-19 އިން ކާމިޔާބުކޮށް ރާއްޖެ ވަނީ މި މެޗުން މޮޅުވެފައެވެ.

ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން އިންޑިއާގެ ހައިދަރުއާބާދު ސްޕައިކާސްއާ ދެކޮޅަށް ރާއްޖޭން ޖުމްލަ ތިން މެޗެއް ކުޅޭއިރު، ފަހު މެޗު ކުޅޭނީ ހޮނިހިރު ދުވަހުގެ ހަވީރެވެ. އެއަށްފަހު ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ވާދަކުރުމަށް ގައުމީ ވޮލީ ޓީމުތައް ބަންގްލަދޭޝަށް ފުރާނީ އާދީއްތަ ދުވަހުއެވެ.

ސެންޓްރަލް ޒޯނުގެ ކުރިން އިންޑިއާގެ ހައިދަރުއާބާދު ސްޕައިކާސްއާ ދެކޮޅަށް ރާއްޖޭން މެޗުތަކެއް ކުޅޭއިރު، މީގެ ކުރިން މި މަހު ރާއްޖެއިން ވަނީ ސްރީ ލަންކާއާ ދެކޮޅަށްވެސް އެކުވެރިކަމުގެ ތިން މެޗެއް ކުޅެފައެވެ. އެ ތިން މެޗުންވެސް ގައުމީ ފިރިހެން ވޮލީބޯޅަ ޓީމު ވަނީ ބަލިވެފައެވެ.

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން 29 ވަނަ ދުވަހުގެ ނިޔަލަށް ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތް ބަންގާޅުގައި ބާއްވާއިރު، ފިރިހެން މުބާރާތުގައި ވާދަކުރާ ގައުމުތަކަކީ ރާއްޖެ އާއި، ނޭޕާލާއި، ސްރީ ލަންކާ އާއި، އުޒްބެކިސްތާން އަދި ބަންގްލަދޭޝެވެ. އަދި އަންހެން މުބާރާތުގައި ރާއްޖެއާއެކު ވާދަކުރާނީ ކިރްގިސްތާނާއި، ނޭޕާލާއި، އުޒްބެކިސްތާން އަދި ބަންގްލަދޭޝެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި

08 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި
06 ފެބުރުއަރީ 2017

ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު

06 ފެބުރުއަރީ 2017
ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު
01 ފެބުރުއަރީ 2017

ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި

01 ފެބުރުއަރީ 2017
ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި
31 ޖެނުއަރީ 2017

ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!

31 ޖެނުއަރީ 2017
ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
22 ޖެނުއަރީ 2017

ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް

22 ޖެނުއަރީ 2017
ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
14 ޖެނުއަރީ 2017

ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް

14 ޖެނުއަރީ 2017
ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް