Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެކުވެރިކަމުގެ ވޮލީ މެޗު

ރާއްޖޭން އިންޑިއާގެ ހައިދަރުއާބާދު ސްޕައިކާސް ބަލިކޮށްފި

16 ޑިސެމްބަރު 2021 | ބުރާސްފަތި 19:52

ހައިދަރުއާބާދު ސްޕައިކާސްއާ ދެކޮޅަށް އިތުރު ދެ މެޗެއް ކުޅޭނެ

އަތޫފް އާތިފް
އަތޫފް އާތިފް | 16 ޑިސެމްބަރު 2021 | ބުރާސްފަތި 19:52
ހައިދަރުއާބާދު ސްޕައިކާސް އާއި ރާއްޖޭގެ ގައުމީ ފިރިހެން ވޮލީބޯޅަ ޓީމު ބައްދަލުކުރި މެޗުގެ ތެރެއިން

ހައިދަރުއާބާދު ސްޕައިކާސް އާއި ރާއްޖޭގެ ގައުމީ ފިރިހެން ވޮލީބޯޅަ ޓީމު ބައްދަލުކުރި މެޗުގެ ތެރެއިން

މި މަހު ބަންގްލަދޭޝްގައި ފަށާ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން އިންޑިއާގެ ހައިދަރުއާބާދު ސްޕައިކާސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ ފުރަތަމަ މެޗުން ރާއްޖޭގެ ގައުމީ ފިރިހެން ވޮލީބޯޅަ މޮޅުވެއްޖެއެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗުން ރާއްޖެ މޮޅުވީ ފަހަތުން އަރައި 3-1 ސެޓުންނެވެ.

މި މެޗުގެ ފުރަތަމަ ސެޓު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، ސެޓުގެ މެދާ ހިސާބުން އިންޑިއާގެ ހައިދަރުއާބާދު ސްޕައިކާސްއިން ވަނީ ތަފާތު މޮޅުކުޅުމެއް ދައްކައި 19-25 އިން މި ސެޓު ކާމިޔާބުކޮށްފައެވެ. އަދި މެޗުގެ ދެވަނަ ސެޓުގައިވެސް ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ސެޓުގެ ފަހުކޮޅު ރާއްޖޭން ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކައިފައެވެ. އެއާއެކު މި ސެޓު ރާއްޖޭން ކާމިޔާބުކުރީ 25-18 އިންނެވެ.

މި މެޗުގެ ތިންވަނަ ސެޓުގައި ރާއްޖޭން ލީޑުކޮށްގެން ކުޅުނުއިރު، މި ސެޓުގައި ރާއްޖެއިން ވަނީ ހަތް ޕޮއިންޓުގެ ލީޑެއް ނަގާފައެވެ. އެގޮތުން މި ސެޓު ރާއްޖެއިން ކާމިޔާބުކޮށްފައިވަނީ 25-18 އިންނެވެ. އަދި މި މެޗުގެ ފަހު ސެޓުގައި އިންޑިއާ ކުޅުންތެރިންނަށް ގިނަ ގޯސްތަކެއް ހެދުނުއިރު، މި ސެޓު ރާއްޖޭން ވަނީ ފަސޭހަކަމާއެކު 25-17 އިން ކާމިޔާބުކޮށްފައެވެ.

ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗުގެ ތިންވަނަ ސެޓުގައި ޒުވާން ކުޅުންތެރިޔާ މާއިޝް މުޙައްމަދަށް ވަނީ ކުޅުމުގެ ފުރުސަތު ދީފައެވެ. މިއީ އުމުރުން 17 އަހަރު މާއިޝް ގައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗެވެ. ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތަށް އެކުލަވާލި 12 ކުޅުންތެރިންގެ ފައިނަލް ސްކޮޑުގައި މާއިޝާއެކު ޒުވާން އިތުރު ދެ ކުޅުންތެރިންވެސް ވަނީ ހިމަނާފައެވެ. އެއީ އުމުރުން 19 އަހަރުގެ އަޙްމަދު ނާފިއު އާއި އުމުރުން 20 އަހަރުގެ ޝާމިލް މުޙައްމަދެވެ.

ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން އިންޑިއާގެ ހައިދަރުއާބާދު ސްޕައިކާސްއާ ދެކޮޅަށް ރާއްޖޭން ޖުމްލަ ތިން މެޗެއް ކުޅޭއިރު، ދެވަނަ މެޗު ކުޅޭނީ ހުކުރު ދުވަހުގެރެއެވެ. އަދި ތިންވަނަ މެޗު ކުޅޭނީ ހޮނިހިރު ދުވަހުގެރއެވެ. އެއަށްފަހު ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ވާދަކުރުމަށް ގައުމީ ވޮލީ ޓީމުތައް ބަންގްލަދޭޝަށް ފުރާނީ އާދީއްތަ ދުވަހުއެވެ.

ސެންޓްރަލް ޒޯނުގެ ކުރިން އިންޑިއާގެ ހައިދަރުއާބާދު ސްޕައިކާސްއާ ދެކޮޅަށް ރާއްޖޭން މެޗުތަކެއް ކުޅޭއިރު، މީގެ ކުރިން މި މަހު ރާއްޖެއިން ވަނީ ސްރީ ލަންކާއާ ދެކޮޅަށްވެސް އެކުވެރިކަމުގެ ތިން މެޗެއް ކުޅެފައެވެ. އެ ތިން މެޗުންވެސް ގައުމީ ފިރިހެން ވޮލީބޯޅަ ޓީމު ވަނީ ބަލިވެފައެވެ.

މިމަހު ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތް ބަންގާޅުގައި ބާއްވާއިރު، ފިރިހެން މުބާރާތުގައި ވާދަކުރާ ގައުމުތަކަކީ ރާއްޖެ އާއި، ނޭޕާލާއި، ސްރީ ލަންކާ އާއި، އުޒްބެކިސްތާން އަދި ބަންގްލަދޭޝެވެ. އަދި އަންހެން މުބާރާތުގައި ރާއްޖެއާއެކު ވާދަކުރާނީ ކިރްގިސްތާނާއި، ނޭޕާލާއި، އުޒްބެކިސްތާން އަދި ބަންގްލަދޭޝެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

22 ޖޫން 2017

ކޮންފެޑެރޭޝަންސް ކަޕް: ރޮނާލްޑޯގެ ލަނޑުން ޕޯޗުގަލް މޮޅުވިއިރު، މެކްސިކޯ އިން ނިއުޒިލޭންޑް ބަލިކޮށްފި

22 ޖޫން 2017
ކޮންފެޑެރޭޝަންސް ކަޕް: ރޮނާލްޑޯގެ ލަނޑުން ޕޯޗުގަލް މޮޅުވިއިރު، މެކްސިކޯ އިން ނިއުޒިލޭންޑް ބަލިކޮށްފި
14 ޖޫން 2017

އޭޝިއަންކަޕް ކޮލިފައިން: އޮމާންގެ މައްޗަށް ފަލަސްތީން ކުރިހޯދިއިރު، ކެމްބޯޑިއާ އިން އަފްއާނިސްތާން ބަލިކޮށްފި

14 ޖޫން 2017
އޭޝިއަންކަޕް ކޮލިފައިން: އޮމާންގެ މައްޗަށް ފަލަސްތީން ކުރިހޯދިއިރު، ކެމްބޯޑިއާ އިން އަފްއާނިސްތާން ބަލިކޮށްފި
06 ޖޫން 2017

އެޗްޑީސީ އިން ރިވާސް ބާބާ ބަލިކުރިއިރު ޝުގަރ ކޯންއިން އަކުންބަކުން ބަލިކޮށްފި

06 ޖޫން 2017
އެޗްޑީސީ އިން ރިވާސް ބާބާ ބަލިކުރިއިރު ޝުގަރ ކޯންއިން އަކުންބަކުން ބަލިކޮށްފި
20 މެއި 2017

އިންޑިއާގެ 17 އަހަރުންދަށުގެ ޓީމު އިޓަލީގެ މައްޗަށް ތާރީހީ މޮޅެއް ހޯދައިފި

20 މެއި 2017
އިންޑިއާގެ 17 އަހަރުންދަށުގެ ޓީމު އިޓަލީގެ މައްޗަށް ތާރީހީ މޮޅެއް ހޯދައިފި
24 އެޕްރީލު 2017

ސްޕެނިޝް ލަލީގާ: ފަހުވަގުތު މެސީ ކާމިޔާބުކުރި ލަނޑުން ބާސާ އިން ރެއާލް ބަލިކޮށްފި

24 އެޕްރީލު 2017
ސްޕެނިޝް ލަލީގާ: ފަހުވަގުތު މެސީ ކާމިޔާބުކުރި ލަނޑުން ބާސާ އިން ރެއާލް ބަލިކޮށްފި
11 އެޕްރީލު 2017

އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕް: ޒީސްތްއާއި ރަފާ ކިރިގިސްތާން ޕެއާ ބަލިކޮށްފި

11 އެޕްރީލު 2017
އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕް: ޒީސްތްއާއި ރަފާ ކިރިގިސްތާން ޕެއާ ބަލިކޮށްފި
02 އެޕްރީލު 2017

ކްރިސްޓަލް ޕެލަސްއިން ފަހަތުންއަރާ ޗެލްސީ ބަލިކޮށްފި

02 އެޕްރީލު 2017
ކްރިސްޓަލް ޕެލަސްއިން ފަހަތުންއަރާ ޗެލްސީ ބަލިކޮށްފި
20 މާރިޗު 2017

ސްޕެނިޝް ލީގު: ފަހަތުން އަރާ ބާސާ އިން ވެލެންސިއާ ބަލިކޮށްފި

20 މާރިޗު 2017
ސްޕެނިޝް ލީގު: ފަހަތުން އަރާ ބާސާ އިން ވެލެންސިއާ ބަލިކޮށްފި
13 ފެބުރުއަރީ 2017

ޓީރެކްސް އިން ކިންގްސް ބީސީ ބަލިކޮށްފި

13 ފެބުރުއަރީ 2017
ޓީރެކްސް އިން ކިންގްސް ބީސީ ބަލިކޮށްފި
08 ފެބުރުއަރީ 2017

ކްލަބް ފްރެންޑްލީ: މާޒިޔާ އިން ފަސޭހަކަމާއެކު ގްރީން ސްޓްރީޓް ބަލިކޮށްފި

08 ފެބުރުއަރީ 2017
ކްލަބް ފްރެންޑްލީ: މާޒިޔާ އިން ފަސޭހަކަމާއެކު ގްރީން ސްޓްރީޓް ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް