Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަރަބިއްޔާ ސްކޫލަށް ލިބިފައިވާ ގެއްލުންތައް

އަރަބިއްޔާގެ ދަރިވަރުންގެ ކިޔެވުން ވަގުތީގޮތުން އިއްޒުއްދީން ސްކޫލަށް ބަދަލުކުރަން ނިންމައިފި

16 ޑިސެމްބަރު 2021 | ބުރާސްފަތި 16:28

އަރަބިއްޔާ ސްކޫލް ހުންނަ އިމާރާތަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާކަން ވަނީ ފާހަގަވެފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 16 ޑިސެމްބަރު 2021 | ބުރާސްފަތި 16:28
އަރަބިއްޔާ ސްކޫލް

އަރަބިއްޔާ ސްކޫލް

އަރަބިއްޔާ ސްކޫލްގެ ދަރިވަރުންގެ ކިޔެވުން ވަގުތީގޮތުން އިއްޒުއްދީން ސުކޫލަށް ބަދަލުކުރަން ނިންމާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އަރަބިއްޔާ ސްކޫލް ހުންނަ އިމާރާތަށް ލިބިފައިވާ ގެއްލުންތަކާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ، އަރަބިއްޔާ ސްކޫލްގެ އިމާރާތަށް މިވަގުތު ދިމާވެގެން އުޅޭ މައްސަލަ ބަލައި ހައްލުކުރުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށެވެ.

Advertisement - newsAdvertisement

އެ ސްކޫލްގެ އިމާރާތުގެ ހާލަތު މިވަގުތު ހުރިގޮތުން އެތަނުގައި ދަރިވަރުންނަށް ތައުލީމު ފޯރުކޮށްދިނުމަކީ އެންމެ ރައްކާތެރިކަމެއްނޫން ކަމަށާއި، ޢިމާރާތަށް ލިބިފައިވާ ގެއްލުންތަކަށް އަވަސް ހައްލެއް ހޯދުމަށްޓަކައި މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށެވެ. މިކަމަށް ހައްލެއް ހޯދެންދެންވެސް ދަރިވަރުންގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދަންޖެހޭ ކަމަށާއި، 700އަށްވުރެ ގިނަ ދަރިވަރުންގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދެވޭނީ ސްކޫލެއް ހިންގުމަށް އިމާރާތްކޮށްފައިހުރިތަނެއްގައި ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. އަދި ވަސީލަތްތައްވެސް ހުންނަންޖެހޭ ކަމަށެވެ.

މިކަންތައްތަކަށް ރިއާޔަތްކޮށް ތިން ކަމެއް ކުރުމަށް މިނިސްޓްރީން ވަނީ ނިންމާފައެވެ. އެގޮތުން އަރަބިއްޔާ ސްކޫލްގެ ދަރިވަރުންގެ ކިޔެވުން ވަގުތީގޮތުން އިއްޒުއްދީން ސްކޫލަށް ބަދަލުކުރަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމާފައެވެ. އަދި މިހާރު ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ސްކޫލްތަކުގެ ތެރެއިން، އެއް ސުކޫލް އަރަބިއްޔާއަށް ޚާއްސަ ކުރުމަށްވެސް ނިންމާފައިވެއެވެ. މީގެ އިތުރުން މިހާރު އަރަބިއްޔާ ސްކޫލް ހިންގާ އިމާރާތުގެ ސްޓްރަކްޗަރަލް އެސެސްމެންޓް ނިމުމުން، އެ އެސެސްމެންޓުގެ ރިކޮމެންޑޭޝަންއާ އެއްގޮތަށް، ދިމާވެފައިވާ މައްސަލަތައް ހައްލުކުރާނެ ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ. އެ އިމާރާތަކީ އަބަދުވެސް އަރަބިއްޔާ ސްކޫލަށް ޚާއްސަކޮށްފައިހުންނާނެ އިމާރާތެއް ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

އަރަބިއްޔާ ސްކޫލް އިމާރާތަށް ލިބިފައިވާ ގެއްލުންތައް ބެލުމަށް ސްޓްރަކްޗަރަލް އެސެސްމެންޓެއް ހަދަމުން އަންނަކަމަށާއި އެސެސްމެންޓް ނިންމުމަށް ދެ މަހެއްހާ ދުވަސް ނަގާނެކަމަށް، އެކަން ކުރަމުން އަންނަ ކުންފުނިން ބުނެފައިވާކަމަށް އެޑިޔުކޭޝަން މިނިސްޓަރ ޑރ އައިޝަތު އަލީ މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

އެސްކޫލް ހުޅުވާފައިވަނީ 2013 ވަނަ އަހަރު ކަމަށާއި އެސްކޫލްގައި ބޮޑެތި ރެނދުތަކެއް ހުރިކަން ފާހަގަވެފައިވަނީ 2020 ވަނަ އަހަރުގެ ޑިސެމްބަރ މަހުގައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެކަން ފާހަގަވުމާއި ގުޅިގެން ވިޝުއަލް އިންސްޕެކްޝަނެއް ހެދުމަށް ބަޔަކާ ހަވާލުކުރި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެއިންސްޕެކްޝަންގެ ރިޕޯޓް ލިބިވަޑައިގަނެފައިވާ ކަމަށާއި އެރިޕޯޓްގައި މައިގަނޑު ކަމަކަށް ފާހަގަކޮށްފައިވަނީ ވިޝުއަލް އިންސްޕެކްޝަނަކުން އަދި ސްކޫލަށް ލިބިފައި ހުރި ގެއްލުންތަކެއް ނޭނގޭނެކަމަށް ކަމަށެވެ. އެހެންކަމުން ސްޓްރަކްޗަރަލް އެސެސްމެންޓެއް ހެދުމަކީ މުހިންމު ކަމެއްކަމަށް އެރިޕޯޓްގައި ފާހަގަކޮށްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ވިޝުއަލް އިންސްޕެކްޝަން ރިޕޯޓްގައި ދަރިވަރުންނަށް ގެއްލުންވާކަމެއް އަދިނެތް ކަމަށް ބުނެފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންނަމަވެސް އެތަނުގެ ހާލަތު ގާތުން ބަލަމުންދާކަމަށާއި، ކިރިޔާވެސް ދަރިވަރުންނަށް ނުރައްކަލެއް އޮތްކަން އެނގޭއިރަށް އެތަނުން ކުދިން ނެރޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ސްޓްރަކްޗަރަލް އެސެސްމެންޓް ހެދުމުން ތަނަށް ބޭނުންވާ މަރާމާތު އެނގިގެންދާނެކަމަށާއި، އެހެންކަމުން މިހާރު ރާވާފައި އޮތީ ސްކޫލް ބަންދުގައި އެތަން މަރާމާތުކުރެވޭ ވަރަށް މަސައްކަތްތައް ކުރިޔަށް ގެންދިޔުމަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ސްޓްރަކްޗަރަލް އެސެސްމެންޓްގެ ބައެއް ކަންތައްތައް ރާއްޖެއިން ބޭރަށް ފޮނުވައިގެން ބަލަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

26 މާރިޗު 2017

ރޯގާ ކޮންޓްރޯލް ކުރެވެންދެން ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލުމަށް އެމްޑީޕީން ގޮވާލައިފި

26 މާރިޗު 2017
ރޯގާ ކޮންޓްރޯލް ކުރެވެންދެން ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލުމަށް އެމްޑީޕީން ގޮވާލައިފި
25 މާރިޗު 2017

ރޯގާއާ ގުޅިގެން ކިޔެވުން ނުފަށަން ނިންމި އަމިއްލަ ސްކޫލުތަކުން އެޑިއުކޭޝަނުން އަންގައިގެން ކިޔެވުން ފަށަނީ

25 މާރިޗު 2017
ރޯގާއާ ގުޅިގެން ކިޔެވުން ނުފަށަން ނިންމި އަމިއްލަ ސްކޫލުތަކުން އެޑިއުކޭޝަނުން އަންގައިގެން ކިޔެވުން ފަށަނީ
23 މާރިޗު 2017

ސްކޫލުތަކުގެ ކިޔެވުން ފެށޭތީ، ފްލޫ ކްލިނިކް އަލުން އައިޖީއެމްއެޗަށް ބަދަލު ކުރަނީ

23 މާރިޗު 2017
 ސްކޫލުތަކުގެ ކިޔެވުން ފެށޭތީ، ފްލޫ ކްލިނިކް އަލުން އައިޖީއެމްއެޗަށް ބަދަލު ކުރަނީ
23 މާރިޗު 2017

ސްކޫލްތަކުގެ ކިޔެވުން އަންނަ އާދިއްތަ ދުވަހު ފެށޭނެ: މިނިސްޓްރީ

23 މާރިޗު 2017
ސްކޫލްތަކުގެ ކިޔެވުން އަންނަ އާދިއްތަ ދުވަހު ފެށޭނެ: މިނިސްޓްރީ
21 މާރިޗު 2017

ސްކޫލުތަކުގެ ކިޔެވުން ފެށޭ ނަމަ މި ހަފްތާ ނިމުމުގެ ކުރިން އަންގާނެ: އެޑިއުކޭޝަން މިނިސްޓްރީ

21 މާރިޗު 2017
ސްކޫލުތަކުގެ ކިޔެވުން ފެށޭ ނަމަ މި ހަފްތާ ނިމުމުގެ ކުރިން އަންގާނެ: އެޑިއުކޭޝަން މިނިސްޓްރީ
10 މާރިޗު 2017

ސައުދީ އަރަބިއްޔާގެ އަސްކަރީ މަނަވަރެއް މާލެ ކައިރީ!

10 މާރިޗު 2017
ސައުދީ އަރަބިއްޔާގެ އަސްކަރީ މަނަވަރެއް މާލެ ކައިރީ!
12 ފެބުރުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ އަށް ހައްލެއް ނުލިބޭ

12 ފެބުރުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ އަށް ހައްލެއް ނުލިބޭ
24 ޖެނުއަރީ 2017

ދުވާފަރު ޕްރައިމަރީ ސްކޫލުގެ ކިޔެވުން ބައްދުކޮށް އެ ސްކޫލުގެ ބެލެނިވެރިން އިހްތިޖާޖު ކުރަނީ

24 ޖެނުއަރީ 2017
ދުވާފަރު ޕްރައިމަރީ ސްކޫލުގެ ކިޔެވުން ބައްދުކޮށް އެ ސްކޫލުގެ ބެލެނިވެރިން އިހްތިޖާޖު ކުރަނީ
17 ޖެނުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް