Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޮރަޕްޝަންގެ ކުށް

5 އަހަރުގެ ތެރޭގައި ކޮރަޕްޝަންގެ ކުށް ސާބިތުވެފައިވަނީ 3 ފަރާތެއްގެ މައްޗަށް

ޕްރިލިމިނަރީ އިވެލުއޭޝަން މަރުހަލާ ހަރުދަނާ ނުވުމުން ކޮރަޕްޝަން އެކުލެވިގެންނުވާ މައްސަލަތަކަށް ގިނަ ވަގުތު ހޭދަވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 16 ޑިސެމްބަރު 2021 | ބުރާސްފަތި 07:26
އޭސީސީން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

އޭސީސީން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

އެންޓި ކޮރަޕްޝަން ކޮމިޝަންގެ ޕާފޯމެންސް އޮޑިޓުގައި ބަލައިފައިވާ މުއްދަތުގައި ކޮރަޕްޝަންގެ ކުށް ސާބިތުވެފައިވަނީ އެންމެ ތިން ފަރާތުގެ މައްޗަށް ކަމަށް އެ އޮޑިޓުގައި ބުނެފިއެވެ.

މި އޮޑިޓުގައި ބަލާފައިވަނީ 1 ޖަނަވަރީ 2015ން 31 ޖުލައި 2020ށް ކުރެވުނު މަސައްކަތްތަކުގެ ޕަރފޯމަންސަށެވެ. ނަމަވެސް، ބައެއް ބައިތަކުގެ ޒާތުން 31 ޑިސެންބަރު 2020 ގެ ނިޔަލާ ހަމައަށް ވެސް ބައެއް ކަންތައްތަކާއި ކޮމިޝަނުގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް އަޅައިފައިވާ ފިޔަވަޅުތަކަށް ބަލާފައިވެއެވެ.

އޮޑިޓްގެ ހުލާސާ ނިންމުމުގައި ބުނެފައިވަނީ ކޮމިޝަނަށް ހުށަހެޅޭ ގިނަ މައްސަލަތައް ކޮރަޕްޝަން އެކުލެވިގެން ނުވާ ކަމަށް ނިމިފައިވާއިރު މަދު މައްސަލައެއްގައި ދައުވާ އުފުލުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވީ ނަމަވެސް، މީގެ ތެރެއިން ވެސް ގިނަ މައްސަލަތައް ތަހުގީގު ފުރިހަމަ ކުރުމަށް ނުވަތަ ޖިނާއީ ކުށެއްގެ ދައުވާ އުފުލާ ކުށް ސާބިތުވާ މިންވަރަށް ހެއްކާއި ގަރީނާ ލިބިފައިނުވާތީ ކޮމިޝަނަށް އަނބުރާ ފޮނުވާލައިފައިވާ ކަމަށެވެ.

އަދި، ތަހުގީގު ފުރިހަމަކުރެވި ދައުވާ އުފުލުމަށް ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން ވެސް ގިނަ މައްސަލަތަކުގެ ޝަރީއަތް ނިމިފައި ނުވާއިރު، އޮޑިޓުގައި ބަލައިފައިވާ މުއްދަތު ކަމުގައިވާ 1 ޖެނުއަރީ 2015ން 31 ޑިސެމްބަރ 2020 ގެ ނިޔަލަށް ކޮރަޕްޝަންގެ ކުށް ސާބިތުވެފައިވަނީ އެންމެ 3 ފަރާތުގެ މައްޗަށް ކަމަށެވެ.

ދިވެހިރާއްޖެއިން ކޮރަޕްޝަން ހުއްޓުވުމަށް ގައުމީ ފެންވަރުގައި ކުރަންޖެހޭ މަސައްކަތްތައް އަދިވެސް ވަރަށް ގިނަކަން އޮޑިޓްގައި ފާހަގަކޮށްފައިވާއިރު، މި ކަމަށްޓަކައި ގައުމީ އެންޓި-ކޮރަޕްޝަން ނިޒާމު، ޒަމާނާ ގުޅޭ ގޮތަށް ތަރައްގީކޮށް ތަހުގީގީ އަދި ތަންފީޒީ އިދާރާތަކަށް ވަސީލަތްތައް ފޯރުކޮށްދީ އެ އިދާރާތައް ޖަވާބުދާރީ ކުރުވައި އިތުރު ހަރުދަނާ އުކުޅުތަކެއް ބޭނުންކުރަން ލަސްނުވެ ފަށަންޖެހޭކަން އޮޑިޓްގައި ބުނެފައިވެއެވެ.

މީގެ އިތުރުން ކޮރަޕްޝަނާ ގުޅޭ ގޮތުން ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތަކާ ގުޅިގެން ތަހުގީގީ މަރުހަލާތައް ފުރިހަމަ ކުރުމަށް ގިނަ ދުވަސް އަދި ބައެއް ހާލަތްތަކުގައި ގިނަ އަހަރު ހޭދަވަމުންދާކަމާއި، މި މަރުހަލާތައް ފުރިހަމަ ނުވެ ގިނަ ޝަކުވާތަކެއް ކޮމިޝަނުގައި ހުރިކަން ވަނީ ފާހަގަކޮށްފައެވެ.

ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް ނިންމުމަށް ދިމާވެފައިވާ ގޮންޖެހުންތަކުގެ ތެރޭގައި ޕްރިލިމިނަރީ އިވެލުއޭޝަން މަރުހަލާ ހަރުދަނާ ނުވުމުން ކޮރަޕްޝަން އެކުލެވިގެންނުވާ މައްސަލަތަކަށް ގިނަ ވަގުތު ހޭދަވަމުންދިއުމާއި ކޮމިޝަނުގައި ވަޒީފާ އަދާކުރާ އިންވެސްޓިގޭޓަރުންނާ އަޅާބަލާއިރު ނިސްބަތުން ގިނަ މައްސަލަތަކެއް ތަހުގީގުކުރަން ޖެހިފައިވުން ހިމެނެއެވެ.

މީގެ އިތުރުން، ކޮމިޝަނަށް ބޭނުންވާ ވަސީލަތްތައް ލިބިފައި ނުވުމުގެ ސަބަބުން ވެސް ތަހުގީގުތައް ލަސްވުމަށް މެދުވެރިވަމުންދާކަމާއި ރިސްކް އެސެސްމެންޓްތަކާއި، ތަހުގީގަށްފަހު އިދާރާތަކަށް ކޮމިޝަނުން އަންގާ އެންގުންތަކަށް އަމަލުކުރެވެމުންދާ މިންވަރު ބަލައި މޮނިޓަރކުރެވެމުން އައިސްފައި ނުވުމުން ކޮރަޕްޝަން ހުއްޓުވުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ނަތީޖާ ހާސިލުވާ މިންވަރު ދެނެގަންނަން ދަތިވާނެކަން ފާހަގަކޮށްފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 އެޕްރީލު
ފޫޖީ ސްޓާ ބްރޭންޑްގެ އެލެވޭޓާގެ ރާއްޖޭގެ ސޯލް އޮތޮރައިޒް ޑިސްޓިބިއުޓަރުކަން ބިލްޑްޓެކް އަށް
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ފޫޖީ ސްޓާ ބްރޭންޑްގެ އެލެވޭޓާގެ ރާއްޖޭގެ ސޯލް އޮތޮރައިޒް ޑިސްޓިބިއުޓަރުކަން ބިލްޑްޓެކް އަށް

ކެންސަރާ ދެކޮޅަށް އިންޤިލާބީ އީޖާދެއް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ކެންސަރާ ދެކޮޅަށް އިންޤިލާބީ އީޖާދެއް!

އަނެކާއަށް ދުޢާކޮށްދޭށެވެ.
20233 އަހަރު ކުރިން
އިސްލާމް

އަނެކާއަށް ދުޢާކޮށްދޭށެވެ.

ރައްޔިތުންނަށް ނޭނގޭގޮތަށް ޓެކްސީތަކުގެ އަގު މިނިސްޓްރީން ފާސްކޮށްފައި ފިލީ؟
20224 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުންނަށް ނޭނގޭގޮތަށް ޓެކްސީތަކުގެ އަގު މިނިސްޓްރީން ފާސްކޮށްފައި ފިލީ؟

ކަނޑަށް ތެޔޮ އެޅުމުގެ ބަދަލުގައި 17 މިލިއަން ޑޮލަރު ހޯދަން ލަންކާ ސަރުކާރުން ދައުވާ ކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

ކަނޑަށް ތެޔޮ އެޅުމުގެ ބަދަލުގައި 17 މިލިއަން ޑޮލަރު ހޯދަން ލަންކާ ސަރުކާރުން ދައުވާ ކޮށްފި

އިންތިޚާބުގައި އެންމެ ގިނަ ވޯޓް ހޯއްދެވި ބޭފުޅުން!
20197 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި އެންމެ ގިނަ ވޯޓް ހޯއްދެވި ބޭފުޅުން!

މޯލްޑިވް ގޭސްގެ އެމްޑީ މައުމޫން މާލެއިން ބިމެއް ބައްލަވައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

މޯލްޑިވް ގޭސްގެ އެމްޑީ މައުމޫން މާލެއިން ބިމެއް ބައްލަވައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު