Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖަރުމަން ލީގު

މުލާގެ އިތުރު ރިކޯޑަކާ ލެވަންޑޯސްކީ ހަމަކޮށްފި

15 ޑިސެމްބަރު 2021 | ބުދަ 06:17

ލެވަންޑޯސްކީ ވަނީ މި އަހަރުގައި 42 ލަނޑު ހަމަކޮށްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 15 ޑިސެމްބަރު 2021 | ބުދަ 06:17
ސްޓުޓްގާޓާއި ބަޔާން ބައްދަލުކުރި މެޗުގެ ތެރެއިން

ސްޓުޓްގާޓާއި ބަޔާން ބައްދަލުކުރި މެޗުގެ ތެރެއިން

އެއް އަހަރު ތެރޭ 42 ލަނޑު ޖަހައިގެން ކުރީގެ އެއްވަނަ ފޯވާޑް ގާޑް މުލާ ހަދާފައިވާ ރިކޯޑާ ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޕޮލެންޑުގެ ތަރި ރޮބަޓް ލެވަންޑޯސްކީ އެއްވަރުކޮށްފިއެވެ.

މުލާގެ ރިކޯޑާ ލެވަންޑޯސްކީ އެއްވަރުކުރީ ޖަރުމަން ލީގުގައި އަންގާރަ ދުވަހުގެރޭ ސްޓުޓްގާޓުގެ ދަނޑުގައި ފަސޭހަކަމާއެކު 5-0 ގެ ނަތީޖާއަކުން އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް މޮޅުވި މެޗުގައެވެ.

މި މެޗުގައި ލެވަންޑޯސްކީ ދެ ލަނޑު ޖެހިއިރު، އޭނާ މިހާރު ވަނީ މި އަހަރު ތެރޭ 42 ލަނޑު ހަމަކޮށްފައެވެ. އެއް އަހަރު ތެރޭ 42 ލަނޑު ޖަހައި މުލާ މީގެ ކުރިން ރިކޯޑު ހަދާފައިވަނީ 1972 ވަނަ އަހަރެވެ. މުލާގެ ރިކޯޑު މުގުރާލަން ލެވަންޑޯސްކީއަށް ބާކީ އެއް މެޗު އޮތްއިރު، އެ މެޗަކީ އަންނަ ހުކުރު ދުވަހުގެރޭ ލީގުގައި ވުލްފްސްބާގާ ދެކޮޅަށް ބަޔާނުން އަމިއްލަ ދަނޑުގައި ކުޅޭ މެޗެވެ. އެ މެޗަށްފަހު ފިނި މޫސުމުގެ ބްރޭކަށް ޖަރުމަން ލީގު މެދުކަނޑާލާނެއެވެ.

މުލާގެ ރިކޯޑަކާ ލެވަންޑޯސްކީ ހަމަކުރިއިރު، މިދިޔަ ސީޒަނުގައި އޭނާ ވަނީ މުލާގެ އެހެން ރިކޯޑެއް މުގުރާލާފައެވެ. އެއީ ލީގު ސީޒަނެއްގައި 40 ލަނޑު ޖަހައިގެން 1972 ވަނަ އަހަރު މުލާ ހެދި ރިކޯޑެވެ. އެ ރިކޯޑު ލެވަންޑޯސްކީ މުގުރާލީ މިދިޔަ ސީޒަނުގައި 41 ލަނޑު ހަމަކޮށްގެންނެވެ.

ލީގުގައި އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުގައި ލެވަންޑޯސްކީ ދެ ލަނޑު ޖެހިއިރު، މި މެޗުގައި ބަޔާނުގެ ސާޖް ގްނަބްރީ ވަނީ ހެޓްރިކެއް ހަދާފައެވެ.

މި މޮޅާއެކު ތާވަލުގެ އެއްވަނައިގައި އޮތް ބަޔާނަށް ކުޅުނު 16 މެޗުން 40 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމުންޑަށް 15 މެޗުން ލިބިފައިވަނީ 31 ޕޮއިންޓެވެ. އަދި ތިންވަނައިގައި އޮތް ބަޔާ ލެވަކޫސެނަށް 15 މެޗުން 27 ޕޮއިންޓް ލިބިފައިވާއިރު، ހަތަރުވަނައިގައި އޮތް ހޮފެންހެއިމަށް 15 މެޗުން ލިބިފައިވަނީ 26 ޕޮއިންޓެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

04 މާރިޗު 2017

ސެންޓްރަލް ޒޯން ވޮލީ މުބާރާތުގައި ރާއްޖެއާއެކު އިތުރު ތިން ގައުމު

04 މާރިޗު 2017
ސެންޓްރަލް ޒޯން ވޮލީ މުބާރާތުގައި ރާއްޖެއާއެކު އިތުރު ތިން ގައުމު
23 ފެބުރުއަރީ 2017

ސްޕެނިޝް ލީގު: ވެލެންސިއާ އަތުން ބަލިވެ ރެއާލް އަށް އިތުރު ހުރަހެއް

23 ފެބުރުއަރީ 2017
ސްޕެނިޝް ލީގު: ވެލެންސިއާ އަތުން ބަލިވެ ރެއާލް އަށް އިތުރު ހުރަހެއް
10 ފެބުރުއަރީ 2017

ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ

10 ފެބުރުއަރީ 2017
ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ
06 ފެބުރުއަރީ 2017

މިނިވަން ޗެމްޕިއަންޝިޕުގައި ބައިވެރިވުމަށް އިތުރު ހަ ރަށަކަށް ފުރުސަތު ދީފި

06 ފެބުރުއަރީ 2017
މިނިވަން ޗެމްޕިއަންޝިޕުގައި ބައިވެރިވުމަށް އިތުރު ހަ ރަށަކަށް ފުރުސަތު ދީފި
03 ފެބުރުއަރީ 2017

ނިއުރޭޑިއަންޓަށް އިތުރު ބިދޭސީ ޑިފެންޑަރެއް ގެނެސްފި

03 ފެބުރުއަރީ 2017
ނިއުރޭޑިއަންޓަށް އިތުރު ބިދޭސީ ޑިފެންޑަރެއް ގެނެސްފި
28 ޖެނުއަރީ 2017

އިތުރު 30 ވޮލީކޯޓް އަޅަންވަނީ ނިންމާފައި: އިރުތިޝާމް

28 ޖެނުއަރީ 2017
އިތުރު 30 ވޮލީކޯޓް އަޅަންވަނީ ނިންމާފައި: އިރުތިޝާމް
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
17 ޖެނުއަރީ 2017

މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް

17 ޖެނުއަރީ 2017
މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް
14 ޖެނުއަރީ 2017

ސާއިދު އިތުރު ތަމްރީނަށް ޖެމެއިކާއަށް ފުރަނީ

14 ޖެނުއަރީ 2017
ސާއިދު އިތުރު ތަމްރީނަށް ޖެމެއިކާއަށް ފުރަނީ
10 ޖެނުއަރީ 2017

ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި

10 ޖެނުއަރީ 2017
ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް