Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއަޑުބަރޭގެ އަދަބު ދެމެހެއްޓުން

އަޑުބަރޭއަށް ދިން އަދަބު އެފްއޭއެމުން ދަމަހައްޓައިފި

14 ޑިސެމްބަރު 2021 | އަންގާރަ 20:16

އަޑުބަރޭގެ ސަސްޕެންޝަން ހަ މެޗަކީ ގައުމީ ޓީމު ތަމްސީލުކުރާ މެޗުތައް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 14 ޑިސެމްބަރު 2021 | އަންގާރަ 20:16
ގައުމީ ޓީމުގެ މިޑްފީލްޑަރު އަސްހަދު އަލީ (އަޑުބަރޭ)

ގައުމީ ޓީމުގެ މިޑްފީލްޑަރު އަސްހަދު އަލީ (އަޑުބަރޭ)

ސްރީ ލަންކާގައި ކުރިއަށްދިޔަ "މަހިންދަ ރާޖަޕަކްސަ ޓްރޮފީ (ފޯ ނޭޝަންސް ކަޕް)" ގައި ރާއްޖެ އާއި ސީޝެލްސް ބައްދަލުކުރި މެޗުގައި ސީޝެލްސް ކުޅުންތެރިއަކަށް ބޯޅަ ނެތީސް ހަމަލާދިން މައްސަލައިގައި ގައުމީ ޓީމުގެ މިޑްފީލްޑަރު އަސްހަދު އަލީ (އަޑުބަރޭ) އަށް ދިން އަދަބު ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ދަމަހައްޓައިފިއެވެ.

މިދިޔަ ނޮވެމްބަރު މަހު ސީޝެލްސްއާ ދެކޮޅަށް ކުޅުނު މެޗުގެ އިތުރު ވަގުތުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އަޑުބަރޭ ވަނީ ބޯޅަ ނެތީސް ސީޝެލްސް ކެޕްޓަން ސްޓީވް ބެނޯއީ މޫނުމަތީގައި ވަރަށް ބާރަށް އުޅަބޮށިން ޖަހާފައެވެ. އެއާއެކު އޭނާއަށް ރެފުރީ ވަނީ ވަގުތުން ރަތް ކާޑެއް ދައްކާފައެވެ.

އެ މައްސަލަ އެފްއޭއެމުގެ ޑިސިޕްލިނަރީ ކޮމިޓީން ބެލިއިރު، ކޮމިޓީއަށް ދިން ބަޔާނުގައި އުމުރުން 34 އަހަރުގެ އަޑުބަރޭ ބުނެފައިވަނީ އެ މެޗުގައި ސީޝެލްސް ކެޕްޓަނުގެ މޫނުމަތީގައި ޖަހާފައި ވަނީ "ފްރަސްޓޭޓް" ވެގެން ކަމަށެވެ. އަދި "ފްރަސްޓޭޓް" ވާން ދިމާވީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އަރަން ތައްޔާރުވެގެން ބެންޗު ކައިރީގައި 15 މިނެޓު ހުންނަން ޖެހުމުން ކަމަށާއި، އަދި އެގޮތަށް ހުންނަން ޖެހުމުން އެކަމުގެ ޝަކުވާ ކޯޗުން ކައިރީގައި ކުރި ކަމަށްވެސް ވަނީ ބުނެފައެވެ.

އެއާއެކު މައްސަލަ ބެލުމަށްފަހު އެފްއޭއެމުގެ ޑިސިޕްލިނަރީ ކޮމިޓީން ވަނީ އަޑުބަރޭ 12،000 ރުފިޔާއިން ޖޫރިމަނާކޮށް، ހަ މެޗަށް ސަސްޕެންޑުކޮށްފައެވެ. އެ ކޮމިޓީގެ ނިންމުމުގައިވާ ގޮތުން އެ ފިޔަވަޅު އަޅަން ނިންމީ އިދިކޮޅު ކުޅުންތެރިއެއްގެ ހަށިގަނޑަށް ގެއްލުންވާ ފަދަ ހަމަލާއެއް ދީފައިވާތީ އާއި ގައުމީ ޓީމުގެ ކުޅުންތެރިއެއްގެ ގޮތުގައިހުރެ ގައުމު ތަމްސީލުކުރި މެޗެއްގައި އެފަދަ އަމަލެއް ހިންގާފައިވާތީއެވެ. އަދި ހަ މެޗުގެ ސަސްޕެންޝަނަކީ އެ މެޗުގައި ދެއްކި ރަތް ކާޑުގެ ސަސްޕެންޝަން ހިމެނޭ ގޮތަށް ކަނޑައަޅާފައިވާ ސަސްޕެންޝަނެއް ކަމަށްވެސް ވަނީ ނިންމާފައެވެ.

އެއާއެކު އެފްއޭއެމުގެ ޑިސިޕްލިނަރީ ކޮމިޓީގެ ނިންމުން އަޑުބަރޭ އެފްއޭއެމުގެ އިސްތިއުނާފު ކޮމިޓީއަށް ހުށަހެޅި ނަމަވެސް، އިސްތިއުނާފް ކޮމިޓީން މައްސަލަ ބެލުމަށް ފަހު ނިންމާފައިވަނީ އޭނާއަށް ދީފައިވާ އަދަބު ދަމަަހައްޓާށެވެ. އަދި އެ ކޮމިޓީން ނެރުނު ބަޔާނުގައި ވަނީ އަޑުބަރޭ އެ އަމަލު ހިންގާފައިވަނީ ގައުމީ ޓީމު ތަމްސީލުކުރި މެޗެއްގައި ގައުމީ ޓީމު ކުޅުންތެރިއެއްގެ ގޮތުގައި ކަމަށްވާތީ، ސަސްޕެންޑް ކުރެވިފައިވާ ހަ މެޗަކީ ގައުމީ ޓީމު ތަމްސީލުކުރާ ހަ މެޗު ކަމަށް ބުނެފައެވެ. އެހެންކަމުން ކުލަބު ފެންވަރުގައި ކުޅެން އަޑުބަރޭއަށް އެއްވެސް ހުރަހެއް ނެތެވެ.

ފޯ ނޭޝަންސް ކަޕުގައި ފެނިގެންދިޔަ ހުތުރު އަމަލާ ގުޅިގެން ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުވެސް އަދާކުރައްވަމުން އަންނަ އަޑުބަރޭއަށް ފާޑުކިޔުން އަމާޒުވިއިރު، އޮކްޓޯބަރު މަހު މާލޭގައި ބޭއްވި "އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021" ގައިވެސް އަޑުބަރޭއަށް ވަނީ ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. އެގޮތުން މީގެ ކުރިން 2018 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގައި ގައުމީ ޓީމުން ރިޓަޔާކުރުމަށްފަހު އަޑުބަރޭ އަލުން ގައުމީ ޓީމަށް ނެގުމާއެކުވެސް ގިނަ ބަޔަކު ވަނީ ފާޑުކިޔާފައެވެ. އެ ފަހަރު އޭނާ ގައުމީ ޓީމުން ރިޓަޔާކުރީ އޭރުގެ ގައުމީ ޓީމުގެ ކޯޗު ޕީޓަ ސެގާޓުގެ ކުއްލި ނިންމުމަކާ މެދު ހިތްހަމަނުޖެހިގެންނެވެ.

އަޑުބަރޭ އަލުން ގައުމީ ޓީމުގައި ހިމެނިގެން ކުޅެމުން އަންނައިރު، ސާފް ޗެމްޕިއަންޝިޕުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުތަކުގައި ފުރަތަމަ އެގާރައިގައި ހިމެނިގެން އަޑުބަރޭ ކުޅުނެވެ. އެކަމަކު ލަންކާގައި ބޭއްވި މުބާރާތުގައި މިހާރުގެ ކޯޗު އިޓަލީގެ ފްރެންސެސްކޯ މޮރިއޭރޯ އަޑުބަރޭއަށް ފުރަތަމަ އެގާރައިން ފުރުސަތުދީފައެއް ނުވެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

03 އެޕްރީލު 2017

ނޭމާ ކާމިޔާބުކޮށްދިން 100 ވަނަ ލަނޑާއެކު ބާސާއަށް މޮޅެއް

03 އެޕްރީލު 2017
ނޭމާ ކާމިޔާބުކޮށްދިން 100 ވަނަ ލަނޑާއެކު ބާސާއަށް މޮޅެއް
26 މާރިޗު 2017

ޔޫވީ ފުރަތަމަ ޑިވިޝަނަށް ނެރެދިން ކޯޗު އަލުން އެޓީމާ ގުޅިއްޖެ

26 މާރިޗު 2017
ޔޫވީ ފުރަތަމަ ޑިވިޝަނަށް ނެރެދިން ކޯޗު އަލުން އެޓީމާ ގުޅިއްޖެ
25 މާރިޗު 2017

ވޯލްޑްކަޕް ކޮލިފައިން: އިޓަލީ އަދި ސްޕެއިން މޮޅުވެ މަގާމު ދަމަހައްޓައިފި

25 މާރިޗު 2017
ވޯލްޑްކަޕް ކޮލިފައިން: އިޓަލީ އަދި ސްޕެއިން މޮޅުވެ މަގާމު ދަމަހައްޓައިފި
21 މާރިޗު 2017

ރަނިއޭރީ ބޭރުކުރުމާއެކު މަރުގެ އިންޒާރުތަކެއް ވާޑީ އަށް ދިންކަމަށް އޭނާ ބުނެފި

21 މާރިޗު 2017
ރަނިއޭރީ ބޭރުކުރުމާއެކު މަރުގެ އިންޒާރުތަކެއް ވާޑީ އަށް ދިންކަމަށް އޭނާ ބުނެފި
14 މާރިޗު 2017

އެޗް1އެން1 އާ ގުޅިގެން އެފްއޭއެމުން ހިންގާ މުބާރާތްތައް ފަސްކޮށްފި

14 މާރިޗު 2017
އެޗް1އެން1 އާ ގުޅިގެން އެފްއޭއެމުން ހިންގާ މުބާރާތްތައް ފަސްކޮށްފި
05 މާރިޗު 2017

ސްޕެނިޝް ލަލީގާ: ބޮޑުތަފާތަކުން ބާސާ އަދި ރެއާލް މޮޅުވެ މަގާމު ދަމަހައްޓައިފި

05 މާރިޗު 2017
ސްޕެނިޝް ލަލީގާ: ބޮޑުތަފާތަކުން ބާސާ އަދި ރެއާލް މޮޅުވެ މަގާމު ދަމަހައްޓައިފި
12 ފެބުރުއަރީ 2017

ސްޕެނިޝް ލަލީގާ: ރެއާލް އަދި ބާސާ މޮޅުވެ މަގާމު ދަމަހައްޓައިފި

12 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: ރެއާލް އަދި ބާސާ މޮޅުވެ މަގާމު ދަމަހައްޓައިފި
11 ފެބުރުއަރީ 2017

ޓީޓީއަށް ކުޑަކުދިން އަހުލުވެރި ކުރުމަށް ކޭމްޕެއް ބާއްވައިފި

11 ފެބުރުއަރީ 2017
ޓީޓީއަށް ކުޑަކުދިން އަހުލުވެރި ކުރުމަށް ކޭމްޕެއް ބާއްވައިފި
31 ޖެނުއަރީ 2017

އޮފީސް ހޭންޑްބޯޅަ މުބާރާތް ހުޅުވާދޭނީ އަޑު އިވުމުން މަހުރޫމުވެފައިވާ ކުދިން

31 ޖެނުއަރީ 2017
އޮފީސް ހޭންޑްބޯޅަ މުބާރާތް ހުޅުވާދޭނީ އަޑު އިވުމުން މަހުރޫމުވެފައިވާ ކުދިން
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް