Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔުނައިޓެޑް ވިކްޓްރީ

ޔޫވީ ފުރަތަމަ ޑިވިޝަނަށް ނެރެދިން ކޯޗު އަލުން އެޓީމާ ގުޅިއްޖެ

ނަޒީހު ޔޫވީއާ ހަވާލުވީ އާތީ އިސްތިއުފާ ދިނުމުން

ނާފިއު ރަޝީދު
ނާފިއު ރަޝީދު, ރާއްޖެ އެމްވީ | 26 މާރިޗު 2017 | އާދީއްތަ 17:20
ޔުނައިޓެޑް ވިކްޓްރީގެ ކޯޗުގެ މަގާމާއި ހަވާލުވި މުހައްމަދު ނަޒީހު

ޔުނައިޓެޑް ވިކްޓްރީގެ ކޯޗުގެ މަގާމާއި ހަވާލުވި މުހައްމަދު ނަޒީހު

ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) ފުރަތަމަ ޑިވިޝަނަށް ކޮލިފައިކޮށްދިން އެޓީމުގެ ކުރީގެ ކޯޗު މުހައްމަދު ނަޒީހު އަނެއްކާ ވެސް އެޓީމާ ގުޅިއްޖެ އެވެ.

ޔޫވީއާ ނަޒީހު ގުޅިފައިވާކަން އެ ކްލަބުގެ ޖެނެރަލް ސެކްރެޓަރީ އިސްމާއިލް ޝަފީއު (އިއްސެ) ވަނީ ރާއްޖެއެމްވީ އަށް ކަށަވަރުކޮށްދީފަ އެވެ.

ޔޫވީގެ ކޯޗު ކަމާ ނަޒީހު ހަވާލުވެފައި މިވަނީ އެޓީމުގައި ހުރި ކޯޗު މުހައްމަދު އާތިފް (އާތީ) މި މަހުގެ 21 ވަނަ ދުވަހު އިސްތިއުފާ ދީފައި ވަނިކޮށެވެ.

ޔޫވީގެ ކޯޗު ކަމާ މިދިޔަ އަހަރު ހަވާލުވި އާތީ އެ މަގާމުން އިސްތިއުފާ ދިނުމަށްފަހު ބުނެފައި ވަނީ ޔޫވީގައި މަސައްކަތް ކުރެވޭނެ ރަނގަޅު މާހައުލެއް މިހާރު ފެންނަން ނެތް ކަމަށާއި އަދި އެޓީމުގައި މައްސަލަތަކެއް އެބަހުރި ކަމަށެވެ. މީގެ އިތުރުން އާތީ ބުނީ މިފަހަރުގެ ސީޒަނުގައި ޔޫވީ ވާދަ ކުރާއިރު އެޓީމުގެ އެއްވެސް ޓާގެޓެއް ނެތް ކަމަށެވެ.

ނަޒީހުގެ އިރުޝާދުގެ ދަށުން ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައި ޔޫވީ ފުރަތަމަ ޑިވިޝަނަށް ކޮލިފައިވި ނަމަވެސް ޖެހިގެން އައި އަހަރު އޭނާ ފެނިގެންދިޔައީ ވިކްޓްރީގެ ބެންޗުންނެވެ. ނަމަވެސް ކުޑަ ދުވަސްކޮޅަކު އެޓީމަށް އިރުޝާދު ދިނުމަށްފަހު ނަޒީހު ވަނީ މަގާމުން އިސްތިއުފާ ދީފައެވެ.

ވިކްޓްރީގެ އިތުރުން ނިއުއާއި ގައުމީ ޓީމަށް ވެސް މޮޅު ކުޅުމެއް ދެއްކި މިޑުފީލްޑަރު ނަޒީހު ވަނީ ޔުނައިޓެޑް ވިކްޓްރީގެ އިތުރުން ވިކްޓްރީ އަދި ވީބީ އަށް ވެސް އިރުޝާދު ދީފަ އެވެ.

ޔޫވީގެ ޖީއެސް އިސްމާއިލް ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ނަޒީހު އަކީ އެޓީމަށް ވަރަށް މުހިންމު ފަރާތެއް ކަމަށެވެ.

އިސްމާއިލް ވިދާޅުވީ ނަޒީހު ފަދަ މޮޅު ކޯޗެއް އަނެއްކާ ވެސް ޓީމާއި ގުޅިގެން ދިޔުމަކީ އެޓީމަށް ލިބިގެންދިޔަ އިތުރު ކުރިއެރުމެއް ކަމަށާއި އެހެން ކަމުން ލީގުގައި ދެމި އޮތުމަށް އާ ކޯޗާއެކު ކުޅުންތެރިން ބުރަކޮށް މަސައްކަތް ކުރާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

ނަޒީހު ޔޫވީއާ ގުޅުނު އިރު، އެޓީމު އެންމެ އަވަހަށް ވެސް މާލޭ ލީގުގައި ކުޅުމަށް ހަމަޖެހިފައި ވަނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. އެހެން ކަމުން އެ މެޗަކީ ނަޒީހަށް ވަރަށް މުހިންމު މެޗަކަށް ވާނެ އެވެ.

ޔޫވީން ވަނީ މިއަހަރުގެ ލީގުގައި މިހާތަނަށް ދެ މެޗު ކުޅެ އެ މެޗުތަކުން ބަލިވެފަ އެވެ. އެގޮތުން ފުރަތަމަ މެޗުގައި ކްލަބް އީގަލްސް އަތުން 2-0 ލަނޑުން ބަލިވިއިރު، ދެ ވަނަ މެޗުން ބަލިވީ ނިއު ރޭޑިއަންޓްއާ ވަދަކޮށް 3-0 ލަނޑުން ނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކިރިގިސްތާންގެ ގައުމީ ޓީމުގެ ކީޕަރެއް ޔޫވީ އަށް

ކިރިގިސްތާންގެ ގައުމީ ޓީމުގެ ކީޕަރެއް ޔޫވީ އަށް

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް

ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް

22 ޖެނުއަރީ 2017
ނެދަލޭންޑްސްގެ ކުރީ ކޯޗު ލުއިސް ވެންހާލް ރިޓަޔާ ކޮށްފި

ނެދަލޭންޑްސްގެ ކުރީ ކޯޗު ލުއިސް ވެންހާލް ރިޓަޔާ ކޮށްފި

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

31 މާރިޗު
އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟
20242 އަހަރު ކުރިން
ރިޕޯޓު

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް
20224 އަހަރު ކުރިން
ރިޕޯޓު

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ
20215 އަހަރު ކުރިން
ރާއްޖެ

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !
20197 އަހަރު ކުރިން
ރިޕޯޓު

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟
20188 އަހަރު ކުރިން
ރިޕޯޓު

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު