Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު އޮބާމަޔަން އަތުން ބޭންޑް އަތުލުން

އޮބާމަޔަން އަތުން އާސެނަލުގެ ކެޕްޓަން ބޭންޑް އަތުލައިފި

14 ޑިސެމްބަރު 2021 | އަންގާރަ 19:58

ވެސްޓް ހޭމާ ދެކޮޅަށް ކުޅޭ މެޗަށް ނެގި ސްކޮޑުގައި އޮބާމަޔަން ހިމަނާފައެއް ނުވޭ

އަތޫފް އާތިފް
އަތޫފް އާތިފް | 14 ޑިސެމްބަރު 2021 | އަންގާރަ 19:58
އާސެނަލުގެ ފޯވާޑް ޕިއޭ-އެމެރިކް އޮބާމަޔަން

އާސެނަލުގެ ފޯވާޑް ޕިއޭ-އެމެރިކް އޮބާމަޔަން

އަޚުލާގީ މައްސަލައަކާ ގުޅިގެން އާސެނަލުގެ ކެޕްޓަން ގޮބެނަށް އުފަން ޕިއޭ-އެމެރިކް އޮބާމަޔަން އަތުން ކެޕްޓަން ބޭންޑް އަތުލައިފިއެވެ.

އަޚުލާގީ މައްސަލައެއްގެ ސަބަބުން އެންމެ ފަހުން އިނގިރޭސި ޕްރިމިއާ ލީގުގައި ސައުތެމްޓަން އަތުން 3-0 ގެ ނަތީޖާއަކުން އާސެނަލް މޮޅުވި މެޗަށް ނެގި ސްކޮޑުގައި އުމުރުން 32 އަހަރުގެ އޮބާމަޔަން ނެތެވެ. އޭނާގެ ބަދަލުގައި ކެޕްޓަން ބޭންޑް އަޅައިގެން އެ މެޗުގައި ކުޅުނީ ފޯވާޑް އަލެކްސަންޑަ ލަކަޒޭޓެވެ.

އަންގާރަ ދުވަހު އާސެނަލުން ނެރުނު ބަޔާނެއްގައި ބުނީ އެ ޓީމުގެ ކުޅުންތެރިންގެ ފަރާތުން އަޚުލާގީ މައްސަލަތައް ފެނުން ނޭދޭ ކަމަށާއި، ޚާއްސަކޮށް ކެޕްޓަނުގެ ފަރާތުން އަޚުލާގީ މައްސަލަތައް ފެނުން އެއީ ގަބޫލުކުރަން ދަތި ކަމެއް ކަމަށެވެ. އަދި އާސެނަލުން ކަނޑައަޅާފައިވާ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުން އެއީ ކުޅުންތެރިން ކުރަން ޖެހޭނެ ކަމެއް ކަމުގައިވެސް މި ބަޔާނުގައި ވަނީ ބުނެފައެވެ.

އޮބާމަޔަން އަތުން ކެޕްޓަން ބޭންޑް ނެގި އަސްލު މައްސަލަ އާސެނަލުން ހާމަކޮށްފައިނުވި ނަމަވެސް، އޭނާ އަތުން ބޭންޑް އަތުލީ ކުލަބުގެ ހުއްދަނެތި އާއިލާއާ ބައްދަލުކުރަން ފްރާންސަށް ދިއުމުން، އެކަމާ ބެހޭގޮތުން ކުލަބާ މެދު އުފެދުނު ދެބަސްވުމެއްގެ ތެރެއިން ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެއާއެކު އޮބާމަޔަން އަތުން ކެޕްޓަން ބޭންޑް ނަގަން ނިންމިއިރު، ޕްރިމިއާ ލީގުގައި ބުދަ ދުވަހުގެރޭ އާސެނަލުން ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗަށް ނެގި ސްކޮޑުގައިވެސް އޮބާމަޔަން ހިމަނާފައެއް ނުވެއެވެ. ސައުތެމްޓަންއާ ދެކޮޅަށް އާސެނަލުން ކުޅުނު މެޗަށްފަހު ވާހަކަ ދައްކަމުން އެ ޓީމުގެ ކޯޗު މިކޭލް އާޓެޓާ ބުނީ ކުޅުންތެރިންގެ އަޚުލާގީ މައްސަލަތަކަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ޓީމުގެ ތެރޭގެ މައްސަލަތަކާ މެދު ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށްވެސް ވަނީ ބުނެފައެވެ.

އޮބާމަޔަންގެ އަޚުލާގީ މައްސަލައެއް ފާހަގަވިއިރު، މީގެ ކުރިން މި އަހަރުގެ މާޗު މަހުވެސް އޭނާގެ ފަރާތުން އަޚުލާގީ މައްސަލަތަކެއް ވަނީ ފާހަގަކުރެވިފައެވެ. އެގޮތުން އެ ފަހަރު މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކަށް އޮބާމަޔަން ހާޒިރުވެފައެއް ނުވެއެވެ.

އޮބާމަޔަންއަށް މީގެ ދެ އަހަރު ކުރިން އާސެނަލުގެ ކެޕްޓަން ބޭންޑް ދިނީ ސަޕޯޓަރުންނާ ޖެހުނު މައްސަލަތަކަކަށް ފަހު އޭރުގެ ކެޕްޓަން ގްރޭނިޓް ޝާކާ އަތުން ބޭންޑް ނެގުމަށްފަހުއެވެ. އެގޮތުން 2019 ވަނަ އަހަރު އޮބާމަޔަންއަށް ބޭންޑް ދިންއިރު، އޭރު އެ ޓީމުގެ ކޯޗަކީ އުނާއި އެމެރީއެވެ.

ބޮރޫޝިއާ ޑޯޓްމުންޑް ދޫކޮށް 2018 ވަނަ އަހަރުގެ ޖެނުއަރީ މަހު 63 މިލިޔަން ޔޫރޯއަށް އާސެނަލަށް ސޮއިކުރި އޮބާމަޔަން ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އާސެނަލުގެ އެއްބަސްވުން އިތުރު ތިން އަހަރަށް އާކޮށްފައެވެ. އެހެންކަމުން އޭނާ އާސެނަލުގައި 2023 ވަނަ އަހަރުގެ ހޫނު މޫސުމުގެ ނިޔަލަށް މަޑުކުރާނެއެވެ.

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް

09 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް
09 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް

09 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް
02 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ
31 ޖެނުއަރީ 2017

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން މެލޭޝިއާގެ ޕެނަންގް ޓީމަށް

31 ޖެނުއަރީ 2017
ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން މެލޭޝިއާގެ ޕެނަންގް ޓީމަށް
27 ޖެނުއަރީ 2017

ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ

27 ޖެނުއަރީ 2017
ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ
27 ޖެނުއަރީ 2017

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި
20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
04 ޖެނުއަރީ 2017

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް