Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއަލް ޤަދްސިއްޔާ

އޮބާމަޔަން، އަލް ޤަދްސިއްޔާގެ އެއްބަސްވުން އުވާލައިފި

19 ޖުލައި 2025 | ހޮނިހިރު 04:18

އަލް ޤަދްސިއްޔާ އާއެކު ކުރިއަށް ގެންދިޔަ މަޝްވަރާތަކަށް ފަހު އެ ކުލަބުގެ އެއްބަސްވުން އުވާލަން އޮބާމަޔަން ނިންމީ، އެހެން ކުލަބުތަކެއްގެ އޮފާ އޭނާ އަށް ލިބިފައިވާ ވަގުތެއްގައެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 19 ޖުލައި 2025 | ހޮނިހިރު 04:18
އަލް ޤަދްސިއްޔާ އަށް ކުޅެމުން އައި އޮބާމަޔަން

އަލް ޤަދްސިއްޔާ އަށް ކުޅެމުން އައި އޮބާމަޔަން

ސައުދީ ޕްރޯ ލީގުގެ އަލް ޤަދްސިއްޔާ އަށް ކުޅެމުން އައި ޕިއޭ އެމްރިކް އޮބާމަޔަން އެ ކުލަބުގެ އެއްބަސްވުން އުވާލައިފި އެވެ.

އުމުރުން 36 އަހަރުގެ ކުޅުންތެރިޔާ އަލް ޤަދްސިއްޔާ އަށް ބަދަލުވީ 2024 ވަނަ އަހަރު އެވެ. މާސޭ ދޫކޮށްލުމަށް ފަހު އޭނާ އެ ކުލަބަށް ބަދަލުވީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމުގެ މުއްދަތު 2026 ވަނަ އަހަރު ހަމަވާން އޮތް ނަމަވެސް، އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮއްވައި އޭނާ ވަނީ އެ ކުލަބުގެ އެއްބަސްވުން އުވާލައިފަ އެވެ.

އަލް ޤަދްސިއްޔާ އާއެކު ކުރިއަށް ގެންދިޔަ މަޝްވަރާތަކަށް ފަހު އެ ކުލަބުގެ އެއްބަސްވުން އުވާލަން އޮބާމަޔަން ނިންމީ، އެހެން ކުލަބުތަކެއްގެ އޮފާ އޭނާ އަށް ލިބިފައިވާ ވަގުތެއްގަ އެވެ. އެގޮތުން އޭނާ ކުރިން ކުޅުނު ފްރާންސްގެ މާސޭ އިން އަންނަނީ އޮބާމަޔަން ގެނައުމަށް މަސައްކަތް ކުރަމުން ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

އޮބާމަޔަން ވަނީ އަލް ޤަދްސިއްޔާ އަށް އޭނާ ކުޅެދިން 36 މެޗުގައި 21 ލަނޑު ޖަހައިފަ އެވެ. އެ ޓީމާ އެކު އޭނާ ވަނީ ކިންގްސް ކަޕްގެ ފައިނަލްގައި ވާދަކޮށްފަ އެވެ. ނަމަވެސް އަލް ޤަދްސިއްޔާގެ މައްޗަށް ކުރި ހޯދައި އެ މުބާރާތް ކާމިޔާބު ކުރީ އަލް އިއްތިހާދުންނެވެ. މީގެ އިތުރުން އަލް ޤަދްސިއްޔާ އިން މިދިޔަ ސީޒަންގެ ސައުދީ ލީގު ނިންމާލީ ތާވަލްގެ ހަތަރު ވަނައިގަ އެވެ.

މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން މާސޭ އިން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަނީ، ދެ އަހަރު ދުވަހުގެ ޑީލެއްގެ ދަށުންންނެވެ. މީގެ ކުރިން 2023 ވަނަ އަހަރު އޭނާ މާސޭ އަށް ބަދަލުވީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ނަމަވެސް، 2024 ވަނަ އަހަރުގެ ޖުލައި މަހު އޭނާ ވަނީ މާސޭ ދޫކޮށް އަލް ޤަދްސިއްޔާ އަށް ބަދަލުވެފަ އެވެ.

އޭސީ މިލާން އިން ސީނިއާ ކެރިއަރު ފެށި އޮބާމަޔަން ވަނީ ގިނަ ކުލަބުތަކަށް ކުޅެފަ އެވެ. އެގޮތުން އޭނާ ވަނީ ލީލް، މޮނާކޯ، ބޮރޫޝިއާ ޑޯޓްމަންޑް، އާސެނަލް، ބާސެލޯނާ، ޗެލްސީ އަދި މާސޭ އަށް ވެސް ކުޅެފަ އެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

19 އެޕްރީލު 2017

މެނުއަލް ނޯޔާއަށް އަނިޔާވެ ކުޅުމާ ދުރައް

19 އެޕްރީލު 2017
މެނުއަލް ނޯޔާއަށް އަނިޔާވެ ކުޅުމާ ދުރައް
26 މާރިޗު 2017

ތިން މެޗުން ވެސް ބަލިވެ ރާއްޖެ ވޮލީ މުބާރާތާ އަލްވަދާއު ކިޔައިފި

26 މާރިޗު 2017
ތިން މެޗުން ވެސް ބަލިވެ ރާއްޖެ ވޮލީ މުބާރާތާ އަލްވަދާއު ކިޔައިފި
15 މާރިޗު 2017

އެވަޓަންއިން ހުށަހެޅި އާ އެއްބަސްވުން ލުކާކޫ އަށް ކަމުނުދިޔަ

15 މާރިޗު 2017
އެވަޓަންއިން ހުށަހެޅި އާ އެއްބަސްވުން ލުކާކޫ އަށް ކަމުނުދިޔަ
15 މާރިޗު 2017

ބާސާ އަށް ދެން ބަދަލުނުވާނަން، ކުޅެން ބޭނުމީ އިދިކޮޅަށް: ޑެނީ އަލްވޭޒް

15 މާރިޗު 2017
ބާސާ އަށް ދެން ބަދަލުނުވާނަން، ކުޅެން ބޭނުމީ އިދިކޮޅަށް: ޑެނީ އަލްވޭޒް
09 މާރިޗު 2017

ޑޯޓްމަންޑް ކުއާޓާއަށް ދިޔައިރު ތަރިއަކީ އޮބާމަޔަންގް

09 މާރިޗު 2017
ޑޯޓްމަންޑް ކުއާޓާއަށް ދިޔައިރު ތަރިއަކީ އޮބާމަޔަންގް
20 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ފަހަތުން އަރާ އެފްސީ އަލްގާ ބަލިކޮށް ޓީސީ ސެމީއަށް

20 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ފަހަތުން އަރާ އެފްސީ އަލްގާ ބަލިކޮށް ޓީސީ ސެމީއަށް
20 ފެބުރުއަރީ 2017

ޑޭނީ އަލްވޭޒްގެ ހޫނު ހަމަލާތަކެއް ބާސެލޯނާއަށް!

20 ފެބުރުއަރީ 2017
ޑޭނީ އަލްވޭޒްގެ ހޫނު ހަމަލާތަކެއް ބާސެލޯނާއަށް!
14 ފެބުރުއަރީ 2017

އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ

14 ފެބުރުއަރީ 2017
އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ
02 ފެބުރުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި

02 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި
20 ޖެނުއަރީ 2017

ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ

20 ޖެނުއަރީ 2017
ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް