Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއަގުއޭރޯ ކުޅުން ހުއްޓާލުން

އަގުއޭރޯ ފުޓްބޯޅަ ކުޅުން ހުއްޓާލަނީ

48 ގަޑިއިރުގެ ތެރޭގައި އަގުއޭރޯ ކުޅުން ހުއްޓާލާނެކަން އިއުލާންކުރާނެ

އަތޫފް އާތިފް
އަތޫފް އާތިފް | 14 ޑިސެމްބަރު 2021 | އަންގާރަ 15:21
ބާސެލޯނާއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ތަޖުރިބާކާރު ފޯވާޑް ސާޖިއޯ އަގުއޭރޯ

ބާސެލޯނާއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ތަޖުރިބާކާރު ފޯވާޑް ސާޖިއޯ އަގުއޭރޯ

ހިތުގެ މައްސަލަތަކެއް ފާހަގަވެގެން މި ވަގުތު ކުޅުމާ ދުރުގައި ހުރި ބާސެލޯނާގެ ތަޖުރިބާކާރު ފޯވާޑް ސާޖިއޯ އަގުއޭރޯ ފުޓްބޯޅަ ކުޅުން ހުއްޓާލަން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ސްޕެނިޝް ލީގުގައި މިދިޔަ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހު ޑިޕޯޓިވޯ އަލަވޭސްއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި މެޔަށް އުނދަގުލެއްވެގެން އުމުރުން 33 އަހަރުގެ އަގުއޭރޯ ބަދަލުކުރަން ޖެހުނެވެ. އެ މެޗުގައި އަގުއޭރޯއަށް ނޭވާލާން އުނދަގޫވެގެން ދަނޑުމަތީގައި ފަރުވާދިނުމަށްފަހު ވަނީ ހޮސްޕިޓަލަށް ގެންގޮސް، އިތުރު ޓެސްޓުތަކެއް ހަދާފައެވެ.

މީގެ ކުރިން މިދިޔަ ނޮވެމްބަރު މަހުގެ ކުރީކޮޅު ބާސާއިން ނެރުނު ބަޔާނެއްގައި ބުނީ އަގުއޭރޯގެ ޓެސްޓުތަކުގެ ނަތީޖާއިން ދައްކާގޮތުން އޭނާގެ ހާލަތު މި ވަގުތު އެންމެ ރަނގަޅު ނޫން ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ތިން މަހުގެ ތެރޭގައި އަގުއޭރޯގެ ހާލަތު އިތުރަށް ބެލުމަށް އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށްވެސް މި ބަޔާނުގައި ވަނީ ބުނެފައެވެ.

ސްޕެއިނާއި ދެކުނު އެމެރިކާގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުން ޓެސްޓުތަކުގެ ނަތީޖާ މިހާތަނަށް ދައްކާ ގޮތުން އަގުއޭރޯގެ ހިތުގައި މައްސަލަތަކެއް ހުރިކަން ވަނީ ފާހަގަވެފައެވެ. އެހެންކަމުން ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި އަގުއޭރޯ ކުޅުން ހުއްޓާލާނެކަން އިއުލާން ކުރާނެ ކަމަށްވެސް ވަނީ ރިޕޯޓުކޮށްފައެވެ. އެކަމަކު ބާސާގެ ކޯޗު ޒަވީ ހެނާންޑޭޒް ވަނީ އަގުއޭރޯ ކުޅުން ހުއްޓާލާނެކަން އޭނާއާ ހިއްސާކޮށްފައިނުވާ ކަމަށް ބުނެފައެވެ.

އަގުއޭރޯގެ ހިތުގައި މައްސަލަތަކެއް ހުރިކަން ފާހަގަވިއިރު، އާޖެންޓީނާގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުން އަގުއޭރޯގެ އުމުރުން 12 އަހަރުގައިވެސް ވަނީ ހިތުގެ މައްސަލައެއް ދިމާވެގެން ފަރުވާދީފައެވެ.

އަލަވޭސްއާ ދެކޮޅަށް ކުޅުނު މެޗުގައި އަގުއޭރޯގެ މެޔަށް އުނދަގުލެއް ވެގެން ބަދަލުކުރަން ޖެހުނު، އެ މެޗަކީ ބާސާއަށް ބަދަލުވެ އަމިއްލަ ދަނޑުގައި އަގުއޭރޯ ކުޅުނު ފުރަތަމަ މެޗެވެ. އަގުއޭރޯ ބާސާއަށް ބަދަލުވީ މެންޗެސްޓާ ސިޓީގައި 10 އަހަރު ހޭދަކުރުމަށްފަހު މިދިޔަ ޖޫން މަހު ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

އެކަމަކު ބާސާއަށް ބަދަލުވުމަށްފަހު ކަނާތު ފައިގެ ކުޑަކަޅުވާ މަސްގަނޑަށް އަނިޔާވެގެން އަގުއޭރޯއަށް މި ސީޒަނުގެ ފުރަތަމަ ދެ މަސް ގެއްލުނެވެ. އެއާއެކު އަނިޔާއިން ރަނގަޅުވެ އަގުއޭރޯ ބާސާއަށް ކުޅެދިން ފުރަތަމަ މެޗަކީ މިދިޔަ އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހު ލީގުގައި ވެލެންސިއާ އަތުން 3-1 ގެ ނަތީޖާއަކުން ބާސާ މޮޅުވި މެޗެވެ. އަދި އޭގެ ފަހުން އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހު ކުޅުނު އެލް ކްލަސިކޯ މެޗުގައި އަގުއޭރޯ ވަނީ ބާސާއާއެކު ފުރަތަމަ ލަނޑު ކާމިޔާބުކޮށްފައެވެ.

ސިޓީ ދޫކޮށް އަގުއޭރޯ ބާސާއަށް ބަދަލުވިއިރު، މީގެ ކުރިން އޭނާ ވަނީ ސްޕެނިޝް ލީގުގައި ވާދަކުރަމުން އަންނަ އެތުލެޓިކޯ މެޑްރިޑަށްވެސް ކުޅެފައެވެ.

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ
14 ޖެނުއަރީ 2017

ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް

14 ޖެނުއަރީ 2017
ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް
12 ޖެނުއަރީ 2017

ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

12 ޖެނުއަރީ 2017
ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި
11 ޖެނުއަރީ 2017

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
10 ޖެނުއަރީ 2017

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު