Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޗެރިޓީ ޝީލްޑް މެޗު

ސީޒަން ފެށުން ރަނގަޅުކުރުމަށް މާޒިޔާ އޮތީ ކެތްމަދުވެފައި: މޯހަން

ޗެރިޓީ ޝީލްޑަށްފަހު ކުޅޭ ޕްރެޒިޑެންޓްސް ލީގު ފެށުމަށް ތާވަލުކޮށްފައިވަނީ އަންނަ އާދީއްތަ ދުވަހު

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 14 ޑިސެމްބަރު 2021 | އަންގާރަ 14:58
އަންގާރަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މާޒިޔާގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) މިއަދު

އަންގާރަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މާޒިޔާގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) މިއަދު

ރާއްޖޭގެ ފުޓުބޯޅަ ސީޒަން ފެށުމުގެ ގޮތުން ކުޅޭ ޗެރިޓީ ޝީލްޑް މެޗު ކާމިޔާބުކޮށް، މި ސީޒަނުގެ ފެށުން ރަނގަޅުކުރުމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އޮތީ ކެތްމަދުވެފައި ކަމަށް އެ ޓީމުގެ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ.

ނިމިދިޔަ ސީޒަނުގައި މޯހަންގެ އިރުޝާދުގެ ދަށުން ފަހަތުން އަރައި މާޒިޔާ ބަލިކޮށް ކުލަބު އީގަލްސްއިން ވަނީ މުޅިން އަލަށް ޗެރިޓީ ޝީލްޑް ކާމިޔާބުކޮށްފައެވެ. އެކަމަށް އަލިއަޅުވާލައި އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން މޯހަން ބުނީ އެންމެ ފަހުން ކުޅުނު ޗެރިޓީ ޝީލްޑް މެޗުން މާޒިޔާ ބަލިވެފައިވުމުން ކުޅުންތެރިން ތިބީ ބުދަ ދުވަހުގެރޭ ކުޅޭ ޗެރިޓީ ޝީލްޑް މެޗު ކާމިޔާބު ކުރަން ކެތްމަދުވެފައި ކަމަށެވެ.

މޯހަން ބުނީ ޗެރިޓީ ޝީލްޑް މެޗު ކާމިޔާބުކުރުން އެއީ ލިބޭނެ ބޮޑު ހިތްހަމަ ޖެހުމަކަށްވާނެ ކަމަށާއި، މި މެޗުން މާޒިޔާއިން ޕްރީ-ސީޒަނުގައި ވެވުނު ތައްޔާރީތައް އަންދާޒާ ކުރެވޭނެ ކަމަށެވެ. އައު ސީޒަނަށް ތާއްޔާރުވުމުގެ ގޮތުން މާޒިޔާއިން ނ. ކެނދިކުޅުދޫގައި ތަމްރީނު ކޭމްޕެއް ކުރިޔަށް ގެންދިޔައިރު، މާޒިޔާއިން ސީޒަނަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށް މޯހަން ބުންޏެވެ. މޯހަން ބުނީ މާޒިޔާގެ ތައްޔާރީތައް ދިޔައީ ވަރަށް ފުރިހަމައަށް ކަމަށާއި، އެހެން ޓީމުތަކުގެ ތައްޔާރީތަކުގެ ވާހަކަ ދައްކަން ބޭނުންނުވާ ކަމަށެވެ.

މޯހަން އިތުރަށް ބުނީ މާޒިޔާއަކީ ކޮންމެ މުބާރާތެއްގެވެސް ތައްޓަށް އަމާޒުހިފައިގެން ކުޅޭ ޓީމެއް ކަަމަށާއި، އެހެންކަމުން އެ ޓީމުގެ ކޯޗަށް އަބަދުވެސް ޕްރެޝަރު އޮންނާނެ ކަމަށެވެ. އެހެންނަމަވެސް ޕްރެޝަރާއެކު ލިބޭ ކާމިޔާބީއަކީ އަސްލު ކާމިޔާބުކަމަށް ދެކޭ ކަމަށްވެސް ބުންޏެވެ.

ނޫސްވެރިންގެ މި ބައްދަލުވުމުގައި ވާހަކަ ދައްކަމުން ވެލެންސިއާގެ ކޯޗިން ޓީމުގައި ހިމެނޭ އާފިއު މުޙައްމަދު ބުނީ އައު ސީޒަނަށް އެންމެ ބޭނުންވާ ވަރަށް ތައްޔާރުވެވިފައިނުވާ ކަމަށާއި، އެކަމަކު ޗެރިޓީ ޝީލްޑް މެޗަށް ވެލެންސިއާއިން ތައްޔާރުވެފައިވާ ކަމަށެވެ.

މި ސީޒަނުގެ ޗެރިޓީ ޝީލްޑް މެޗަށް ނުކުންނައިރު ވެލެންސިއާއިން ބަދަލުތަކެއް ފެންނާނެއެވެ. އެގޮތުން ވެލެންސިއާގެ ޑިފެންސްލައިން ކުރިން ބެލެހެއްޓި ގައުމީ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލް ޣަނީ (އަކޫ) ގެ ބަދަލުގައި ވެލެންސިއާގެ ޑިފެންސްލައިން ބަލަހައްޓާނީ ކުރިން މާޒިޔާއަށް ކުޅުނު އަމްދާން އަލީ (އެންޑީ) އެވެ. އަދި ނިމިދިޔަ ސީޒަނުގައި ވެލެންސިއާގެ ކޯޗުކަމުގެ މަގާމުގައި ހުރި ތަޖުރިބާކާރު ކޯޗު މުޙައްމަދު އާތިފް (އާތީ) ވަނީ މަގާމުން ވަކިވެފައެވެ.

މި ސީޒަނުގެ ޗެރިޓީ ޝީލްޑް މެޗު ބުދަ ދުވަހުގެރޭ ކުޅޭއިރު، އެ މެޗަށްފަހު ކުޅޭ ޕްރެޒިޑެންޓްސް ލީގު ފެށުމަށް ތާވަލުކޮށްފައިވަނީ އަންނަ އާދީއްތަ ދުވަހެވެ. އަދި އޭގެ ފަހުން ކުރިއަށް އޮތް ސީޒަނުގެ ދިވެހި ޕްރިމިއާ ލީގު ފެށުމަށް ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. މާޒިޔާއަކީ އެންމެ ފަހުގެ ދެ ސީޒަނުގެވެސް ލީގު ޗެމްޕިއަނުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އޭޑީކޭ ގްރޫޕާއެކު މާޒިޔާ އަނެއްކާވެސް ގަލޮޅު ދަނޑަށް

އޭޑީކޭ ގްރޫޕާއެކު މާޒިޔާ އަނެއްކާވެސް ގަލޮޅު ދަނޑަށް

13 ފެބުރުއަރީ 2017
ކްލަބް ފްރެންޑްލީ: މާޒިޔާ އިން ފަސޭހަކަމާއެކު ގްރީން ސްޓްރީޓް ބަލިކޮށްފި

ކްލަބް ފްރެންޑްލީ: މާޒިޔާ އިން ފަސޭހަކަމާއެކު ގްރީން ސްޓްރީޓް ބަލިކޮށްފި

08 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި

ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި

08 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

20 މެއި
ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މުވައްޒަފުން މަސައްކަތް ހުއްޓާލާ ގެއަށް ގޮސްފި
20251 އަހަރު ކުރިން
ރާއްޖެ

ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މުވައްޒަފުން މަސައްކަތް ހުއްޓާލާ ގެއަށް ގޮސްފި

އެސްއެސްސީ ޕޭޕަރު މާކު ކުރަން އައި ޓީޗަރުންނަށް ބޮޑު ތުރާލެއް!
20242 އަހަރު ކުރިން
ރިޕޯޓު

އެސްއެސްސީ ޕޭޕަރު މާކު ކުރަން އައި ޓީޗަރުންނަށް ބޮޑު ތުރާލެއް!

ބިދޭސީންނަށް އުޅަނދުތަކުގެ ކެޕްޓަނުންގެ ގޮތުގައި ނުތިބެވޭނެ، މިއީ ކުޑަކަމެއް ނޫން - އަދުނާން
20233 އަހަރު ކުރިން
ރާއްޖެ

ބިދޭސީންނަށް އުޅަނދުތަކުގެ ކެޕްޓަނުންގެ ގޮތުގައި ނުތިބެވޭނެ، މިއީ ކުޑަކަމެއް ނޫން - އަދުނާން

ރ. އަތޮޅު ރިސޯޓެއްގެ އިމާރާތަކުން ވެއްޓި، މީހަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ރ. އަތޮޅު ރިސޯޓެއްގެ އިމާރާތަކުން ވެއްޓި، މީހަކު މަރުވެއްޖެ

ޑޮކްޓަރުންނަށް އޮޅިގެން ސަލާމަތުން އޮތް ފައި ބުރިކޮށްލެވިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ޑޮކްޓަރުންނަށް އޮޅިގެން ސަލާމަތުން އޮތް ފައި ބުރިކޮށްލެވިއްޖެ

ބައި ލައްކައަށް ވުރެ ގިނަ މެމްބަރުންނާ އެކު އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް އެމްޑީޕީ
20197 އަހަރު ކުރިން
ރާއްޖެ

ބައި ލައްކައަށް ވުރެ ގިނަ މެމްބަރުންނާ އެކު އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް އެމްޑީޕީ

ބ. ހިތާދޫގައި ވިޔަފާރި ކުރަނީ ވަރަށް ތަފާތުކޮށް، ސޭޓަކާ ނުލާ!
20188 އަހަރު ކުރިން
ރިޕޯޓު

ބ. ހިތާދޫގައި ވިޔަފާރި ކުރަނީ ވަރަށް ތަފާތުކޮށް، ސޭޓަކާ ނުލާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު