Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ނައިފަރުގެ ފެނާއި ނަރުދަމާ

ނުނިންމައި އޮތް، ނައިފަރުގެ ނަރުދަމާ ނިންމިކަމަށް ކުރީ ސަރުކާރުން ދެއްކި: ޝާހު

މަސައްކަތް ނިންމިކަމަށް ވަނީ ސޮއިކޮށްފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 14 ޑިސެމްބަރު 2021 | އަންގާރަ 13:20
އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ ހަސަން ޝާހު، ފަލަސުރުޚީ ޕްރޮގްރާމުގައި ޥާހަކަދައްކަވަނީ

އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ ހަސަން ޝާހު، ފަލަސުރުޚީ ޕްރޮގްރާމުގައި ޥާހަކަދައްކަވަނީ

ކުރީ ސަރުކާރުން ޅ. ނައިފަރުގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމްކޮށްފައިވާކަމަށް ބުނާ މަގުތަކުގައި, މި ނިޒާމު ގާއިމްކޮށްފައިނުވާކަން ފާހަގަކުރެވިފައިވާކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ ހަސަން ޝާހު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޝާހު ވިދާޅުވީ, އަތޮޅުތެރޭގައި އެމްޑަބްލިއުއެސްސީން ކުރިއަށްގެންދާ މަޝްރޫއުތަކުގެ ތެރެއިން އެންމެ ގޮންޖެހުންބޮޑު އެއް މަސައްކަތަކީ ޅ. ނައިފަރުގައި ގާއިމުކުރާ ނަރުދަމާ ނިޒާމުގެ މަސައްކަތް ކަމަށެވެ.

Advertisement - newsAdvertisement

ޝާހު ވިދާޅުވީ، ނައިފަރުގެ މަގުތައް ހަނިވެފައި، ބައިވަރު ހޮޅިތަކާއި ކޭބަލްތައް މަގުތަކުގައި އޮންނަ ކަމަށެވެ. އެހެންވުމުން، މަގު ކޮނުމުގައި ބައެއް ފަހަރު ދަތިވާކަމަށެވެ. މިހެން ދިމާވުމުން، މަގު ކޮނުމުގެ ފަކީރާ ނުވަތަ އުދަލި ބޭނުން ނުކުރެވޭ ފަހަރުވެސް އަންނަ ކަމަށާއި، އަތުން މަގު ކޮންނަން ޖެހޭ ފަހަރުވެސް އަންނަ ކަމަށެވެ. މި މަސައްކަތަށް 19 މީހުން އެސައިންކޮށް، ދެ ޓީމަކަށް ބަހައިގެން މަސައްކަތްކުރާއިރުވެސް، ދުވާލަކު ދެ މީޓަރުވެސް ނޭޅޭ ކަމަށް ޝާހު ވިދާޅުވިއެވެ.

ޝާހު ވިދާޅުވީ، ނައިފަރު ފެނާއި ނަރުދަމާގެ މަސައްކަތް މީގެ ކުރިން އިންޑިއާ ކުންފުންޏަކުން ކޮށްފައިވާކަމަށެވެ. އެކުންފުނިން މި މަސައްކަތްކޮށްފައިވަނީ ބޮޑެތި މަގުތަކުގައި އެކަނިކަމަށް ލިޔެކިޔުންތަކުން ފެންނަން އެބައޮތް ކަމަށާއި، އަދި އުނދަގޫ މަގުތައް ދޫކޮށްލާފައިވާކަމަށެވެ.

އެހެންނަމަވެސް، އެކުންފުނިން މި ނެޓްވޯކް އަޅައި، މަސައްކަތް ނިންމިކަމަށް ސޮއިކޮށްފައިވާ މަގުތަކަށް ބަލާއިރު، އެ މަސައްކަތް އެގޮތަށް މަސައްކަތް ނުކުރެވި ހުރިކަން ފާހަގަކުރެވިފައިވާކަމަށް ޝާހު ވިދާޅުވިއެވެ.

މީގެ އިތުރުން މި ސަރުކާރުން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިއަަށްގެންދާ ފެނާއި ނަރުދަމާގެ 20 ޕްރޮޖެކްޓަކީ، ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށްގެންދާ ޕްރޮޖެކްޓުތަކެއް ކަމަށެވެ. މި 20 ރަށުގެ ނިޒާމު މިހާރު ވަނީ ޑިޒައިން ކޮށްފައި ކަމަށާއި، އެ ކުންފުންޏަށް ކުރަންޖެހޭ ހަމައެކަނި މަސައްކަތަކީ އަމަލީ މަސައްކަތް ފެށުން ކަމަށް ޝާހު ވިދާޅުވިއެވެ. އެ މަސައްކަތްތައް އެއްވެސް ގޮންޖެހުމެއްނެތި ކުރިއަށްދާކަމަށް ޝާހު ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޗެއާޕާސަން އިންތިހާބުން ޕާޓީއަށް ތަރުހީބް އޮތްކަން ހާމަވޭ: އެމްޑީޕީ

ޗެއާޕާސަން އިންތިހާބުން ޕާޓީއަށް ތަރުހީބް އޮތްކަން ހާމަވޭ: އެމްޑީޕީ

12 ފެބުރުއަރީ 2017
އާސަހަރާއެއް ނުފުރޭ، ކުރިއަށް އޮތް ދެ އަހަރުވެސް މީހުން ވަޅުލެވޭނެ: މާލޭ ސިޓީ ކައުންސިލް

އާސަހަރާއެއް ނުފުރޭ، ކުރިއަށް އޮތް ދެ އަހަރުވެސް މީހުން ވަޅުލެވޭނެ: މާލޭ ސިޓީ ކައުންސިލް

12 ފެބުރުއަރީ 2017
ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި

ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި

05 ފެބުރުއަރީ 2017
އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

01 ފެބުރުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

19 ޖޫން
"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި
20251 އަހަރު ކުރިން
ދުނިޔެ

"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ
20242 އަހަރު ކުރިން
ރާއްޖެ

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!

ސަޢީދު: އެންމެ ބޭކާރު ވަޒީރު
20188 އަހަރު ކުރިން
ރިޕޯޓު

ސަޢީދު: އެންމެ ބޭކާރު ވަޒީރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު