Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިމާރާތް ކުރުމުގެ ގަވާއިދު

ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން، ރަށްރަށުގައި އުސްކޮށް އިމާރާތް ކުރެވޭގޮތަށް ގަވާއިދަށް އިސްލާހު ގެނެސްފި

14 ޑިސެމްބަރު 2021 | އަންގާރަ 11:42

ގަވާއިދު އިސްލާހު ކުރުމުގެ ކުރިން، ސިޓީތަކުގައި 100 ފޫޓަށްވުރެ އުސްކޮށް އިމާރާތް ކުރެވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 14 ޑިސެމްބަރު 2021 | އަންގާރަ 11:42
ތިނަދޫ އައިސް ޕްލާންޓް ޖެޓީ

ތިނަދޫ އައިސް ޕްލާންޓް ޖެޓީ

ރަށްރަށުގައި އިމާރާތްކުރެވޭނެ އެންމެ އުސްމިނަކީ 100 ފޫޓްކަމުގައި ކައުންސިލްތަކަށް ކަނޑައެޅޭ ގޮތަށް ޕްލޭނިންގ ގަވާއިދެއް ނެތް ރަށްރަށް ނުވަތަ ފަޅުފަޅުގައި އިމާރާތް ކުރަންވީ ގޮތުގެ ގަވާއިދަށް އިސްލާހު ގެނެސްފިއެވެ.

މި ގަވާއިދުގެ ދަށުން މީހުން ދިރިއުޅޭ ރަށްރަށުގައި އިމާރާތްކުރެވޭނެ އެންމެ އުސްމިން ކައުންސިލުން ކަނޑައެޅިދާނެއެވެ. އެގޮތުން މީހުން ދިރިއުޅޭ ރަށްރަށުގެ ކައުންސިލުން، އެ ރަށެއްގައި އިމާރާތް ކުރެވޭނެ އެންމެ އުސްމިން، 30.48 މީޓަރު ނުވަތަ 100 ފޫޓަށް ވުރެ އުސްނުވާނެ ގޮތަށް ކަނޑައެޅިދާނެއެވެ. މިގޮތުން އެއްވެސް ރަށެއްގެ ރަށު ކައުންސިލުން ނިންމުމެއް ނިންމައިފިނަމަ، އެ ނިންމުމަކަށް ޢަމަލުކުރަން ފެށޭނެ ތާރީޚު އެނގޭގޮތަށް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރަންވާނެއެވެ. އަދި އެ ނިންމުމެއް މިނިސްޓްރީއަށް ލިޔުމުން ހިއްސާކުރަންވާނެއެވެ.

Advertisement - newsAdvertisement

ސިޓީ ފިޔަވައި އެހެން ރަށްތަކުގައި ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތީގައި އިމާރާތް ކުރެވޭނެ އުސްމިނަށް ވެސް ވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ސިޓީގެ ގޮތުގައި ކަނޑައަޅައިފައިވާ ރަށްތައް ފިޔަވައި އެހެން ރަށްތަކުގައި ދިރިއުޅުމަށް ދޫކޮށްފައިވާ ގޯއްޗެއްގައި ހަދާ އިމާރާތެއް އިމާރާތް ކުރާއިރު، ދުވާރުން ފެށިގެން ރޫފްބީމުގެ ނުވަތަ ޓެރަސް ސްލެބުގެ ނުވަތަ ޑެކުގެ މަތީކައިރިޔާ ހަމައަށް އިމާރާތް ކުރެވޭނެ އުސްމިން ކަނޑައަޅާނީ 100 ފޫޓަށްވުރެ އުސްނުވާނެ ގޮތަށެވެ.

މީގެ އިތުރުން މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ސިޓީގެ ގޮތުގައި ކަނޑައަޅައިފައިވާ ރަށްތަކުގައި ދިރިއުޅުމަށް ދޫކޮށްފައިވާ ގޯއްޗެއްގައި ހަދާ އިމާރާތެއް އިމާރާތް ކުރާއިރު، ދުވާރުން ފެށިގެން ރޫފްބީމުގެ ނުވަތަ ޓެރަސް ސްލެބުގެ ނުވަތަ ޑެކުގެ މަތީކައިރިޔާ ހަމައަށް އިމާރާތް ކުރެވޭނެ އުސްމިނަކީވެސް 100 ފޫޓުގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

މި ގަވާއިދު އިސްލާހު ކުރުމުގެ ކުރިން މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ސިޓީގެ ގޮތުގައި ކަނޑައަޅައިފައިވާ ރަށްތައް ފިޔަވައި އެހެން ރަށްތަކުގައި ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތީގައި 18.5 މީޓަރަށްވުރެ އުސްކޮށް ޢިމާރާތްކުރެވޭނެއެވެ. އަދި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ސިޓީގެ ގޮތުގައި ކަނޑައަޅައިފައިވާ ރަށްތަކުގައި ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތީގައި 30.48 މީޓަރަށްވުރެ އުސްކޮށް ޢިމާރާތްކުރެވޭނެއެވެ. އެހެނަނަމަވެސް މި ގަވާއިދަށް ގެނައި އިސްލާހާއެކު 30.48 މީޓަރަށްވުރެ އުސްކޮށް ސިޓީތަކުގައި އަދި ސިޓީ ނޫން މީހުން ދިރިއުޅޭ ރަށްތަކުގައި ކައުންސިލުން ނިންމައިފިނަމަ، އުސްކޮށް އިމާރާތް ނުކުރެވޭނެއެވެ.

މި ގަވާއިދަށް އަމަލުކުރަން ފަށާނީ ގެޒެޓުގައި ޝާއިއު ކުރާ ތާރީހުން ފެށިގެން 30 ދުވަސް ފަހުންނެވެ. އެހެންކަމުން މި ގަވާއިދަށް އަމަލުކުރާނީ އަންނަ މަހުގެ 14 ވަނަ ދުވަހުގެ ފަހުންނެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

01 މާރިޗު 2017

ދުންފަތާއި އެނާޖީ ޑްރިންކްގެ ޑިއުޓީން 5 ޕަސެންޓް ހޭލުންތެރިކަމުގެ ހަރަކާތްތަކަށް ކަނޑައަޅާން ހުށަހެޅި އިސްލާހު ބޭރުކޮށްލައިފި

01 މާރިޗު 2017
ދުންފަތާއި އެނާޖީ ޑްރިންކްގެ ޑިއުޓީން 5 ޕަސެންޓް ހޭލުންތެރިކަމުގެ ހަރަކާތްތަކަށް ކަނޑައަޅާން ހުށަހެޅި އިސްލާހު ބޭރުކޮށްލައިފި
25 ފެބުރުއަރީ 2017

ދެއްވަދޫ ކައުންސިލުން ގަވައިދާ ޚިލާފަށް އެތައް ލައްކަ ރުފިޔާއެއް ޚަރަދު ކޮށްފި

25 ފެބުރުއަރީ 2017
ދެއްވަދޫ ކައުންސިލުން ގަވައިދާ ޚިލާފަށް އެތައް ލައްކަ ރުފިޔާއެއް ޚަރަދު ކޮށްފި
22 ފެބުރުއަރީ 2017

"މަގުމަތިން ފެނިއްޖެއްޔާ ލޮލަށް ލޭއަރުވާލާނަން، ތަނެއް ފަޅާލައި، ދުއްވާލާނަން"

22 ފެބުރުއަރީ 2017
"މަގުމަތިން ފެނިއްޖެއްޔާ ލޮލަށް ލޭއަރުވާލާނަން، ތަނެއް ފަޅާލައި، ދުއްވާލާނަން"
13 ފެބުރުއަރީ 2017

ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރު ޑރ. ނިޔާޒަށް މަޖިލީހުން ރުހުންދީފި

13 ފެބުރުއަރީ 2017
ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރު ޑރ. ނިޔާޒަށް މަޖިލީހުން ރުހުންދީފި
12 ފެބުރުއަރީ 2017

ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރަށް ކޮމެޓީން ރުހުންދީފި

12 ފެބުރުއަރީ 2017
ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރަށް ކޮމެޓީން ރުހުންދީފި
25 ޖެނުއަރީ 2017

މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ

25 ޖެނުއަރީ 2017
މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ
22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
21 ޖެނުއަރީ 2017

ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ

21 ޖެނުއަރީ 2017
 ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް