Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލޭގައި ފެން ބޮޑުވުން

މާލޭގެ ފެންހިންދާ ނިޒާމު ޑިޒައިންކޮށްފައިވަނީ ވަގުތީ ހައްލެއް ހޯދުމަށް: ޝާހު

13 ޑިސެމްބަރު 2021 | ހޯމަ 19:40

މި މަސައްކަތް އެކަށީގެންވާ ގޮތަށް ކުރެވޭނީ ސިޓީ ކައުންސިލްގެ އެއްބާރުލުމާއެކު

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 13 ޑިސެމްބަރު 2021 | ހޯމަ 19:40
މާލެއަށް ބޯކޮށް ވާރޭވެހި އެސްޓީއޯ ފުށް ގުދަން ހުންނަ ސަރަހައްދުގައި ފެން ބޮޑުވުން

މާލެއަށް ބޯކޮށް ވާރޭވެހި އެސްޓީއޯ ފުށް ގުދަން ހުންނަ ސަރަހައްދުގައި ފެން ބޮޑުވުން

މާލޭގެ ފެންހިންދާ ނިޒާމަކީ ފެން ބޮޑުވުމުގެ ނިޒާމަށް ވަގުތީ ހައްލެއް ހޯދުމަށް ގާއިމްކޮށްފައިވާ ނިޒާމެއް ކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ ހަސަން ޝާހު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން ޝާހު ވިދާޅުވީ މާލޭގެ ފެންހިންދާ ނިޒާމު ގާއިމްކުރުމުގެ މަސައްކަތުގެ ތެރެއިން ޚަރަދުކުރުމަށް އިސްކަންދީފައިވާ ކަންކަން މި ނިޒާމުގެ ރިޕޯޓުގައި ފެންނަން އެބައޮތް ކަމަށެވެ. އަދި މި މަސައްކަތަކީ ވަގުތު ތަންނުދޭތީ ވަގުތީ ހައްލެއް ހޯދުމަށް ގާއިމްކޮށްފައިވާ ނިޒާމެއް ކަމަށެވެ.

Advertisement - newsAdvertisement

ޝާހު ވިދާޅުވީ މާލޭގައި ފެން ބޮޑުވާ މައްސަލަ ހައްލުކުރުމަށް ނިޒާމު ގާއިމްކޮށްފައިވަނީ ފޭސްތަކަކަށް ބަހާލައިގެން ކަމަށެވެ. އެއީ 4 ފޭސްއަކަށް ބަހާލައިގެން ކަމަށެވެ. މިގޮތުން ސިނަމާލެ ހިމެނޭ ސަރަހައްދުގައި އެއް ޕަމްޕު ބަހައްޓާފައި ވާކަމަށާއި، މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ ހިމެނޭ ސަރަހައްދުގައި ޕަމްޕެއް ބަހައްޓައި، އިސްކަންދަރު ކޮށި ކައިރީގައި އަދި ކަނބާ އައިސަ ރަނި ހިނގުމުގައި ޕަމްޕެއް ބަހައްޓާފައިވާކަމަށް ޝާހު ވިދާޅުވިއެވެ. އަދި ހަވީރީހިނގުމުގައިވެސް ފެން ހިންދާ ޕަމްޕެއް ބަހައްޓާފައިވާކަމަށް ޝާހު ވިދާޅުވިއެވެ.

ޝާހު ވިދާޅުވީ މި ސަރަހައްދުތަކުގެ އިތުރުން މާލޭގައި ފެން ބޮޑުވާ އެހެން ސަރަހައްދުތަކުގައިވެސް ޕަމްޕުތައް ބަހައްޓަންޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. މިފަދަ މަސައްކަތްތަކަކީ ސިޓީ ކައުންސިލްގެ ވަރަށް ބޮޑު އެއްބާރުލުމަކާއެކު ކުރެވޭނެ މަސައްކަތެއް ކަމަށެވެ. ރަށްރަށުގައި ފެނާއި ނަރުދަމާގެ މަސައްކަތްތައް ކުރާއިރު، ކައުންސިލްގެ އެއްބާރުލުން ނުލިބޭނަމަ އެކަން ނުކުރެވޭނެ ކަމަށް ޝާހު ވިދާޅުވިއެވެ. އެހެންކަމަށްވާއިރު، ސިޓީ ކައުންސިލަކީ ވަރަށް ގާތް ގުޅުމެއް ބާއްވަން ޖެހޭ ތަނެއް ކަމަށް ގަބޫލުކުރައްވާކަމަށް ޝާހު ވިދާޅުވިއެވެ.

މާލޭގެ ފެން ހިންދާ ނިޒާމު ގާއިމްކުރިއިރު، މާލެ ސިޓީ ކައުންސިލުން މަގު ކޮނުމުގެ ހުއްދަ ދިނުމުގައި ލަސްތަކެއް ހުރުމުން ޕްރޮޖެކްޓު ލަސްވެފައިވާކަން އެނގެން އެބައޮތް ކަމަށް ޝާހު ވިދާޅުވިއެވެ. އަދި މާލެގެ ބިމުގެ ޖާގައިގެ ދަތިކަމުގެ ސަބަބުން ޕަމްޕު ބަހައްޓާނެ ވަކި ތަނެއް ނެތުމާއި، ޕަމްޕު ބަހައްޓަން ހުއްދަ ދިނުމުގައި ދިމާވި ލަސްތައްވެސް ހުރި ކަމަށް ވިދާޅުވިއެވެ.

ޝާހު ވިދާޅުވީ މާޅޭގެ ފެން ހިންދާ ނިޒާމު ގާއިމްކުރުމަށް ހެދި ކަލްކިއުލޭޝަންތަކުގައި ފުރާޅުތައް ހިމަނާފައި ނުވާކަމަށެވެ. ފުރާޅުތަކުން ފައިބާ ފެން ވެސް އެޅެނީ މަގުމައްޗަށް ކަމަށްވާއިރު، އެ ފެން ބޭރުކުރަން ގާއިމްކޮށްފައިވާ ޕަމްޕުތަކަކީ އެކަށީގެންވާ ޕަމްޕުތަކަކަށް ވާންޖެހޭ ކަމަށް ޝާހު ވިދާޅުވިއެވެ.

މިހާރު ހުރި ޕަމްޕުތަކަކީ 9 ކިލޯވޮޓް ޕްމަޕުތަކެއް ކަމަށް ޝާހު ވިދާޅުވިއެވެ. މި އަދަދު 13 ކިލޯވޮޓަށް އިތުރުކޮށްފިނަމަ އެއަށްވުރެ އަވަހަށް ފެން ބޭރުކުރެވޭނެ ކަމަށް ޝާހު ވިދާޅުވިއެވެ.

ވިއްސާރަވެ މާލޭގެ މަގުތަކުގައި ފެން ބޮޑުވުމާ ގުޅިގެން މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ އެމްޑަބްލިއުއެސްސީއަށް އެ ޕަމްޕުތައް ނުބެލެހެއްޓޭކަމަށް ވިދާޅުވެ ޓްވީޓުކުރައްވާފައެވެ. އަދި އެކަންވެސް ސިޓީ ކައުންސިލަށް ހަވާލު ކުރެއްވުމަށްވެސް މުއިއްޒު ވިދާޅުވިއެވެ. މި ޓްވީޓުގައި އެމްޑަބްލިއުއެސްސީ ބަދުނާމުވާގޮތަށް އޮތުމުން ޝާހު ވަނީ އެކަން ކުށްވެރިކުރައްވާފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

17 ފެބުރުއަރީ 2017

މާލޭގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިއްޖެ: ރައީސް ޔާމީން

17 ފެބުރުއަރީ 2017
މާލޭގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިއްޖެ: ރައީސް ޔާމީން
14 ފެބުރުއަރީ 2017

ފުލުހުންނަށް ވަގުތީ ހިޔާވަހިކަން ދޭނެ ޝަރުތުތައް ޢާއްމުކޮށްފި

14 ފެބުރުއަރީ 2017
ފުލުހުންނަށް ވަގުތީ ހިޔާވަހިކަން ދޭނެ ޝަރުތުތައް ޢާއްމުކޮށްފި
11 ފެބުރުއަރީ 2017

!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ

11 ފެބުރުއަރީ 2017
!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ
10 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާން ކުރަނީ

10 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާން ކުރަނީ
26 ޖެނުއަރީ 2017

އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ

26 ޖެނުއަރީ 2017
އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ
24 ޖެނުއަރީ 2017

މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

24 ޖެނުއަރީ 2017
މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
17 ޖެނުއަރީ 2017

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް