Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސައުތު އެފްރިކާގެ ރައީސް

ސައުތު އެފްރިކާގެ ރައީސް ކޮވިޑަށް ޕޮޒިޓިވް!

މިވަގުތު ހުންނެވީ އަމިއްލަފުޅަށް އެކަހެރިވެވަޑައިގެން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 13 ޑިސެމްބަރު 2021 | ހޯމަ 02:17
ސައުތު އެފްރިކާގެ ރައީސް

ސައުތު އެފްރިކާގެ ރައީސް

ސައުތު އެފްރިކާގެ ރައީސް ސިރިލް ރަމްޕޯސާ ކޮވިޑް-19ށް ޕޮޒިޓިވްވެވަޑައިގެންފައިވާ ކަމަށް އެގައުމުގެ ރައީސްގެ އޮފީހުން ބުނެފިއެވެ.

ސައުތު އެފްރިކާގެ ރައީސްގެ އޮފީހުން ނެރިފައިވާ ބަޔާނުގައި ބުނެފައިވަނީ ރަމްޕޯސާ ކޮވިޑަށް ޕޮޒިޓިވްވެވަޑައިގެންނެވިކަން އެނގިވަޑައިގަތީ އާދީއްތަ ދުވަހު ޓެސްޓް ހެއްދެވުމުން ކަމަށެވެ. އަދި ފެންނަމުން ދަނީ އާދައިގެ އަލާމާތްތަކެއް ކަމަށެވެ.

އާލާސްކަންފުޅާ އުޅުއްވަން ފެއްޓެވީ އެގައުމުގެ ކުރީގެ ރައީސްގެ ނައިބު އަވަހާރަވުމާއި ގުޅިގެން ބޭއްވި މެމޯރިއަލް ހަފްލާއިން އެނބުރިވަޑައިގެންނެވި ފަހުން ކަމަށެވެ.

69 އަހަރުފުޅުގެ ރަމްޕޯސާ އެ ހަފްލާގައި ހުންނެވީ މާސްކް އަޅުއްވައިގެންނެވެ. އަދި 2 ޑޯޒް ވެކްސިން ފުރިހަމަކުރައްވާފައިވާ ކަމަށް ރައީސްގެ އޮފީހުން ބުނެއެވެ. އަދި މިވަގުތު ހުންނެވީ ކޭޕް ޓައުންގައި އަމިއްލަފުޅަށް އެކަހެރިވެވަޑައިގެން ކަމަށާއި، ރަސްމީ މަސައްކަތްޕުޅުތައް ހަފްތާއަކަށް ނައިބް ރައީސާއި ހަވާލުކުރައްވާފައިވާ ކަމަށެވެ.

ފާއިތުވި ދުވަސްތަކުގައި ކޮވިޑްގެ އައު ވޭރިއަންޓް އޮމިކްރޯންއާއި ގުޅިގެން އެގައުމުގައި ބަލި ފެތުރޭ މިންވަރު އިތުރުވެފައިވާ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވެގެން ރިޕޯޓްކުރަމުން އަންނަ މިންވަރު ވަނީ 20،000ށް އަރާފައެވެ.

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ގެމްބިއާގެ ރައީސް އަޑަމާ ބަރޯގެ ދަރިފުޅު މަރާލި ކުއްތާ މަރާލައިފި!

03 ފެބުރުއަރީ 2017
ގެމްބިއާގެ ރައީސް އަޑަމާ ބަރޯގެ ދަރިފުޅު މަރާލި ކުއްތާ މަރާލައިފި!
02 ފެބުރުއަރީ 2017

ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ކެބިނެޓުގެ 10 ވަޒީރުން މަގާމުގެ ހުވާކުރައްވައިފި

02 ފެބުރުއަރީ 2017
ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ކެބިނެޓުގެ 10 ވަޒީރުން މަގާމުގެ ހުވާކުރައްވައިފި
28 ޖެނުއަރީ 2017

ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ

28 ޖެނުއަރީ 2017
ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ
27 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި

27 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި
26 ޖެނުއަރީ 2017

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު