Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖޭގެ މޫސުން

މިހާރު ކުރަމުންދަނީ މޫސުމީ ވިއްސާރައެއް، މިހަފުތާތެރޭގައި ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެ: މެޓް އޮފީސް

އާދިއްތަ ދުވަހު ހަވީރު 16:30ން ފެށިގެން ރޭގަނޑު 21:30އާ ހަމައަށް ވަނީ ލ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ވައިޓް އެލަރޓް ނެރެފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 12 ޑިސެމްބަރު 2021 | އާދީއްތަ 13:13
މާލެއަށް ބޯކޮށް ވާރޭވެހިފައި

މާލެއަށް ބޯކޮށް ވާރޭވެހިފައި

ރާއްޖޭގެ އެކި ހިސާބަށް މިހާރު ކުރަމުންދާ ވިއްސާރައަކީ އާންމުކޮށް ކޮންމެ އަހަރަކުވެސް ޑިސެމްބަރ މަހު ރާއްޖެއަށް ކުރަމުންދާ ވިއްސާރަކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން "ރާއްޖެއެމްވީ"އަށް މައުލޫމާތު ދެމުން މެޓް އޮފީހުން ބުނީ މިއީ ކޮޅި ގަނޑެއްގެ އަސަރު ނޫންކަމަށެވެ. ނަމަވެސް ސްރީލަންކާގެ ދެކުނު ސަރަހައްދުގައި ލޯ ޕްރެޝަރ ކޮޅިގަނޑެއް އުފެދިފައިވާކަމަށެވެ. އޭގެ އަސަރު ކޮންމެވެސް ވަރަކަށް ރާއްޖެއަށް ކުރާނެކަމަށް މެޓް އޮފީހުން ބުނެއެވެ. ކުރިޔަށް އޮތް ހަފުތާތެރޭގައިވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެކަމަށް މެޓް އޮފީހުން ބުނެއެވެ.

Advertisement - newsAdvertisement

ބުރާސްފަތި ދުވަހުން ފެށިގެން ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރަމުންދާއިރު އާދިއްތަ ދުވަހު ހަވީރު 16:30ން ފެށިގެން ރޭގަނޑު 21:30އާ ހަމައަށް ވަނީ ލ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ވައިޓް އެލަރޓް ނެރެފައެވެ. މެޓް އޮފީހުން ބުނީ މިގަޑިތަކުގައި އެސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށް ވެސް ބުނެއެވެ.

މީގެއިތުރުން މެޓް އޮފީހުން ބުނީ ހޯމަ ދުވަހުގެ ހެނދުނު 10 ޖެހުމާ ހަމައަށް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް ގުގުރުނެކަމަށް ލަފާކުރެވޭކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ. ވައިޖެހޭނެކަމަށް ލަފާކުރެވެނީ އުތުރާއި އިރުއުތުރުން ގަޑިއަކު 07 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް ބުނެއެވެ.

ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެކަމަށާއި ރާޅުގެ އުސްމިން ހުންނާނެކަމަށް ބެލެވެނީ 2 ފޫޓާއި 5 ފޫޓާ ދެމެދުގައި ކަމަށް މެޓް އޮފީހުން ބުނެއެވެ. ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭތީ، މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

އިތުރަށް ކިޔާލަން

03 މާރިޗު 2017

ރައީސް ޔާމީން މިހާރު ކުރައްވަމުން އެ ގެންދަވާ ކަމަކީ އެމްޔޫއޯއަށް ކެމްޕެއިން ކޮށްދިނުން: ޝަމާޢު

03 މާރިޗު 2017
ރައީސް ޔާމީން މިހާރު ކުރައްވަމުން އެ ގެންދަވާ ކަމަކީ އެމްޔޫއޯއަށް ކެމްޕެއިން ކޮށްދިނުން: ޝަމާޢު
02 މާރިޗު 2017

ރާއްޖޭގެ ރައްޔިތުންނަށް މިހާރު ލިބިފައި އޮތް ވޯޓުގެ ހައްގު ވެސް ނިގުޅައިގެންދާނެ ކަމުގެ ބިރުއެބައޮތް: މާރިއާ

02 މާރިޗު 2017
ރާއްޖޭގެ ރައްޔިތުންނަށް މިހާރު ލިބިފައި އޮތް ވޯޓުގެ ހައްގު ވެސް ނިގުޅައިގެންދާނެ ކަމުގެ ބިރުއެބައޮތް: މާރިއާ
18 ފެބުރުއަރީ 2017

ޑައިވިންއަށް ދިޔަމީހާ 24 ގަޑިއިރުވީއިރުވެސް ނުފެނުނު، މިހާރުވެސް ދަނީ މަސައްކަތް ކުރަމުން: އެމްއެންޑީއެފް

18 ފެބުރުއަރީ 2017
ޑައިވިންއަށް ދިޔަމީހާ 24 ގަޑިއިރުވީއިރުވެސް ނުފެނުނު، މިހާރުވެސް ދަނީ މަސައްކަތް ކުރަމުން: އެމްއެންޑީއެފް
17 ފެބުރުއަރީ 2017

މިހާރު 9 އަހަރުގައި ސިނގިރެޓް ބޯން ފަށާ:އެޗްޕީއޭ

17 ފެބުރުއަރީ 2017
މިހާރު 9 އަހަރުގައި ސިނގިރެޓް ބޯން ފަށާ:އެޗްޕީއޭ
15 ފެބުރުއަރީ 2017

ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ

15 ފެބުރުއަރީ 2017
ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު