Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސްޓޯމް ވޯޓަރ ޕަމްފު

މާލޭގައި ހުރި ސްޓޯމް ވޯޓަރ ޕަމްފުތަކުގައި އެއްވެސް މައްސަލައެއް ނެތް - އެމްޑަބްލިއުއެސްސީ

މިހާރު ހުރި 4 ޕަމްޕަކީވެސް 9 ކިލޯވޮޓްގެ ޕަމްޕު

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 12 ޑިސެމްބަރު 2021 | އާދީއްތަ 09:43
މޫސުން ގޯސްވެ ބޯކޮށް ވާރޭ ވެހޭނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވޭ

މޫސުން ގޯސްވެ ބޯކޮށް ވާރޭ ވެހޭނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވޭ

މާލޭގައި ހުރި ސްޓޯމް ވޯޓަރ ޕަމްޕުތަކުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް އެމްޑަބްލިއުއެސްސީން ބުނެފިއެވެ.

ވިއްސާރަވެ މާލޭގެ މަގުތަކުގައި ފެން ބޮޑުވުމާ ގުޅިގެން މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވަނީ އެމްޑަބްލިއުއެސްސީއަށް އެ ޕަމްޕުތައް ނުބެލެހެއްޓޭކަމަށް ވިދާޅުވެފައެވެ. އަދި އެކަންވެސް ސިޓީ ކައުންސިލަށް ހަވާލު ކުރެއްވުމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

މިކަމާ ގުޅިގެން އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހު ވިދާޅުވީ. މިހާރު މާލޭގައި ގާއިމް ކޮށްފައިވާ ޕަމްޕުތައް އެމްޑަބްލިއުސްސީން މަރާމާތުކޮށް ބަލަހައްޓާ ކަމަށާއި، އެ ޕަމްޕުތަކުގައި އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. މިހާރު ދިމާވެގެން އުޅޭ ކަމަކީ، އެ ޕަމްޕުތަކަކީ، މާލޭގެ ފެން ހިންދުމަށް އެކަށީގެންވާ ގާބިލްކަން ހުރި ޕަމްޕުތަކަކަށް ނުވުމުން ފެން ހިންދުމުގައި ވަގުތު ނަގާކަން ކަމަށެވެ. ޝާހު ވިދާޅުވީ، އެ ޕަމްޕު ތަކަކީ، ޑރ.މުއިއްޒު މިނިސްޓަރު ކަމުގައި ހުންނަވާ އެޕްރޫވްކޮށް ގާއިމްކުރެވުނު ޕަމްޕުތަކެއް ކަމަށެވެ.

ތަޖުރިބާކާރުންގެ ވާހަކަތަކަށް ރިއާޔަތްކޮށް ޝާހު ވިދާޅުވީ، މާލޭގައި ބެހެއްޓުމަށް އެކަށީގެންވަނީ 13 ކިލޯވޮޓްގެ ޕަމްޕު ކަމަށެވެ. އެހެންނަމަވެސް މިހާރު ހުރި 4 ޕަމްޕަކީވެސް 9 ކިލޯވޮޓްގެ ޕަމްޕު ކަމަށެވެ. ޝާހު ވިދާޅުވީ، ބޮޑުތަކުރުފާނު މަގާއި، ބްރިޖުންވެސް ފެން ޖަމާވަނީ މާލެ ތެރެއަށް ކަމުން މިހާރު ހުރި ޕަމްޕުތަކަށް ނުކަތާ ކަމަށެވެ.

އެމްޑަބްލިއުއެސްސީން އެ ޕަމްޕުތައް ބެލެހެއްޓިނަމަވެސް އޭގެ ބެލެނިވެރި ފަރާތަކީ، ޕްލޭނިންގ މިނިސްޓްރީ ކަމުން ިހާރުވެސް އެކަމުގެ މަޝްވަރާތައް މިނިސްޓްރީއާއެކު ކުރިއަށްދާ ކަމަށް ޝާހު ވިދާޅުވިއެވެ.

މިހާރު މާލޭގައި ހުރި 4 ޕަމްޕު ހުރީ، އަމީނީ މަގުގެ އިސްކަންދަރު ކޮށި ހުރި ސަރަހައްދާއި، ސިނަމާލެ ސަރަހައްދާއި، އެމްޑަބްލިއުއެސްސީގެ ކަސްޓަމަރ ކެއަރ އިމާރާތް ހުރި ސަރަހައްދާއި، އައިޖީއެމްއެޗް ސަރަހައްދުގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

30 މާރިޗު
މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟
20251 އަހަރު ކުރިން
ރިޕޯޓު

މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް
20242 އަހަރު ކުރިން
ރިޕޯޓު

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!
20233 އަހަރު ކުރިން
ރިޕޯޓު

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި
20224 އަހަރު ކުރިން
މީހުން

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް
20215 އަހަރު ކުރިން
ރާއްޖެ

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟
20197 އަހަރު ކުރިން
އިސްލާމް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު