Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރައީސަކަށް އެޓޫ އިންތިޚާބުވުން

ކެމަރޫން ފުޓްބޯލް ފެޑެރޭޝަނުގެ ރައީސަކަށް އެޓޫ

12 ޑިސެމްބަރު 2021 | އާދީއްތަ 07:11

މި އިންތިޚާބުގައި އެޓޫއާ ވާދަކޮށްފައިވަނީ އެންޖޯޔާ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 12 ޑިސެމްބަރު 2021 | އާދީއްތަ 07:11
ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުގެ ތެރެއިން ސެމުއެލް އެޓޫ

ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުގެ ތެރެއިން ސެމުއެލް އެޓޫ

ކެމަރޫން ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސްގެ މަގާމަށް އެ ގައުމުގެ ފުޓްބޯޅަ ލެޖެންޑު ސެމުއެލް އެޓޫ އިންތިޚާބުވެއްޖެއެވެ.

ހޮނިހިރު ދުވަހު ކުރިއަށްދިޔަ އިންތިޚާބު އުމުރުން މިހާރު 40 އަހަރުގެ އެޓޫ ކާމިޔާބުކުރީ އެފްރިކާ ފުޓްބޯޅަ ފެޑެރޭޝަންގެ ހަތަރުވަނަ ނައިބު ރައީސް ސެއިޑޫ އެމްބޮމްބޯ އެންޖޯޔާ ބަލިކުރުމަށްފަހުއެވެ.

މި އިންތިޚާބުގައި އެންމެ ފުރަތަމަ ހަތް ކެންޑިޑޭޓުން ވާދަކުރަން ހަމަޖެހިފައި އޮތް ނަމަވެސް، އިންތިޚާބު ފެށެން ގާތްވެފައި ވަނިކޮށް ފަސް ކެންޑިޑޭޓަކު ވަނީ ނަން އަނބުރާ ގެންގޮސްފައެވެ. އެހެންކަމުން އިންތިޚާބުގައި އެޓޫ އާއި އެންޖޯޔާ ވާދަކުރިއިރު، އެޓޫ އިންތިޚާބު ކާމިޔާބުކޮށްފައިވަނީ 43 ވޯޓާއެކުއެވެ. އަދި އެންޖޯޔާއަށް ލިބުނީ 31 ވޯޓެވެ.

ހޮނިހިރު ދުވަހު ކެމަރޫން ފުޓްބޯޅަ ފެޑެރޭޝަނުގެ އިންތިޚާބު ބޭއްވިއިރު، މީގެ ކުރިން 2018 ވަނަ އަހަރު ބޭއްވި އެ އިދާރާގެ އިންތިޚާބުތައް ސައްހަ ނޫން ކަމަށް މި އަހަރުގެ ޖެނުއަރީ މަހު ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް) އިން ވަނީ ނިންމާފައެވެ. އެ ފަހަރު އިންތިޚާބު ކާމިޔާބުކުރީ އެންޖޯޔާއެވެ. އެހެންކަމުން ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުގެ ކަންކަން ކުރިއަށްގެންގޮސްފައިވަނީ ފީފާގެ ޚާއްސަ ޓީމެއްގެ ބެލުމުގެ ދަށުންނެވެ.

ކެމަރޫން ފުޓްބޯލް ފެޑެރޭޝަނުގެ ރައީސަކަށް އެޓޫ އިންތިޚާބުވިއިރު، އޭނާއަކީ އެފްރިކާގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހަތަރު ފަހަރު ހޯދާފައިވާ ކުޅުންތެރިއެކެވެ. އަދި ކެމަރޫންގެ ގައުމީ ފުޓްބޯޅަ ޓީމަށް 118 މެޗު ކުޅެދީ 56 ލަނޑު ޖަހާފައިވާއިރު، އެޓޫ ވަނީ ކެމަރޫންއާއެކު 2000 އަދި 2002 ވަނަ އަހަރު އެފްރިކާ ކަޕް އޮފް ނޭޝަންސް ކާމިޔާބުކޮށްފައެވެ. އަދި ވަނީ ކެމަރޫންގެ ޒުވާން ޓީމާއެކު 2000 ވަނަ އަހަރު ބޭއްވި އޮލިމްޕިކްސްގެ ފުޓްބޯޅަ އިވެންޓުން ރަން މެޑަލްވެސް ހޯދާފައެވެ.

ބާސެލޯނާ، އިންޓަ މިލާން އަދި ޗެލްސީގައިވެސް ވިދާލި އެޓޫ ވަނީ ކުލަބު ކެރިއަރުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އޭގެ ތެރޭގައި ސްޕެނިޝް ލީގާއި، އިޓާލިއަން ލީގާއި ޔުއެފާ ޗެމްޕިއަންސް ލީގުގެ އިތުރު ފީފާ ކުލަބު ވޯލްޑް ކަޕުވެސް ހިމެނެއެވެ. ކާމިޔާބު ކެރިއަރެއް ހޯދަކުރުމަށްފަހު އެޓޫ ފުޓްބޯޅަ ކުޅުން ހުއްޓާލާފައިވަނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

05 ނޮވެމްބަރު 2017

ވިމެންސް ފުޓްބޯލް ލީގު ޑިސެމްބަރު މަހަށް ފަސްކޮށްފި

05 ނޮވެމްބަރު 2017
ވިމެންސް ފުޓްބޯލް ލީގު ޑިސެމްބަރު މަހަށް ފަސްކޮށްފި
25 ޖުލައި 2017

އައިޑިއަލް މޫވްމެންޓުގެ މައްޗަށް ކޮކޫން ފުޓްބޯލް ޓީމުން ކުރިހޯދައިފި

25 ޖުލައި 2017
އައިޑިއަލް މޫވްމެންޓުގެ މައްޗަށް ކޮކޫން ފުޓްބޯލް ޓީމުން ކުރިހޯދައިފި
08 މެއި 2017

ފުޓްބޯލް ރައިޓާސްގެ އެންމެ މަގްބޫލް ކުޅުންތެރިޔަކަށް ޗެލްސީގެ ކަންޓޭ

08 މެއި 2017
ފުޓްބޯލް ރައިޓާސްގެ އެންމެ މަގްބޫލް ކުޅުންތެރިޔަކަށް ޗެލްސީގެ ކަންޓޭ
08 އެޕްރީލު 2017

ނިއުރޭޑިއަންޓްގެ ފުޓްބޯލް އެކަޑަމީ ލޯންޗްކޮށްފި

08 އެޕްރީލު 2017
ނިއުރޭޑިއަންޓްގެ ފުޓްބޯލް އެކަޑަމީ ލޯންޗްކޮށްފި
16 މާރިޗު 2017

ސަރަހައްދީ ފެންވަރުގެ ފުޓްބޯލް ޓްރެއިނިންގ ސްކޫލެއް ގާއިމު ކުރާނަން: ރައީސް ޔާމިން

16 މާރިޗު 2017
ސަރަހައްދީ ފެންވަރުގެ ފުޓްބޯލް ޓްރެއިނިންގ ސްކޫލެއް ގާއިމު ކުރާނަން: ރައީސް ޔާމިން
18 ފެބުރުއަރީ 2017

ފުޓްބޯލް ފިއެސްޓާ 2017: ގްރޭޑް 2 ގެ ޗެމްޕިއަންކަން ކަލާފާނަށް، ގްރޭޑް 3 ބިލަބޮންގަށް

18 ފެބުރުއަރީ 2017
ފުޓްބޯލް ފިއެސްޓާ 2017: ގްރޭޑް 2 ގެ ޗެމްޕިއަންކަން ކަލާފާނަށް، ގްރޭޑް 3 ބިލަބޮންގަށް
06 ފެބުރުއަރީ 2017

އެފްރިކަން ކަޕް އޮފް ނޭޝަންސް ކެމަރޫން އިން ކާމިޔާބުކޮށްފި

06 ފެބުރުއަރީ 2017
އެފްރިކަން ކަޕް އޮފް ނޭޝަންސް ކެމަރޫން އިން ކާމިޔާބުކޮށްފި
03 ފެބުރުއަރީ 2017

ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން

03 ފެބުރުއަރީ 2017
ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން
17 ޖެނުއަރީ 2017

މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް

17 ޖެނުއަރީ 2017
މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް
15 ޖެނުއަރީ 2017

ފުޓްބޯލް އެވޯޑް ނައިޓަށް ޑްވައިޓް ޔޯކް ރާއްޖެ އަތުވެއްޖެ

15 ޖެނުއަރީ 2017
ފުޓްބޯލް އެވޯޑް ނައިޓަށް ޑްވައިޓް ޔޯކް ރާއްޖެ އަތުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް