Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުތިނަދޫ ހޮސްޕިޓަލް މަރާމާތުގެ މަސައްކަތް

ތިނަދޫ ހޮސްޕިޓަލުގެ ޖާގަ އިތުރު ކުރުމުގެ މަސައްކަތުގެ 60 އިންސައްތަ ނިމިއްޖެ

މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 33.5މިލިއަން ރުފިޔާއަށް

އުއްމު ކުލްސޫމް އިބްރާހިމް
އުއްމު ކުލްސޫމް އިބްރާހިމް | 12 ޑިސެމްބަރު 2021 | އާދީއްތަ 04:52
ގދ.ތިނަދޫ ހޮސްޕިޓަލްގެ މަސައްކަތް ކުރިއަށްދަނީ

ގދ.ތިނަދޫ ހޮސްޕިޓަލްގެ މަސައްކަތް ކުރިއަށްދަނީ

ގދ.ތިނަދޫގައި ހުންނަ ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ޖާގަ އިތުރު ކުރުމަށާއި މަރާމާތު ކުރުމަށް ކުރިއަށް ގެންދާ މަޝްރޫޢުގެ މަސައްކަތުގެ 60 އިންސައްތަ މަސައްކަތް، މިހާތަނަށް ނިންމައިފި ކަމަށް އެމްޓީސީސީން ބުނެފިއެވެ.

މި މަސައްކަތް ކުރަން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިިންގ ކޮމްޕެނީ އެމްޓީސީސީއާއެވެ.

އެމްޓީސީސީން ބުނެފައިވަނީ ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލު މަރާމާތު ކުރުމުގެ މަސައްކަތުގެ 64 އިންސައްތަ މިހާރު ނިމިފައިވާކަމަށެވެ. އަދި އޯޕީޑީ އިމާރާތުގައި އެއަރ ކޮންޑިޝަން ހަރުކުރުމުގެ މަސައްކަތް މިމަހުގެ 09 ވަނަ ދުވަހު ފަށާފައިވާ ކަމަށެވެ.

ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް މަރާމާތު ކުރުމުގެ މަސައްކަތުގެ ދަށުން އޯޕީޑީ ސަރަޙައްދާއި، އިމަރޖެންސީ ރޫމާއި، ލޭބަރ ރޫމްގެ އިތުރުން ޕްރައިވެޓް ރޫމްތައް ބޮޑުކުރުމަށް ހަމަޖެހިފައިވެއެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 33.5މިލިއަން ރުފިޔާއަށެވެ.

ރީޖަނަލް ހޮސްޕިޓަލެއްގެ ގޮތުގައި ޚިދުމަތްދޭ މި ހޮސްޕިޓަލަކީ އެ ސަރަޙައްދުގެ ރަށްތަކުން ސިއްޙީ ޚިދުމަތް ހޯދުމަށް އެންމެ ބޮޑަށް ބަރޯސާވާ ހޮސްޕިޓަލެވެ.

ރާއްޖޭގެ 5 ސަރަޙައްދުގައި ޓަރޝަރީ ފެންވަރަށް ތަރައްޤީ ކުރުމަށް ސަރުކާރުން ނިންމި ހޮސްޕިޓަލު ތަކުގެތެރޭގައިވެސް ގދ.ތިނަދޫ ހޮސްޕިޓަލް ހިމެނެއެވެ. ޖާގައިގެ ދަތިކަމާއި، ޖާގައިގެ ސަބަބުން އިތުރު ޚިދުމަތްތައް ހޮސްޕިޓަލްގައި ނުފެށުމަކީ އެ ހޮސްޕިޓަލަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު ދަތިކަމެވެ.

މި ހޮސްޕިޓަލްގެ މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީއާއި ހަވާލުކޮށްފައިވަނީ 2019 އަހަރުގެ އޮކްޓޯބަރު މަހުގެ 30ވަނަ ދުވަހުއެވެ.

އިތުރަށް ކިޔާލަން

11 ސެޕްޓެމްބަރު 2017

ސާބަސް! އައްސަރިބަހުން ސާބަސް!. ހަމްދަރުދީ ވުމާއި ދީލަތިކަމުން އަނެއްކާވެސް އިތުރު ނަމޫނާއެއް

11 ސެޕްޓެމްބަރު 2017
ސާބަސް! އައްސަރިބަހުން ސާބަސް!. ހަމްދަރުދީ ވުމާއި ދީލަތިކަމުން އަނެއްކާވެސް އިތުރު ނަމޫނާއެއް
21 ޖޫން 2017

ނަޗްބަލިޔޭ 8 ގެ ފިނާލޭ: ތިން ޖޯޑަށް ވެސް ކާމީޔާބުކުރުމުގެ ފުރުސަތު ބޮޑު

21 ޖޫން 2017
ނަޗްބަލިޔޭ 8 ގެ ފިނާލޭ: ތިން ޖޯޑަށް ވެސް ކާމީޔާބުކުރުމުގެ ފުރުސަތު ބޮޑު
11 ޖޫން 2017

ރައީސް ޔާމީންގެ ނަންފުޅުގައި ހާލާ އިތުރުފުޅު ހެއްދެވީތަ؟

11 ޖޫން 2017
ރައީސް ޔާމީންގެ ނަންފުޅުގައި ހާލާ އިތުރުފުޅު ހެއްދެވީތަ؟
23 އެޕްރީލު 2017

އަނެއްކާވެސް ރަހުމު ކުޑަ އިތުރު މަރެއް – ދެން ކާކުބާ؟

23 އެޕްރީލު 2017
އަނެއްކާވެސް ރަހުމު ކުޑަ އިތުރު މަރެއް – ދެން ކާކުބާ؟
26 މާރިޗު 2017

އަތޮޅުތެރޭގައި ހޭންޑްބޯޅައިގެ ފޯރިގަދަކުރުން، ކުޅިވަރަށް ލިބޭނެ އިތުރު ކުރިއެރުމެއް

26 މާރިޗު 2017
އަތޮޅުތެރޭގައި ހޭންޑްބޯޅައިގެ ފޯރިގަދަކުރުން، ކުޅިވަރަށް ލިބޭނެ އިތުރު ކުރިއެރުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު