Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބަލިތައް ރިޕޯޓްކުރުމާއި ބެހޭ ގަވާއިދު

ނުރައްކާތެރި ބައްޔެއް ޖެހިއްޖެނަމަ 24 ގަޑީއިރު ތެރޭގައި ރިޕޯޓުކުރަންޖެހޭނެ

ގަވާއިދުގެ މަގްސަދަކީ އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގޮތުން ރިޕޯޓް ކުރަންޖެހޭ ބަލިތަކާއި ރިޕޯޓްކުރާނެ ފަރާތްތަކާއި ގޮތްތަކާއި ވަގުތުތައް ބަޔާންކުރުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 12 ޑިސެމްބަރު 2021 | އާދީއްތަ 01:38
މާލެގެ މަގުމަތީގައި މީހުން ހަރަކާތްތެރިވަނީ

މާލެގެ މަގުމަތީގައި މީހުން ހަރަކާތްތެރިވަނީ

ގައިން ގަޔަށް އަރާ ނުރައްކާތެރި ބައްޔެއްޖެހި އެކަން އެނގިއްޖެނަމަ 24 ގަޑާއިރު ތެރޭގައި އެކަމެއް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އަށް އަންގަން ޖެހޭގޮތަށް ހަދައިފިއެވެ.

އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގޮތުން ރިޕޯޓު ކުރަންޖެހޭ ބަލިތަކާއި ރިޕޯޓު ކުރާނެ ގޮތްތަކާއި ވަގުތުތައް ބަޔާންކުރުމުގެ ގޮތުން ބަލިތައް ރިޕޯޓު ކުރުމާބެހޭ ގަވާއިދު އެޗްޕީއޭއިން ވަނީ އެކުލަވާލުމަށްފަހު އާންމު ކޮށްފައެވެ. މިގަވާއިދުގެ މަގްސަދަކީ އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގޮތުން ރިޕޯޓު ކުރަންޖެހޭ ބަލިތަކާއި ރިޕޯޓު ކުރާނެ ފަރާތްތަކާއި ގޮތްތަކާއި ވަގުތުތައް ބަޔާންކުރުމެވެ.

Advertisement - newsAdvertisement

މިގަވާއިދު ބުނާގޮތުން އާންމު ޞިއްޙަތު ރައްކާތެރި ކުރުމަށާއި ނުރައްކުތެރި ބަލިތަކާއި، ގައިންގަޔަށް އަރާ ބަލިތަކާއި، އެހެނިހެން ބަލިތައް ރިޕޯޓުކޮށް މޮނިޓަ ކުރުމުގެ ގޮތުން، އެފަދަ ބަލިތަކުގެ މާނައާއި ބާވަތާއި އަލާމާތްތަކާއި، ބައްޔާ ގުޅޭ އެންމެހައި މަޢުލޫމާތު ހިމެނޭ ކޭސް ޑެފިނިޝަން ބުކްލެޓެއް، މި ގަވާއިދަށް ޢަމަލުކުރަން ފަށާތާ 60 ދުވަހުގެ ތެރޭގައި އެކުލަވައިލައި ، އެޗްޕީއޭއިން، އާންމުކޮށް ޝާއިޢު ކުރަންވާނެއެވެ. މިބުކްލެޓްގައި ހިމަނަންޖެހޭ ބައިތަކުގެ ތެރޭގައި ނުރައްކާތެރި ބަލިތަކާއި ގައިން ގަޔަށް އަރާ ބަލިތަކާއި އިންޓަރނޭޝަނަލް ހެލްތު ރެގިޔުލޭޝަންގެ ދަށުން ރިޕޯޓު ކުރަންޖެހޭނެ ކަމަށް ކަނޑައަޅާފައިވާ ބަލިތަކާއި އަލަށް ތަޢާރަފްވާ ބަލިތަކާއި އަދި އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގޮތުން ރިޕޯޓު ކުރަންޖެހޭ އެހެނިހެން ބަލިތަކެވެ.

އަދި މިބުކްލެޓް މަދުވެގެން 3 އަހަރުން 1 އަހަރަށް އެޗްޕީއޭއިން މުރާޖާޢާ ކުރަންޖެހޭނެއެވެ. ނަމަވެސް އަލަށް ތަޢާރުފުވާ ބަލިތަކާ ގުޅިގެން، ނުވަތަ އެއްވެސް ބައްޔަކާ ގުޅޭ މަޢުލޫމާތަށް އަންނަ ބަދަލުތައް ފެންނާނޭހެން ބުކްލެޓް މުރާޖަޢާ ކުރަމުން ގެންދަންވާނެ ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.

ބުކްލެޓުގައި ހިމަނާފައިވާ ބައްޔެއް ނުވަތަ ބުކްލެޓުގައި ހިމަނާފައިނެތް ނަމަވެސް އެވަގުތަކު ދުނިޔޭގައި ފެތުރެމުންދާ ގައިންގަޔަށް އަރާ ބައްޔެއް ދިވެހިރާއްޖޭގައި ފެތުރުމުގެ ފުރުޞަތު އޮތްކަމުގެ މަޢުލޫމާތު، ނުވަތަ އެފަދަ ބައްޔެއް އެއްވެސް މީހެއްގެ ކިބައިން ފެނިއްޖެނަމަ، ނުވަތަ އެ ބަލި ހުރެދާނެކަމަށް އެކަށީގެންވާ ހެކިތަކުގެ މައްޗަށް ބިނާކޮށް ގަބޫލުކުރެވޭނަމަ، ނުވަތަ ބަލި ހުރި ފަރާތަކާ ދިމާވެފައިވާ ފަރާތްތަކުގެ މަޢުލޫމާތު، އެކަން އެނގޭ ވަގުތުން ފެށިގެން 24 ގަޑިއިރުގެ ތެރޭގައި ރިޕޯޓު ކުރަން ވާނެކަމަށް ގަވާއިދުގައި ބުނެފައިވެއެވެ. އަދި ބައްޔެއް މީހެއްގެ ގައިގައި ހުރި ކަމަށް ޔަގީންވާނަމަ، ނުވަތަ ބައްޔެއް ހުރެދާނެކަމަށް އެކަށީގެންވާ ވަރަށް ގަބޫލުކުރެވޭނަމަ، ނުވަތަ ބައްޔެއް ހުރިކަމަށް ޝައްކުކުރާނަމަ، އެކަން އެނގޭ ވަގުތުން ފެށިގެން 24 ގަޑީއިރުގެ ތެރޭގައި، ޞިއްޙީ ޚިދުމަތް ދޭ ތަންތަނުގެ ތެރެއިން އެ ކަމެއް އެނގުނު ތަނަކުން އެޖެންސީއަށް އެ ކަމެއް ރިޕޯޓު ކުރަންވާނެ ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.

ޑޮކްޓަރަކަށް ނުވަތަ ނަރުހަކަށް ނުވަތަ ލެބޯޓަރީ ޓެކްނޮލޮޖިސްޓަކަށް ނުވަތަ ކަމާބެހޭ އެފަދަ އެހެން ފަރާތަކަށް ބައްޔެއްގެ އަލާމާތްތައް ހުރިކަމަށް ޝައްކުކުރެވޭނަމަ، އަދި ބަލި ފަތުރާ ޖަރާސީމު ހަށިގަނޑުގައި ހުރިކަމަށް ސާބިތުވާ ވަރަށް ހެތްކާއި މަޢުލޫމާތު ލިބިފައި ނުވިނަމަވެސް، ޝައްކުކުރެވޭ ކަމެއްގެ ގޮތުގައި ބަލައި، ގިނަވެގެން 12 ގަޑިއިރުގެ ތެރޭގައި އެ ޞިއްޙީ ޚިދުމަތްތެރިއަކު، އެޖެންސީއަށް އެކަން ރިޕޯޓު ކުރަންވާނެއެވެ.

މީގެއިތުރުން މީހެއްގެ މަރުގެ ސެޓުފިކެޓުގައި ސޮއިކުރާ ޑޮކްޓަރަކަށް، އެ މީހަކު މަރުވެފައިވަނީ، ރިޕޯޓުކުރަންޖެހޭ ބައްޔެއްގެ ސަބަބުންކަމަށް ދޭހަވާ އެއްވެސް އަލާމާތެއް ފާހަގަ ކުރެވިއްޖެނަމަ، އެ ވަގުތުން ފެށިގެން 2 ގަޑިއިރުގެ ތެރޭގައި އެކަން ރިޕޯޓު ކުރަންވާނެއެވެ. އަދި އެ ފަރާތް މަރުވެފައިވަނީ ރިޕޯޓު ކުރަންޖެހޭ ނުރައްކައުތެރި ބައްޔެއް ޖެހިގެން ކަމަށް ވާނަމަ، އެ ފަދަ މީހުންނާމެދު ޢަމަލުކުރަންވާނީ "ނުރައްކައުތެރި ބައްޔެއް ޖެހިގެން މަރުވާ މީހުންނާމެދު ޢަމަލުކުރާނެ ގޮތުގެ ގަވާއިދު" ގައިވާ ގޮތުގެ މަތީންކަމަށް ބުނެފައިވެއެވެ.

މި ގަވާއިދުގެ ދަށުން ރިޕޯޓުކުރަންޖެހޭ ބަލިތައް ރިޕޯޓުކުރުމާ ގުޅޭ ހޮޓްލައިން ނަންބަރެއް ނުވަތަ އޮންލައިން ޕޯޓަލެއް ފަދަ ނިޒާމެއް، މި ގަވާއިދަށް ޢަމަލުކުރަން ފަށާތާ 20 ދުވަހުގެ ތެރޭގައި ޤާއިމުކޮށް، އެޖެންސީން އެކަން އާންމު ކުރަންވާނެއެވެ.

މިގަވާއިދުގެ ދަށުން ރިޕޯޓްކުރާ މައުލޫމާތު އެއްކޮށް ބަލަހައްޓާނީ އެޖެންސީންނެވެ. އަދި އެޖެންސީން އެއްކުރާ މައުލޫމާތާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ވަގުތުން ވަގުތަށް އެޅުމަށް މަގުފަހިކުރުމުގެ ގޮތުން މަދުވެގެން 5 މެމްބަރުން އަދި ގިނަވެގެން 7 މެމްބަރުންގެ މައްޗަށް އެކުލެވޭގޮތަށް ކަމާބެހޭ ޓެކްނިކަލް ކޮމިޓީއެއް އެކުލަވާލުމުގެ އިޚުތިޔާރު ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިގެންވެއެވެ.

ގަވާއިދު ބުނަގޮތުން ވަކި މީހެއްގެ ގައިގައި ނުރައްކައުތެރި ބައްޔެއް ހުރިކަމަށް ބަޔާންކޮށް، އެއްވެސް ފަރާތަކުން އެނގި ހުރެ ދޮގު މަޢުލޫމާތު ރިޕޯޓު ކުރުމަކީ ކުށެކެވެ. އަދި ދޮގު މައުލޫމާތުދޭ މީހަކު 3000 ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު ޑިރެކްޓަރ ޖެނެރަލަށް ލިބިގެންވެއެވެ.

މި ގަވާއިދުގެ ދަށުން ރިޕޯޓު ކުރަންޖެހޭ ކަމެއް، ރިޕޯޓު ކުރަންޖެހޭ ވަގުތުގައި، ރިޕޯޓު ނުކުރުމަކީ ކުށަކަށްވާއިރު ރިޕޯޓްނުކުރާ މީހުން 1000 ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު ޑިރެކްޓަރ ޖެނެރަލަށް ލިބިގެންވެއެވެ.

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

ތޮއްޑޫގައި ތިން މީހުން ދުއްވި ސައިކަލެއް ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ އެކަކު އައިސީޔޫގައި!

11 ފެބުރުއަރީ 2017
ތޮއްޑޫގައި ތިން މީހުން ދުއްވި ސައިކަލެއް ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ އެކަކު އައިސީޔޫގައި!
10 ފެބުރުއަރީ 2017

ލ. ގަމުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ

10 ފެބުރުއަރީ 2017
ލ. ގަމުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
31 ޖެނުއަރީ 2017

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު
24 ޖެނުއަރީ 2017

މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

24 ޖެނުއަރީ 2017
މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު