Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސުޕްރީމްކޯޓުން ޓިނު ނެގުން

ސުޕްރީމްކޯޓުން ޓިނު ނަގަން ޖެހުނު ސަބަބު ޔާމީނު ކިޔާދެއްވުމުން މާރިޔާގެ ސުވާލެއް

އޭރު ހިނގާދިޔަ ކަންކަން ދިފާއު ކުރައްވައި ރައީސް ޔާމީނު ވަނީ ވާހަކަ ދައްކަވާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 11 ޑިސެމްބަރު 2021 | ހޮނިހިރު 08:41
ޑިފެންސް މިނިސްޓަރ މާރިޔާ އަޙުމަދު ދީދީ- ސުޕްރީމް ކޯޓުން ކުރި ޙުކުމުގައި އެމަނިކުފާނު ކަންތައް ކުރެއްވީ ޤައުމެއްގެ ރައީސަކު ކަން ކުރައްވާނެ ގޮތަކަށް ނޫންކަމަށް ބަޔާން ކުރައްވާފައިވާ ކަމަށް މާރިޔާ ވިދާ

2018 ވަނަ އަހަރުގެ 1 ފެބްރުއަރީ އަމުރާއި ގުޅިގެން "ސުޕްރީމްކޯޓުގެ ފުރާޅު ނެންގެވި" ސަބަބު ކުރީގެ ރައީސް އަބްދުﷲ ޔާމީނު ކިޔާދެއްވުމާއި ގުޅިގެން ޑިފެންސް މިނިސްޓަރ މާރިޔާ އަޙުމަދު ދީދީގެ ސުވާލެއް ޔާމީނަށް އަމާޒުވެއްޖެއެވެ.

ހުކުރު ދުވަހުގެ ރޭ އިދިކޮޅުން ބޭއްވި ކޮތަރުކޮށި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީނު ވަނީ ސުޕްރީމްކޯޓުގެ ޓިނު ނަގަން ޖެހުނީ އޭރު ކުއްލި ނުރައްކަލުގެ ޙާލަތުން މެނުވީ ޤާނޫނުތައް ސަސްޕެންޑު ނުކުރެވޭނެތީ ކަމަށް ވިދާޅުވެ، އެގޮތުން އޭރު ފަނޑިޔާރު އަބްދުﷲ ސައީދާއި އަލީ ޙަމީދުގެ ކޮރަޕްޝަން މައްސަލަތަކެއް ފެންމަތިވެގެން ދިޔަކަން ފާހަގަ ކުރައްވާފައެވެ. އެކަންކަން ހިނގާދިޔައީ އެބޭފުޅުންނާއި ގުޅިގެން ފެންމަތިވި ކޮރަޕްޝަންގެ ތުހުމަތުތަކާއި ގުޅިގެންކަމަށް ވިދާޅުވެ، އޭރު ހިނގާދިޔަ ކަންކަން ދިފާއު ކުރައްވައި ރައީސް ޔާމީނު ވަނީ މި ޖަލްސާގައި ވާހަކަ ދައްކަވާފައެވެ.

Advertisement - newsAdvertisement

ރައީސް ޔާމީނު ވިދާޅުވީ، އެބޭފުޅުންނަށް އޭރު ފައިސާ ލިބިފައިވަނީ ކިހިނެއްކަންވެސް ސާފު ކުރެއްވި ކަމަށެވެ. ސުޕްރީމްކޯޓުގެ ބެންޗުން ފާސްކޮށްގެން މެނުވީ އެއްވެސް ފަނޑިޔާރަކު ތަހުގީގީ އިދާރާއަކަށް ހާޒިރު ނުކުރެވޭނެކަމަށް އޭރު ފާސްކުރިކަން ފާހަގަ ކުރައްވައި ޔާމީނު ވިދާޅުވީ، އެއީ ސީދާ ޖޭއެސްސީގެ މަސައްކަތްތަކަށް ހުރަސްއެޅުން ކަމަށެވެ. ވީއިރު މި ކަންކަން ބެލުން އޭރު ލާޒިމުވެގެން ދިޔަ ކަމަށާއި، އެ މާއްދާ އުވާލުމަށްޓަކައި ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާނު ކުރުމަށް މަޖުބޫރުވީކަމަށް ރައީސް ޔާމީނު ވިދާޅުވިއެވެ.

ސުޕްރީމްކޯޓުގެ ފުރާޅުން ޓިނު ނަގަން ޖެހުނީ އެހެންވެކަމަށް ޔާމީނު ވިދާޅުވުމާއި ގުޅިގެން ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ކުރެއްވި ޓްވީޓެއްގައި ވަނީ ރައީސް ޔާމީނުގެ މައްޗަށް އިއްވާފައިވާ ޖަލު ޙުކުމް ބާތިލުކޮށް ސުޕްރީމްކޯޓުން ކުރި ޙުކުމުގައި އެމަނިކުފާނު ކަންތައް ކުރެއްވީ ޤައުމެއްގެ ރައީސަކު ކަން ކުރައްވާނެ ގޮތަކަށް ނޫންކަމަށް ބަޔާން ކުރައްވާފައިވާ ކަމަށެވެ. ވީއިރު މި ޙާލަތުގައިވެސް ޗެކް ނަންބަރެއް ދިމާނުވެގެން އެމަނިކުފާނު ދޫވުމަކީ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާނުކޮށް ރައީސް ޔާމީނު ޖަލަށް ލުން ހުއްދަ ކުރާ ކަމެއްތޯ މާރިޔާ ސުވާލު ކުރެއްވިއެވެ.

އޭގެ އިތުރުން، އެކައުންޓުގައި އާމްދަނީއާ ނުބައްދަލު ފައިސާ ހުރި ނަމަވެސް ޤާނޫނުން ސާބިތު ނުވާތީ އެމަނިކުފާނު ދޫކޮށްލައްވަން ޙުކުމް ކުރެއްވި ފަނޑިޔާރުންނަށް އެމަނިކުފާނުގެ ވެރިކަމެއްގައި ނަމަ، ކުއްލި ނުރައްކަލުގެ ޙާލަތު ހިންގައި، ކޯޓުގެ ފުރާޅުން ޓިނު ނަންގަވާނެތޯވެސް މާރިޔާ ސުވާލު ކުރެއްވިއެވެ.

މަނީ ލޯންޑަރިންގ ގެ ދައުވާއިން ޔާމީނު މިނިވަންވެވަޑައިގަތީ އެ ފައިސާ ޖަމާކުރި ޑިޕޮސިޓް ސްލިޕްގައި، މޮރިޝަސް ކޮމާޝަލް ބޭންކްގެ އެކައުންޓުން ދޫކޮށްފައިވާ ކަމަށް ބުނާ ޗެކް ނަންބަރާއި، އެ މައްސަލައިގައި ހުށަހަޅާފައިވާ އެސް.އޯ.އެފްގެ އެކައުންޓް ސްޓޭޓްމަންޓްގައި 11 އޮކްޓޯބަރ 2015 ގައި އެ ކައުންޓަށް ޖަމާވި އެއްމިލިޔަން ޑޮލަރުގެ މުޢާމަލާތުގެ ތަފުސީލުގައި ހިމެނިފައިވާ ޗެކް ނަންބަރު ދިމާނުވާތީއެވެ. އެހެންނަމަވެސް، ޔާމީނުގެ އެކައުންޓަށް ޖަމާވި އެއްމިލިޔަން ޑޮލަރަކީ ކޮން ގޮތަކުން ޖަމާވެފައިވާ ފައިސާއެއްކަން ކަށަވަރު ނުވާކަމަށްވެސް ސުޕްރީމްކޯޓުގައި މައްސަލަ ބެއްލެވި 3 ފަނޑިޔާރުން ދެކިވަޑައިގަންނަވައެވެ. އަދި އެސްއޯއެފަކީ ދަންނަ ކުންފުންޏެއް ނޫންކަމަށް ޔާމީނު ވިދާޅުވި ނަމަވެސް، އެ ކުންފުނިން ޖަމާކުރި ފައިސާ ހިމަނައިގެން އިންވެސްޓު ކުރައްވައި ފައިދާ ހޯއްދެވިކަން އެނގެން އޮންނަކަމަށް ފަނޑިޔާރުން ވިދާޅުވެއެވެ.

ސުޕްރީމްކޯޓުގެ ޙުކުމުގައިވެސް ވަނީ ޔާމީނު ކަން ކުރެއްވީ ވެރިއަކު ކުރައްވަންޖެހޭ ގޮތަކަށް ނޫންކަމަށް ބަޔާން ކުރައްވާފައެވެ. އެގޮތުން އެ ފައިސާއަކީ އަދީބު ދިން ފައިސާއެއްކަމަށް ޤަބޫލު ކުރައްވައިގެން ކުރެއްވި އިންވެސްޓްމަންޓެއް ކަމަށް ޔާމީނު ވިދާޅުވި ނަމަވެސް، އެއީ އެ ފައިސާއާމެދު ކަންތައް ކުރައްވަން ޖެހިވަޑައިގަންނަވާ ގޮތް ނޫންކަމަށް ފަނޑިޔާރުން ދެކިވަޑައިގަންނަވައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހާލުގައި ޖެހުނު ޑިންގީއަކަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފި

ހާލުގައި ޖެހުނު ޑިންގީއަކަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފި

27 ފެބުރުއަރީ 2017
ހުއްދަ ނެތި ހުޅުމާލޭ ހުޅަނގު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަން ނިންމައިފި

ހުއްދަ ނެތި ހުޅުމާލޭ ހުޅަނގު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަން ނިންމައިފި

19 ފެބުރުއަރީ 2017
ދުޅަހެޔޮ ސިއްހަތެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ޓެކްސް ނަގަން ބޭނުންވަނިއްޔޭ ބުނިއްޔާ މާރަނގަޅުވާނެ: ފައްޔާޒު

ދުޅަހެޔޮ ސިއްހަތެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ޓެކްސް ނަގަން ބޭނުންވަނިއްޔޭ ބުނިއްޔާ މާރަނގަޅުވާނެ: ފައްޔާޒު

14 ފެބުރުއަރީ 2017
ހައިކޯޓަށް ދެ ފަނޑިޔާރުން އައްޔަން ނުކޮށް ފަސް މަސް، ލަސްވާ ސަބަބު ހާމައެއް ނުކުރި!

ހައިކޯޓަށް ދެ ފަނޑިޔާރުން އައްޔަން ނުކޮށް ފަސް މަސް، ލަސްވާ ސަބަބު ހާމައެއް ނުކުރި!

12 ފެބުރުއަރީ 2017
މެމްބަރުން ދަނީ ލޫޓުވުމުން، ހުރިހާ ކަމެއްގެ ޒިންމާ ނަގަންޖެހޭނެ: ސައުދުﷲ

މެމްބަރުން ދަނީ ލޫޓުވުމުން، ހުރިހާ ކަމެއްގެ ޒިންމާ ނަގަންޖެހޭނެ: ސައުދުﷲ

12 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

5 މެއި
މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް
20251 އަހަރު ކުރިން
ރާއްޖެ

މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ
20233 އަހަރު ކުރިން
ރާއްޖެ

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"
20215 އަހަރު ކުރިން
ރިޕޯޓު

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!
20197 އަހަރު ކުރިން
ސިއްހަތު

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!
20188 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު