Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގާފަރު ޕޮލިސް ޕޯސްޓް ހުޅުވުން

ގާފަރުގައި ފުލުހުންގެ ޚިދުމަތް ފަށައިފި

11 ޑިސެމްބަރު 2021 | ހޮނިހިރު 04:44

އަތޮޅުތެރޭގެ ތަރައްގީގެ އެންމެ މުހިންމު ކަމަކީ, އަމާންކަން ގާއިމްވެގެން ދިޔުން

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 11 ޑިސެމްބަރު 2021 | ހޮނިހިރު 04:44
ގާފަރު ޕޮލިސް ޕޯސްޓް ހުޅުވުން

ގާފަރު ޕޮލިސް ޕޯސްޓް ހުޅުވުން

ކ.ގާފަރުގައި ފުލުހުންގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.

މިކަމަށްޓަކައި ގާފަރުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ, ހޯމް މިނިސްޓަރު އިމްރާން އަބަދުاللهއެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރި ވިދާޅުވީ, ގާފަރުގައި ހުޅުވިގެން މިދިޔަ ޕޮލިސް ޕޯސްޓާއެކު ރަށަށް އުފާވެރިކަން ލިބިގެންދާނެ ކަމަށެވެ. ރަށަށް އަންނަ ތަރައްގީއާ ގުޅިލާމެހިގެން ރަށަށް އަމާންކަން ލިބިގެން ދިޔުމަކީ ރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ލިބިގެންދާނެ ބޮޑު ހިތްހަމަ ޖެހުމެއް ކަަމަށެވެ. އަތޮޅުތެރޭގެ ތަރައްގީގެ އެންމެ މުހިންމު ކަމަކީ, އަމާންކަން ގާއިމްވެގެން ދިޔުން ކަމަށާއި, ތަރައްގީގެ ފުރިހަމަ ހިތްހަމަ ޖެހުން ރައްުޔިތުންނަށް ލިބިގެންދާނީ އޭރުން ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރަށްރަށުގައި ސުލްޙަ ގާއިމްވެ މުއައްސަސާތައް އެކުގައި މަސައްކަތް ކުރުމަކީ މުހިންމު ކަމެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. ކ އަތޮޅުގައި މިހާރު ފުލުހުންގެ ޚިދުމަތް ނުދެވި އޮތީ އެންމެ ރަށެއްގައި ކަމަށާއި, އެ ރަށުގައިވެސް ފުލުހުންގެ ޚިދުމަތް ވަރަށް އަވަހަށް ފެށިގެން ދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ގާއިމް ކުރުމަށް ހޯމް މިނިސްޓްރީން ގެންދަނީ މަސައްކަތް ކުރަމުންނެވެ. ފުލުހުންގެ އައު ގާނޫނާއެކު ރައްޔިތުންނާ ގާތުން މަސައްކަތްކޮށް ރަށްރަށުގައި އަމާން ވެށްޓެއް ގާއިމް ކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.

ޕޮލިސް ޕޯސްޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރުގެ އިތުރުން ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދާއި ފުލުހުންގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ގާފަރުގެ ޕޮލިސް ޕޯސްްޓް ހުޅުވުމުގެ ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި, ނައިބް ރައީސް ފައިސަލް ނަސީމްވެސް ވަޑައިގެން ޕޮލިސް ޕޯސްޓް ބައްލަވާލެއްވިއެެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
16 ޖެނުއަރީ 2017

ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

16 ޖެނުއަރީ 2017
ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި
15 ޖެނުއަރީ 2017

ސީރިއާއަށް އެހީވުމަށް ކެމްޕޭނެއް ފަށައިފި

15 ޖެނުއަރީ 2017
ސީރިއާއަށް އެހީވުމަށް ކެމްޕޭނެއް ފަށައިފި
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް