Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަސްވެރިންގެ ދުވަސް

ސަރުކާރާ ހަވާލުވިއިރު، މަސްވެރިންނަށް ދޭންޖެހޭ ފައިސާ ހުރީ، ބެޔަސް ނުދީ - އަދިހަމަ ނުބެޔަސް ނުދީ

10 ޑިސެމްބަރު 2021 | ހުކުރު 17:43

އިތުރު 12 އަތޮޅެއްގައި ޖުމްލަ 18 އައިސް ޕްލާންޓް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާނެ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 10 ޑިސެމްބަރު 2021 | ހުކުރު 17:43
މަސްވެރިންގެ ދުވަހުގެ ޚާއްސަ ޖަލްސާގެ ތެރެއިން

މަސްވެރިންގެ ދުވަހުގެ ޚާއްސަ ޖަލްސާގެ ތެރެއިން

ސަރުކާރާ ހަވާލުވިއިރު، މަސްވެރިންނަށް ދޭންޖެހޭ ފައިސާ ހުރީ، ބެޔަސް އަދި ނުބެޔަސް ނުދީ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

މަސްވެރިންގެ ދުވަހުގެ ޚާއްސަ ޖަލްސާގައި ގާފަރުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ, މަސްވެރިންނަށް އަވަހަށް ފައިސާދިނުން އެއީ، ސަރުކާރުގައިތަރުތީބުގައި ނަމްބަރު އެކެއް ކަމަށެވެ. މި ސަރުކާރު ވެރިކަމަށް އައި އިރު، މަސްވެރިން އެންމެ ބޮޑަށް ކުރަމުން އައި އެއް ޝަކުވާއަކީ، ކިރާ މަހަށް، އަވަހަށް ފައިސާ ނުލިބުމުގެ ޝަކުވާ ކަމަށެވެ. ކޮންމެ މީހަކުވެސް ކުރާ މަސައްކަތެއް ކުރުމުގެ ބޭނުމަކީ، އެއާ އެކަށޭނަ އަގު، ނުވަތަ އުޖޫރަ ލަސްނުވެ ލިބުން ކަމަށް ރައީސް ވިދާޅުވިއެވެ. ދުވަހުން ދުވަހަށް އަދި މަހުން މަހަށް، މަހުގެ އަގު ނުލިބުމުގެ ދައްޗާ ތަކުލީފު މަސްވެރިން އުފުލަން ޖެހުމަކީ، ވެގެންވާނެ ގޮތެއްނޫން ކަމަށާއި, އެތައް ދުވަހަކު ކަނޑުމަތީގައި އުޅުމަށްފަހު، ޢާއިލާއާއެކު ރަށުގައި ހުންނަ ދުވަހު، އެފިކުރު މަސްވެރިންނަށް އޮވެގެން ނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. 

Advertisement - newsAdvertisement

މަހުގެ އަގާ ގުޅޭ އެންމެ ބޮޑު އެއް ކަމަކީ މަހުގެ ކޮލިޓީ ކަމަށާއި, އެކޮލިޓީ އެގޮތުގައި ހިފެހެއްޓުމަށްޓަކާ ވަށާޖެހޭ ނިޒާމެއް ބިނާ ކުރައްވަމުން ގެންދަވާކަން ރައީސް ފާހަގަ ކުރެއްވިއެވެ. އެގޮތުން، މަސްވެރިންނަށް ދިމާވެފައިވާ އައިސް ލިބުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ބޮޑު އިންވެސްޓެއް ކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އައިސްޕްލާންޓް ގާއިމުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ. ރ.މަޑުއްވަރީ އަދި ހއ.ހޯރަފުށީ އައިސްޕްލާންޓް ނިމި, ފެލިވަރުގައި އިތުރު 50 ޓަނުގެ އައިސްޕްލާންޓެއް ވަނީ ގާއިމުކުރެވިފައި ކަމަށާއި, އިތުރު 12 އަތޮޅެއްގައި ޖުމްލަ 18 އައިސް ޕްލާންޓް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އަލަށް ހުޅުވުނު އައިސް ޕްލާންޓް ތަކާއެކު، އަދި އިތުރަށް ގާއިމުކުރެވޭ އައިސް ޕްލާންޓްތައް ނިމުމުން، ހެޔޮބަދަލަކުން ބޮޑުތަފާތެއް ފެންނާނެ ކަމަށާއި, އޭރުން މަހެއްގެ މައްޗަށް ޖުމްލަ 15000 ޓަނަށް ވުރެ ގިނައިން އައިސް އުފެއްދޭނެ ގާބިލްކަން ދިވެހި މަސްވެރިކަމުގެ ސިނާޢަތަށް އިތުރުވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކޯވިޑް-19 ގެ ޢާލަމީ ބަލިމަޑުކަމުގައި، މުޅިދުނިޔެއާ ރާއްޖެ ހުއްޓިގެން ދިޔައިރުވެސް ނުހުއްޓި ހިނގާހިނގާ އޮތް އިގްތިޞޯދުގެ ލޭނާރަކަށްވީ މަސްވެރިކަން ކަަމަށާއި, މިޞިނާޢަތުގެ ވަރުގަދަކަމާ، މަސްވެރިކަމާ ދިވެހިންނާ އޮތް ގުޅުމަކީ، ސިޔާސީ މީހުންގެ އިންތިޚާބީ ހަތިޔާރަކަށް މަސްވެރިކަން ހަދާ ސަބަބު ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންނަމަވެސް މައުނަވީ ގޮތެއްގައި، އިޚްލާޞްތެރި ނިޔަތަކާ އެކު، ދެމެހެއްޓެނިވި މަސްވެރި ޞިނާޢަތަކަށް ދެވިފައިއޮތް ސަމާލުކަން ކުޑަ ކަމަށާއި, މިސަބަބަށްޓަކާ، ސަރުކާރާ ހަވާލުވެ ހިފި މިސްރާބު ތަފާތު ކަަމަށް ވިދާޅުވިއެެވެ. ރައީސް ވިދާޅުވީ, ހިސާބު އަދަދުން ބެލިޔަސް،  އޭގެ ވަރަށް ބޮޑު ފަރަގު ފެންނަން މިއަދު އެބަހުރި ކަމަށާއި, ސިޔާސަތުން ފެންނަ ބަދަލު ގޮސްނިމޭނީ، އިހަށް ކުރަންވާ ކަންތައް އިހަށް ނިންމާ އުޞޫލަށް ކަމަށެވެ. 

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
17 ޖެނުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
12 ޖެނުއަރީ 2017

ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު

12 ޖެނުއަރީ 2017
ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް