Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕްރެކްޓިސް ޕާލަމަންޓް ފޯރ ޔޫތު

ޕްރެކްޓިސް "ޕާލަމަންޓް ފޯރ ޔޫތު" ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި

ޕްރެކްޓިސް ޕާލަމަންޓް ފޯރ ޔޫތުގައި 40 ޒުވާނުން ވަނީ ބައިވެރިވެފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 9 ޑިސެމްބަރު 2021 | ބުރާސްފަތި 13:36
ޕްރެކްޓިސް ޕާލަމަންޓް ފޯރ ޔޫތު ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން

ޕްރެކްޓިސް ޕާލަމަންޓް ފޯރ ޔޫތު ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން

ޕްރެކްޓިސް ޕާލަމަންޓް ފޯރ ޔޫތު ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

ޕްރެކްޓިސް ޕާލަމަންޓް ފޯރ ޔޫތުގައި 40 ޒުވާނުން ވަނީ ބައިވެރިވެފައެވެ. މި ޒުވާނުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމެވެ.

Advertisement - newsAdvertisement

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ ޒުވާނުންނަކީ ސިޔާސީ ކަންކަމަށް ޝައުޤުވެރިކަން ހުރި، އެ މަގުން ކުރިއަށްދާން ބޭނުންވާ ބަޔަކަށްވުމުން އުފާކުރައްވާ ކަމަށެވެ. އާޒިމް ވިދާޅުވީ މަޖިލީހުގައި ތިބި އަންހެނުންނާއި ޒުވާނުންގެ އަދަދު މަދު ކަމަށެވެ. އަންހެނުންނާއި ޒުވާނުން ސިޔާސީ ކަންކަމަށް ކުރިމަތިލާން ފަސްޖެހޭކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ، އެކަން އެގޮތަށް ވަނީ ބަލިވެދާނެކަމަށް ބިރުގަތުމާއި މީހުން ކިޔާފާނެ އެއްޗެކަށް ފަސްޖެހޭތީ ކަމަށެވެ.

އާޒިމް އިތުރަށް ވިދާޅުވީ، ރާއްޖޭގެ ސިޔާސީ ކަންކަން ބައްޓަންކުރުމަށް ތިބީ ޒުވާނުން ކަމަށާއި މީހުން ކިޔާފާނެ އެއްޗަކަށް ފަސް ޖެހުމެއް ނެތި ކުރިއަށްދާން އަޒުމް ކަނޑައަޅަން ޖެހޭނެ ކަމަށެވެ.

ސިޔާސީ ދާއިރާއަށް ޒުވާނުން އަހުލުވެރި ކުރުވުމަކީ މިފަދަ ޕްރޮގްރާމެއް ކުރިއަށް ގެންދިޔުމުގެ މައިގަނޑު މަގްސަދު ކަމަށާއި، މި ޕްރޮގްރާމްގެ ޒަރިއްޔާއިން ޒުވާނުން ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކަށް އަހުލުވެރިކުރެވިގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެއެވެ. މި ޕްރޮގްރާމްގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ހޮވާލެވޭ، ޒުވާނުން ބައިވެރިވާއިރު މިފަދަ ޕްރޮގްރާމަކުން ލިބޭ އާރޯ ޚިޔާލަކީ ޒުވާނުންނަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ވެސް ވަނީ ބުނެފައެވެ.

ޕްރެކްޓިސް ޕާލަމެންޓް ސީރީޒްއަކީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި ޔޫއެންޑީޕީ މޯލްޑިވްސް ގުޅިގެން, އޮސްޓްރޭލިއާގެ ޑިޕާޓްމަންޓް އޮފް ފޮރިން އެފެއާރޒް އެންޑް ޓްރޭޑްގެ އެހީތެރިކަމާއެކު ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ހިމެނެނީ މައިގަނޑު 2 ބައެވެ. އެއީ، "ޕްރެކްޓިސް ޕާލަމެންޓް ފޯރ ޔޫތު" އަދި "ޕްރެކްޓިސް ޕާލަމެންޓް ފޯރ ވިމެން"އެވެ. މިޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ޒުވާނުންނާއި އަންހެނުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަށް ހިތްވަރުދީ، އެހީތެރިވެ, އަދި ކުރިމަގުގައި ސިޔާސީ މަގާމުތަކަށް ކުރިމަތިލުމަށް ބާރުއެޅުމެވެ.

"ޕްރެކްޓިސް ޕާލަމެންޓް ފޯރ ޔޫތު"ގައި 3 ބައެއް ހިމެނެއެވެ. އެއީ; ޕޮލިސީތަކާއި، މަޖިލީހުގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ މައުލޫމާތު ދިނުމުގެ ސެޝަންއަކާއި، ރައްޔިތުންގެ މަޖިލީހުގެ ނަމޫނާ މާދިރީއެކެވެ.

އިތުރަށް ކިޔާލަން

15 މާރިޗު 2017

ބަލިން ރައްކާތެރިވުމަށް ޕަބްލިކް ހެލްތު ލާމަރުކަޒުކޮށް، އަވަސް މައުލޫމާތު ފޯރުކޮށްދޭން ޖެހޭ:ނަޝީދު

15 މާރިޗު 2017
ބަލިން ރައްކާތެރިވުމަށް ޕަބްލިކް ހެލްތު ލާމަރުކަޒުކޮށް، އަވަސް މައުލޫމާތު ފޯރުކޮށްދޭން ޖެހޭ:ނަޝީދު
08 މާރިޗު 2017

އަންހެނުންގެ ހައްގުތަށް ފޯރުކޮށްދިނުމުގައި މުޅި ދުނިޔެއަށް ނަމޫނާއެއް ދެއްކިދާނެ: ރައީސް ޔާމީން

08 މާރިޗު 2017
އަންހެނުންގެ ހައްގުތަށް ފޯރުކޮށްދިނުމުގައި މުޅި ދުނިޔެއަށް ނަމޫނާއެއް ދެއްކިދާނެ: ރައީސް ޔާމީން
06 މާރިޗު 2017

ސިޔާސީ މަގާމުތަކަށް ވާދަކުރާ އަންހެނުންނަށް އެމްޑީޕީން މާލީ އެހީ ފޯރުކޮށްދޭނެ: ޝިފާ

06 މާރިޗު 2017
ސިޔާސީ މަގާމުތަކަށް ވާދަކުރާ އަންހެނުންނަށް އެމްޑީޕީން މާލީ އެހީ ފޯރުކޮށްދޭނެ: ޝިފާ
05 މާރިޗު 2017

ކަރަންޓާއި ފެނުގެ ހިދުމަތް ފޯރުކޮށް ދިނުމުގައި ސަރުކާރު ވަނީ ފެއިލްވެފައި: އެމްޑީޕީ

05 މާރިޗު 2017
ކަރަންޓާއި ފެނުގެ ހިދުމަތް ފޯރުކޮށް ދިނުމުގައި ސަރުކާރު ވަނީ ފެއިލްވެފައި: އެމްޑީޕީ
27 ފެބުރުއަރީ 2017

ހާލުގައި ޖެހުނު ޑިންގީއަކަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފި

27 ފެބުރުއަރީ 2017
ހާލުގައި ޖެހުނު ޑިންގީއަކަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު