Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރިޕޯޓް

ގައިދީއަކު ޔާމީނަށް ފޮނުވާ އަސަރުގަދަ ސިޓީ

9 ޑިސެމްބަރު 2021 | ބުރާސްފަތި 10:24

ޔާމިނު ޖަލުގައި އޮންނެވިއިރު ކޮންމެ ދުވަހަކު މޫދަށް ވަޑައިގެންނެވޭ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 9 ޑިސެމްބަރު 2021 | ބުރާސްފަތި 10:24
ޖަލުގެ ގަވާއިދު

ޖަލުގެ ގަވާއިދު

ޔާމީނަށް

ވެދުމާއި ސަލާން ބަރުތީލަކޮށް މާ ބޮނޑިތަކުން ވެދުން ކުރާކަށް ނޫޅެމެވެ. މަށަކީ އެފަދަ ހާސަރުތަކެއް އަމުނާލެވޭވަރުގެ މީހެއް ނޫން ވީމާ ގޯހެއް ހެދިދާނެތީއެވެ.

އެކަމަކު މިސިޓީ މިކަހަލަ ގޮތަކަށްވެސް މި ޢާއްމުކޮށްލަނީ ތިޔަ ގޮވާލި ފަތިވަރުން މަށަށް ހަމަ ކެތްނުވެގެންނެވެ. ފަހަރެއްގައިވެސް އެހެން ކަމެއް އޮވެގެނެއް ނޫނެވެ. ހަމަގައިމުވެސް މަށަކީ ޔާމީނަށް ހިތް ނުބައިވާންވީ މީހެއް ނޫންވިއްޔާއެވެ. އެއަށްވުރެ ބޮޑަށް މަށަކީ މަނިކުފާނުގެ އެންމެ ޗާލާކީ ދުވަސްވަރު އެއެއްޗެއް އަތުގައި ކޭއްތި މަނިކުފާނުގެ ވެރިކަމުގައި މަސައްކަތެއް ނުކޮށް އެލިބުނު އެތިކޮޅަކުން ހަމަޖެހިގެން އުޅުނު މީހެއް ވިއްޔާއެވެ. އެހެންވީމާ މަނިކުފާނަށް މަ ނުކުރި ލޯތްބެއް ވަކި އެހެން މީހަކު ކުރާނެ ހެއްޔެވެ. އެކަމަކުވެސް ސިޓީ މި ފޮނުވާލަނީ މިތަނުން ދެވުނީމާ ކަރުން ނާރު ނަގަނަގާފައި ތިޔަ ދެއްކި ވާހަކައަކުންނެވެ.

މަނިކުފާނެވެ.! ޝުކުރު ނުކުރިއަސް ތިޔައީވާ ބޮޑުވަރެކެވެ. މި ސިޓީ މިފޮނުވާލަނީ ޝުކުރު ނުކުރީތީ މަހިތަށް އަރާފައިބަމުންދިޔަ އެއްޗަކުން ހަމަ ކެތްނުކުރެވިގެންނެވެ. ބާޑީފަށުން ބޮޑުވެ ސޯމިލް ސަރަހައްދުންނާ ދަމާކަނޑާ ހިސާބުން ތަރުބިއްޔަތު ވީތީ މާމޮޅު ތައުލީމެއް ނެތުމުން މަނިކުފާނު ގަޔާވާފަދަ ފަށުވިކަމެއް މީގައި ނުހުރެދާނެތީ ފުރަތަމަވެސް މައާފަށް އެދެމެވެ. ކުރުމާ ނުކުރުން އެއީ މަނިކުފާނުގެ ކަމެކެވެ.

ޔާމީނޫއެވެ. މަ މިތާ އޮންނަތާ ލައްކަ ދުވަސްވީއެވެ. އެތައް ބަޔަކު މިތަނަށް ގެނެސް ގެންގޮސް އެހެދީ އަހަރެން ލޯ ކުރިމަތީގައެވެ. މަނިކުފާނަށްވާ ސާބަހެވެ. ތިޔަވަރުގެ އިއްޒަތުގައި މިތާ އޮވެފައި ދިޔަ މީހަކު މަށަކުވާ ނުދެކެމެވެ.

މިހާރު އަދި ސަލާމަތްވެފައި ހުއްޓަސް މިތާ މަނިކުފާނުވެސް ހުރީ ހުކުމެއް ތަންފީޒު ކުރާށެވެ. ވެރިކަން ކުރާކަށް ނޫންވިޔާއެވެ. އެކަމަކު މަނިކުފާނަށް ތައްޔާރު ކޮށްފައި އެހުރީ ގަނޑުވަރެއް ނޫންހެއްޔެވެ. މަޑު ގޮދަޑިއާ އަރާމު ބާލީހާ އެކަނި އުޅެވޭނެ ބޮޑު ކޮޓަރިއެއް ނޫންހެއްޔެވެ. ގައިމު ނާޒިމްމެން އިމްރާނުމެން މިތާ ތިބީ 3 ފޫޓްވެސް ހަމަނުވާ ސިމެންތި އަށްޓެއްގެ މަތީގައި ނޫންހެއްޔެވެ. މަނިކުފާނުގެ ވެރިކަމުގައި އެމީހުން މިތާ ބޭތިއްބިއިރު ބައެއް މީހުން ކުދި ގޮޅިތަކުގައި އަދި އެންމެ ބޮޑެތި ކުށްވެރިންނާއެކު ބޭއްވިއަސް މަނިކުފާނު ހުރީ ޕްރައިވެޓް ކޮޓަރިއެއްގައި ނޫންހެއްޔެވެ. އެއްޗެއް ހަމަ ހިތަށް ނާރަނީހެއްޔެވެ. ބަދަލު ހިފުމެއްނެތި ކޮށްދިން ކަންތައް ހަނދާން ތިޔަ ނެތުނީ މާއަވަހަށް ވިއްޔާއެވެ. ގައިމު އެއުޅޭ އަދީބު ސޮރުވެސް މަނިކުފާނު މިތަނަށް ގެނައިއިރާ ނެރުނުއިރު ހުރިގޮތް މަނިކުފާނަށް ނޭނގުނަސް އެންމެނަށް އެނގެއެވެ. ސަމައްތަރު ހެޔޮކޮށް ހުރި އެސޮރު މިތަނުން ދިޔައިރު ހީވަނީ ހަނަފަސް ސަހަރާއަކުން ގެނައި ފުއްލާ ގަނޑެއްހެން ވިއްޔާއެވެ.

މަނިކުފާނޫއެވެ. އެވެރިން ދަބަރު ފެނުން ގައިންތާހިރުވިޔަސް މަނިކުފާނަށް ފުރަތަމަވެސް ހަމަޖެއްސީ ސާފު އަދި ހޫނުފެނުން ފެންވެރޭނޭ ގޮތް ނޫންހެއްޔެވެ. ތެދެކެވެ. ސްޓެލްކޯގައި އުޅުނުއިރު މީހުން އެބުނާހެން އެތަނުން އުފައްދާ މިނެރަލް ވޯޓަރކޮޅު ގެއަށް ގެންދިޔަހެން ފެންވަރާކަށް މިނެރަލް ވޯޓަރއެއް ނުދެއެވެ.

ޔާމީނޫއެވެ. އެވެރިންނަށް ފެނާ ވަކިންހުރި ލޮނުރަހަ ނުލާ މުގުރިހަކޮޅަކާ މަސްނެތް މަހު ރިހަކޮޅެއް ދިން ހަނދާނެއް ނެތްދޯއެވެ. އެކަމަކު ރެސްޓޯރެންޓެއް ނޫނަސް މަނިކުފާނަށް ކޮންމެ ދުވަހަކު ގެންނަ މެނޫއިން ބޭނުން އެއްޗެއް އެދުވަހަކަށް ސިލެކްޓް ކޮށްލައިގެން ކެއިކަން ހަމަ ނޭނގުނީ ހެއްޔެވެ. އޭގައި ނަން ހުސްކޮށެވެ. ހަމަ ގައިމުވެސް އޭގައި ހެނދުނުގެ ނާސްތާއަށް 24 ހަކަށް އައިޓަމް ހިމެނޭކަން މަށަށް އެނގެއެވެ. އޭގެ ތެރޭގައި ވައްތަރު ވައްތަރުގެ ރިހަޔާއި ކިރުގަރުދިޔަތަކާއި، ރިހާކުރާ ރިހާކުރު ދިޔައާއި، ކުޅިމަހާއި ހަނާކުރި މަސް ނުހުރޭ ހެއްޔެވެ. ދޮންކޭލާއި ކުކުޅުބިހާއި، ނޫޑްލުހުން ފެށިގެން ބޭކަޑް ބީންސާއި ކޯންބީފް ފަދަ އެއްޗެހި އެއިން ސިލެކްޓް ކޮށްލައިގެން ކާއިންނައިރު އަހަރެން އޮންނަނީ އެތަންފެނިފައި ތަލިން ކުޅު ދިޔާވެގެންނެވެ. ހަވީރު ސަޔާއި ނުވަގަޑީގައިވެސް ހަމަ އެހާވަރު އަރުވާލާއިރު ތަފާތު އެތައް ބައިވަރު އައިޓަމެއް ހިމެނޭ މެންދުރުގެ މެނޫގައި ބިރިޔާނީވެސް ހިމެނެއޭ އިމްރާނު ބުނީމާ ކަޑަވީހެއްޔެވެ. އަދި ތިޔަގޭގައި ގެންގުޅުނު ފަރަންޖީސޮރު ނޫނަކަސް އެލިސްޓް ގެނެސް ބަރާބަރަށް ޚިދުމަތްދޭން މީހުން ޚާއްސަ ކޮށްފައި ތިބޭއިރު އެމީހުން އެކަން ބަރާބަރަށް ކުރާކަން އެނގޭވަރަށް ޒިންމާދާރުވެސް ކުރުވާ ނޫން ހެއްޔެވެ.

މަނިކުފާނޫއެވެ. އަމިއްލަ ކޮޓަރިތެރޭގައި އަރާމުކޮށް ޓީވީ ބަލަން އިންނައިރު މަށަށްވެސް ހާދަ އަސަރެއް ކުރިއެވެ. ޓީވީ ގަނޑެއް ކީއްކުރަންހެއްޔެވެ. ގައިމު އިމްރާނުމެން ގެންގުޅުނު ރޭޑިޔޯގަނޑުވެސް ގެއަށް ބަދަލުކޮށްލާ ކޮންމެ ފަހަރުވެސް އަލުން ގަންނަން ޖެހުނުކަން އެނގޭނެ އެކަކީ މަވިއްޔާއެވެ.

ބައެއް ފަހަރު ހިތަށް އެރިއެވެ. މަނިކުފާނު ތިޔަހުރީ ޖަލުގައި ހެއްޔެވެ. ނޫނީ ޗުއްޓީ ހަދާލަން ހެއްޔެވެ. އެހެން ހީނުވާންވީ ކީއްވެ ހެއްޔެވެ. ކޮންމެ ދުވަހަކު މަނިކުފާނަށް މޫދަށްވެސް އެރެވެއެވެ. އެހެން މީހަކަށްވާ ބޯވެސް ބޭރަށް ނެރެނުލެވެއެވެ.

މަށަކުވާ ގިނަ ވާހަކަތަކެއް ދެން އިތުރަކަށް ނުދައްކާނަމެވެ. ކޮނުނު ވަރަކުން ފަސްގިނަވާނެއޭ މީހުން ބުނާތީއެވެ. އެކަމަކު ގައިތަޅާ ގައިމޮޑެލަދީ ހަދަން ޅަދޮޅު ކުއްޖަކު ނެތަސް މަނިކުފާނު ކަސްރަތުކުރަން ކޮޓަރި ތެރޭގައި ބަހައްޓާފައި އެހުރި ދުވާ މެޝިނަށް އަރައިގެން ތިޔަ ޖެއްސި ވައްތަރުތަކުން ބައެއް ފަހަރަށް ހީނހީނ ބަނޑުގައި ގޮށްލީ ފަހަރުތައް ދިޔައެވެ.

ޔާމީނޫއެވެ. މަދެން މި ނިންމާލީއެވެ. މިހާވަރަށްވެސް މި ވާހަކަ ދައްކާލީ ދުލުގައިހިފާ ތިޔަވަރަށް ދެމީތީއެވެ. މިތަނުން ނުކުމެ އަދި ރަނގަޅަށް ހަމަޖެހިނުލައިވެސް ތަނުގެ ހާލަތޭ އޮންނަން ޖެހުނު ގޮތޭ ބިރިޔާނީއޭ، ޅަފޮޅޮލޭ ތިޔަގޮވީ މާއަވަހަށް ވިއްޔާއެވެ. އެހެންވެ އޭރުވެސް މިހާރުވެސް މިތާއޮވެ އެކަންކަން ލޮލުން ފެނުނު މީހަކަށްވީތީ ހަމަ މަނިކުފާނަށް ހަނދާންކޮށްލަދޭން މިސިޓީ ފޮނުވާލީއެވެ. ވަރަށް ސަލާމެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

21 އޮކްޓޯބަރު 2017

ސަޓާ އެވޯޑް: އައްޑޫ ސިޓީއަށް ބޮޑެތި ކުރިއެރުންތަކެއް

21 އޮކްޓޯބަރު 2017
ސަޓާ އެވޯޑް: އައްޑޫ ސިޓީއަށް ބޮޑެތި ކުރިއެރުންތަކެއް
03 އޮކްޓޯބަރު 2017

ރައީސް ޔާމީނަށް ތާއީދު ހޯދަން ހަދާ ކޮންމެ "ސިހުރަކުން" ނުރުހުމުގެ އެތައް ލޮލެއް

03 އޮކްޓޯބަރު 2017
ރައީސް ޔާމީނަށް ތާއީދު ހޯދަން ހަދާ ކޮންމެ "ސިހުރަކުން" ނުރުހުމުގެ އެތައް ލޮލެއް
16 އޯގަސްޓު 2017

ރައީސް ޔާމީނަށް ފައިސާ ލިބިވަޑައިގެންނެވި ފަސް ގޮތް!

16 އޯގަސްޓު 2017
ރައީސް ޔާމީނަށް ފައިސާ ލިބިވަޑައިގެންނެވި ފަސް ގޮތް!
19 ޖުލައި 2017

ޔާމީނަށް ގޮތް ހުސްވެ ރައްޔިތުން ބަޑި ކުރިމައްޗަށް

19 ޖުލައި 2017
ޔާމީނަށް ގޮތް ހުސްވެ ރައްޔިތުން ބަޑި ކުރިމައްޗަށް
16 ޖުލައި 2017

އަދީބުގެ ސިޓީން ރާއްޖޭގެ ކޯޓްތައް ސަދޫމާ އެއްވަރުކަން އެނގިއްޖެ!؟

16 ޖުލައި 2017
އަދީބުގެ ސިޓީން ރާއްޖޭގެ ކޯޓްތައް ސަދޫމާ އެއްވަރުކަން އެނގިއްޖެ!؟
23 އެޕްރީލު 2017

ޔާމީނަށް ހަމަލާ ދެމުން ދިޔައިރު އޭނާގެ ރުއިމުގެ އަޑު އިވުނު މީހެއްގެ ދުލުން....

23 އެޕްރީލު 2017
ޔާމީނަށް ހަމަލާ ދެމުން ދިޔައިރު އޭނާގެ ރުއިމުގެ އަޑު އިވުނު މީހެއްގެ ދުލުން....
19 އެޕްރީލު 2017

އިންފޮމޭޝަން ކޮމިޝަނަރަށް ދެން ސިޓީއެއް ފޮނުވޭނެތަ؟!

19 އެޕްރީލު 2017
އިންފޮމޭޝަން ކޮމިޝަނަރަށް ދެން ސިޓީއެއް ފޮނުވޭނެތަ؟!
09 ފެބުރުއަރީ 2017

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!
14 ޖެނުއަރީ 2017

މައުމޫނާ ނުލައި ރައީސް ޔާމީނަށް ކާމިޔާބު ލިބިވަޑައިގަންނަވާނެތަ؟

14 ޖެނުއަރީ 2017
މައުމޫނާ ނުލައި ރައީސް ޔާމީނަށް ކާމިޔާބު ލިބިވަޑައިގަންނަވާނެތަ؟
05 ޖެނުއަރީ 2017

ރައީސް ޔާމީނަށް ކުރާ އިލްތިމާސް!

05 ޖެނުއަރީ 2017
ރައީސް ޔާމީނަށް ކުރާ އިލްތިމާސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް