Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓީޖެޓީ މައްސަލަ

ސިޓީ ކައުންސިލަށް ޓީޖެޓީ އަތެއްނުލެވޭނެ: އެމްޕީއެލް

9 ޑިސެމްބަރު 2021 | ބުރާސްފަތި 07:27

އެއްބަސްވުން ހަދާފައިވަނީ ހައުސިން މިނިސްޓްރީއާއެކު

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 9 ޑިސެމްބަރު 2021 | ބުރާސްފަތި 07:27
ޓީޖެޓީ ސަރަހައްދު / މުދާ ބަރުކުރުން

ޓީޖެޓީ ސަރަހައްދު / މުދާ ބަރުކުރުން

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ބެލުމުގެ ދަށުގައި އޮތް ޓީޖެޓީ އެކުންފުނީގެ އަތުން އަތުލެވޭނީ ހަމައެކަނި ހައުސިން މިނިސްޓްރީއަށް ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެމްޕީއެލްއިން މިފަދައިން ބުނީ އެ ކުންފުނީގެ ބެލުމުގެ ދަށުގައި އޮތްް ޓީޖެޓީ މާލެ ސިޓީ ކައުންސިލްގެ ދަށަށް ގެންދާނެ ކަމަށް އެ ކައުންސިލުން ބުނުމާ ގުޅިގެންނެވެ.

Advertisement - newsAdvertisement

އެމްޕީއެލްއިން ބުނީ އެ ކުންފުންޏާ ޓީޖެޓީ ހަވާލުކޮށްފައިވަނީ އެމްއޯޔޫއެއްގައި ސޮއިކޮށް 2015 ވަނަ އަހަރު ހައުސިންގ މިނިސްޓްރީން ކަމަށެވެ. އެތަން އެމްޕީއެލްގެ އަތުން ނެގުމުގެ ބާރު އޮންނާނީ ހައުސިންގ މިނިސްޓްރީއަށް ކަމަށް އެމްޕީއެލްއިން ބުނެފައިވެއެވެ.

އަދި ހައުސިން މިނިސްޓްރީއާ އެމްޕީއެލްއާ ދެމެދު ސޮއިކޮށްފައިވާ އެމްއޯޔޫގެ މުއްދަތު ހަމަވެފައިވާކަމަށް މީޑިއާގައި ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން އެކުންފުނިން ބުނީ އެ ދެ ފަރާތުން ސޮއިކޮށްފައިވާ އެމްއޯޔޫގައި އެއްވެސް މުއްދަތެއް ބަޔާންކޮށްފައި ނުވާ ކަމަށެވެ.

މާލޭ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 30 ވަނަ ޖަލްސާގައި ވަނީ ޓީޖެޓީ މާލެ ސިޓީ ކައުންސިލާ ހަވާލުކުރުމަށް ދީފައިވާ 90 ދުވަހުގެ މުއްދަތު ހަމަވުމުން، އެ މުއްދަތުގެ ތެރޭގައި އެތަން މާލެ ސިޓީ ކައުންސިލާ ހަވާލުނުކޮށްފިނަމަ ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމަށް ފާސްކޮށްފައެވެ. ޓީޖެޓީ ހުސްކުރުމަށް މާލެ ސިޓީ ކައުންސިލުން އެމްޕީއެލްއަށް ދީފައިވާ 90 ދުވަހުގެ މުއްދަތު ހަމަވާނީ އަންނަ އާދިއްތަ ދުވަހަށް ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

މި މުއްދަތު ހަމަވުމުން މާލެ ސިޓީ ކައުންސިލުން އެތަނާ ހަވާލުވުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް ހުށަހަޅާފައިވަނީ މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝްއެވެ. ނަރީޝްގެ މި ހުށަހެޅުމަށް ސިޓީ ކައުންސިލްގެ ގިނަ ކައުންސިލަރުން ވަނީ ތާއީދުކުރައްވާފައެވެ.

މި ހުށަހެޅުން ފާސްވުމާއެކު މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވަނީ މި މުއްދަތު ހަމަވުމުން އެތަން ސިޓީ ކައުންސިލްގެ ދަށަށް ގެނައުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމަށް ކައުންސިލްގެ ސެކެޓްރީ ޖެނެރަލްއަށް އަންގަވާފައެވެ.

ޓީޖެޓީ ބެލެހެއްޓުމަށް އެމްޕީއެލްއާ ހަވާލުކޮށްފައިވަނީ މިހާރުގެ މޭޔަރ ޑރ. މުއިއްޒު ހައުސިން މިނިސްޓަރ ކަމުގައި ހުންނެވި އިރު 2015 ވަނަ އަހަރުގެ މާޗް 12 ގައެވެ. މިފަހަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މޭޔަރ ޑރ. މުއިއްޒު ވަނީ އެތަން އަނބުރާ މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ގެނައުމަށް އެތައް ފަހަރެއްގެ މަތިން ސަރުކާރުގައި އެދިފައިވާނެ ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް އެތަން ސިޓީ ކައުންސިލާ ހަވާލުކޮށްފައިނުވާކަމަށެވެ.

މިގޮތަށް އެދިފައިވަނީ އެ ބަނދަރުން ލިބޭ އާމްދަނީން މާލޭގެ ރައްޔިތުންނަށް ފައިދާކުރަނިވި އެތައް ކަމެއް ސިޓީ ކައުންސިލަށް ކުރެވޭނެތީ ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ. އެގޮތުން އެ ފައިސާއިން ކުނި މެނޭޖްކުރުން ފަދަ ކަންކަމަށް ޚަރަދުކުރެވޭނެ ކަމަށް މޭޔަރ ޑރ. މުއިއްޒު ވިދާޅުވިއެވެ.

އަދި ހުރިހާ ރަށެއްގެވެސް ބަނދަރުތަކަކީ ކައުންސިލްތަކުގެ ބެލުމުގެ ދަށުގައި އޮންނަ ތަންތަނަށް ވެފައި، ޓީޖެޓީ އެމްޕީއެލްއަށް ދޭން ސަރުކާރުން ދެކޮޅުހެދުމަކީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް ނިންމެވި ނިންމެވުމެއް ކަމަށް ޑރ. މުއިއްޒު ވިދާޅުވެފައިވެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު

21 ޖެނުއަރީ 2017
މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު
20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
12 ޖެނުއަރީ 2017

އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި

12 ޖެނުއަރީ 2017
އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް