Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުޅުމާލޭގެ އިހުތިސާސް މައްސަލަ

ލާމަރުކަޒީ ގާނޫނު ބުނާގޮތުން ހުޅުމާލޭގެ ބިމުގެ މިލްކުވެރިކަން އޮތީ އެޗްޑީސީގެ ދަށުގައި: ނިޔާޒު

9 ޑިސެމްބަރު 2021 | ބުރާސްފަތި 02:27

އިހްތިސާސް ކަނޑައަޅުއްވަނީ ރައީސުލްޖުމްހޫރިއްޔާ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 9 ޑިސެމްބަރު 2021 | ބުރާސްފަތި 02:27
ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމުގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވާހަކަ ދައްކަވަނީ

ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމުގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވާހަކަ ދައްކަވަނީ

ލާމަރުކަޒީ ގާނޫނު ބުނާގޮތުން ހުޅުމާލޭގެ މިލްކުރެވިކަން އޮތީ އެޗްޑީސީގެ ދަށުގައި ކަމަށާއި އިހްތިސާސް ކަނޑައަޅުއްވަނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ބުދަ ދުވަހުގެ ރޭ ވާހަކަފުޅު ދައްކަވަމުން ނިޔާޒު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިހްތިސާސް ކަނޑައެޅުއްވިއިރު ހުޅުމާލެ އާއި ވިލިމާލެވެސް މާލޭގެ އިހްތިސާސްގައި ހިމަނުއްވާފައިވާ ކަމަށެވެ. އެހެންނަމަވެސް ލާމަރުކަޒީ ގާނޫނު ވުޖޫދަށް އައުމުގެ ކުރިން ސަރުކާރުގެ އިދާރާތަކާއި ސަލާމާތީ ބޭނުމަށްޓަކައި ރަޖިސްޓްރީ ކޮށްދީފައިވާ ތަންތަން އެގާނޫނުގެ ދަށުން އިސްތިސްނާވާ ކަމަށް ނިޔާޒު ވިދާޅުވިއެވެ.

Advertisement - newsAdvertisement

މާލެ ސިޓީ ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ތަނެއް ނުލިބުމުން އެތަނެއްގެ ރަޖިސްޓްރީ ބާތިލް ކުރުމަކީ ގާނޫނު ދަންނަ ކަމެއް ނޫން ކަމަށް ނިޔާޒު ވިދާޅުވިއެވެ. އެޗްޑީސީގެ ކަންކަން ސިޓީ ކައުންސިލުން ހިންގޭ ގޮތަށް އެމްއޯޔޫއެއް ހަދައިގެން އެކަން ކުރެވެން އެބައޮތް ކަމަށާއި ނަމަވެސް ކައުންސިލުން އެކަން ކުރަން އެއްބެސް ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކައުންސިލްގެ މެންޑޭޓުގައި މުނިސިޕަލް ޚިދުމަތް ދިނުމުގެ ވާހަކަ ފުޅާކޮށް ގާނޫނުގައި އެބައޮތްކަން ފާހަގަކުރައްވައި ނިޔާޒު ވިދާޅުވީ އެކަން ކައުންސިލުން ކުރަންވާނެ ކަމަށެވެ. އަދި އެކަމަށް ހުރަހެއް އޮތްނަމަ އެކަންކަން ހައްލު ކުރެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ. ހުޅުމާލޭގެ އެއްބަސްވުން ބާތިލުކުރި މައްސަލައިގައި އެޗްޑީސީން ބުރާސްފަތި ދުވަހު ކޯޓަށް ދިއުމަށް ނިންމާފައިވާ ނިޔާޒު ވިދާޅުވިއެވެ.

ހުޅުމާލޭގެ ބިމަކީ، އެ ކޯޕަރޭޝަނުގެ އަމިއްލަ ޚަރަދުގައި ހިއްކާފައިވާ، އަދި އެ ކޯޕަރޭޝަނަށް ރަޖިސްޓަރީ ކޮށްދީފައިވާ އަމިއްލަ ބިމެއް ކަމަށް އެޗްޑީސީން ނެރުނު ބަޔާނެއްގައި ވެސް ވަނީ ބުނެފައެވެ. އަދި އެ ކޯޕަރޭޝަނަކީ ދިވެހިރާއްޖޭގެ "ކުންފުންޏާބެހޭ ގާނޫނު"ގެ 15 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ، ގާނޫނީ ގޮތުން މުދާ މިލްކުކުރުމުގެ ހައްގު ލިބިދީފައިވާ ވަކި ޝަޚްސެއް ކަމަށެވެ. ހުޅުމާލޭގެ ބިމުގެ މިލްކުވެރިކަން އެ ކޯޕަރޭޝަނަށް ލިބިދީފައިވާކަން ރަމްޒުކޮށްދޭ ބިމުގެ ރަޖިސްޓަރީ ބާތިލުކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމި ނިންމުމަކީ، ދިވެހިޖުމްހޫރިއްޔާގެ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ "މުދާ ހޯދުމާއި މުދާ ގެންގުޅުމުގެ" ހައްގާއި، ބިމާއި ބެހޭ ގާނޫނުގެ 24 ވަނަ މާއްދާގެ (ނ)އާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 2-56 ވަނަ މާއްދާގެ (ހ)އާ ޚިލާފަށް މާލެ ސިޓީ ކައުންސިލުން ނިންމާފައިވާ ނާތަހުޒީބު ނިންމުމެއް ކަމުގައި އެ ކޯޕަރޭޝަނުން ދެކޭ ކަމަށް ވެސް ވަނީ ބުނެފައެވެ.

އެހެންކަމުން މާލެ ސިޓީ ކައުންސިލުން ނިންމާފައިވާ ނިންމުމާ ގުޅިގެން ކުންފުންޏަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދަން މާލެ ސިޓީ ކައުންސިލްގެ މައްޗަށް ދަޢުވާ އުފުލާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ގާނޫނު އަސާސީގައި ރައީސް ޔާމިން މުގުރާނުލާ އެންމެ ބާބެއްވެސް ނެތް:ފައްޔާޒް

14 ފެބުރުއަރީ 2017
ގާނޫނު އަސާސީގައި ރައީސް ޔާމިން މުގުރާނުލާ އެންމެ ބާބެއްވެސް ނެތް:ފައްޔާޒް
13 ފެބުރުއަރީ 2017

އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު

13 ފެބުރުއަރީ 2017
އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!
07 ފެބުރުއަރީ 2017

ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް

07 ފެބުރުއަރީ 2017
ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް
07 ފެބުރުއަރީ 2017

ގާނޫނު ބަދަލު ކުރަނީ އިންތިޚާބަށް ވަގުންތަކެއް ނެރެންވެގެން: އީވާ

07 ފެބުރުއަރީ 2017
ގާނޫނު ބަދަލު ކުރަނީ އިންތިޚާބަށް ވަގުންތަކެއް ނެރެންވެގެން: އީވާ
30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
26 ޖެނުއަރީ 2017

އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ

26 ޖެނުއަރީ 2017
އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް