Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއުމަރު ނަސީރުގެ ކޮރަޕްޝަން މައްސަލަ

އުމަރު ނަސީރަށް ދައުވާކުރަން ފޮނުވި މައްސަލަ: ބިޑް އޭރު ހަވާލުކުރީ އޭސީސީގެ ހުއްދައާއެކު!

އުމަރު ނަސީރުގެ މައްޗަށް ދައުވާކުރުމަށް އަންގާރަ ދުވަހު ޕީޖީ އޮފީހަށް ފޮނުވާފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 8 ޑިސެމްބަރު 2021 | ބުދަ 10:59
ކުރީގެ ހޯމް މިނިސްޓަރ، އުމަރު ނަސީރު- އޭރު ޕްރޮޖެކްޓް އެވާރްޑް ކޮށްފައިވަނީ އެންމެ ކުޑަ އަގު ހުށައެޅި ފަރާތައްކަން އޭނާ ފާހަގަ ކުރެއްވި

ކުރީގެ ހޯމް މިނިސްޓަރ، އުމަރު ނަސީރު- އޭރު ޕްރޮޖެކްޓް އެވާރްޑް ކޮށްފައިވަނީ އެންމެ ކުޑަ އަގު ހުށައެޅި ފަރާތައްކަން އޭނާ ފާހަގަ ކުރެއްވި

ކުރީގެ ހޯމް މިނިސްޓަރ، އުމަރު ނަސީރުގެ މައްޗަށް ދައުވާކުރުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބުނެފައިވާއިރު، ދައުވާކުރަން ފޮނުވި މައްސަލައަކީ ކުރިން އޭސީސީގެ ހުއްދައާއެކު ނިންމާފައިވާ ނިންމުމަކާއި ގުޅޭ މައްސަލައެއްކަމަށް އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އޭސީސީން ބުނީ 2015 ވަނަ އަހަރު ތެރޭގައި، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން, ކުށްވެރިންގެ ފައިގައި ޓެގު އެޅުވުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އޭރުގެ ހޯމް މިނިސްޓަރ އުމަރު ނަސީރުއާ ވިޔަފާރީގެ ގޮތުން ގާތްގުޅުން އޮންނަ ފަރާތެއްގެ ކުންފުންޏަކަށް ކަމަށް ބުނާ މައްސަލަ ތަހުގީގުކޮށް ނިންމައި، އުމަރު ނަސީރުގެ މައްޗަށް ދައުވާކުރުމަށް އަންގާރ ދުވަހު ޕީޖީ އޮފީހަށް ފޮނުވާފައިވާކަމަށެވެ.

Advertisement - newsAdvertisement

އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން އުމަރު ނަސީރު ވިދާޅުވީ، އެވާރޑް ކޮށްފައިވަނީ ހުޅުވާލެވިގެންވާ ބިޑެއްގައި އެންމެ ކުޑަ އަގު ހުށައެޅި ފަރާތަށް ކަމަށެވެ. އެގޮތުން ފިނޭންސް މިނިސްޓްރީގެ ހުއްދަ ލިއުމުން ހޯދާފައިވާނެކަންވެސް އުމަރު ފާހަގަ ކުރެއްވިއެވެ. އަދި ކުންފުންޏަށް ބިޑް ޙަވާލުކުރި ލިއުމުގައި ފިނޭންސް މިނިސްޓަރުވެސް ސޮއި ކުރައްވާފައިވާކަމަށް އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ، އޭރު ބިޑް ޙަވާލު ކުރުމުގެ ކުރިން އޭސީސީއަށް ފޮނުވައި، އޭސީސީގެ އިއުތިރާޒެއް ނެތްކަމުގެ ލިއުންވެސް ހޯދާފައިވާ ކަމަށެވެ.

"އެވާރޑް ކުރީ އޯޕަން ބިޑެއްގައި، އެންމެ ކުޑަ އަގު ހުށައެޅި ފަރާތަށް، ފިނޭންސް މިނިސްޓްރީގެ ހުއްދަ ލިއުމުން ހޯދައި, އޭސީސީއަށް ފޮނުވައި އޭސީސީން ކްލިއަރެންސް ހޯދާފައި، އެހެންވީމާ މިހާރަކު އަލުން ނަގަންޖެހޭ މައްސަލައެއް އޮންނާނެކަމަށް އަޅުގަނޑު ނުދެކެން"އުމަރު ނަސީރު ވިދާޅުވިއެވެ.

ބިޑް އެވާރޑް ކުރީވެސް އުމަރާއި ފިނޭންސް މިނިސްޓަރުގެ ސޮޔާއެކުކަމަށް އޭނާ ވިދާޅުވިއެވެ. އޭރު ޕްރޮޖެކްޓް އެވާރްޑް ކޮށްފައިވަނީ އެންމެ ކުޑަ އަގު ހުށައެޅި ފަރާތައްކަންވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

އެ އިއުލާނާ ގުޅިގެން ހުށަހަޅާފައިވާ ބިޑުތަކުގެ ތެރެއިން، ޓެގް އަޅުވައި ބަލަހައްޓާނެ ގޮތުގެ ޓްރަޔަލް ދައްކާފައިވާ ސްޓެލްވާޓް މޯލްޑިވްސް ޕވޓ ލޓޑ ގެ ހިއްސާދާރުންގެ ތެރޭގައި ހިމެނޭ 04 ފަރާތަކީ ވެސް އުމަރު ނަސީރުއާ ގާތްގުޅުން އޮންނަ ފަރާތްތަކެއް ކަމަށް އޭސީސީން ބުނެއެވެ. އޭގެތެރެއިން ދެ ހިއްސާދާރުންނަކީ އުމަރުގެ ވިޔަފާރި ޕާޓްނަރުން ކަމަށްވާތީ، ދައުލަތުގެ މާލިއްޔަތު ގަވާއިދު 2009ގެ ބާބު 15ގެ 3 ވަނަ މާއްދާގެ (ނ)ގެ 8 ގައި ބަޔާންކޮށްފައިވާގޮތަށް އެފަރާތްތަކަކީ އޭނާގެ ކްލޯޒް އެސޯސިއޭޓުން ކަމަށެވެ.

އެހެންކަމުން، ސްޓެލްވާޓަކީ އުމަރު ނަސީރުއާ މަސްލަހަތު ފުށުއަރާ ފަރާތްތަކެއްގެ ކުންފުންޏެއް ކަމަށާއި އެހެންނަމަވެސް، ސްޓެލްވާޓުން ދެއްކި ޓެގް ޓްރައަލް އިވެލުއޭޓް ކުރުމަށް އުމަރު ނަސީރު އަމިއްލައަށް ޓެކްނިކަލް ކޮމެޓީއެއް ކަނޑައަޅައި އެ ކޮމެޓީގެ ޗެއަރގެ ގޮތުގައި ބައިވެރިވެފައިވާކަމަށް އޭސީސީން ބުނެފައިވެއެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު