Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިބްރާހިމް ޝުޖާއު

މެންބަރު ޝުޖާއުއަށް ތުހުމަތުވާ ކޮރަޕްޝަނުގެ މައްސަލަ އޭސީސީއިންވެސް ދަނީ ބަލަމުން

ޝުޖާއުގެ ކުންފުނިތަކަށް މާލޭ ސިޓީ ކައުންސިލުން 10.5 މިލިއަން ރުފިޔާއަށް ވުރެ ގިނަ ފައިސާ ދީފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 4 އޯގަސްޓު 2025 | ހޯމަ 10:23
ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު

ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު

ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު އަށް ބޮޑެތި ކޮރަޕްޝަންގެ ތުހުމަތުތަކެއްކޮށް، މަރުކަޒީ ބޭންކު (އެމްއެމްއޭ) ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިން އެކުލަވާލި ރިޕޯޓުގައި ހިމެނޭ މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ބަލަމުން އަންނަ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

ސުޖާއުއާއި ގުޅުންހުރި ކުންފުނިތަކަށް ގިނަ އަދަދެއްގެ ފައިސާ ޖަމާވި މައްސަލަ ބަލަމުން އަންނަ ކަމަށް އެސީސީއިން ބުނެފައިވާ އިރު މި މައްސަލަ ފުލުހުން ވެސް އަންނަނީ ބަލަމުންނެވެ. ފުލުހުން ބުނީ މައްސަލަ ބަލަމުން އަންނަނީ އެޕްރީލް މަހުން ފެށިގެންނެވެ. ނަމަވެސް މިހާތަނަށް އައި އިރު މިވާހަކަ ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އަދި އޭސީސީއިން ވެސް މި މައްސަލަ ބަލާކަން ހާމަކުރީ ނޫސްތަކުގައި މި ވާހަކަ ޖެހިފަހުންނެވެ.

Advertisement - newsAdvertisement

އެސީސީއިން ބުނެފައިވަނީ މި މައްސަލަ އެ ކޮމިޝަނުން ބަލަމުން އަންނަނީ އަމިއްލަ އިސްނެގުމުގެ މަތިންނެވެ. އިތުރު ތަފްސީލެއް އޭސީސީއިންވެސް ދީފައި ނުވެއެވެ.

ލީކުވެފައިވާ ރިޕޯޓުގައި ވަނީ ނޮވެންބަރު އެކެއް، 2022 އިން ފެށިގެން ޖަނަވަރީ 10، 2024ގެ ނިޔަލަށް ހިނގާފައިވާ މުއާމަލާތްތަކެކެވެ. އެގޮތުން ޝުޖާއުއާއި ގުޅުން އޮންނަ ކުއިކް ޝުއަރ އަށް 10.5 މިލިއަން ރުފިޔާ އަށް ވުރެ ގިނަ ފައިސާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މޭޔަރުކަމުގައި އެ ކުންފުންޏަށް ދީފައިވެއެވެ. އެފްއައިޔޫގެ ރިޕޯޓުގައިވާ ގޮތުން ތްރެޝްހޯލްޑް ޓްރާންސެކްޝަންސް ރިޕޯޓްސް (ޓީޓީއާރްއެސް) އިން ލިބެން ހުރި މަޢުލޫމާތުން ދައްކާ ގޮތުގައި، 2 ނޮވެމްބަރު 2022 އިން 7 ނޮވެމްބަރު 2023 އާ ދެމެދު، ޖުމްލަ 10,545,232.60 ރުފިޔާގެ މުޢާމަލާތް ކުއިކް ޝުއަރ ނަމަކަށް ކިޔާ ކުންފުންޏަކާ މާލޭ ސިޓީ ކައުންސިލް އާ ދެމެދު ހިނގާފައިވެއެވެ.

މި މުޢާމަލާތްތަކުގެ ތަފްސީލުތައް ރިޕޯޓުގައި ދީފައިވާއިރު، ޖުމްލަ 12 މުއާމަލާތެއް އެ ކުންފުންޏާއި މާލޭ ސިޓީ ކައުންސިލް އާ ދެމެދު ހިނގާފައިވެއެވެ. އެ މުއާމަލާތްތަކުގެ ތެރޭގައި އެންމެ ކުޑަ އަދަދަކަށް 265،000ރ ހިމެނޭ އިރު، 2.3 މިލިއަން ގެ ދެ ޓްރާންސެކްޝަން އެންމެ ބޮޑެތި އަދަދު ތަކުގެ ތެރޭގައި ފާހަގަ ވެއެވެ.

މި މުއްދަތަކީ މާލޭ ސިޓީގެ މޭޔަރުގެ މަގާމުގައި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނެވި ދުވަސްވަރުކަން ފާހަގަ ކުރެވޭ އިރު، މި މުއްދަތުގައި ކުއިކް ޝުއަރގެ ވެރިފަރާތް ކަމަށްވާ މުޙައްމަދު ނާފިޒު ގެ ކޮއްކޮއެއް ކަމަށްވާ މިހާރުގެ ބާރަށު ދާއިރާގެ ޕީއެންސީ އަށް ނިސްބަތްވާ މެމްބަރު އިބްރާހީމް ޝުޖާޢު މާލެ ސިޓީ ކައުންސިލުގައި ހުޅުމާލޭގެ ކައުންސިލަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން ގެންދިޔަ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ނޮވެންބަރު 17، 2023 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރައްވަން ބޭއްވި ރަސްމިއްޔާތާ ބެހޭ މުއާމަލާތް ވެސް ހިމެނެއެވެ. 23.03 މިލިއަން ރުފިޔާގެ ބޮޑު އަގަކަށް ރައީސުލްޖުމްހޫރިއްޔާގެ ހުވާކުރުމުގެ ރަސްމިއްޔާތުގެ މަސައްކަތްތައް ސިވެކް އަށް ހަވާލު ކުރީ ވެސް ގާނޫނުގެ ނާޖާއިޒް ބޭނުން ހިފައިގެން ކަމަށް ބެލޭ ކަމަށް ރިޕޯޓުގައި ވެއެވެ.

އެމްއެންޑީއެފް އިން ހިންގާ ސިވެކަށް 23.03 މިލިއަން ރުފިޔާއަށް މި މަޝްރޫޢު ޙަވާލުކުރުމާއެކު، އޭގެ ފަހުން ސިވެކުން މި މަޝްރޫޢު އިތުރު 3 ފަރާތަކަށް ސަބްކޮންޓްރެކްޓް ކޮށްފައިވާ ކަމަށް ބުނެފައިވެއެވެ. އެއީ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ގެ އޮފިޝަލް އިވެންޓްސް ޕްރައިވެޓް ލިމިޓެޑް އާއި އޭނާ އާ ދެބެގެންގެ ދެދަރި މީހެއް ކަމަށްވާ ކުއިކް ޝުއަރ އަދި ޑީ.ޖީ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ކަމަށް ރިޕޯޓުގައި ވެއެވެ. އަދި މި ފަރާތްތަކަކީ ގުޅުންހުރި ފަރާތްތަކެއް ކަމަށާއި އަދި މިހާރުގެ ސަރުކާރާ އެ ކުންފުނިތަކުގެ ވެރިންނާ ގުޅުންހުރި ހުރުމުގެ އިތުރުން ސިޔާސީ ނުފޫޒު ފޯރުވޭފަދަ ފަރާތްތަކެއް ކަމަށް ބެލެވޭ ކަމަށް ވެސް ރިޕޯޓުގައި ވެއެވެ.

އެމްއެމްއޭ ގެ ރިޕޯޓުގައި ބުނެފައިވަނީ ލިބެންހުރި މަޢުލޫމާތުން ދައްކާ ގޮތުގައި އޮފިޝަލް އިވެންޓްސްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝުޖާޢު ވަނީ އައު ސަރުކާރުގެ އިންތިޤާލީ މަރުޙަލާގައި، ޚާއްޞަކޮށް 'އިންތިޚާބުވި ރައީސްގެ އޮފީހުގައި' މުހިންމު ދައުރެއް އަދާކޮށްފައެވެ. މި ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ ހުވާކުރުމުގެ ރަސްމިއްޔާތު ތައްޔާރުކުރުމާ ގުޅޭ ގޮތުން ސިވެކާއި ރައްޔިތުންގެ މަޖިލިހުގެ އިދާރާ އާއެކު ބޭއްވުނު ބައްދަލުވުންތަކުގައި ބައިވެރިވެ އިސްކޮށް ޙަރަކާތްތެރިވެފައިވާ ކަމަށް ބުނެފައިވެއެވެ. މީގެ ސަބަބުން އޭނާ އަށް ބޮޑު މާލީ ފައިދާއެއް ލިބިފައިވާ ކަމަށް ރިޕޯޓުގައި ވެއެވެ. މިކަމުން ތުހުމަތު ކުރެވެނީ ޤާނޫނުލްޢުޤޫބާތުގެ 151 ވަނަ މާއްދާ ގައި ބުނާ ބާރުގެ ނަހަމަ ބޭނުންކުރުމާއި، ކޮރަޕްޝަނާއި، ނުހައްގު މުއްސަނދިކަން ހޯދުން ކަމަށް ރިޕޯޓުގައި ވެއެވެ.

އިބްރާހީމް ޝުޖާޢު އާއި އޭނާގެ ގާތް އެކުވެރިންނާ، އަދި ގުޅުންހުރި ކުންފުނިތަކަށް މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތު ތައްޔާރުކުރުމުގެ މަސައްކަތުގެ ތެރެއިން ލިބިފައިވާ ބޮޑު ފައިދާގެ ތަފްސީލު ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ.

އެ ގޮތުން މަޝްރޫ ޢަށް މިނިސްޓްރީ އޮފް ފިނޭންސުން ސިވެކަށް ފޮނުވި ފައިސާގެ 67% (23,074,427.23 ރުފިޔާގެ ތެރެއިން 15,496,969.41 ރުފިޔާ) އިބްރާހީމް ޝުޖާޢުގެ ކުންފުންޏަށް (އޮފިޝަލް އިވެންޓްސް ޕްރައިވެޓް ލިމިޓެޑް) އަދި އޭނާގެ ކޮއްކޮ މުޙައްމަދު ނާފިޒުގެ ވިޔަފާރި އަށް (ކުއިކް ޝުއަރ) ޓްރާންސްފަރ ކުރެވިފައިވާ ކަމަށް ރިޕޯޓުގައި ވެއެވެ.

އަދި އޮފިޝަލް އިވެންޓްސް ޕްރައިވެޓް ލިމިޓެޑަށް ސިވެކުން ލިބުނު ފައިސާގެ 60.87% (13,143,520.00 ރުފިޔާގެ ތެރެއިން 8,000,000.00 ރުފިޔާ) ކުންފުނީގެ ހިއްސާދާރުން ކަމަށްވާ އިބްރާހީމް ޝުޖާޢު އަދި އަޙްމަދު އަދްހަމް ދެ ލަގްޒަރީ އެޕާޓްމަންޓް ގަތުމަށް ބޭނުން ކޮށްފައިވާ ކަމަށް ރިޕޯޓުގައި ވެއެވެ.

އޮފިޝަލް އިވެންޓްސް ޕްރައިވެޓް ލިމިޓެޑަށް ލިބުނު ފައިސާގެ 14.46% (13,143,520.00 ރުފިޔާގެ ތެރެއިގެ ތެރެއިން 901,000.00 ރުފިޔާ) އިބްރާހީމް ޝުޖާޢުގެ އަމިއްލަ އެކައުންޓަށް ޓްރާންސްފަރ ކުރެވިފައިވާ ކަމަށާއި މި ފައިސާ އޭނާގެ ދޯނި ބަނުމަށާއި އެހެނިހެން އަމިއްލަ ޚަރަދުތަކަށް ބޭނުން ކޮށްފައިވާ ކަމަށް ބެލެވޭ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ހުވާކުރުމުގެ ރަސްމިއްޔާތު ތައްޔާރުކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ އިތުރުން، އޮފިޝަލް އިވެންޓްސް ޕްރައިވެޓް ލިމިޓެޑަށް ވަނީ ސަރުކާރުގެ އިދާރާތަކާއި ސަރުކާރުގެ ކުންފުނިތަކުން ގިނަ އަދަދެއްގެ ބޮޑެތި އިވެންޓް މެނޭޖްމަންޓް ކޮންޓްރެކްޓްތައް ލިބިފައިވާ ކަމަށް ރިޕޯޓުގައި ބުނެއެވެ. ޚާއްޞަކޮށް އައު ސަރުކާރު އައުމަށްފަހު ގިނަ ޕްރޮޖެކްޓްތަކެއް ދީފައިވާ ކަމަށް ވަނީ ބުނެފައެވެ. ރިޕޯޓުގައި ތުހުމަތު ކުރަނީ ކުންފުންޏަށް މަސައްކަތް ހޯދުމުގައި ކުންފުނީގެ ވެރިން ސިޔާސީ ނުފޫޒު ބޭނުންކޮށްފައިވާ ކަމަށެވެ. މިއީ ޤާނޫނާ ޚިލާފަށް ހޯދާފައިވާ ފައިސާ ދޮވުމަށް ކުންފުނިތައް ނަހަމަ ގޮތުގައި ބޭނުންކުރެވިފައިވާ ކަމަށް ބެލެވޭ ކަމެއް ކަމަށް ވެސް ރިޕޯޓުގައި ވެއެވެ.

އިބްރާހިމް ޝުޖާއުރައީސް މުއިއްޒުކޮރަޕްޝަން އޭސީސީކުއިކް ޝުއަރއޮފިޝަލް އިވެންޓްސް

ކޮމެންޓް

އިތުރަށް ކިޔާލަން

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

10 ޖެނުއަރީ
ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!
20215 އަހަރު ކުރިން
ރާއްޖެ

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!
20188 އަހަރު ކުރިން
ރާއްޖެ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު