Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބޯހިމެނުމުގެ މަސައްކަތް

ބޯހިމެނުމުގެ މަސައްކަތަށް މުޖުތަމައުގެ ސަމާލުކަން ބޭނުންވޭ

8 ޑިސެމްބަރު 2021 | ބުދަ 03:48

ބޯހިމަނަނީ ޓެބްލެޓް ބޭނުން ކޮށްގެން

އަމްނާ އިމާދު
އަމްނާ އިމާދު | 8 ޑިސެމްބަރު 2021 | ބުދަ 03:48
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ޗީފް ސްޓެޓިސްޓިޝަން އައިޝަތު ހަސަން ވާހަކަދައްކަވަނީ،

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ޗީފް ސްޓެޓިސްޓިޝަން އައިޝަތު ހަސަން ވާހަކަދައްކަވަނީ،

އަންނަ އަހަރު ކުރިއަށް ގެންދާ ރާއްޖޭގެ އާބާދީ އާއި މީހުން ދިރިއުޅޭ ތަންތަނުގެ ބޯހިމެނުމުގެ މަސައްކަތްތަކަށް ތައްޔާރުވަމުންދާ ކަމަށާއި، މުޖުތަމައުގެ ސަމާލުކަން ވަރަށް ބޮޑަށް ހޯދަން ޖެހޭ ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ޗީފް ސްޓެޓިސްޓިޝަން އައިޝަތު ހަސަން ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އައިޝަތު ވިދާޅުވީ މިހާރު މިކުރިއަށް ގެންދަނީ ސުވާލު ކަރަދާހުގެ މަސައްކަތް ކަމަށާއި، މި ފަހަރުގެ ބޯހިމަނަނީ ޓެބްލެޓް ބޭނުން ކޮށްގެން ކަމަށެވެ. އަދި ޓެބްލެޓުން ސުވާލު ކަރުދާސްތައް ޓެސްޓު ކުރުމުގެ މަސައްކަތް ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވިއެވެ.

Advertisement - newsAdvertisement

މިދިޔަ ހަފްތާތެރޭގައި ބޯހިމެނުމުގެ މަސައްކަތުގައި އެކިއެކި ޓީމުތަކުން ގެތަކަށް ޒިޔާރަތްކުރިކަން ފާހަގަކުރައްވައި އައިޝަތު ވިދާޅުވީ ލިސްޓް އެކުލަވާލުމަށް ގޭބިސީތަކުން އެއްބާރުލުން ދިން ކަމަށާއި، އަންނަ ބުރާސްފަތި ދުވަހު އެ ގެތަކަށް ތަފްސީލީ މައުލޫމާތުތައް ނެގުމަށް ޓީމުތަކުން ޒިޔާރަތް ކުރާނެ ކަމަށެވެ. އަދި މާލޭގައި ތަފްސީލީ މައުލޫމާތުތައް ނެގުމުގެ އިތުރުން ރަށްރަށުގައި ކަރުދާސްތައް ޓެސްޓު ކުރެވި މައުލޫމާތުތައް ނަގާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ ކުރީގެ ބޯހިމެނުމުގެ ތަޖުރިބާތަކަށް އަލިއަޅުއްވާލައްވައި އައިޝަތު ވިދާޅުވީ ބިދޭސީންނާއި ގުޅުންހުރި ކަމަކަށްވާއިރު، ބައެއް ގޮންޖެހުންތަކާއި ކުރިމަތިވާ ކަމަށެވެ. އެހެންކަމުން މިމަސައްކަތް ކުރުމުގައި އިމިގްރޭޝަނާއި، އިކޮނޮމިކް މިނިސްޓްރީ އަދިވެސް ކަމާގުޅުން ހުރި ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ބޭނުންވާ ކަމަށް އައިޝަތު ވިދާޅުވިއެވެ. އައިޝަތު ވިދާޅުވީ މީގެ ކުރީގެ ބޯހިމެނުންތަކުގައި ގަވާއިދާ ހިލާފަށް އުޅުނު ބިދޭސީން ފާހަގަކުރެވި، އެމީހުން ފުރުވާލުމުގެ ބައެއް ހާދިސާތައް ހިނގާފައިވާތީ މައުލޫމާތު ދިނުމަށް ދެކޮޅު ހަދާ ކަމަށެވެ.

މީގެ އިތުރުން އައިޝަތު ވިދާޅުވީ ތަފާސްހިސާބުގެ ގާނޫނު އައުމަކީ މި މަސައްކަތަށް ލިބުނު އިތުރު ކުރިއެރުމެއް ކަމަށާއި، މަސައްކަތް ކުރުމަށް އާންމުންގެ ފަރާތުން އެއްބާރުލުން ލިބިގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. އެއީ މައުލޫމާތު ދޭ ފަރާތްތަކަށް ގާނޫނުން ހިމާޔަތް ލިބިގެންވާ ކަމަށް އައިޝަތު ވިދާޅުވިއެވެ. އަދި ވިދާޅުވީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި މިމަސައްކަތް ކުރިއަށްދާއިރު، މުޅި މުޖުތަމައުގެ ސަމާލުކަން މިކަމަށް ބޭނުންވާ ކަމަށާއި، ގިނަ ބަޔަކަށް މިމައުލޫމާތު ފޯރުކޮށްދޭން ބޭނުންވާ ކަމަށެވެ.

ރާއްޖޭގެ އާބާދީ އާއި މީހުން ދިރިއުޅޭ ތަންތަނުގެ ބޯހިމެނުން 2022 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 17ން 30ށް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުނެއެވެ.

މިފަހަރުގެ ބޯހިމެނުމުގެ މަސައްކަތަށް 4300 އެނިއުމަރޭޓަރުން ބޭނުންވެއެވެ. އެއީ އަތޮޅުތަކުގައި މަސައްކަތްކުރުމަށް 2200 އަދި މާލޭގައި މަސައްކަތްކުރުމަށް 2100 އެވެ. އެނިއުމަރޭޓަރުން ހޯދުމަށް އަންނަ މަހު އިއުލާން ކުރުމަށް ވަނީ ހަމަޖެހިފައެވެ. ރާއްޖޭގައި ކޮންމެ 10 އަހަރަކުން އެއް އަހަރު ބޯހިމަނައެވެ. އެންމެފަހުން ބޯހިމަނާފައިވަނީ 2014 ވަނަ އަހަރުއެވެ. އެފަހަރުގެ ބޯހިމެނުމުގެ ނަތީޖާ ދައްކާގޮތުން ރާއްޖޭގައި 402،071 މީހުން ދިރިއުޅެއެވެ.

މިފަހަރުގެ ބޯހިމެނުމުގެ ޝިއާރަކީ "މީ އަހަރުމެންގެ ބޯހިމެނުން- އަހަރެންވެސް ބައިވެރިވާނަން" އެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

އިތުރަށް ކިޔާލަން

12 ޖުލައި 2017

ސިޔާސީ މަސައްކަތަށް އެކި މީހުން ދިން ފައިސާ ހަރަދުކުރި ގޮތް ރައީސަށް ހިއްސާ ކުރިން:އަދީބު

12 ޖުލައި 2017
ސިޔާސީ މަސައްކަތަށް އެކި މީހުން ދިން ފައިސާ ހަރަދުކުރި ގޮތް ރައީސަށް ހިއްސާ ކުރިން:އަދީބު
29 ޖޫން 2017

މުސާރަ ނުދޭތީ ލޯމާ ރިޒޯޓުގެ މުވައްޒަފުން މަސައްކަތަށް ނުނިކުމެ ހަޅުތާލު ކުރަނީ

29 ޖޫން 2017
މުސާރަ ނުދޭތީ ލޯމާ ރިޒޯޓުގެ މުވައްޒަފުން މަސައްކަތަށް ނުނިކުމެ ހަޅުތާލު ކުރަނީ
14 ޖޫން 2017

ކުރިއާ އަޅާބަލާއިރު ލޭހަދިޔާކުރުމަށް ސަމާލުކަންދޭ މިންވަރު އިތުރު: ހެލްތު މިނިސްޓަރ

14 ޖޫން 2017
ކުރިއާ އަޅާބަލާއިރު ލޭހަދިޔާކުރުމަށް ސަމާލުކަންދޭ މިންވަރު އިތުރު: ހެލްތު މިނިސްޓަރ
03 މެއި 2017

މީޑިއާގެ މިނިވަންކަން ރައްކާކޮށްދޭނެ ލީޑަރުން ބޭނުންވޭ: އދ ގެ ސެކްރެޓަރީ ޖެނެރަލް

03 މެއި 2017
މީޑިއާގެ މިނިވަންކަން ރައްކާކޮށްދޭނެ ލީޑަރުން ބޭނުންވޭ: އދ ގެ ސެކްރެޓަރީ ޖެނެރަލް
24 އެޕްރީލު 2017

ޑރ އަފްރާޝީމާއި، ރިލްވާންގެ މައްސަލައަށް ސަރުކާރުން ސަމާލުކަން ދޭނަމަ ހާމަކުރެވޭނެ މައުލޫމާތު ހުންނާނެ: ރިޔާޒް

24 އެޕްރީލު 2017
ޑރ އަފްރާޝީމާއި، ރިލްވާންގެ މައްސަލައަށް ސަރުކާރުން ސަމާލުކަން ދޭނަމަ ހާމަކުރެވޭނެ މައުލޫމާތު ހުންނާނެ: ރިޔާޒް
21 އެޕްރީލު 2017

ޤާސިމް އިބްރާހިމްއަކީ މުޖުތަމައުގެ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ބުނެ، ކުއްލިގޮތަކަށް ހައްޔަރުކޮށްފި

21 އެޕްރީލު 2017
ޤާސިމް އިބްރާހިމްއަކީ މުޖުތަމައުގެ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ބުނެ، ކުއްލިގޮތަކަށް ހައްޔަރުކޮށްފި
02 އެޕްރީލު 2017

އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ބައިނަލްއަގްވާމީ މީޑިޔާތަކުގެ ސަމާލުކަން ހޯދަން: ރައީސް އޮފީސް

02 އެޕްރީލު 2017
އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ބައިނަލްއަގްވާމީ މީޑިޔާތަކުގެ ސަމާލުކަން ހޯދަން: ރައީސް އޮފީސް
24 މާރިޗު 2017

ނުފޫޒުގަދަ ބަޔަކު އަޅުގަނޑު ހައްޔަރުކުރަން ބޭނުންވޭ، އެކަމެއް ނުވާނެ: ފާރިސް

24 މާރިޗު 2017
ނުފޫޒުގަދަ ބަޔަކު އަޅުގަނޑު ހައްޔަރުކުރަން ބޭނުންވޭ، އެކަމެއް ނުވާނެ: ފާރިސް
16 މާރިޗު 2017

ފ.އަތޮޅުގެ ޑީލު ސިއްރު ކުރަން ސައުދީ ޝާހީ އާއިލާއިން ބޭނުންވޭ: ނިހާން

16 މާރިޗު 2017
ފ.އަތޮޅުގެ ޑީލު ސިއްރު ކުރަން ސައުދީ ޝާހީ އާއިލާއިން ބޭނުންވޭ: ނިހާން
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް