Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

އެވަޓަނުން ފަހު ވަގުތު އާސެނަލް ބަލިކޮށްފި

ތާވަލުގެ ހަތްވަނައިގައި އާސެނަލް އޮތީ 23 ޕޮއިންޓާއެކު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 7 ޑިސެމްބަރު 2021 | އަންގާރަ 05:59
އެވަޓަނާއި އާސެނަލް ބައްދަލުކުރި މެޗުގެ ތެރެއިން

އެވަޓަނާއި އާސެނަލް ބައްދަލުކުރި މެޗުގެ ތެރެއިން

އިނގިރޭސި ޕްރިމިއާ ލީގުގައި ހޯމަ ދުވަހުގެރޭ ކުޅުނު މެޗުގައި އެވަޓަނުން ފަހު ވަގުުތު އާސެނަލް ބަލިކޮށްފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން އެވަޓަން މޮޅުވީ އާސެނަލް އަތުން ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުންނެވެ. މިއީ އެންމެ ފަހުން ކުޅުނު ނުވަ މެޗުގެ ތެރެއިން އެވަޓަނަށް ލިބުނު ފުރަތަމަ މޮޅެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް އެވަޓަނުގެ ރިޗާލިސަން ލަނޑެއް ޖެހި ނަމަވެސް، އޭނާ އޮފްސައިޑުގައި ހުރުމުން ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) އިން އެ ލަނޑު ބަލައިގެންފައެއް ނުވެއެވެ. އެއާއެކު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ކިއެރަން ޓިއެރަނީ ނަގައިދިން ހުރަހަކުން މާޓިން އޮޑެގާޑް ވަނީ ލަނޑެއް ޖަހައި، އާސެނަލަށް ލީޑު ނަގައިދީފައެވެ.

އޭގެ ފަހުން މެޗުގެ ދެވަނަ ހާފު ފަށައިގެން ރިޗާލިސަން އިތުރު ލަނޑެއް ޖެހި ނަމަވެސް، މި ފަހަރުވެސް އޭނާ އޮފްސައިޑުގައި ހުރުމުން ވީއޭއާރުން އެ ލަނޑުވެސް ބަލައިގެންފައެއް ނުވެއެވެ. އެކަމަކު މެޗުގެ 79 ވަނަ މިނެޓުގައި ރިޗާލިސަން ވަނީ ލަނޑެއް ޖަހައި، އެވަޓަނަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

އަދި މި މެޗުން އެވަޓަން މޮޅުވީ މެޗުގެ އިތުރު ވަގުތުގައި އެ ޓީމުގެ ޑެމާރީ ގްރޭ ކާމިޔާބުކުރި ލަނޑުންނެވެ. އޭނާ ފަހު ވަގުތު މި ލަނޑު ކާމިޔާބުކޮށްފައިވަނީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުންނެވެ.

މި މެޗުން މޮޅުވެގެން ތާވަލުގެ ފަސްވަނައަށް އެރުމުގެ ފުރުސަތު އާސެނަލަށް އޮތް ނަމަވެސް، މެޗުން ބަލިވުމުން އެ ޓީމު އޮތީ ތާވަލުގެ ހަތްވަނައިގައި ކުޅުނު 15 މެޗުން ލިބުނު 23 ޕޮއިންޓާއެކުއެވެ. އަދި އާސެނަލް ބަލިކޮށް ތާވަލުގެ 12 ވަނައަށް އެވަޓަން ޖެހިލިއިރު، އެ ޓީމަށް ވަނީ 15 މެޗުން ލިބިފައިވަނީ 18 ޕޮއިންޓެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

23 ޖެނުއަރީ 2017
އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި
23 ޖެނުއަރީ 2017

އާސެނަލް އަށް ޕަޔެޓް ބޭނުމެއް ނުވޭ: ވެންގާ

23 ޖެނުއަރީ 2017
އާސެނަލް އަށް ޕަޔެޓް ބޭނުމެއް ނުވޭ: ވެންގާ
20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
18 ޖެނުއަރީ 2017

އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ

18 ޖެނުއަރީ 2017
އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު