Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފުއްގިރި ޚިޔާނާތް

ފުއްގިރި ހޯދަން އިންޑިއާގެ ބޮޑު ވިޔަފާރިވެރިއަކު ޔާމީނަށް މިލިއަން ޑޮލަރުގެ ރިޝްވަތު ދިން – ޕެންޑޯރާ ޕޭޕަރސް

ފައިސާ ރައީސް ޔާމީނަށް ލިބިވަޑައިގަތީ ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނުގެ އަރިސް ބޭފުޅެއް މެދުވެރިކޮށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 6 ޑިސެމްބަރު 2021 | ހޯމަ 17:54
ކުރީގެ ރައީސް އަބްދުﷲ ޔާމީން - ފުއްގިރި މައްސަލައިގައި ޔާމީން ރިޝްވަތު ނެންގެވިކަމަށް ޕެންޑޯރާގައި ރިޕޯޓްކޮށްފައިވޭ

ކުރީގެ ރައީސް އަބްދުﷲ ޔާމީން - ފުއްގިރި މައްސަލައިގައި ޔާމީން ރިޝްވަތު ނެންގެވިކަމަށް ޕެންޑޯރާގައި ރިޕޯޓްކޮށްފައިވޭ

ރ. ފުއްގިރި ހޯދަން އިންޑިއާގެ ބޮޑު ވިޔަފާރިވެރިއަކު ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރިޝްވަތު ދީފައިވާ ކަމަށް ޕެންޑޯރާ ޕޭޕަރސްއިން ބުނެފިއެވެ.

ޕެންޑޯރާ ޕޭޕަރސްގައި ބުނެފައިވަނީ، އިންޑިއާގައި އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ނުފޫޒުގަދަ މީހަކާ ގުޅިގެން އިންޑިއާގެ ވިޔަފާރިވެރިއަކު، ރ. ފުއްގިރި ހޯދުމަށް ކުރީގެ ރައީސް ޔާމީނަށް ރިޝްވަތު ދީފައިވާ ކަމަށެވެ. އަދި މިއީ ގަވާއިދާ ޚިލާފަށް ހޯދި ފުރަތަމަ ރަށް ނޫން ކަމަށް ޕެންޑޯރާގައި ވަނީ ރިޕޯޓްކޮށްފައެވެ.

ޕެންޑޯރާގައި ބުނެފައިވަނީ ފުއްގިރި ދޫކޮށްފައިވަނީ ޓެންޑަރ ކުރުމެއް ނެތި، ސެޕްޓެމްބަރ 2015ގައި 1.55 މިލިއަން ޑޮލަރަށް ކަމަށެވެ. އަދި ދީފައިވަނީ ދުބާއީގައި ގާއިމުވެފައިވާ ކްލާސިކް ސައިޓީ އައިލެންޑް ހޯލްޑިންގްސް ލިމިޓެޑް ކިޔާ ކުންފުންޏަކަށް ކަމަށެވެ. ލިބިފައިވާ މައުލޫމާތުތަކަށް ރިއާޔަތްކޮށް ޕެންޑޯރާގައި ބުނެފައިވަނީ، ކްލާސިކް ސައިޓީ ކުންފުންޏަކީ އިންޑިއާގެ ވިޔަފާރިވެރިއެއް ކަމަށްވާ އަވިނާޝް ބޯސްލޭގެ އާއިލީ ވިޔަފާރިއާ ގުޅުން އޮންނަ ކުންފުންޏެއް ކަމަށެވެ. މީގެ އިތުރުން އިންޑިއާގެ ޕޫނޭއަށް ނިސްބަތްވާ، އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ނުފޫޒުގަދަ ފަރާތަކާއި، އިތުރު ވިޔަފާރިވެރިއަކާއި، އަމިތު ކުމާރު ގާންދީ ހިމެނޭ ކަމަށެވެ.

ޕެންޑޯރާ ޕޭޕާސްގައި ބުނެފައިވަނީ ބޯސްލޭއަށް މި ޑީލްގެ 50 އިންސައްތަ ލިބޭ ކަމަށާއި، 8.5 މިލިއަން ޑޮލަރު މިކަމުގައި ހޭދަކޮށްފައިވާ ކަމަށް ރިކޯޑްތަކުން ދައްކާ ކަމަށެވެ.

ބޯސްލޭ އާއިލާއަކީ އިންޑިއާގެ އެތައް ސަރަހައްދެއްގައި ލަގްޒަރީ ހޮޓެލްތައް ހިންގަމުން އަންނަ ބައެކެވެ. އެމީހުން ވަނީ އެމެރިކާގެ ވައިޓްހައުސް ނަކަލުކޮށްގެން އެ ޑިޒައިނަށް އަވިނާޝް ބޯސްލޭ ޕެލެސްގެ ނަމުގައި ބޮޑު ސިންގާ އިމާރާތެއް ހަދާފައެވެ. މީގެ އިތުރުން 2018 ވަނަ އަހަރު ލަންޑަންގެ ޓްރަފަލްގަރ ސްކޮއެއަރއިން 100 މިލިއަން ބްރިޓިޝް ޕައުންޑް، ނުވަތަ 133 މިލިއަން ޑޮލަރަށް އިމާރާތެއް ގަތުމަށްފަހު އެތަން ފަސް ތަރީގެ ހޮޓަލަކަށް ވަނީ ބަދަލުކޮށްފައެވެ.

އަވިނާޝް އަދި އަމިތު ބޯސްލޭގެ މައްޗަށް އިންޑިއާގެ އިދާރާތަކުން އަންނަނީ ތަފާތު އެކި މައްސަލަތަކުގައި މަނީ ލޯންޑަރކުރި މައްސަލަތަކެއްގައި ދައުވާ ކުރަމުންނެވެ. މީގެ ތެރޭގައި ދުބާއީގައި އިންވެސްޓްކުރުމާއި، އިންޑިއާގެ ފޮރިން އެކްސްޗޭންޖް ގާނޫނާ ޚިލާފުވެފައިވާ މައްސަލަވެސް ހިމެނެއެވެ.

ޕެންޑޯރާ ޕޭޕާރސްގައި ބުނެފައިވަނީ، ގަވާއިދާ ޚިލާފަށް އެތައް ރަށެއް ޔާމީންގެ ވެރިކަމުގައި ރާއްޖެއިން ދޫކޮށްފައިވާ އިރު، މީގެތެރެއިން ބައެއް ރަށްތައް ދޫކުރުމުގައި ސީދާ ރައީސް ޔާމީންގެ ބައިވެރިވުން އޮތް ކަމަށެވެ.

އަދި މީގެ ތެރެއިން ފުއްގިރި މައްސަލައަކީ އެއް މައްސަލަ ކަމަށާއި، ފުއްގިރި ކުއްޔަށް ދިން މައްސަލައިގައި ޔާމީންގެ 1.1 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ނަންގަވާފައިވާ ކަމަށެވެ. އަދި ރިޝްވަތުގެ ގޮތުގައި ފައިސާ ދީފައިވަނީ ބްރިޓިޝް ވަރޖިން އައިލެންޑް ކުންފުންޏެއް ކަމަށްވާ އޭ އެންޑް އޭ ހޯލްޑިންގސް ގްރޫޕް ލިމިޓެޑުން ކަމަށެވެ. އަދި އެފައިސާ ރައީސް ޔާމީނަށް ލިބިވަޑައިގަތީ ރައީސް ޔާމީންގެ ވެރިކަމުގައި، އެމަނިކުފާނުގެ އަރިސް ބޭފުޅެއް މެދުވެރިކޮށް ކަމަށެވެ.

ޕެންޑޯރާ ޕޭޕަރސްއިން ބުނެފައިވަނީ، ލިބިފައިވާ ލިޔެކިޔުންތަކަށް ބަލާއިރު، އޭ އެންޑް އޭ ހޯލްޑިންގސް ގްރޫޕުގެ އަސްލު ވެރިންނަކީ އަމިތު ކުމާރު ގާންދީއާއި އޭނާގެ ބޭބެ އަވިނާޝް ކުމާރު ގާންދީ ކަމަށެވެ. އަދި މި މައްސަލައިގައި ގާންދީ އަދި ބޯސްލޭގެ އާއިލާއިން މިކަމަށް ޖަވާބެއް ދީފައި ނުވާ އިރު، ރައީސް ޔާމީނަށް އީމެއިލް މެދުވެރިކޮށް ފޮނުވި ސުވާލުތަކަށް ވެސް އެއްވެސް ޖަވާބެއް ދެއްވާފައި ނުވާ ކަމަށް ޕެންޑޯރާ ޕޭޕަރސްގައި ވަނީ ބުނެފައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

20 މާރިޗު
ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ
20242 އަހަރު ކުރިން
މީހުން

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!
20233 އަހަރު ކުރިން
ރިޕޯޓު

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި
20224 އަހަރު ކުރިން
ރާއްޖެ

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!
20215 އަހަރު ކުރިން
ރިޕޯޓު

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
20197 އަހަރު ކުރިން
ރާއްޖެ

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު