Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިނގިރޭސި ޕްރިމިއާ ލީގު

ރަންގްނިކުގެ ފުރަތަމަ މެޗުން ޔުނައިޓެޑަށް މޮޅެއް

ތާވަލުގެ ހަވަނައިގައި ޔުނައިޓެޑް އޮތީ 24 ޕޮއިންޓާއެކު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 5 ޑިސެމްބަރު 2021 | އާދީއްތަ 22:58
ޔުނައިޓެޑާއި ޕެލަސް ބައްދަލުކުރި މެޗުގެ ތެރެއިން

ޔުނައިޓެޑާއި ޕެލަސް ބައްދަލުކުރި މެޗުގެ ތެރެއިން

ވަގުތީ ކޯޗު ރަލްފް ރަންގްނިކުގެ ކޯޗުކަމުގައި މެންޗެސްޓާ ޔުނައިޓެޑުން ކުޅުނު ފުރަތަމަ މެޗުން އިނގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެރޭ ކްރިސްތަން ޕެލަސް އަތުން މޮޅުވެއްޖެއެވެ.

މި ސީޒަނުގައި ޔުނައިޓެޑުގެ ނަތީޖާތައް ދަށްވުމާއެކު، އެ ޓީމުގެ ކޯޗުގެ މަގާމުން މިދިޔަ ނޮވެމްބަރު މަހު އޮލެ ގުނަ ސޯލްޝެއާ ވަނީ ވަކިވެފައެވެ. އޭގެ ފަހުން ޔުނައިޓެޑުން ކުޅުނު ތިން މެޗުގައި ސޯލްޝެއާގެ އެސިސްޓަންޓް ކޯޗަކަށް ހުރި މައިކަލް ކެރިކް އިރުޝާދުދިން ނަމަވެސް، ޔުނައިޓެޑުން ވަނީ މި ސީޒަނުގެ ނިޔަލަށް އެ ޓީމުގެ ވަގުތީ ކޯޗުގެ މަގާމަށް ޖަރުމަނުގެ މަޝްހޫރު ކޯޗު ރަންގްނިކް ހަމަޖައްސާފައެވެ.

މި ސީޒަނުގެ ނިޔަލަށް ރަންގްނިކް ޔުނައިޓެޑާ ހަވާލުވި ނަމަވެސް، އޭގެ ފަހުން އިތުރު ދެ އަހަރު ދުވަސް ވަންދެން ޔުނައިޓެޑުގެ ފުޓްބޯޅަ ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތްކުރަންވެސް އޭނާ ވަނީ އެއްބަސްވެފައެވެ.

ރަންގްނިކުގެ އިރުޝާދުގެ ދަށުން ޔުނައިޓެޑުން ކުޅުނު ފުރަތަމަ މެޗުން އެ ޓީމު މޮޅުވީ ޕެލަސް އަތުން 1-0 ގެ ނަތީޖާއަކުންނެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ޔުނައިޓެޑުން ރަނގަޅު ކުޅުމެއް ދެއްކިއިރު، މި މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުގެ އެލެކްސް ޓެލެސް އާއި، ބްރޫނޯ ފެނާންޑޭސް އަދި ޑިއޯގޯ ޑަލޮޓަށް ވަނީ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އަދި މި މެޗުގެ ދެވަނަ ހާފުގައި ޕެލަސްގެ ޖޯޑަން އަޔޫއަށް ހުސް ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޔުނައިޓެޑުން ކާމިޔާބުކޮށްފައިވަނީ މެޗުގެ 77 ވަނަ މިނެޓުގައެވެ. މޭސަން ގްރީންވުޑް ދިން ބޯޅައެއްގައި އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފްރެޑެވެ. މިއީ މި ސީޒަނުގައި ފްރެޑް ކާމިޔާބުކުރި ދެވަނަ ލަނޑެވެ.

މި މޮޅާއެކު ތާވަލުގެ ހަވަނައިގައި ޔުނައިޓެޑް އޮތީ ކުޅުނު 15 މެޗުން ލިބުނު 24 ޕޮއިންޓާއެކުއެވެ. ފަސްވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާއަށް 14 މެޗުން 25 ޕޮއިންޓް ލިބިފައިވާއިރު، ހަތަރުވަނައިގައި ވެސްޓް ހޭމް ޔުނައިޓެޑް އޮތީ 15 މެޗުން 27 ޕޮއިންޓާއެކުއެވެ. އެހެންކަމުން ގަދަ ހަތަރެއްގައި އޮތް ވެސްޓް ހޭމާއި ޔުނައިޓަޑާ ދެމެދު މިހާރު އޮތީ ތިން ޕޮއިންޓުގެ ފަރަގެކެވެ. 

ޕްރިމިއަރ ލީގުމެންޗެސްޓަރ ޔުނައިޓެޑްރަލްފް ރަންގްނިކް

ކޮމެންޓް

އިތުރަށް ކިޔާލަން

ޔުނައިޓެޑު އަތުން މޮޅުވެ، އެސްޓަން ވިލާ އަށް ތާރީޚީ ކާމިޔާބެއް

ޔުނައިޓެޑު އަތުން މޮޅުވެ، އެސްޓަން ވިލާ އަށް ތާރީޚީ ކާމިޔާބެއް

22 ޑިސެމްބަރު 2025
ފަހު ވަގުތު ބޯންްމައުތުން ޔުނައިޓެޑާ އެއްވަރު ކޮށްފި

ފަހު ވަގުތު ބޯންްމައުތުން ޔުނައިޓެޑާ އެއްވަރު ކޮށްފި

16 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު