Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑްރަގް ޓްރެފިކިންގެ މައްސަލަތައް

"ނެޓްވޯކް ހަދައިގެން ޑްރަގް ވިޔަފާރިކޮށް، އެކަކު ޒިންމާ ނެގުމުން ދެން ތިބި މީހުން ދޫކޮށްލުމަކީ ހަމަޖެހޭ އުސޫލެއް ނޫން"

5 ޑިސެމްބަރު 2021 | އާދީއްތަ 06:07

މި މައްސަލައިގައި އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ ހިމެނޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 5 ޑިސެމްބަރު 2021 | އާދީއްތަ 06:07
 މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މައްސަލައެއްގައި ހިމެނޭ ބައެއްގެ މައްޗަށް ފުރަތަމަ ފަހަރަށް މަނީ ލޯންޑަރިންގ ގެ ދައުވާތަކެއް އުފުލައި ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށްދާ ޝަރީއަތް

މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މައްސަލައެއްގައި ހިމެނޭ ބައެއްގެ މައްޗަށް ފުރަތަމަ ފަހަރަށް މަނީ ލޯންޑަރިންގ ގެ ދައުވާތަކެއް އުފުލައި ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށްދާ ޝަރީއަތް

ނެޓްވޯކް ހަދައިގެން ޑްރަގް ވިޔަފާރިކޮށް، އެކަކު ޒިންމާ ނެގުމުން ދެން ތިބި މީހުން ދޫކޮށްލުމަކީ ހަމަޖެހޭ އުސޫލެއް ނޫންކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފިއެވެ.

ޕީޖީ އޮފީހުން އެހެން ބުނެފައިވަނީ މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މައްސަލައެއްގައި ހިމެނޭ ބައެއްގެ މައްޗަށް ފުރަތަމަ ފަހަރަށް މަނީ ލޯންޑަރިންގެ ދައުވާތަކެއް އުފުލައި ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށްދާ ޝަރީއަތުގެ އަޑުއެހުމުގައެވެ.

Advertisement - newsAdvertisement

ޕީޖީ އޮފީހުން ބުނީ، މިއީ 12 ޖަނަވަރީ 2021 ވަނަ ދުވަހު ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ބޭނުންކޮށް، ގެންގުޅެ އަދި އެތަކެތި ޓްރެފިކް ކުރާކަމަށް ތުހުމަތުކުރެވުނު މައްސަލައެއް ކަމަށެވެ. މި މައްސަލައާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްއިން މާލޭގެ 04 ގެއެއް ބަލައިފާސްކޮށް ހިނގި އޮޕަރޭޝަންގައި ގިނަ ޢަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާއިރު، މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ދައުވާ އުފުލާފައިވަނީ މި އަހަރުގެ މާރޗު މަހުގެ 18 ވަނަ ދުވަހުއެވެ.

މި މައްސަލައިގައި ހިމެނޭ އަފްލާހު ފިޔަވައި އެންމެންގެ މައްޗަށް އުުފުލާފައިވާ ދައުވާތަކުގެ ތެރޭގައި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ ހިމެނޭއިރު، މި މައްސަލައަކީ މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މައްސަލައެއްގައި މަނީ ލޯންޑަރިންގެ ކުށުގެ ދަޢުވާކުރުމަށް ހުށަހެޅި ފުރަތަމަ މައްސަލަކަމަށް ޕީޖީ އޮފީހުން މައުލޫމާތު ދެއެވެ.

އޭގެ އިތުރުން، މި މައްސަލާގައި ފުލުހުން ބަލައިފާސްކުރި ތަންތަނުން ޖުމްލަ 1،542،675ރ (އެއްމިލިއަން ފަސްލައްކަ ސާޅީސް ދެހާސް ހަސަތޭކަ ހަތްދިހަ ފަހެއް) ރުފިޔާ ފެނިފައިވާކަމަށް ޕީޖީ އޮފީހުން މައުލޫމާތު ދެއެވެ. އެގޮތުން މި މައްސަލައިގެ ތަހުގީގުގައި ކުށްކޮށްގެން ހޯދާފައިވާކަމަށް ބެލެވޭ ގިނަޢަދަދެއްގެ ފައިސާ، މި މައްސަލާގައި ދައުވާލިބޭ މީހުންގެ އެކައުންޓްތަކާއި، އެމީހުންނާ ގުޅުންހުރި އެކައުންޓްތަކުގައި ދަޢުރު ކޮށްފައިވާކަން ހޯދިފައިވާކަމަށްވެސް ޕީޖީ އޮފީހުން މައުލޫމާތު ދެއެވެ.

މި މައްސަލައާ ގުޅިގެން ދައުވާ އުފުލާފައިވާ މީހުން:

އާދިއްތަ ދުވަހުގެ އަޑުއެހުން:

މި މައްސަލައިގައި އާދިއްތަ ދުވަހު އޮތް އަޑުއެހުމުގައި ދައުވާލިބޭ 4 މީހުންގެ ބައި ވަނީ ވަކިވަކިން ކުރިއަށް ގެންގޮސްފައެވެ. އެގޮތުން އިސްމާއިލް ޝަރީފް ވަނީ މަސްތުވާތަކެތީގެ ޒިންމާ ނަގައި، އެއީ އޭނާ ބޭނުން ކުރުމަށް ބަހައްޓާފައިވާ މަސްތުވާތަކެތި ކަމަށް ބުނެފައެވެ. އަދި ޑްރަގް ޓްރެފިކް ކުރުމާއި، ވިއްކާ ވިޔަފާރިކުރާ ކަމަށް ކުރާ ތުހުމަތަށް އޭނާ ވަނީ އިންކާރު ކޮށްފައެވެ. އެގޮތުން 75،000ށް ވުރެ ގިނަ ރުފިޔާ ދައުލަތުން އޭނާއާ ގުޅުވާއިރު، ދައުލަތުން ވަނީ އޭނާ އެ ފައިސާ ހޯދީ ކިހިނެއްކަން ސާފު ކޮށްދީފައިނުވާތީ އެއީ ޑްރަގް ވިޔަފާރިކޮށްގެން ހޯދާފައިވާ ފައިސާކަމަށް ތުހުމަތު ކޮށްފައެވެ.

"އާންމު އުސޫލުން ގިނައިން ގަނެގެން އަޅުގަނޑު ބޭނުން ކުރަނީ، އަޅުގަނޑަކީ 100 ރުފިޔާގެ ޕީސް ގެ ކުދި ކޮތަޅު ގަނެގެން ބޭނުންކުރާ މީހެއް ނޫން"އިސްމާއިލް ރަޝީދު ބުނެއެވެ.

މި މައްސަލައިގައި ފެނިފައިވާ ތަކެއްޗަށް އޭނާ ޒިންމާ ނަގާފައިވާއިރު، މި މައްސަލައިގެ ދިފާއީ ވަކީލުން ވަނީ އެކަމަށް ރިއާޔަތްކޮށް މައްސަލައިގައި ދައުވާލިބޭ އިތުރު ފަރާތެއް ދޫކޮށްލުމަށް އެދިފައެވެ. ނަމަވެސް އެކަމަށް ދައުލަތުން ވަނީ އިންކާރު ކޮށްފައެވެ. އެގޮތުން ދައުލަތުން ވަނީ ނެޓްވޯކް ހަދައިގެން ޑްރަގް ވިޔަފާރިކޮށް، އެކަކު ޒިންމާ ނެގުމުން ދެން ތިބި މީހުން ދޫކޮށްލުމަކީ ހަމަޖެހޭ އުސޫލެއް ނޫންކަމަށް ބުނެ، އެމީހުންގެ ބަންދަށް ލުއި ނުދިނުމަށް އެދިފައެވެ.

މި މައްސަލައިގައި އިސްމާއިލް ރަޝީދުގެ އިތުރުން، ޙަސަން ރަޝީދާއި، ޙަސަން ލޫތު ވަނީ ބައެއް ލިއެކިއުންތައް ލިބިފައިނުވާކަމަށް ބުނެފައެވެ. އެކަމާއި ގުޅިގެން މައްސަލަ ބައްލަވާ ގާޒީ ވަނީ ލިއެކިއުންތައް ހަމަ ކުރުމަށް ފުރުސަތެއް ދެއްވާފައެވެ.

އޭގެ އިތުރުން، ޝާނިޔާ އިބްރާހީމްގެ ވަކީލު ވަނީ ދައުވާ ސާފުވެފައިވާކަމަށާއި، އޭނާ ދައުވާއަށް އިންކާރު ކުރާ ކަމަށް ވިދާޅުވެފައެވެ. އަދި އޭނާއަކީ ޓްރެފިކް ކުރާ މީހެއް ނޫންކަމަށް ވަކީލު ވިދާޅުވިއެވެ. ޝަނިޔާ ދައުވާއަށް ޖަވާބު ދިނުމާއެކު ދައުލަތުން ވަނީ އޭނާގެ މައްޗަށް ހެކި ހުށައަޅާފައެވެ. އަދި ދިފާއީ ހެކި ހުށައެޅުމަށް ގާޒީ ވަނީ 10 ދުވަހުގެ މުއްދަތެއް ދެއްވާފައެވެ.

އާދިިއްތަ ދުވަހުގެ އަޑުއެހުމުގައި ގާޒީ ވަނީ ދައުވާލިބޭ 4 މީހުންގެ ބަންދުގެ މުއްދަތު ދަމަހައްޓަވާފައެވެ. އަދި ޙަސަން ރަޝީދާއި، ޙަސަން ލޫތުގެ ބޭސްފަރުވާއާ ގުޅޭގޮތުން ދިފާއުން ގިނަ ނުކުތާތަކެއް ފާހަގަކޮށްފައިވާއިރު، ގާޒީ ވަނީ އެފަރާތްތަކުގެ ބޭސްފަރުވާގެ ކަންކަން ގާތުން ބެލުމަށް ދައުލަތަށް ދަންނަވާފައެވެ. އަދި 29 މާރޗުގައި ޙަސަން ލޫތުގެ ބޭސްފަރުވާއާ ގުޅިގެން ޑޮކްޓަރު ދެއްވާފައިވާ ރިފަރެންސްއާ އެއްގޮތަށް އެކަން ކޮށްފައިނުވާކަމަށް އެފަރާތުން ފާހަގަކުރެއެވެ. އެގޮތުން ރިފަރެންސްއާ އެއްގޮތަށް ޑޮކްޓަރަށް ދައްކާފައިނުވާކަމަށް ލޫތު ބުނެއެވެ.

ގާޒީ ވަނީ ޙަސަން ލޫތު ހުރީ ބަންދަށް ލުއި ދެވޭނެ ޙާލަތުގައިކަން ދައުލަތުން ޤަބޫލު ކުރޭތޯ ސުވާލު ކޮށްފައެވެ. ވަކިން ޚާއްސަކޮށް 9 މަސް ވޭތުވެދާއިރު، ޑޮކްޓަރުގެ ރިފަރެންސްއާ އެއްގޮތަށް އެކަން ކުރެވިފައިނުވުމުގެ ކަންބޮޑުވުން ގާޒީ ފާޅު ކުރެއްވިއެވެ.

އެކަމާ ގުޅިގެން ދައުލަތުން ވަނީ ޚާއްސަ އިންތިޒާމުތަކެއް ހަމަޖެހެން ޖެހޭކަމަށް ޤަބޫލު ކުރެވޭކަމަށް ބުނެފައެވެ. އަދި ދައުވާގެ ސީރިއަސްކަމާއި، މި މައްސަލައިގެ ޙާލަތަށް ބަލާއިރު، އޭނާއަށް ސިއްޙީ އިންތިޒާމުތައް ހަމަޖައްސައިދޭން ޖެހޭނެކަމަށް ޤަބޫލު ކުރައްވާކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.

ގާޒީ ވަނީ އެކަންކަން ކަށަވަރު ކުރުމަށްފަހު، ރިސެސްގެ މުއްދަތުގައި މި މައްސަލައިގެ އަޑުއެހުމެއް ބޭއްވުމަށް ނިންމަވާފައެވެ. އެގޮތުން 26 ޑިސެމްބަރުގެ 09:00ށް އަޑުއެހުމެއް ބާއްވަވާނެކަން ގާޒީ ފާހަގަ ކުރެއްވިއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އިސްމާއިލް ޝަފީޤެވެ.

ކްރިމިނަލް ކޯޓްމަސްތުވާތަކެތި

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް
03 ޑިސެމްބަރު 2025

ސަނީ 30 ދުވަހަށް ބަންދު ކޮށްފި

03 ޑިސެމްބަރު 2025
ސަނީ 30 ދުވަހަށް ބަންދު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް