Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިމާމުންނާއި ޚަތީބުން ތަމްރީން ކުރުމުގެ ޕްރޮގްރާމް

އިމާމުންނާއި ޚަތީބުން ތަމްރީން ކުރުމުގެ ޕްރޮގްރާމްތައް ކުރިޔަށް އޮތްތަނުގައި ހުރިހާ ސިޓީތަކުގައި ކުރިޔަށް ގެންދާނެ: މިނިސްޓަރ

ސިޓީތަކުގައި މިޕްރޮގްރާމްތައް ކުރިޔަށް ގެންދިޔުމަށްފަހު ރާއްޖޭގެ އެކި ހިސާބުތަކުގައި މިޕްރޮގްރާމް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 5 ޑިސެމްބަރު 2021 | އާދީއްތަ 04:15
އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ޢަލީ

އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ޢަލީ

އިމާމުންނާއި ޚަތީބުން ތަމްރީންކުރުމުގެ އިތުރު ޕްރޮގްރާމްތަކެއް ކުރިޔަށް އޮތްތަނުގައި މާލެ ސިޓީ، އައްޑޫ ސިއްޓީ ، ފުވައްމުލަކު ސިޓީ އަދި ކުޅުދުއްފުށި ސިޓީގައި ކުރިޔަށް ގެންދާނެކަމަށް އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ޢަލީ ވިދާޅުވެއްޖެއެވެ.

މާލެ ސިޓީގައި ކުރިޔަށް ގެންދިޔަ އިމާމުންނާއި ޚަތީބުން ތަމްރީން ކުރުމުގެ ޕްރޮގްރާމް ނިންމާ ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ސިޓީތަކުގައި މިޕްރޮގްރާމްތައް ކުރިޔަށް ގެންދިޔުމަށްފަހު ރާއްޖޭގެ އެކި ހިސާބުތަކުގައި މިޕްރޮގްރާމް ކުރިޔަށް ގެންދިޔުމަށް ވިސްނަވާފައި ވާކަމަށެވެ. އަދި މާލެ ސިޓީގައި އިމާމުންނާއި ޚަތީބުން ތަމްރީން ކުރުމަށް އިތުރު ޕްރޮގްރާމްތައް ކުރިޔަށް އޮތްތަނުގައިވެސް ކުރިޔަށް ގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

Advertisement - newsAdvertisement

މާލެ ސިޓީގެ އިމާމުންނާއި ޚަތީބުންނަށް ކުރިޔަށް ގެންދިޔަ މިޕްރޮގްރާމަކީ މިހާތަނަށް މިހާ ފުޅާކޮށް ކުރިޔަށް ގެންދިޔަ ފުރަތަމަ ޕްރޮގްރާމް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ މިޕްރޮގްރާމްގެ އެންމެ ބޮޑު އަމާޒަކީ އިމާމުންނާއި ޚަތީބުން މަސައްކަތް ކުރާއިރު އެމަސައްކަތް އެއީ އާންމުން ބަލައިގަންނަ މަސައްކަތް ތަކަކަށް ހެދުމެވެ. ބައެއް ކަންކަމުގައި އާންމުންގެ ފަރާތުން ޝަކުވާ ލިބެމުން އަންނަކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ މިފަދަ ތަމްރީން ޕްރޮގްރާމް ތަކުގެ ޒަރީޢާއިން އެކަންކަމަށް ހައްލު ހޯދައިދިނުމަށް ބޭނުންފުޅުވާކަމަށެވެ. އަދި ކުރިޔަށް އޮތްތަނުގައި މިޕްރޮގްރާމް ކުރިޔަށް ގެންދިޔުމަށް ބައިވެރިންގެ ފަރާތުން އެއްބާރުލުން ބޭނުންވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

02 ޑިސެމްބަރ ން 04 ޑިސެމްބަރގެ ނިޔަލަށް ކުރިޔަށް ގެންދިޔަ މި ޕްރޮގްރާމްގައި 43 ޚަތީބުންނާއި، 43 އިމާމުންނާއި 8 ޕޫލް އިމާމުންނާއެކު ޖުމްލަ 94 ބޭފުޅުން ބައިވެރިވެފައިވެއެވެ. މީގެތެރެއިން 95 އިންސައްތަ ބައިވެރިން ޕްރޮގްރާމަށް ހާޒިރުވެ ޕްރޮގްރާމް ފުރިހަމަކޮށްފައި ވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. ތަމްރީން ޕްރޮގްރާމް ނިންމުމަށްފަހު އެކަމުގެ ލިޔުން ދީފައިވަނީ ހާޒިރީއަށް ބަލައިގެންނެވެ. އެގޮތުން 80 އިންސައްތައަށް ވުރެ މަތިން ހާޒިރުވި ފަރާތްތަކަށް ތަމްރީން ޕްރޮގްރާމް ފުރިހަމަކުރިކަމުގެ ލިޔުން ދީފައިވެއެވެ. އަދި 40 އާއި 80 އިންސައްތަ އާ ދެމެދު ހާޒިރުވި ފަރާތްތަކަށް ދީފައިވަނީ ތަމްރީން ޕްރޮގްރާމްގައި ބައިވެރިވި ކަމުގެ ލިޔުމެވެ. 40 އިންސައްތައަށް ވުރެ މަދުން ހާޒިރުވި ފަރާތްތަކަށް ލިޔުން ދީފައެއް ނުވެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިފަދަ ޕްރޮގްރާމްތަކަށް ހާޒިރުވެ ޕްރޮގްރާމްތައް ފުރިހަމަކުރާ ފަރާތްތަކަށް ކުރިޔަށް އޮތްތަނުގައި ހިންގާ އެކިއެކި ކަންކަމުގައި އިސްކަންދޭނެ ކަމަށެވެ. މައިގަނޑު ގޮތެއްގައި މި ޕްރޮގްރާމްގައި ކިޔަވައިދީފައިވަނީ ތަޖުވީދު، ހުކުރު ޤަވާޢިދާ އުސޫލު، ސިވިލް ސާވިސްގެ ޤަވާޢިދާ އުސޫލު، މަސައްކަތުގެ އަޚްލާޤާއި އެހެން މީހުންނާއި މުޢާމަލާތްކުރުން، ނަމާދުގެ ޙުކުމްތައް އަދި ޚިލާފީ މައްސަލަތަކުގައި ޢަމަލުކުރާނެގޮތް ފަދަ، މަޢުލޫތަކަށެވެ.

އިސްލާމިކް މިނިސްޓްރީ

އިތުރަށް ކިޔާލަން

04 ޑިސެމްބަރު 2025

ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި

04 ޑިސެމްބަރު 2025
ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި
25 ނޮވެމްބަރު 2025

އެކަނިވެރި މައެއްގެ ޒާތީ މައުލޫމާތު ހާމަކުރެވުނީތީ ޝަހީމް މައާފަށް އެދިވަޑައިގެންފި

25 ނޮވެމްބަރު 2025
އެކަނިވެރި މައެއްގެ ޒާތީ މައުލޫމާތު ހާމަކުރެވުނީތީ ޝަހީމް މައާފަށް އެދިވަޑައިގެންފި
10 ނޮވެމްބަރު 2025

އައްޑޫ ސިޓީ ހިތަދޫ މިސްކިތުގައި ހުރި ގޮނޑިތަކާއި މުސްހަފުތަކަށް ގެއްލުންދީފި

10 ނޮވެމްބަރު 2025
އައްޑޫ ސިޓީ ހިތަދޫ މިސްކިތުގައި ހުރި ގޮނޑިތަކާއި މުސްހަފުތަކަށް ގެއްލުންދީފި
30 އޮކްޓޯބަރު 2025

މި ސަރުކާރުގެ އެންމެ ބޮޑު ވަޤުފު ދެ މަޝްރޫއު އަށް ބީއެމްއެލުން ލޯނު ދޫ ކުރަނީ

30 އޮކްޓޯބަރު 2025
މި ސަރުކާރުގެ އެންމެ ބޮޑު ވަޤުފު ދެ މަޝްރޫއު އަށް ބީއެމްއެލުން ލޯނު ދޫ ކުރަނީ
30 އޮކްޓޯބަރު 2025

ފްލެޓުތަކުގެ ކުލި ބޮޑު ކޮށް، އެޑްވާންސް ފައިސާ ނެގުމަށް ނިންމި މި ސަރުކާރުން، ޑައުންޕޭމަންޓު ނުދެއްކޭ 14 އާއިލާ އަކަށް ޒަކާތު ފަންޑުން ފައިސާ ދައްކާ ދެނީ

30 އޮކްޓޯބަރު 2025
ފްލެޓުތަކުގެ ކުލި ބޮޑު ކޮށް، އެޑްވާންސް ފައިސާ ނެގުމަށް ނިންމި މި ސަރުކާރުން، ޑައުންޕޭމަންޓު ނުދެއްކޭ 14 އާއިލާ އަކަށް ޒަކާތު ފަންޑުން ފައިސާ ދައްކާ ދެނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު