Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ވޯލްޑް ޔޫތު ޗެމްޕިއަންޝިޕް

ދުނިޔޭގެ ޔޫތު މުބާރާތުގެ ފުރަތަމަ މެޗުން ދީމާއަށް މޮޅެއް

އަންހެން ސިންގަލްސްގައި ދީމާ ވާދަކުރާނީ ސްލޮވާކިއާގެ ވިލިޝްކޯވާއާ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 4 ޑިސެމްބަރު 2021 | ހޮނިހިރު 18:16
ރާއްޖޭގެ ޒުވާން ޓީޓީ ތަރި ފާތިމަތު ދީމާ އަލީ

ރާއްޖޭގެ ޒުވާން ޓީޓީ ތަރި ފާތިމަތު ދީމާ އަލީ

އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަން (އައިޓީޓީއެފް) އިން އިންތިޒާމުކޮށްގެން ބާއްވާ ވޯލްޑް ޔޫތު ޗެމްޕިއަންޝިޕުގެ މިކްސް ޑަބަލްސް އިވެންޓުގައި ކުޅުނު ފުރަތަމަ މެޗުން ރާއްޖޭގެ ޒުވާން ޓީޓީ ތަރި ފާތިމަތު ދީމާ އަލީ މޮޅުވެއްޖެއެވެ.

ޕޯޗުގަލުގައި ކުރިއަށްދާ މި މުބާރާތުގެ މިކްސް ޑަބަލްސް އިވެންޓުގައި ދީމާގެ ޕާޓްނަރަކީ ޗެކް ރިޕަބްލިކުގެ މާޓިސް ސިޕްއެވެ. ދީމާ އާއި ސިޕްގެ ޕެއާ ވަނީ ހޮނިހިރު ދުވަހު ކުޅުނު މެޗުން އޮސްޓްރޭލިއާގެ ނިއީ ޝުލޮން އާއި ސިހޯއިއޯސް ކޮންސްޓަންޓީނާގެ ޕެއާ 3-1 ސެޓުން ބަލިކޮށްފައެވެ.

މި މެޗުގެ ފުރަތަަމަ ދެ ސެޓު ދީމާ އާއި ސިޕްގެ ޕެއާއިން 4-11 އަދި 7-11 އިން ގެންގޮސްފައިވަނިކޮށް، ނިއީ އާއި ކޮންސްޓަންޓީނާގެ ޕެއާ ވަނީ ތިންވަނަ ސެޓު 11-9 އިން ގެންގޮސްފައެވެ. އެކަމަކު ދެން ކުޅުނު ސެޓު 7-11 އިން ކާމިޔާބުކޮށް ދީމާ އާއި ސިޕްގެ ޕެއާ ވަނީ އެ މެޗުން މޮޅުވެފައެވެ.

މި މޮޅާއެކު ދީމާ އާއި ސިޕްގެ ޕެއާ މިކްސް ޑަބަލްސްގެ ގަދަ 16 އަށް ދަތުރުކުރިއިރު، އެ ބުރުގައި އެ ދެ ކުޅުންތެރިންގެ ޕެއާ ބައްދަލުކުރީ ރުމޭނިއާގެ ޕެއާއެއް ކަމަށްވާ ޗިރިޓާ ލުލިއަން އާއި ރޯސޫ ބިއާންކާގެ ޕެއާއާއެވެ. އެކަމަކު އެ މެޗުން ދީމާ އާއި ސިޕްގެ ޕެއާ ވަނީ ސީދާ ތިން ސެޓުން ބަލިވެފައެވެ.

މި މުބާރާތުގެ އަންހެން ޑަބަލްސް އިވެންޓުގައިވެސް ދީމާ ވާދަކުރަން ހަމަޖެހިފައި އޮތްއިރު، އެ އިވެންޓުގައި ދީމާގެ ޕާޓްނަރަކީ ނައިޖީރިއާގެ ސުކުރާތު އަޔުލްބިގަންއެވެ. އެކަމަކު ދީމާގެ ޕާޓްނަރު ނައިޖީރިއާގެ ސުކުރާތުއަށް ޕޯޗުގަލަށް ނާދެވުމުން ދީމާއަށް ވަނީ އަންހެން ޑަބަލްސް އިވެންޓް މެޗު ދޫކޮށްލަން ޖެހިފައެވެ.

ދެން މި މުބާރާތުގައި ދީމާއަށް އޮތީ އަންހެން ސިންގަލްސް ބައެވެ. އެގޮތުން އާދީއްތަ ދުވަހު 15 އަހަރުން ދަށުގެ އަންހެން ސިންގަލްސް ބައިގައި ދީމާ ނުކުންނާނީ ސްލޮވާކިއާގެ ވިލިޝްކޯވާ ޑޮމިނިކާއާ ދެކޮޅަށެވެ. 

މި ފަހަރުގެ ދުނިޔޭގެ ޔޫތު މުބާރާތުގައި ދީމާ ވާދަކުރާއިރު، އޭނާ ވެފައިވަނީ ވޯލްޑް ޔޫތު ޗެމްޕިއަންޝިޕުން ފުރުސަތު ހޯދި ފުރަތަމަ ދިވެހި ކުޅުންތެރިޔާއަށެވެ. މި މުބާރާތުން ކުޅުންތެރިންނަށް ފުރުސަތު ލިބެނީ ދުނިޔޭގެ ރޭންކިންއަށް ބެލުމަށްފަހުއެވެ. އެގޮތުން މި މުބާރާތުގެ 15 އަހަރުން ދަށުގެ އަންހެން ސިންގްލަސް ކެޓަގަރީއަށް ކޮލިފައިވި 24 ކުޅުންތެރިންގެ ލިސްޓުގައި ދީމާގެ ނަން ހިމެނުނީ 13 ވަނައިގައެވެ.

ދުނިޔޭގެ ޔޫތު މުބާރާތުން ދީމާ ފުރުސަތު ހޯދިއިރު، ދާދި ފަހުން އޭނާ ވަނީ އައިޓީޓީއެފްއިން އިންތިޒާމުކޮށްގެން އޮމާނުގެ ވެރިރަށް މަސްކެޓުގައި ބޭއްވި ވޯލްޑް ޓޭބަލް ޓެނިސް ޔޫތު ކޮންޓެންޑާ މުބާރާތުގައި ރަނގަޅު ތަޖުރިބާއެއް ހޯދާފައެވެ. އަދި މިދިޔަ ސެޕްޓެމްބަރު މަހު ދީމާ ވަނީ ޓިއުނީޝިއާގެ ވެރިރަށް ތޫނިސްގައި ބޭއްވި ވޯލްޑް ޓޭބަލް ޓެނިސް ޔޫތު ކޮންޓެންޑާ މުބާރާތުގައިވެސް ވާދަކޮށްފައެވެ. އޭގެ ފަހުން ޕޯޗުގަލުގެ ވެރިރަށް ލިޒްބަނުގައި ބޭއްވި ވޯލްޑް ޓޭބަލް ޓެނިސް ޔޫތު ސްޓާ ކޮންޓެންޑާ މުބާރާތުގައިވެސް ދީމާ ވާދަކުރަން އޮތް ނަމަވެސް، ވިސާގެ ކަންކަން ހަމަނުޖެހުމުން އެ މުބާރާތުގައި ދީމާ ވާދަކޮށްފައެއް ނުވެއެވެ.

ފާތިމަތު ދީމާ އަލީޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފަސް އަހަރުގެ ޗެމްޕިއަން ދީމާ ބަލިކޮށް، ޤައުމީ މުބާރާތުގެ ޗެމްޕިއަންކަން ރަފާ ހޯދައިފި

ފަސް އަހަރުގެ ޗެމްޕިއަން ދީމާ ބަލިކޮށް، ޤައުމީ މުބާރާތުގެ ޗެމްޕިއަންކަން ރަފާ ހޯދައިފި

31 އޯގަސްޓު 2025
ސައުދީ އެމްބަސީގެ ޚާއްސަ ފުރުސަތުތަކެއް ދީމާ އަށް!

ސައުދީ އެމްބަސީގެ ޚާއްސަ ފުރުސަތުތަކެއް ދީމާ އަށް!

11 ޖޫން 2024
ސައުތު އޭޝިއަން ޔޫތު ޓީޓީ ޗެމްޕިއަންޝިޕް މިމަހު ލަންކާގައި

ސައުތު އޭޝިއަން ޔޫތު ޓީޓީ ޗެމްޕިއަންޝިޕް މިމަހު ލަންކާގައި

21 މެއި 2024
ދީމާގެ ކާމިޔާބީއާއި ޤުރުބާނީ!

ދީމާގެ ކާމިޔާބީއާއި ޤުރުބާނީ!

18 މެއި 2024
ދީމާގެ ކާމިޔާބީއަށް ރައީސް ސާލިޙު މަރުޙަބާ ވިދާޅުވެއްޖެ

ދީމާގެ ކާމިޔާބީއަށް ރައީސް ސާލިޙު މަރުޙަބާ ވިދާޅުވެއްޖެ

16 މެއި 2024

އަހަރުތަކުން މިއަދު

21 ފެބުރުއަރީ
ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު
20242 އަހަރު ކުރިން
ރާއްޖެ

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ
20233 އަހަރު ކުރިން
ދުނިޔެ

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު
20224 އަހަރު ކުރިން
ރާއްޖެ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!
20215 އަހަރު ކުރިން
ރިޕޯޓު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !
20197 އަހަރު ކުރިން
ރިޕޯޓު

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!
20188 އަހަރު ކުރިން
ރާއްޖެ

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު