Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

ވެސްޓް ހޭމުން ފަހަތުން އަރައި ޗެލްސީ ބަލިކޮށްފި

ލީގުގެ އެއްވަނައިގައި ޗެލްސީ މި ވަގުތު އޮތީ 33 ޕޮއިންޓާއެކު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 4 ޑިސެމްބަރު 2021 | ހޮނިހިރު 15:15
ވެސްޓް ހޭމާއި ޗެލްސީ ބައްދަލުކުރި މެޗުގެ ތެރެއިން

ވެސްޓް ހޭމާއި ޗެލްސީ ބައްދަލުކުރި މެޗުގެ ތެރެއިން

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ހަވީރު ކުޅުނު މެޗުގައި ވެސްޓް ހޭމް ޔުނައިޓެޑުން ފަހަތުން އަރައި ތާވަލުގެ އެއްވަނައިގައި އޮތް ޗެލްސީ ބަލިކޮށްފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ވެސްޓް ހޭމް މޮޅުވީ ޗެލްސީ އަތުން 3-2 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައިވަނީ ޗެލްސީންނެވެ. މެޗުގެ 28 ވަަނަ މިނެޓުގައި ކޯނަރަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ތިއާގޯ ސިލްވާ އެވެ. އެކަމަކު މެޗުގެ 40 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މެނުއަލް ލަންޒީނީ ވަނީ ވެސްޓް ހޭމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މިއީ އޭރިއާ ތެރެއިން ވެސްޓް ހޭމުގެ ޖެރޮޑް ބޮވެންއަށް ޗެލްސީގެ ގޯލްކީޕަރު އެޑޮއާޑް މެންޑީ ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.

ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ޗެލްސީން ވަނީ މި މެޗުގައި އަލުން ލީޑު ނަގާފައެވެ. ހަކީމް ޒިޔެކް ނެގި ހުރަހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މޭސަން މައުންޓް ޖެހި މޮޅު ގޯލުންނެވެ. މައުންޓެވެ. މި މެޗުގައި ވެސްޓް ހޭމުން ދެވަނަ ފަހަރަށް ނަތީޖާ އެއްވަރުކޮށްފައިވަނީ ދެވަނަ ހާފު ފަށައިގެން 11 ވަނަ މިނެޓުގައި ބޮވެން ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި މި މެޗުން ވެސްޓް ހޭމް މޮޅުކޮށްދިން ލަނޑު މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ އާތޫރް މަސުއާކޫއެވެ.

މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި ޗެލްސީ މި ވަގުތު އޮތީ ކުޅުނު 15 މެޗުން ލިބުނު 33 ޕޮއިންޓާއެކުއެވެ. އެކަމަކު ލީގުގައި ހޮނިހިރު ދުވަހުގެރޭ ތާވަލުގެ ދެވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އާއި ތިންވަނައިގައި އޮތް ލިވަޕޫލް ކުޅޭ މެޗުތަކަށްފަހު ޗެލްސީގެ މަގާމަށް ބަދަލު އައުމުގެ ފުރުސަތު އެބައޮތެވެ. ސިޓީ މި ވަގުތު ދެވަނައިގައި އޮތީ 14 މެޗުން 32 ޕޮއިންޓާއެކުއެވެ. އަދި ތިންވަނައިގައި ލިވަޕޫލް އޮތީ 14 މެޗުން 31 ޕޮއިންޓާއެކުއެވެ.

ޗެލްސީ އަތުން ވެސްޓް ހޭމް މޮޅުވިއިރު، މި ފަހަރު ލީގުގައި އެ ޓީމުން މި ވަނީ އަމިއްލަ ދަނޑުގައި ކުޅެ ލިވަޕޫލުވެސް ބަލިކޮށްފައެވެ. އެއާއެކު ތާވަލުގެ ހަތަރުވަނައިގައި ވެސްޓް ހޭމް އޮތީ 15 މެޗުން 27 ޕޮއިންޓާއެކުއެވެ.

ޕްރިމިއަރ ލީގުޗެލްސީ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ
09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
07 ޑިސެމްބަރު 2025

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު