Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިދިކޮޅުން ބޭއްވި ޖަލްސާ

ރައީސް ޔާމީން ކޮވިޑް-19ގެ ނަން ވެސް ނުނަންގަވާ

ރައީސް ޔާމީން ދެއްކެވީ މި ސަރުކާރުން އަނިޔާވެރިވީ ވާހަކަ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 4 ޑިސެމްބަރު 2021 | ހޮނިހިރު 13:15
ހުކުރު ދުވަހުގެރޭ އިދިކޮޅުން ބޭއްވި ޖަލްސާ

ހުކުރު ދުވަހުގެރޭ އިދިކޮޅުން ބޭއްވި ޖަލްސާ

ފާއިތުވި ދެ އަހަރު ދިވެހިން ތަހައްމަލުކުރަމުންދިޔަ ކޮވިޑް-19ގެ ހާލަތާމެދު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެއްވެސް ވަރަކަށް ކަންބޮޑުވެވަޑައިނުގަންނަވާކަން އެމަނިކުފާނު ހާމަކުރައްވައިފިއެވެ.

ދެއަހަރު ދުވަހުގެ ޖަލު ހުކުމަކުން މިިންޖުވެވަޑައިގެން ކުރީގެ ރައީސް ޔާމީން ވަނީ ހުކުރު ދުވަހުގެރޭ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވާފައެވެ. ހުކުރު ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވަނީ ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބުމާ ގުޅޭގޮތުންނާއި، މި ސަރުކާރުން އެމަނިކުފާނަށް އަނިޔާވެރިވެފައިވާކަމާއި، ސަރުކާރު ކޯލިޝަންގައި ހިމެނޭ ލީޑަރުންނާ ގުޅޭގޮތުން ގިނަ ވާހަކަތަކެއް ދައްކަވާފައެވެ.

ރައީސް ޔާމީން ވަނީ ވަކިވަކިން ސަރުކާރު ކޯލިޝަންގައި ހިމެނޭ މައި ހަތަރު ޕާޓީގެ ލީޑަރުންގެ އިތުރުން، ނާއިބު ރައީސަށްވެސް ފާޑުވިދާޅުވެ ވާހަކަދައްކަވާފައެވެ. އަދާލަތު ޕާޓީގެ ރައީސް އަދި މިސަރުކާރުގެ ހޯމް މިނިސްޓަރަށް އަމާޒުކުރައްވައި ޔާމީން ވިދާޅުވީ، ޖަލު ބަންދުގައި ހުންނަ މީހާއަށްވެސް ހައްގުތަކެއް ކަށަވަރުވާން ޖެހޭކަމަށާއި، އެމަނިކުފާނަށް އިމްތިޔާޒުތަކެއް ލިބިވަޑައިގަންނަވަންޖެހޭކަމަށެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމަށް އިޝާރާތްކުރައްވައި ޔާމީން ވިދާޅުވީ، ލީޑަރުންގެ ސިފައަކީ ހުކުމެއް ކުރާއިރަށް އަނބުރައިގަނެގެން ވެއްޓުން ނޫންކަމަށެވެ.

އެމްއާރުއެމްގެ ލީޑަރ އަދި އެމަނިކުފާނުގެ ބޭބޭފުޅު މައުމޫން އަބްދުލްގައްޔޫމްއަށް އިޝާރާތްކުރައްވައި ވިދާޅުވީ، ރައީސް މައުމޫންގެ ވެރިކަމުގައި ކުރިމަތިވި ނޮވެމްބަރ 3 މިހާރު އެއީ ހަނދާންކުރަން ޖެހޭ ކަމަކަށްނުވާކަމަށެވެ. ރައީސް މައުމޫނަށް އެއީ ކަމަކަށްނުވާކަމަށް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް ނިސްބަތްކުރައްވައި ޔާމީން ވަނީ، ރައީސަކަށް ހުންނަ މީހެއްގެ މައްޗަށް ބޮޑު ޚިޔާނާތުގެ ތުހުމަތެއް ކުރެވިއްޖެނަމަ އެކަމެއް ރައްޔިތުންނަށް ސާފުކޮށްދޭންޖެހޭކަމަށް ވިދާޅުވެފައެވެ. އަދި ޅިޔަނު ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުރެގެން ރަނގަޅު ތަހުގީގެއް ނުހިނގާނެކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ވަރަށް ބުރަކޮށް ނާއިބު ރައީސް ކުރައްވާކަމަކީ އިމާރާތަކަށް ވަޑައިގެން ލިފްޓެއް ހުޅުއްވައިދެއްވުންކަމަށް ޔާމީން ވިދާޅުވިއެވެ.

ޔާމީން ވަނީ ޖުޑީޝަރީއަށާއި ފަނޑިޔާރުންނަށްވެސް ފާޑުވިދާޅުވެފައިވެއެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުގައި ކޮންމެ ވާހަކައެއް ދެއްކުމުގެ ފުރުސަތު ދެއްވައި، މިނިވަން ނޫސްވެރިކަން ކުރުމުގެ ފުރުސަތު ދެއްވާފައިވާނެ ކަމަށާއި، މިއަދު އެ މިނިވަންކަން ނެތް ކަމަށް ވިދާޅުވިއެވެ. އަދި އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭތީ އެކަމާއި ގުޅިގެންވެސް އެމަނިކުފާނު ވާހަކަދައްކަވާފައިވެއެވެ.

މި ހުރިހާ ވާހަކައެއް ދެއްކެވި އިރުވެސް ފާއިތުވި 2 އަހަރުތެރޭ ކޮވިޑް-19ގެ ހާލަތުގައި ދިވެހިން ތަހައްމަލުކުރި ދަތި އުނަދަގޫތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެއް ނުވެއެވެ. ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ލައްކައަކާ ގާތްކޮށްފައިވާއިރު، އެއީ އެމަނިކުފާނަށް މާ ބޮޑު ކަމަކަށް ނުވިއެވެ. މި ބަލީގައި ނިޔާވި މީހުންގެ އަދަދު 252އަށް އަރާފައިވާއިރު، މިކަމަށްވެސް އަލިއަޅުވާލައްވާފައެއް ނުވެއެވެ. މިހާރު ކޮވިޑް-19ގެ އައު ވޭރިއަންޓެއް ދުނިޔޭގެ ގިނަ ގައުމުތަކުން ފެންނަމުންދާއިރު، މިކަމުގެ މައްޗަށްވެސް އެމަނިކުފާނު އަލިއަޅުވާލައްވާފައެއް ނުވެއެވެ.

މިހާހިސާބުން މިއީ ރައްޔިތުންނަށް އެންމެ ހެޔޮއެދޭ ވެރިޔާތޯ ރައްޔިތުން ވަނީ ސުވާލުއުފައްދަން ފަށާފައެވެ. ރައްޔިތުންނަށް އެހާ ހެޔޮއެދޭ ވެރިއަކު މި ދެ އަހަރު ރައްޔިތުން ތަހަމަލްކުރި ހިތްދަތި ދުވަސްތަކުގެ ނަންވެސް ނުނަންގަވާފާނެބާއެވެ!

ކުރީގެ ރަައީސް، ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް

އިތުރަށް ކިޔާލަން

22 ނޮވެމްބަރު 2025

އަންނަ އަހަރު ގެ ބަޖެޓަށް ފައިނޭންސް ކުރަން ފައިސާ ޗާޕުކުރަން ޖެހޭނެ: ރައީސް ޔާމީން

22 ނޮވެމްބަރު 2025
އަންނަ އަހަރު ގެ ބަޖެޓަށް ފައިނޭންސް ކުރަން ފައިސާ ޗާޕުކުރަން ޖެހޭނެ: ރައީސް ޔާމީން
25 އޮކްޓޯބަރު 2025

ޕެންޝަން ބޯޑުގެ މެމްބަރުންނަށް ބިރު ދައްކައިގެން ފައިސާ ޗާޕްކުރަނީ މުސާރަ ދޭން ވެސް ފައިސާ ނެތިގެން: ޔާމީން

25 އޮކްޓޯބަރު 2025
ޕެންޝަން ބޯޑުގެ މެމްބަރުންނަށް ބިރު ދައްކައިގެން ފައިސާ ޗާޕްކުރަނީ މުސާރަ ދޭން ވެސް ފައިސާ ނެތިގެން: ޔާމީން
30 ޖެނުއަރީ 2025

"އީސީގެ ޒިންމާ އަދާ ނުކުރެވޭ ކަމަށް އާއްމުން ޤަބޫލުކުރޭ، ވަގު ފޯމް ހުށަހެޅެނީ އީސީން އެކަން ފަހިކޮށްދޭތީ"

30 ޖެނުއަރީ 2025
"އީސީގެ ޒިންމާ އަދާ ނުކުރެވޭ ކަމަށް އާއްމުން ޤަބޫލުކުރޭ، ވަގު ފޯމް ހުށަހެޅެނީ އީސީން އެކަން ފަހިކޮށްދޭތީ"
21 ޑިސެމްބަރު 2024

ރައީސް މުއިއްޒު އާއި ވަޒީރުންނަށް ވެސް ފަޒުލްގެ ކޮރަޕްޝަންގެ ކަންކަން އެނގޭނެ، މައްސަލަ އެއް ނުބެލޭނެ - ރައީސް ޔާމީން

21 ޑިސެމްބަރު 2024
ރައީސް މުއިއްޒު އާއި ވަޒީރުންނަށް ވެސް ފަޒުލްގެ ކޮރަޕްޝަންގެ ކަންކަން އެނގޭނެ، މައްސަލަ އެއް ނުބެލޭނެ - ރައީސް ޔާމީން
10 ޑިސެމްބަރު 2024

ރައްޔިތުން ތިބީ ހާލުގައި، ސަރުކާރުން ފިކުރިއްޔާތުގެ ވާހަކަ ދެއްކުން ހުއްޓާލަން ވެއްޖެ - ޔާމީން

10 ޑިސެމްބަރު 2024
ރައްޔިތުން ތިބީ ހާލުގައި، ސަރުކާރުން ފިކުރިއްޔާތުގެ ވާހަކަ ދެއްކުން ހުއްޓާލަން ވެއްޖެ - ޔާމީން
31 އޮކްޓޯބަރު 2024

ބަޖެޓް ހޭދަކުރި ގޮތް ސިއްރު ކުރަން ޤާސިމް އެއްބާރުލުން ދެއްވުމުން ރައީސް ޔާމިންގެ ފާޑުކިޔުން ޤާސިމަށް

31 އޮކްޓޯބަރު 2024
ބަޖެޓް ހޭދަކުރި ގޮތް ސިއްރު ކުރަން ޤާސިމް އެއްބާރުލުން ދެއްވުމުން ރައީސް ޔާމިންގެ ފާޑުކިޔުން ޤާސިމަށް
29 އޮކްޓޯބަރު 2024

މިވަރުން ދަންޏާ މަޖިލީހަށް ވެސް ރައީސް މުއިއްޒުގެ މެމްބަރުން އައްޔަންކުރާނެ - ރައީސް ޔާމީން

29 އޮކްޓޯބަރު 2024
މިވަރުން ދަންޏާ މަޖިލީހަށް ވެސް ރައީސް މުއިއްޒުގެ މެމްބަރުން އައްޔަންކުރާނެ - ރައީސް ޔާމީން
29 އޯގަސްޓު 2024

ސަރުކާރާއި ދެކޮޅަށް ބަޣާވާތްކުރުމުގެ ވިސްނުން އަބްދުއްރަހީމްގެ އެބަ ހުރި - ކުރީގެ ރައީސް ޔާމީން

29 އޯގަސްޓު 2024
ސަރުކާރާއި ދެކޮޅަށް ބަޣާވާތްކުރުމުގެ ވިސްނުން އަބްދުއްރަހީމްގެ އެބަ ހުރި - ކުރީގެ ރައީސް ޔާމީން
28 އޯގަސްޓު 2024

ސިނަމާލެ ބްރިޖުން ލޭނެއް މަދުވެއްޖެ، ޒިންމާ ނަގާނެ މީހަކު ނެތަސް ކަންހިނގި ގޮތް މިއޮތީ!

28 އޯގަސްޓު 2024
ސިނަމާލެ ބްރިޖުން ލޭނެއް މަދުވެއްޖެ، ޒިންމާ ނަގާނެ މީހަކު ނެތަސް ކަންހިނގި ގޮތް މިއޮތީ!
26 އޯގަސްޓު 2024

ކުރީގެ ރައީސް ޔާމީނަށް ޖާސޫސްކުރުމަށް އަދީބުގެ އަތުން ރައީސް މުއިއްޒު 14 މިލިއަން ރުފިޔާ ނެންގެވިކަމަށް ތުހުމަތުކޮށްފި

26 އޯގަސްޓު 2024
ކުރީގެ ރައީސް ޔާމީނަށް ޖާސޫސްކުރުމަށް އަދީބުގެ އަތުން ރައީސް މުއިއްޒު 14 މިލިއަން ރުފިޔާ ނެންގެވިކަމަށް ތުހުމަތުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު