Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ރަންގްނިކް ޔުނައިޓެޑާ ހަވާލުވުން

ޔުނައިޓެޑުގެ ކޯޗުގެ މަގާމުގައި ދެމިހުރުމަކީ އޮތް ފުރުސަތެއް: ރަންގްނިކް

ދެ އަހަރަށް ޔުނައިޓެޑުގެ ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތްކުރާނެ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 4 ޑިސެމްބަރު 2021 | ހޮނިހިރު 11:06
ޔުނައިޓެޑާ ހަވާލުވި ޖަރުމަނުގެ މަޝްހޫރު ކޯޗު ރަލްފް ރަންގްނިކް

ޔުނައިޓެޑާ ހަވާލުވި ޖަރުމަނުގެ މަޝްހޫރު ކޯޗު ރަލްފް ރަންގްނިކް

މެންޗެސްޓާ ޔުނައިޓެޑާއެކު ހެދި އެއްބަސްވުމުގެ މުއްދަތު ހަމަވުމުންވެސް އެ ޓީމުގެ ކޯޗުގެ މަގާމުގައި ދެމިހުރުމަކީ އޮތް ފުރުސަތު އޮތް ކަމެއް ވަގުތީ ކޯޗު ޖަރުމަނުގެ ރަލްފް ރަންގްނިކް ބުނެފިއެވެ.

ޔުނައިޓެޑުގެ ވަގުތީ ކޯޗުކަން ރަންގްނިކާ ހަވާލުކުރިއިރު، އެ ޓީމުގެ ކޯޗުގެ މަގާމު ހުސްވީ ޕްރިމިއާ ލީގުގައި މިދިޔަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު ވަޓްފޯޑް ދަނޑުގައި 4-1 ގެ ނަތީޖާއަކުން ބަލިވި މެޗަށްފަހު، އެ ޓީމުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ މަގާމުން އިސްތިއުފާ ދިނުމުންނެވެ. ސޯލްޝެއާ އިސްތިއުފާދިނުމުން އެންމެ ފަހުން ޔުނައިޓެޑުން ކުޅުނު ތިން މެޗުގައި އެ ޓީމަށް އިރުޝާދުދިނީ އެސިސްޓަންޓް ކޯޗު މައިކަލް ކެރިކެވެ. އެކަމަކު ކެރިކް މިހާރު ވަނީ ޔުނައިޓެޑް ދޫކޮށްލާފައެވެ.

ޔުނައިޓެޑުން ވަގުތީ ކޯޗުގެ މަގާމަށް އުމުރުން 63 އަހަރުގެ ރަންގްނިކް ހަމަޖެއްސިއިރު، އޭނާ އެ ޓީމާ ހަވާލުވީ މި ސީޒަނުގެ ނިޔަލަށެވެ. އެކަމަކު އޭގެ ފަހުން އިތުރު ދެ އަހަރު ދުވަސް ވަންދެން ޔުނައިޓެޑުގެ ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތްކުރަންވެސް ރަންގްނިކް ވަނީ އެއްބަސްވެފައެވެ.

މަގާމާ ރަސްމީކޮށް ހަވާލުވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ރަންގްނިކް ބުނީ ކޯޗެއްގެ ގޮތުގައި އޭނާއަށް ޔުނައިޓެޑުގައި އޮތީ ހަ މަސް ދުވަހުގެ އެއްބަސްވުމެއް ކަމަށާއި، އެކަމަކު އެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުންވެސް ކޯޗުގެ މަގާމުގައި އޭނާ ދެމިހުރުމަކީ އޮތް ފުރުސަތެއް ކަމަށެވެ. އަދި ޔުނައިޓެޑުގެ ހުށަހެޅުން ގަބާލުކުރީ ދުނިޔޭގެ އެންމެ ބޮޑު ކުލަބުން ލިބޭނެ ފުރުސަތު ގެއްލުވާލަން ބޭނުންނުވާތީ ކަމަށްވެސް ބުންޏެވެ.

ރަންގްނިކް ޔުނައިޓެޑާ ހަވާލުވިއިރު، މިދިޔަ ސީޒަނުގައި ޗެލްސީން އެ ޓީމުގެ ކޯޗަކަށް އޭރު ހުރި ފްރޭންކް ލަމްޕާޑް ވަކިކޮށް އެންމެ ފުރަތަމަ ގެންނަން މަސައްކަތްކުރީ ރަންގްނިކެވެ. އެކަމަކު އެ ހުށަހެޅުން ރަންގްނިކް ގަބޫލުނުކުރުމުން އެ ޓީމާ ހަވާލުވީ ތޯމަސް ޓުޗެލެވެ. ރަންގްނިކް ބުނީ މީގެ ކުރިން ޗެލްސީން ހުށަހެޅުމެއް ލިބުނު ކަމަށާއި، އެކަމަކު އެ ޓީމުން ހުށަހެޅީ ހަތަރު މަހުގެ އެއްބަސްވުމެއް ކަމަށެވެ. އެހެންކަމުން އެ ހުށަހެޅުން ދޫކޮށްލީ އެއީ ދިގު ރާސްތާގެ ވިސްނުމެއްްގެ ޕްލޭނަކަށް ނުވާތީ ކަމަށްވެސް ވަނީ ބުނެފައެވެ.

ރަންގްނިކް ޔުނައިޓެޑާ ހަވާލުވިއިރު، އޭނާ އެންމެ ފަހުން މަސައްކަތްކޮށްފައިވަނީ ރަޝިއާގެ ލޮކޮމޯޓިވް މޮސްކޯގެ ހެޑް އޮފް ފުޓްބޯލް ޑިވެލޮޕްމަންޓުގެ ގޮތުގައެވެ. ޖަރުމަނުގެ މަޝްހޫރު ޕްރެސިން ފުޓްބޯޅައިގެ ތަފާތު ވިސްނުންތަކެއް ގެންގުޅުނު ރަންގްނިކަކީ ފުޓްބޯޅައިގެ ކޯޗިންގައި ދިގު ތާރީޚެއް އޮތް މީހެކެވެ. އެގޮތުން އޭނާ އެންމެ ފުރަތަމަ ކޯޗުކަން ކުރަން ފެށީ 1983 ވަނަ އަހަރެވެ. އޭގެ ފަހުން ޖަރުމަނުގެ މަޝްހޫރު ކުލަބުތައް ކަމަށްވާ ޝާލްކާ އާއި ސްޓުޓްގާޓް އަދި ހޮފެންހައިމުގެ އިތުރުން އާރްބީ ލައިޕްޒީގުގައި މަސައްކަތްކުރިއެވެ. އަދި އޭނާ ވަނީ 2011 ވަނަ އަހަރު ޝާލްކާއަށް ޖަރުމަން ކަޕުގެ ޗެމްޕިއަންކަން ހޯދައިދީފައެވެ.

ރަންގްނިކުގެ ކޯޗުކަމުގައި ޔުނައިޓެޑުން ކުޅޭ ފުރަތަމަ މެޗުގައި އާދީއްތަ ދުވަހުގެރޭ އަމިއްލަ ދަނޑުގައި އެ ޓީމު ނުކުންނާނީ ކްރިސްޓަލް ޕެލެސްއާ ދެކޮޅަށެވެ.

ރަލްފް ރަންގްނިކްމެންޗެސްޓަރ ޔުނައިޓެޑް

ކޮމެންޓް

އިތުރަށް ކިޔާލަން

ޔުނައިޓެޑު އަތުން މޮޅުވެ، އެސްޓަން ވިލާ އަށް ތާރީޚީ ކާމިޔާބެއް

ޔުނައިޓެޑު އަތުން މޮޅުވެ، އެސްޓަން ވިލާ އަށް ތާރީޚީ ކާމިޔާބެއް

22 ޑިސެމްބަރު 2025
ފަހު ވަގުތު ބޯންްމައުތުން ޔުނައިޓެޑާ އެއްވަރު ކޮށްފި

ފަހު ވަގުތު ބޯންްމައުތުން ޔުނައިޓެޑާ އެއްވަރު ކޮށްފި

16 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

25 ނޮވެމްބަރު 2025
ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު

ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު

21 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު