Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓީ20 ކްރިކެޓް ލީގު

މާލޭ ވެޓެރަންސް އާއި ވިޔަންސާއަށް ރަނގަޅު ފެށުމެއް

މިލާން ކްރިކެޓް އެކެޑަމީ އަތުން ވިޔަންސާ މޮޅުވީ ހަތް ލަނޑުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 3 ޑިސެމްބަރު 2021 | ހުކުރު 14:45
ޓީ20 ކްރިކެޓް ލީގުގައި ހުކުރު ދުވަހު ކުޅުނު މެޗެއްގެ ތެރެއިން

ޓީ20 ކްރިކެޓް ލީގުގައި ހުކުރު ދުވަހު ކުޅުނު މެޗެއްގެ ތެރެއިން

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމްކޮށްގެން ބާއްވާ ޓީ20 ކްރިކެޓް ލީގުގެ ފެށުން މާލޭ ވެޓެރަންސް ކުލަބާއި ކުލަބު ވިޔަންސާ ރަނގަޅުކޮށްފިއެވެ.

އަށް ޓީމު ވާދަކުރާ މި މުބާރާތުގެ ކުޅުން މިދިޔަ ހަފުތާގައި ފެށިއިރު، ހުކުރު ދުވަހު ކުޅުނު ދެ މެޗުން މާލޭ ވެޓެރަންސް އާއި ވިޔަންސާ ވަނި މޮޅުވެފައެވެ. އެގޮތުން ހުކުރު ދުވަހު ކުޅުނު ފުރަތަމަ މެޗުގައި އޮއްފު އެފްސީ އަތުން މާލޭ ވެޓެރަންސް މޮޅުވީ ހަ ވިކެޓުންއެވެ. އަދި ދެވަނަ މެޗުގައި މިލާން ކްރިކެޓް އެކެޑަމީއާ ބައްދަލުކޮށް ވިޔަންސާ މޮޅުވީ ހަތް ލަނޑުންނެވެ.

ކުޅިވަރު އެކުވެނީގެ އެއް ނަންބަރު ދަނޑުގައި ހުކުރު ދުވަހު ކުޅުނު ފުރަތަމަ މެޗުގައި އޮއްފު އެފްސީ ކުޅެންއަރައި 20 އޯވަރު ހަމަވިއިރު ފަސް ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 124 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 44 ބޯޅައިން 40 ލަނޑު ހެދި ތައުފީގް ސަލީމެވެ. ޖަވާބުގައި ވެޓެރަންސް ކުޅެންއަރައި 16 ވަނަ އޯވަރުގައި 4 ކުޅުންތެރިން ނުބައިވެގެން ވަނީ 125 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 48 ބޯޅައިން 61 ލަނޑު ހެދި ސަވިންދަ މަންޖޫއެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީވެސް އޭނާއެވެ.

މީގެ އިތުރުން ހުކުރު ދުވަހު ކުޅުނު ދެވަނަ މެޗުގެ ޓޮސް ދިމާވުމުން ވިޔަންސާ ކުޅެންއަރައި 20 އޯވަރު ހަމަވިއިރު، ހަތް ކުޅުންތެރިން ނުބައިވެގެން ވަނީ 169 ލަނޑު ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 40 ބޯޅައިން 71 ލަނޑު ހެދި ރޯމަން މިއާ އާއި 24 ބޯޅައިން 26 ލަނޑު ހެދި ސުޖަން މިއާއެވެ. ޖަވާބުގައި މިލާން ކްރިކެޓް އެކެޑަމީ ކުޅެންއަރައި 19.5 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 162 ލަނޑެވެ. އެ ޓީމުން އެންމެ ރަގަޅަށް ކުޅުނީ 36 ބޯޅައިން 48 ލަނޑު ހެދި ޔޫސުފް އަޒިޔާނާއި 35 ލަނޑު ހެދި އާދަމް ނާސިފް އުމަރެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ވިޔާންސާގެ ރޯމަން މިއާއެވެ.

މި މުބާރާތުގެ ފުރަތަމަ ކުޅޭ ޕްރިމިއާ ލީގު ބުރުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ އެއްފަހަރު ވާދަކުރާއިރު، އެ މެޗުތަކަށްފަހު ރޭންކިން އެއްވަނައަށް ދާ ޓީމަކީ ޕްރިމިއާ ލީގުގެ ޗެމްޕިއަނުންނެވެ. އަދި އެއަށްފަހު ފައިނަލް ބުރުގައި ކުޅޭނީ މުބާރާތުގެ ރޭންކިންގެ ގަދަ ހަތަރު ޓީމެވެ.

މި މުބާރާތުގައި ހޮނިހިރު ދުވަހުވެސް ދެ މެޗެއް ކުޅޭއިރު، ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މާލޭ ސްޕޯޓްސް ކުލަބާއި އައިޒީ ސްޕޯޓްސްއެވެ. އަދި ދެވަނަ މެޗުގައި ބައްދަލުކުރާނީ ނިއު ސްޓާ އާއި ކޮމެޓްސް ކްރިކެޓް ކުލަބެވެ.

ޓީ20 ކްރިކެޓް ޕްރިމިއާ ލީގުކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

އިތުރަށް ކިޔާލަން

29 އޮކްޓޯބަރު 2024

ޤައުމީ ކްރިކެޓު ޓީމު ރާއްޖެ އައުމުން ހޫނު މަރުޙަބާއެއް ކިޔައިފި

29 އޮކްޓޯބަރު 2024
ޤައުމީ ކްރިކެޓު ޓީމު ރާއްޖެ އައުމުން ހޫނު މަރުޙަބާއެއް ކިޔައިފި
21 ސެޕްޓެމްބަރު 2024

ކްރިކެޓުގެ ރައީސަކަށް އަނެއްކާ ވެސް ފައިސަލް އިންތިޚާބު ކޮށްފި

21 ސެޕްޓެމްބަރު 2024
ކްރިކެޓުގެ ރައީސަކަށް އަނެއްކާ ވެސް ފައިސަލް އިންތިޚާބު ކޮށްފި
04 ފެބުރުއަރީ 2024

ޖަޕާން އަތުންވެސް ބަލިވެ، ސެމީގެ ފުރުސަތު ރާއްޖެއަށް ގެއްލިއްޖެ

04 ފެބުރުއަރީ 2024
ޖަޕާން އަތުންވެސް ބަލިވެ، ސެމީގެ ފުރުސަތު ރާއްޖެއަށް ގެއްލިއްޖެ
02 ފެބުރުއަރީ 2024

41 ލަނޑުން މޮޅުވީ ސިންގަޕޯރ

02 ފެބުރުއަރީ 2024
41 ލަނޑުން މޮޅުވީ ސިންގަޕޯރ
12 އޮކްޓޯބަރު 2023

އޭސީސީ ޕްރިމިއަރ ކަޕް: ރާއްޖެ އަތުން ސިންގަޕޯރ މޮޅު

12 އޮކްޓޯބަރު 2023
އޭސީސީ ޕްރިމިއަރ ކަޕް: ރާއްޖެ އަތުން ސިންގަޕޯރ މޮޅު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު