Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19ގެ ވެކްސިންގެ އަޕްޑޭޓް

ރާއްޖެއިން މިހާތަނަށް 364،229 މީހުން ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފި

ފުރަތަމަ ޑޯޒު ޖެހި މީހުންގެ ޖުމްލަ އަދަދު ވަނީ 395،807ށް އަރާފައި

އަމްނާ އިމާދު
އަމްނާ އިމާދު | 3 ޑިސެމްބަރު 2021 | ހުކުރު 08:31
ކޮވިޑް-19 ވެކްސިން ދިނުމަށް ނަރުހެއް ތައްޔާރުވަނީ،

ކޮވިޑް-19 ވެކްސިން ދިނުމަށް ނަރުހެއް ތައްޔާރުވަނީ،

ކޮވިޑް-19ން ދިފާއުވުމަށް ރާއްޖެއިން މިހާތަނަށް 364،229 މީހުން ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޖެންސީ (އެޗްޕީއޭ)އިން ބުނީ މިދިޔަ ބުދަ ދުވަހު 26 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައިވާ ކަމަށެވެ. އެއީ މާލެ ސަރަހައްދުން 20 މީހުންނާއި އަތޮޅުތެރެއިން 6 މީހުންނެވެ. އެއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހި މީހުންގެ ޖުމްލަ އަދަދު ވަނީ 395،807ށް އަރާފައެވެ.

Advertisement - newsAdvertisement

ވެކްސިންގެ ދެވަނަ ޑޯޒު 147 މީހުން ޖަހާފައިވެއެވެ. އެއީ މާލެ ސަރަހައްދުން 132 މީހުންނާއި، އަތޮޅުތެރެއިން 15 މީހުންނެވެ. އެއާއެކު ވެކްސިން ފުރިހަމަކުރި މީހުންގެ ޖުމްލަ އަދަދު ވަނީ 364،229ށް އަރާފައެވެ.

މީގެ އިތުރުން ބުދަ ދުވަހު ބޫސްޓަރ ޑޯޒު 654 މީހުން ޖަހާފައިވެއެވެ. އެއީ މާލެ ސަރަހައްދުން 467 މީހުންނާއި، އަތޮޅުތެރެއިން 187 މީހުންނެވެ. އެއާއެކު ބޫސްޓަރ ޑޯޒު ޖެހި ޖުމްލަ އަދަދު ވަނީ 12،847ށް އަރާފައެވެ.

ބޫސްޑަރ ޑޯޒް މިހާރު ޖަހައިދެމުންދަނީ އެޕޮއިންޓްމެންޓް އުސޫލުންނެވެ. ރާއްޖޭގައި މިވަގުތު ބޫސްޓަރ ޑޯޒް ޖަހައިދެމުންދަނީ ފައިޒަރ ވެކްސިނުން އެކަންޏެވެ.

ބޫސްޓަރ ޑޯޒް ޖެހުމަށް އެޕޮއިންޓްމެންޓް ހައްދަން ޖެހުނު ނަމަވެސް، އެޕޮއިންޓްމެންޓާ ނުލައި އެހެނިހެން ވެކްސިންތައް ބައެއް ސެންޓަރުތަކުން ޖަހައިދެމުންދާކަން އެޗްޕީއޭއިން ފާހަގަކޮށްފައިވެއެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ޚާއްސަ އިސްކަމެއްދީގެން ވެކްސިނޭޝަން ޕްރޮގްރާމް ކުރިއަށް ގެންދާއިރު، ވީހާވެސް އަވަހަށް ވެކްސިން ފުރިހަމަ ކުރުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ އިލްތިމާސްކުރަމުންނެވެ. ވެކްސިން ފުރިހަމަ ކޮށްފައިވާނަމަ، ބައްޔަށް ޕޮޒިޓިވްވި ނަމަވެސް ހާލަތު ސީރިއަސް ނުވާ ކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ.

އެޗްޕީއޭކޮވިޑް-19ވެކްސިން

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މާލެ ސަރަހައްދު ވައި ނުސާފުވެ އޮރެންޖު އެލަރޓް ނެރެފި

13 ޑިސެމްބަރު 2025
މާލެ ސަރަހައްދު ވައި ނުސާފުވެ އޮރެންޖު އެލަރޓް ނެރެފި
06 ޑިސެމްބަރު 2025

ހެޕަޓައިޓިސް ބީ ވެކްސިން އުފަންވުމާއެކު ދިނުމުގެ އުސޫލު ނިމުމަކަށް ގެނައުމަށް އެމެރިކާގެ ވެކްސިން ކޮމިޓީ އިން ފާސްކޮށްފި

06 ޑިސެމްބަރު 2025
ހެޕަޓައިޓިސް ބީ ވެކްސިން އުފަންވުމާއެކު ދިނުމުގެ އުސޫލު ނިމުމަކަށް ގެނައުމަށް އެމެރިކާގެ ވެކްސިން ކޮމިޓީ އިން ފާސްކޮށްފި
19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
10 ނޮވެމްބަރު 2025

މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

10 ނޮވެމްބަރު 2025
މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު