Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރަސްފަރި ފަރަށް އުރުނު ބޯޓު

ރަސްފަރި ފަރަކީ 90 ގެ އަހަރުތަކުން ފެށިގެން ޑައިވަރުންގެ މެދުގައި އެންމެ މަޤުބޫލު އެއް ފަރު: މިނިސްޓްރީ

އެއީ ފަތުރުވެރިންގެ މެދުގައިވެސް ނުހަނު މަޤުބޫލު ފަރެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 3 ޑިސެމްބަރު 2021 | ހުކުރު 07:01
ކ. ރަސްފަރީ ފަރަށް އެރި ބޯޓު

ކ. ރަސްފަރީ ފަރަށް އެރި ބޯޓު

ކ. ތަސްފަރީ ފަރަކީ 90 ގެ އަހަރުތަކުން ފެށިގެން ޑައިވަރުންގެ މެދުގައި އެންމެ މަޤުބޫލު އެއް ފަރު ކަމަށް މިނިސްޓްރީ އޮފް އެންވަޔަރމަންޓް އެންޑް ކްލައިމެޓް ޗޭންޖް އިން ބުނެފިއެވެ.

ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކައިގައި މިނިސްޓަރ އޮފް ސްޓޭޓް ފޯރ އެންވަޔަރމަންޓް ޑރ އަބްދުﷲ ނަސީރު ވިދާޅުވީ، ރަސްފަރިއާއި އެތަނުގެ ވަށައިގެންވާ ފަރަކީ ހިމާޔަތް ކުރެވިފައިވާ ތަންތަން ކަމަށެވެ. އެގޮތުން އެއީ ތިމާވެށީގެ ގޮތުން ޚާއްސަ ސިފަތަކެއް ލިބިގެންވާ ފަރަކަށް ވުމުގެ އިތުރުން، ފަތުރުވެރިންގެ މެދުގައިވެސް ނުހަނު މަޤުބޫލު ފަރެއްކަން ނަސީރު ފާހަގަ ކުރެއްވިއެވެ. އެންމެ ފުރަތަމަ އެ ސަރަޙައްދު ހިމާޔަތް ކުރެވުނު ސަބަބަކީވެސް އެއީކަން ނަސީރު ފާހަގަ ކުރެއްވިއެވެ.

ނަސީރު ވިދާޅުވީ، ޑައިވަރުންގެ މެދުގައި މަޤްބޫލުކަން ހޯދާފައިވާ 26 ތަނެއް ފާހަގަކޮށް، އެތަންތަން ހިމާޔަތްކުރުމުގެ މަސައްކަތް އެންމެ ފުރަތަމަ ފެށުނީ 90 ގެ އަހަރުތަކުގެ ތެރޭގައި ކަމަށެވެ. އޭރު އެންމެ ފުރަތަމަ އެކުލަވާލި ލިސްޓުގައިވެސް ރަސްފަރި ހިމެނެއެވެ. ރަސްފަރީގެ އިތުރުން ކަނބުރުދޫ ތިލައަކީވެސް އެގޮތަށް ފާހަގަކޮށްލެވޭ ތަނެއްކަމަށް ނަސީރު ވިދާޅުވިއެވެ. އެ ހުރިހާތަނެއްގެ ސަރަޙައްދު އަލުން ކަނޑައަޅައި، "ރީ-ބައުންޑަރީ" އާ ގުޅޭ މަސައްކަތްތައް މިހާރު މިނިސްޓްރީން ކުރަމުންދާކަަމަށް އޭނާ ވިދާޅުވިއެވެ.

ރަސްފަރީ ފަރަށް ދާދި ފަހުން ލިބުނު ގެއްލުމަށް އަލިއަޅުވާލައްވާ ނަސީރު ވިދާޅުވީ، އެއީ ތިމާވެށީގެ ގޮތުން ބަލާއިރު ނުހަނު މުހިއްމު ތަނެއް ކަމަށެވެ.

'އެމް.ވީ ނަވިއޯސް އަމަރިލިސް' ނަމަކަށް ކިޔާ ކާގޯ ބޯޓެއް ކ. ރަސްފަރީ ފަރަށް އެރުމާއި ގުޅިގެން އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވަނީ ޖޫރިމަނާގެ ގޮތުގައި 100 މިލިއަން ރުފިޔާ ދެއްކުމަށް ބޯޓުގެ ވެރިފަރާތަށް އަންގާފައެވެ. އެ މައްސަލަ، ބޯޓުގެ ވެރިފަރާތުން މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާއަށް އިސްތިއުނާފު ކުރުމަށް ހުށައެޅުމުން މިނިސްޓަރު އެމައްސަލަ ބައްލަވައި ނިންމެވީ އީޕީއޭގެ ނިންމުން ބަދަލުކުރަން އަންގަންޖެހޭ ތަނެއް ނެތްކަމަށެވެ.

މި މައްސަލައިގައި ތިމާވެއްޓަށް ލިބުނު ގެއްލުންތައް ބަލައި ވަޒަންކޮށް ކަނޑައެޅުނު ޖުމްލަ ޖޫރިމަނާގެ އަސްލު އަދަދު 893 މިލިއަން ރުފިޔާއަށް އަރައެވެ. ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން ހެދިފައިވާ ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ޤަވާޢިދުގެ ދަށުން ކަނޑައެޅޭ އެންމެ މަތީ އަދަދަކީ 100 މިލިއަން ރުފިޔާއެވެ.

ރަސްފަރި ފަރަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ގާނޫނުގެ ދަށުން 1995 އިން ފެށިގެން ހިމާޔަތްކޮށްފައިވާ ފަރެކެވެ. މިއީ ޑައިވަރުންގެ މެދުގައި މަޝްހޫރު، މާލެ އަތޮޅުގައި އޮންނަ ތިމާވެށީގެ ގޮތުން އެންމެ މުހިއްމު އެއް ސަރަޙައްދެވެ. މި ފަރުގައިވާ މުރަކައިގެ ބަގީޗާގައި، އެންމަޑި ސާފުކުރުމަށް ބޭނުންކުރާ "ކްލީނިންގ ސްޓޭޝަން" އެއްވެސް ހިމެނެއެވެ. މީގެ އިތުރުން މި ސަރަޙައްދަކީ ފަރުމަހުގެ ދިރުމުން މުއްސަނދި އަދި ރާއްޖޭގައި ހިމާޔަތްކޮށްފައިވާ މާހުޅުނބުލަނޑާއާއި، މަޑިއާއި، މިޔަރާއި، ވެލާ ފެންނަ ސަރަޙައްދެކެވެ.

އީޕީއޭއެންވަޔަރަމަންޓް މިނިސްޓްރީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ބޭކާރު ދެ އަހަރު: އެއްތަނެއްގައި ހުރި ތިން ވުޒާރާ އެނދިގޮތުގެ މައުލޫމާތު ވަންހަނާ، 338 ދުވަސްވީއިރު ތަހުގީގަށް ވީގޮތެއް ނޭނގެ!

ބޭކާރު ދެ އަހަރު: އެއްތަނެއްގައި ހުރި ތިން ވުޒާރާ އެނދިގޮތުގެ މައުލޫމާތު ވަންހަނާ، 338 ދުވަސްވީއިރު ތަހުގީގަށް ވީގޮތެއް ނޭނގެ!

17 ނޮވެމްބަރު 2025
އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި

އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި

17 އޮކްޓޯބަރު 2025
ރަސްފަރި ފަރު އާލާ ކުރަން ކުރީ ސަރުކާރުން އުފެއްދި ފަންޑުން ވަގުތީ އޮފީސް އިމާރާތައް ޚަރަދު ކުރަން ރައީސް މުއިއްޒު އަންގަވައިފި

ރަސްފަރި ފަރު އާލާ ކުރަން ކުރީ ސަރުކާރުން އުފެއްދި ފަންޑުން ވަގުތީ އޮފީސް އިމާރާތައް ޚަރަދު ކުރަން ރައީސް މުއިއްޒު އަންގަވައިފި

07 ސެޕްޓެމްބަރު 2025
އީއާރުއޭގެ އެންމެ އިސްވެރިޔާގެ މަގާމަކީ ސިޔާސީ މަގާމަކަށް ހަދާ، އެންމެ އިސްވެރިޔަކަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރ ހައްސާން

އީއާރުއޭގެ އެންމެ އިސްވެރިޔާގެ މަގާމަކީ ސިޔާސީ މަގާމަކަށް ހަދާ، އެންމެ އިސްވެރިޔަކަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރ ހައްސާން

20 އޯގަސްޓު 2025
އދ. އަތޮޅު ފަރަށް އެރި ޔޮޓެއް 4.8 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

އދ. އަތޮޅު ފަރަށް އެރި ޔޮޓެއް 4.8 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

07 އޯގަސްޓު 2025

އަހަރުތަކުން މިއަދު

9 މާރިޗު
ކްރީމީ މެންގޯ ކޮކްޓެއިލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމީ މެންގޯ ކޮކްޓެއިލް

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ
20233 އަހަރު ކުރިން
ކުޅިވަރު

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ

ރަށް ދެކެ ލޯބިވާ ޑޮކްޓަރު
20224 އަހަރު ކުރިން
މީހުން

ރަށް ދެކެ ލޯބިވާ ޑޮކްޓަރު

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!
20215 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު