Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަހުމޫދުގެ މަރު

ފައިސާއަށްޓަކައި ދުއްވާލީ ފުރާނަ!

މަހުމޫދު މަރާލާފައިވަނީ ޝާ އަލޮމް މިއާ ދިރިއުޅެމުންދިޔަ ގެ ކަމަށްވާ ނެދުންގޭގައި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 3 ޑިސެމްބަރު 2021 | ހުކުރު 09:49
ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ އުމުރުން 29 އަހަރުގެ ޝާ އަލޮމް،

ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ އުމުރުން 29 އަހަރުގެ ޝާ އަލޮމް،

ބުނާތީ އަޑުއަހަމެވެ. ފައިސާއަށްޓަކައި އިންސާނުން ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެއެވެ. ހަލާލު ގޮތުގައި ފައިސާ ހޯދުމަށްޓަކައި އެއްބަޔަކު އުޅޭއިރު ހަރާމް ގޮތުގައި ފައިސާ ހޯދުމަށްޓަކައި އަނެއް ބަޔަކު ހޭބޯނާރާ އުޅެނީއެވެ. ބައެއް މީހުން ގަބޫލުކުރާ ގޮތުގައި ފައިސާއަކީ އެމީހުންގެ ހުރިހާ ވެސް އެއްޗެކެވެ. ބައެއް މީހުން ފައިސާއިން އަމިއްލަ ދިރިއުޅުން އުޖާލާ ކުރުމަށް މަސައްކަތް ކުރާއިރު، އަނެއް ބަޔަކު ފައިސާ ހޯދަނީ މީހުންގެ ދިރިއުޅުން ހަލާކުރާށެވެ. ބައެއް ހާލަތުގައި ފައިސާ ހޯދުމަށް ބޮޑެތި ކުށްތަަކަށް އަރައިގަންނަނީއެވެ. މީގެ ތެރޭގައި ވައްކަން ކުރުމާއި، ކިޑްނެޕް ކުރުމާއި، މީހުން މެރުން ވެސް ހިމެނެއެވެ. މިއީ މުޅި ދުނިޔޭގައި ކަން ހިނގާ އުސޫލަށްވާއިރު، ރާއްޖޭގައި ވެސް މިވަނީ ފައިސާއަށްޓަކައި ރައްޔިތުންގެ ލޯތްބާއި ގަދަރު ހޯދި ވިޔަފާރިވެރިއެއް މަރާލާފައެވެ. އެމީހާގެ ފުރާނަ ވެސް ރަހުމް ކުޑަގޮތަކަށް ދުއްވާލީ ފައިސާގެ ދަހިވެތި ކަމުގައެވެ.

އޮކްޓޯބަރު 13 ވަނަ ދުވަހުގެ ރޭ 9:05 ހާއިރު އުމުރުން 57 އަހަރުގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރަށް އައީ ފޯނު ކޯލެކެވެ. އެ ކޯލުގައި މީހަކު އޭނާއާ ބައްދަލު ކުރަން ބޭނުންވާ ކަމަށް ބުންޏެވެ. އެ ކޯލު އައީ އެ ރަށުގައި ދިރިއުޅެމުންދިޔަ ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ އުމުރުން 29 އަހަރުގެ ޝާ އަލޮމްގެ ފަރާތުންނެވެ. މަހުމޫދާ ބައްދަލުުކުރަން ބޭނުންވާ ކަމަށް ބުންޏެވެ. އެ ބައްދަލުވުމަށް ދިޔައިރު ހަމަގައިމުވެސް އެއީ އޭނާ ދުނިޔެ މަތީގައި ހޭދަ ކުރާނެ ފަހު ވަގުތުކޮޅު ކަމަށް މަހްމޫދު ހީނުކުރާނެއެވެ.

މަހުމޫދު މަރާލާފައިވަނީ ޝާ އަލޮމް މިއާ ދިރިއުޅެމުންދިޔަ ގެ ކަމަށްވާ ނެދުންގޭގައެވެ. އެ ގެއިން މަހުމޫދުގެ ބައެއް ސާމާނުތައް ފުލުހުން ވަނީ ހޯދާފައެވެ. ފުލުހުން ދިން މައުލޫމާތުތަކަށް ބަލާއިރު މަހުމޫދުގެ ހަށިގަނޑު އެ ފަޅު ގޭގެ ވަޅަށް އެއްލާލާފައިވަނީ ފަސްގަޑިއިރު މަހްމޫދުގެ ހަށިގަނޑު ބޭއްވުމަށްފަހު އެވެ. ނަމަވެސް ސީދާ މަރުވީ ކޮންއިރަކު ކަމެއް ނުވަތަ މަރާލީ ކޮންކަހަލަ ހަމަލާއަކުން ކަމެއް ފުލުހުން ސާފުކޮށްދީފައެއް ނުވެއެވެ. މަހުމޫދުގެ ހަށިގަނޑުގެ 30 ތަނަކުން ޒަޚަމްތައް ފެނިފައިވާއިރު ބޮލުގެ ތިން ތަނަކަށް ވަރަށް ބޮޑަށް އަނިޔާ ވަނީ ދީފައެވެ. މަހުމޫދު މަރާލުމަށް ޝާ އަލޮމް ބޭނުންކޮށްފައިވަނީ ތޫނު ހަތިޔާރެކެވެ. ފަސްގަޑިއިރުގެ ތެރޭގައި މަހުމޫދަށް އެކި ފަހަރުމަތިން ގޮސް ޖުމްލަ ތިން ފަހަރު ހަމަލާދީފައިވާ ކަަމަށް ފުލުހުން ބުންޏެވެ. މި ކަންތައްތައް ބަލާއިރު ވެސް ސާފުވާން އެއް ކަމެއް އެބައޮތެވެ. އެއީ މަހްމޫދު މަރާލީ ވަރަށް ރަހުމްކުޑަ ގޮތަކަށް ކަމެވެ.

ހަމަލަޔާ ގުޅޭ ގޮތުން މަހުމޫދުގެ ދަރިފުޅު ބުނީ ފުރަތަމަ ދިން ހަމަލާއެކު މަހުމޫދު އެގޭގެ ތެރެއަށް ވެއްޓިފައިވާ ކަމަށް ބެލެވޭ ކަމަށެވެ. އެއީ އެގޭގެ ތެރެއިން އެއްޗެއްގައި ހިފައި ދަމާތަން މީހަކަށް ވެސް ފެނިފައިވާތީ އާއި ހަށިގަނޑުން ފެންނަން ހުރި ޒަހަމްތަކަށް ރިޔާއަތް ކޮށްފައި ކަމަށެވެ. މަހުމޫދުގެ ދަރިފުޅު ކިޔައިދިން ގޮތުގައި ބައްޕަ ބޮޑެތި އަދަދުތަކުން ފައިސާ ގެންގުޅޭކަން އެންމެނަށް ވެސް އެނގެއެވެ.

އެހެންނަމަވެސް އެފަދަ ކުޑަ ރަށެއްގައި ފޭރޭ މީހުންނާއި، ހަމަލާ ދީފާނެ މީހުން އުޅެދާނެ ކަމަށް އެކަކަކު ވެސް ގަބޫލެއް ނުކުރެއެވެ. ރަށުގައި އަމާންވެއްޓެއް ގާއިމްވެފައިވާތީ ގިނަ އަދަދެއްގެ ފައިސާ ހިފައިގެން ދިރިއުޅެމުން އައީ އެއްވެސް ކަހަލަ ބިރެއް ނެތި ވަރަށް ވެސް މިނިވަންކަމާއެކު އެވެ. ނަމަވެސް މިމަރާއެކު ފައިސާގެ ނުރައްކާތެރި ކަމާއި، ރަނގަޅު ކަމަށް ހީކުރެވޭ މީހާގެ ވެސް ހިތް ނުބައި ވެދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށް ދަރިފުޅު ބުންޏެވެ.

މިގަތުލަކީ ކުރިއާލާ ރާވައިގެން ހިންގާފައިވާ ކަމެއް ނޫނެވެ. ފުލުހުންގެ ތަހުގީގަށް ވެސް ފާހަގަކުރެވިފައިވާ ފަދައިން މިގަތުލުގެ ފަހަތުގައި ވަނީ ފައިސާގެ ދަހިވެތިކަމެވެ. މިއަދު އާއިލާއިން ބޭނުންވަނީ އިންސާފެއެވެ. އެގޮތުން ކުރިއަށް ގެންދާ ތަހުގީގަށް ހުރިހާ ރައްޔިތުންގެ ފަރާތުން އެއްބާރުލުން ބޭނުންވާކަމަށް އާއިލާއިން ބުނެއެވެ. ނަމަވެސް ފައިސާގެ ކަންކަމުގައި މުޅި މުޖުތަމައު ސަމާލުވުމަށް އާއިލާއިން އެދިފައިވެއެވެ. ރަށުގައި އަމާންވެއްޓެއް ގާއިމްވެފައި އޮތް ނަމަވެސް ގިނަ އަދަދެއްގެ ފައިސާ ހިފައިގެން އުޅުން އެއްވެސް ވަރަކަށް ރައްކާތެރިނޫންކަން މި ކަމުން ވެސް މިވަނީ ހާމަވެގެން ގޮސްފައެވެ.

ދުނިޔޭގެ އަރާމާ، އުފާ ހޯދުމުގެ ދަހިވެތިކަމުގައި މީހެއްގެ ފުރާނަ ދުއްވާލާއިރު އެމީހަކަށް ދެން ވިސްނޭނެ އެހެން ކަމެއް އޮންނާނެ ހެއްޔެވެ؟ ޝާހު އާލޮމްއަށް ވެސް މިވީ މިފަދައިންނެވެ. ފައިސާގެ ދަހިވެތިކަމުގައި އެއްވެސް ކުށެއް ނެތް މީހެއްގެ ފުރާނަ ގަސްތުގައި ދުއްވާލީއެވެ. މިކަމުގެ ދެރަ މި ލިބުނީ، މަހްމޫދުގެ އާއިލާއަށެވެ.

މަޙްމޫދު މަރު

ކޮމެންޓް

އިތުރަށް ކިޔާލަން

މަހުމޫދުގެ ޤާތިލު ޝާ އަލޮމްއަށް ކުރި މަރުގެ ޙުކުމް ހައިކޯޓުން ދަމަހައްޓައިފި

މަހުމޫދުގެ ޤާތިލު ޝާ އަލޮމްއަށް ކުރި މަރުގެ ޙުކުމް ހައިކޯޓުން ދަމަހައްޓައިފި

25 ޖުލައި 2024
އިއުތިރާފުވެ، އެއްބާރުލުން ދިނުމުންވެސް މަރަން ޙުކުމް ކުރުމުން ހިތްހަމައެއް ނުޖެހޭ، މަރަން ޙުކުމްކުރިކަންވެސް ނޭނގޭ: މަހުމޫދުގެ ޤާތިލް

އިއުތިރާފުވެ، އެއްބާރުލުން ދިނުމުންވެސް މަރަން ޙުކުމް ކުރުމުން ހިތްހަމައެއް ނުޖެހޭ، މަރަން ޙުކުމްކުރިކަންވެސް ނޭނގޭ: މަހުމޫދުގެ ޤާތިލް

05 ފެބުރުއަރީ 2024
މަހުމޫދުގެ މަރު: މަރަން ޙުކުމްކޮށްފައިވާ ޝާ އަލޮމް އިއުތިރާފުން ރުޖޫއަވެއްޖެ

މަހުމޫދުގެ މަރު: މަރަން ޙުކުމްކޮށްފައިވާ ޝާ އަލޮމް އިއުތިރާފުން ރުޖޫއަވެއްޖެ

10 ޖެނުއަރީ 2023
މަހުމޫދުގެ މަރު: ޝާ އަލޮމް މެރުމަށް ކުރި ޙުކުމުގެ ސައްޙަކަން ކަނޑައެޅުމަށް ހައިކޯޓަށް

މަހުމޫދުގެ މަރު: ޝާ އަލޮމް މެރުމަށް ކުރި ޙުކުމުގެ ސައްޙަކަން ކަނޑައެޅުމަށް ހައިކޯޓަށް

04 އޯގަސްޓު 2022
މަހުމޫދުގެ މަރު: ވާރިސުންގެ ބަސް ނަގައި، ޙުކުމް ކުރުން 7 ފެބްރުއަރީގައި

މަހުމޫދުގެ މަރު: ވާރިސުންގެ ބަސް ނަގައި، ޙުކުމް ކުރުން 7 ފެބްރުއަރީގައި

26 ޖެނުއަރީ 2022

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު