Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަހްމޫދުގެ މަރު

މަހްމޫދު މަރާލީ ފައިސާއަށް، އިތުރު މީހެއްގެ ބައިވެރިވުމެއް ނެތް

އިތުރު ބައެއްގެ ބައިވެރިވުން ނެތް ކަަމަށް ޝާހު އާލަމްގެ އިއުތިރާފުގެ ބަޔާނުގައި ބުނެފައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 2 ޑިސެމްބަރު 2021 | ބުރާސްފަތި 11:34
މަހްމޫދުގެ މަރުގެ މައްސަލާގައި ހައްޔަރުކޮށްފައިވާ ޝާހު އާލަމް

މަހްމޫދުގެ މަރުގެ މައްސަލާގައި ހައްޔަރުކޮށްފައިވާ ޝާހު އާލަމް

އދ. ދަނގެތީގެ ވިޔަފާރިވެރިޔާ މަހްމޫދު އަބޫބަކުރު މަރާލީ ފައިސާގެ ބޭނުމުގައި ކަމަށް ފުލުހުން ބުނެފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ, އިތުރު ބައެއްގެ ބައިވެރިވުން ނެތް ކަަމަށް ޝާހު އާލަމްގެ އިއުތިރާފުގެ ބަޔާނުގައި ބުނެފައިވާ ކަމަށެވެ. އަދި މިކަން ކޮށްފައިވަނީ ފައިސާގެ ބޭނުމުގައި ކަމަށެވެ.

Advertisement - newsAdvertisement

ފުލުހުން އިތުރަށް ބުނީ މިއީ ޝާހު އާލަމް ކުރި ހަމައެކަނި ކުށް ނޫން ކަމަށެވެ. އަދި ރަށުގައި މީގެ ކުރިން ހިނގި ވައްކަމެއްގައި ވެސް އޭނާ ބައިވެރިވެފައިވާ ކަަމަށާއި، މި މައްސަލަ އދ. ދަނގެތީގެ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ސައީދު ވިދާޅުވީ، މަހުމޫދަށް ފުރަތަމަ ހަމަލާ ދީފައިވަނީ ނެދުން ގޭގައި ކަމަށާއި، ފަސް ގަޑިއިރުގެ ތެރޭގައި ތިން ފަހަރަށް ހަމަލާ ދީފައިވާކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށެވެ. ހޯދިފައިވާ ފޫޓޭޖްތަކުން އެކަން ސާފުވާ ކަމަށާއި، ފަސްގަޑިއިރު ފަހުން ކޮނޑުމައްޗަށް މީހެއްގެ ހަށިގަނޑުލައިގެން ދާތަން ފެންނަ ކަމަށް ސައީދު ވިދާޅުވިއެވެ.

މީގެ އިތުރުން އެގޭގައި ވަޅުލާފައިވާ މަހުމޫދުގެ ހުރިހާ ސާމާނެއް ހޯދިފައިވާ ކަމަށާއި، މައްސަލަ ސާބިތު ކުރެވޭވަރަށް ހެކި ލިބިފައިވާ ކަމަށެވެ. އަދި ނެދުން ގެއިން ދެތިން ހަތިޔާރު ފެނިފައިވާ ކަމަށާއި، ހެކީގެ ގޮތުގައި އެހަތިޔާރު ބޭނުން ކުރާނެ ކަމަށެވެ.

މަހުމޫދު މަރާލީ ފައިސާގެ ބޭނުމުގައި ކަމަށްވާއިރު، 500ގެ ގާތްގަނޑަކަށް 20 ނޫޓް ފެނިފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ. އަދި މަހުމޫދަށް ހަމަލާދީފައިވަނީ ކުރިއާލައި ރާވައިގެންކަން ތަހުގީގަށް ފާހަގަކުރެވިފައިނުވާ ކަމަށެވެ.

މަޙްމޫދު މަރު

އިތުރަށް ކިޔާލަން

25 ޖުލައި 2024

މަހުމޫދުގެ ޤާތިލު ޝާ އަލޮމްއަށް ކުރި މަރުގެ ޙުކުމް ހައިކޯޓުން ދަމަހައްޓައިފި

25 ޖުލައި 2024
މަހުމޫދުގެ ޤާތިލު ޝާ އަލޮމްއަށް ކުރި މަރުގެ ޙުކުމް ހައިކޯޓުން ދަމަހައްޓައިފި
05 ފެބުރުއަރީ 2024

އިއުތިރާފުވެ، އެއްބާރުލުން ދިނުމުންވެސް މަރަން ޙުކުމް ކުރުމުން ހިތްހަމައެއް ނުޖެހޭ، މަރަން ޙުކުމްކުރިކަންވެސް ނޭނގޭ: މަހުމޫދުގެ ޤާތިލް

05 ފެބުރުއަރީ 2024
އިއުތިރާފުވެ، އެއްބާރުލުން ދިނުމުންވެސް މަރަން ޙުކުމް ކުރުމުން ހިތްހަމައެއް ނުޖެހޭ، މަރަން ޙުކުމްކުރިކަންވެސް ނޭނގޭ: މަހުމޫދުގެ ޤާތިލް
10 ޖެނުއަރީ 2023

މަހުމޫދުގެ މަރު: މަރަން ޙުކުމްކޮށްފައިވާ ޝާ އަލޮމް އިއުތިރާފުން ރުޖޫއަވެއްޖެ

10 ޖެނުއަރީ 2023
މަހުމޫދުގެ މަރު: މަރަން ޙުކުމްކޮށްފައިވާ ޝާ އަލޮމް އިއުތިރާފުން ރުޖޫއަވެއްޖެ
04 އޯގަސްޓު 2022

މަހުމޫދުގެ މަރު: ޝާ އަލޮމް މެރުމަށް ކުރި ޙުކުމުގެ ސައްޙަކަން ކަނޑައެޅުމަށް ހައިކޯޓަށް

04 އޯގަސްޓު 2022
މަހުމޫދުގެ މަރު: ޝާ އަލޮމް މެރުމަށް ކުރި ޙުކުމުގެ ސައްޙަކަން ކަނޑައެޅުމަށް ހައިކޯޓަށް
26 ޖެނުއަރީ 2022

މަހުމޫދުގެ މަރު: ވާރިސުންގެ ބަސް ނަގައި، ޙުކުމް ކުރުން 7 ފެބްރުއަރީގައި

26 ޖެނުއަރީ 2022
މަހުމޫދުގެ މަރު: ވާރިސުންގެ ބަސް ނަގައި، ޙުކުމް ކުރުން 7 ފެބްރުއަރީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު