Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަހުމޫދުގެ މަރުގެ މައްސަލަ

މަހުމޫދުގެ މަރު: ޝާ އަލޮމް މެރުމަށް ކުރި ޙުކުމުގެ ސައްޙަކަން ކަނޑައެޅުމަށް ހައިކޯޓަށް

ނިހާއީ ޙުކުމެއްކަން ކަށަވަރު ކުރުމަށް މަތީ މަރުޙަލާ ކޯޓުތަކަށް ހުށައަޅަން ޖެހޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 4 އޯގަސްޓު 2022 | ބުރާސްފަތި 07:18
މަހްމޫދުގެ މަރުގެ މައްސަލަ

މަހްމޫދުގެ މަރުގެ މައްސަލަ

އދ. ދަނގެތީގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރުގެ މަރުގެ މައްސަލައިގެ ދައުވާ ލިބޭ, ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ ޝާ އަލޮމް މިއާގެ މައްޗަށް ކުރާ ދައުވާ ސާބިތުވެފައިވާތީ, އޭނާގެ ކިބައިން މަރަށް މަރު ހިފުމަށް ކްރިމިނަލް ކޯޓުން ކުރި ޙުކުމުގެ ސައްޙަކަން ކަށަވަރު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މަރުގެ މައްސަލަތަކުގައި މީހަކު މެރުމަށް ކުރާ ޙުކުމް ނިހާއީ ޙުކުމެއްކަން ކަށަވަރު ކުރުމަށް މަތީ މަރުޙަލާ ކޯޓުތަކަށް ހުށައަޅަން ޖެހެއެވެ. އެގޮތުން ދައުލަތުން މިހާރު ވަނީ އެކަން ކަށަވަރު ކުރުމަށް ހައިކޯޓަށް ހުށައަޅާފައެވެ.

މި މައްސަލައިގެ ފުރަތަމައަޑުއެހުންބޭއްވީ19 ޖެނުއަރީ 2022ގައެވެ. އެ ދުވަހުގެ އަޑުއެހުމުގައި ޝާ އަލޮމްވަނީ އޭނާ ތަހުގީގުގައި ވީ އިއުތިރާފް ދަމަހައްޓާފައެވެ. އަދި އެކަން ކުރެވުނީ "ޝައިތޯނާ ބޮލަށް ވަދެގެން" ކަމަށް އެ އަޑުއެހުމުގައި އޭނާ ބުންޏެވެ. އެ ދުވަހު ދައުލަތުންވެސް ވަނީ މަހުމޫދުގެ ހުރިހާ ވާރިސުންވެސް މަރަށް މަރު ހިފަން ބޭނުންވާކަން ފާހަގަކޮށްފައެވެ.

އޭނާ އިއުތިރާފުވެފައިވާތީ އަވަސްނިޔާގެ އަޑުއެހުމެއް ބާއްވައި،26 ޖެނުއަރީ 2022ގައި ވަނީ އޭނާގެ މައްޗަށް ޤަސްތުގައި މީހަކު މެރުމުގެ ކުށްސާބިތުވާކަމަށްކަނޑައަޅާފައެވެ. ހަމައެއާއެކު، މަހުމޫދު މަރާލުމަށްފަހު އޭނާގެ ހަށިގަނޑާމެދު އަމަލުކޮށްފައިވާ ގޮތުން އުފުލާފައިވާ މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ކުށުގެ ދައުވާވެސް ދައުލަތުން އިއްވާފައިވާއިރު، އެ ދައުވާއަށްވެސް އޭނާ ވަނީ އިއުތިރާފުވެފައެވެ. އެއާއެކު އެ ދައުވާވެސް ސާބިތުވާކަމަށް ގާޒީ ވަނީ ނިންމަވާފައެވެ.

މަހުމޫދުގެ ވާރިސުންގެ ހެކިބަސް ނަގާފައިވަނީ17 ފެބްރުއަރީ 2022ގައެވެ. އެ ދުވަހު މަހުމޫދުގެ ހުރިހާ ވާރިސުންވެސް ވަނީ މަރަށް މަރު ހިފަން ބޭނުންވާކަމަށް ބުނެފައެވެ. މަހުމޫދު ނިޔާވިއިރު ވާރިސުންގެ ގޮތުގައި ތިބީ އޭނާގެ އަންހެން ދަރިންކަމަށްވާ މަރިޔަމް ނައުމާ އާއި، މަރިޔަމް މިޒްނާ އަދި ފިރިހެން ދަރިންގެ ތެރެއިން ފިޒާން އާއި، އަހުމަދު ފިރުޝާން، އިބްރާހިމް ފަރުޝާން އަދި މަހުމޫދުގެ މަންމައެވެ. މަހުމޫދުގެ ބައްޕަ މިވަގުތު ދުނިޔޭގައެއް ނެތެވެ. މަހުމޫދު ނިޔާވުމުގެ ކުރިން އޭނާގެ ބައްޕަ ވަނީ ނިޔާވެފައެވެ.

އަދި މަހުމޫދު ނިޔާވިއިރު އޭނާގެ އަނބިމީހާ މުއުމިނާ އުމަރުވެސް ދުނިޔޭގައި އެބަހުއްޓެވެ.

ވާރިސުންގެ ހެކިބަހާއި، ޝާ އަލޮމްގެ އިއުތިރާފަށްފަހު، އޭނާ މެރުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފައިވަނީ27 ފެބްރުއަރީ 2022ގައެވެ. ކްރިމިނަލް ކޯޓުގައި މި މައްސަލަ ނިންމެވީ އެ ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލެވެ.

ހައި ކޯޓުކްރިމިނަލް ކޯޓްމަޙްމޫދު މަރު

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
10 ޑިސެމްބަރު 2025

23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި

10 ޑިސެމްބަރު 2025
23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު