Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މަހުމޫދުގެ މަރުގެ މައްސަލަ

މަހުމޫދުގެ މަރު: ތުހުމަތުކުރި ތިން މީހަކަށް އަނިޔާދީ، ގެއްލުން ދިން މައްސަލަ ތަހުގީގު ކުރަނީ!

ނުހައްގުން ބަޔަކަށް މިފަދަ މައްސަލައެއްގައި ތުހުމަތުކޮށް އަނިޔާ ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 3 ޑިސެމްބަރު 2021 | ހުކުރު 09:02
މަހުމޫދުގެ މަރުގެ މައްސަލައާ ގުޅިގެން ފުލުހުން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން،

މަހުމޫދުގެ މަރުގެ މައްސަލައާ ގުޅިގެން ފުލުހުން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން،

އދ. ދަނގެތީގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރުގެ މަރުގެ މައްސަލައިގެ އެރަށުގެ ރައްޔިތުން ތިން މީހަކަށް ތުހުމަތުކުރުމަށްފަހު ގެއްލުންތަކެއް ދީފައިވާ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

މަހުމޫދުގެ މަރުގެ މައްސަލާގައި ބުރާސްފަތި ދުވަހުގެ ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޖާ ކްރައިމްސް އިންވެސްޓިގޭޝަންގެ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ. ނަމަވެސް މިމަރާއެކު، އެރަށުގައި ދިރިއުޅެމުންދިޔަ ތިން މީހަކު މީގެ ކުރިން ކޮށްފައިވާ ކަންތައްތަކެއްގެ މައްޗަށް ރިޔާއަތްކޮށް، އެ ތިން މީހުންނަށް ތުހުމަތު ކުރި ކަމަށް ޝިފާއު ވިދާޅުވިއެވެ. ޝިފާއު ވިދާޅުވީ އެރަށުގެ މަދު ބައެއް އެ ތިން މީހުންނަށް ޖިސްމާނީ އަނިޔާދީ، އެމީހުންގެ މުދަލަށް ގެއްލުން ދީފައިވާ ކަމަށެވެ. އަދި އެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށް ޝިފާއު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޝިފާއު ވިދާޅުވީ މަރުގެ ހާދިސާއާ ގުޅިގެން ޖަޒުބާތުގައި ޖެހި، ހިނގާ ދިޔަ ކަންތައްތަކަކީ ވަރަށް ދެރަ ކަންތައްތަކެއް ކަމަށެވެ. އަދި ނުހައްގުން ބަޔަކަށް މިފަދަ މައްސަލައެއްގައި ތުހުމަތުކޮށް އަނިޔާ ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ޝިފާއު ވިދާޅުވިއެވެ.

މީގެ އިތުރުން ޝިފާއު ވިދާޅުވީ މިފަދަ ކަންކަމާއި ގުޅިގެން އަސްލު މައްސަލާގެ ތަހުގީގު ކުރިއަށް ގެންދިއުމަށް އެކި ދަތިތައް ކުރިމަތިވާ ކަމަށާއި، ބައެއް ހާލަތްތަކުގައި ފޮރެންސިކް ހެކިތައް ގެއްލިގެންދާ ފަހަރު ވެސް ކުރިމަތިވާ ކަމަށެވެ. އެހެންކަމުން މިފަދަ ހާދިސާތަކުގައި ތުހުމަތެއްކޮށް، މީހުންނަށް ގެއްލުން ނުދިނުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މަހުމޫދުގެ މަރާ ގުޅިގެން އެރަށުގައި ދިރިއުޅެމުން ދިޔަ 31 އަހަރުގެ މުހައްމަދު ޖަމްޝާދާއި، 23 އަހަރުގެ ޝާރިހު އަލީ އެރަށުގެ ރައްޔިތުން ތުހުމަތުކުރިއެވެ. ހަމަނުޖެހުން ހިންގައި އެރަށުން އެމީހުން ބޭލުމުގެ މަސައްކަތް ދެނގެތީގެ ރައްޔިތުން ފެށިއެވެ. އެއާއެކު އެ ދެމީހުންގެ އިތުރުން އިތުރު އަންހެނަކަށް ހިމާޔަތް ދީގެން އދ. މަހިބަދޫ ގެންދިޔައެވެ. އެމީހުން ހައްޔަރުކުރީ އެރަށު ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެދޭ ގޮތަށް އަމަލުކޮށް، ރަށުގެ އާންމު މަސްލަހަތު ނަގާލަން މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރެވޭތީ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މީގެ އިތުރުން ފުލުހުން ބުނީ މި މައްސަލަ ބެލުމަށްފަހު، ޖަމްޝާދާއި، ޝާރިހު ބަންދުން ދޫކޮށްލީ އޮކްޓޫބަރު މަހުގެ 23 ވީ ހޮނިހިރު ދުވަހު ކަމަށެވެ. އަދި އޮކްޓޫބަރު މަހުގެ 21 ވީ ބުރާސްފަތި ދުވަހު އެ މީހުންނާއެކު ހައްޔަރުކުރި އަންހެން މީހާ ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެ ތިން މީހުންނާއި މަހުމޫދުގެ މަރާއި އެއްވެސް ގުޅުމެއް ނެތް ކަމަށް ފުލުހުން ބުނެފައިވެއެވެ.

މަޙްމޫދު މަރު

ކޮމެންޓް

އިތުރަށް ކިޔާލަން

މަހުމޫދުގެ ޤާތިލު ޝާ އަލޮމްއަށް ކުރި މަރުގެ ޙުކުމް ހައިކޯޓުން ދަމަހައްޓައިފި

މަހުމޫދުގެ ޤާތިލު ޝާ އަލޮމްއަށް ކުރި މަރުގެ ޙުކުމް ހައިކޯޓުން ދަމަހައްޓައިފި

25 ޖުލައި 2024
އިއުތިރާފުވެ، އެއްބާރުލުން ދިނުމުންވެސް މަރަން ޙުކުމް ކުރުމުން ހިތްހަމައެއް ނުޖެހޭ، މަރަން ޙުކުމްކުރިކަންވެސް ނޭނގޭ: މަހުމޫދުގެ ޤާތިލް

އިއުތިރާފުވެ، އެއްބާރުލުން ދިނުމުންވެސް މަރަން ޙުކުމް ކުރުމުން ހިތްހަމައެއް ނުޖެހޭ، މަރަން ޙުކުމްކުރިކަންވެސް ނޭނގޭ: މަހުމޫދުގެ ޤާތިލް

05 ފެބުރުއަރީ 2024
މަހުމޫދުގެ މަރު: މަރަން ޙުކުމްކޮށްފައިވާ ޝާ އަލޮމް އިއުތިރާފުން ރުޖޫއަވެއްޖެ

މަހުމޫދުގެ މަރު: މަރަން ޙުކުމްކޮށްފައިވާ ޝާ އަލޮމް އިއުތިރާފުން ރުޖޫއަވެއްޖެ

10 ޖެނުއަރީ 2023
މަހުމޫދުގެ މަރު: ޝާ އަލޮމް މެރުމަށް ކުރި ޙުކުމުގެ ސައްޙަކަން ކަނޑައެޅުމަށް ހައިކޯޓަށް

މަހުމޫދުގެ މަރު: ޝާ އަލޮމް މެރުމަށް ކުރި ޙުކުމުގެ ސައްޙަކަން ކަނޑައެޅުމަށް ހައިކޯޓަށް

04 އޯގަސްޓު 2022
މަހުމޫދުގެ މަރު: ވާރިސުންގެ ބަސް ނަގައި، ޙުކުމް ކުރުން 7 ފެބްރުއަރީގައި

މަހުމޫދުގެ މަރު: ވާރިސުންގެ ބަސް ނަގައި، ޙުކުމް ކުރުން 7 ފެބްރުއަރީގައި

26 ޖެނުއަރީ 2022

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު